‏ސިކްސް ސެންސަސް ލާމު ރިސޯޓުގެ މުވައްޒަފުން އެހެން ރަށަކަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ކުރިން ދެންނެވުނީ އޮޅުމަކުން ކަމަށް ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިގޮތަށް ވިދާޅުވެފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ އެޗްޕީއޭގެ ނިންމުމާއި އެއްގޮތަށް ބައެއް ރަށްރަށުން މުވައްޒަފުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ސިކްސް ސެންސަސް ލާމު ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން މަބްރޫކް ރޭ ވިދާޅުވީ، އެ ގޮތަށް ކުރިން ދެންނެވުނީ އޮޅުމަކުން ކަމަށާއި، އެކަމަަށް މައާފަށް އެދޭ ކަމަށެވެ.

ރިސޯޓްތަކަށް މުވައްޒަފުން އަރާ ފޭބުން މަޑު ޖައްސާލަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމުން ހަތަރު ބިދޭސީއަކު އެރަށުގައި އެކަހެރިކޮށްފައިވާ ކަމަށެވެ. އެ އެންމެންވެސް އެކަހެރިކުރީ ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާތީ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19އަށް ފައްސި (ޕޮޒިޓިވް)ވެފައި ވަނީ ނުވަ މީހެކެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ދެރަވެގެން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެެ..

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮކްޑައުންއޯލްރެޒޯރޓްސް

    ރިސޯޓުތަކަކީ ދެވަނަ އިޓަލީ ރާއްޖޭ އެހެން ރައްރަށަށާ މާލެއަށް ވައިރަސް އައުން ކައިރި ހުރިހާ ރިސޯޓެއް ކަރަންޓީން ނުކޮށް ފިއްޔާ ، ކަމަކަށް ކަމެއް ކުރިއަސް މި ވައިރަސް ނުހުއްޓުވޭކަން އެނގޭ އިޓަލީގެ ތަޖުރި ބާއިން

  2. ކެޔޮޅު

    މިހާރު އޮތްގޮތުން މިއަދު ހަވީރު ހަޔަކުން ފެށިގެން މަނާ އިނގޭތޯ