ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ މި ދުވަސްވަރު 200 އަށް ވުރެ ގިނަ ބޮޑު ކަންނެލި ނުކުރި ހުރުމުން ބޮޑު ކަންނެލި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ބޮޑު ކަންނެލި ބާނާ މަސްވެރިންނަށް އެތައް ގޮންޖެހުމަކާ ކުރިމަތިވެފައިވާ ކަމަށެވެ. ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ކަންނެލި މަސްވެރިކަން އިންތިހާއަށް ރަނގަޅު ދުވަސްވަރަކަށް ވިޔަސް، ކަންނެއްޔަށް އޮތް ޑިމާންޑް ކުޑަ ކަމަށް ބުނެ، ކަންނެލި ގަތުމަށް ބައެއް ފަރާތްތަކުން ކަންނެލި ގަތުން މަދު ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މިވަގުތު ވެސް 40 އަށް ވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނދަރުތަކުގައި ތިބުމަކީ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ބޮޑު ކަންނެލި މަސްވެރިކަމުން ނަފާ ލިބި ރާއްޖޭގައި ދިރިއުޅެމުން އަންނަ 30،000 ރައްޔިތުންގެ ޒަރޫރަތްތައް ފުއްދައިގެން ތިބެވޭނެ މަަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސް ގަންނަ ފަރަތްތަކަށް ގޮވާލަމެވެ،" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ވަނީ ދުނިޔޭގެ ކަންކަން ހަމަ މަގަކަށް ހިނގަމުންދާ ވަގުތު ތަކުގައި ވެސް އެ މަސްވެރިން ބާނަމުން އަންނަ ބޮޑު ކަންނެއްޔަށް އެކަށީގެންވާ އަގެއް ނުލިބޭ ކަމަށް ބުނެފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިގްތިސާދީ ހީނަރުކަމެއް މުޅި ރާއްޖެއަށް އަތުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިކަމުން ފައިދާވެފައި ވަނީ ހަމައެކަނި ބައެއް މުއްސަނދިންނަށް ކަމަށް ބަޔާނުގައިވެއެވެ.

އެހެން ކަމުން މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށާއި، މަސްވެރިކަމުގެ ސިނާއަތް ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތްކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއަކަށް ހަދައިގެން މައްސަލަތައް ހައްލުކޮށްދިނުމަށް އެ ބަޔާނުގައި ވަނީ އެދިފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް އެމީހުންނަށް މަސްވެރިކަމުގެ ހަމަ އަގު ހޯދައިދިނުމަށް އެކުލަވާލި ޔޫނިއަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީންގެ ސަޕޯޓަރުން މިބުނަނީ، ސަރުކާރެއް ގެންނަނީ ރައްޔިތުންނަށް ދިމާވާ ހުރިހާ ކަމެއްގައި ހައްލު ހޯދައިދިނުމަށޭ! އަމިއްލަ މީހުންގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދެނީ ކޮންގޮތަކަށްހޭ؟ ކުދިވިޔަފާރިތައް ހުއްޓުމުން އެފަރާތްތަކަށް އެހީތެރިވެދޭނީ ކިހިނެއްހޭ؟ މިސުވާލުތަކަށް ސަރުކާރުން ޖަވާބެއްނެތްވާހަކަ މިބުނަނީ. ސަރުކާރުމުވައްޒަފުން އެކަންޏެއްނޫން ސަރުކާރަށް ބަލަދުއަރާނީ. ހުރިހާރައްޔިތުންގެ ބަލަދުއަރާނެ.

    22
  2. Anonymous

    މިއީ މަމިގޮވާ ގޮވެލި ފައްޗަކީ!! އިންޑިޔާއިން ޑޮކްޓަރުން ގެނެސް އިތުރަށް ދައުލަތަށް ހަރަދު ބޮޑު ކުރުމުގެ ބޭނުމެއްނެތޭ.. އެއަށްވުރެ މުހިންމު ކަމަކީ ރައްޔިތުންނަށް ދިމާވާ މާލީ މައްސަލަތަކަށްވެސް ހައްލު ލިބޭނެގޮތަށް ދައުލަތުގެ ސިޔާސަތު އަލުން ބަދަލުކުރުމޭ. ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމުން ދައުލަތުގެ ޒިންމާއަދާވީއެއްނޫނޭ!!! ވަޒީފާތައް ގެއްލޭ ނުވަތަ މުސާރައިގެ ބޮޑު ބައެއް އުނިވާ މުވައްޒަފުންނާއި، މާލީ އެހީތައް ހުއްޓޭ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭނީ ކޮންކަމެއްތޯ ބުނެދިނުމަކީވެސް ވެރިއަކަށް ހުންނަ މީހެއްގެ ޒިންމާއެކޭ... ރައްޔިތުން ޑިމާންޑު ކުރާލެއް ކުޑައީ. ސަރުކާރު މުއްސަނދި. އެހެން ނޫންނަމަ ނޫމަޑިއަށާއި ބިގަށާ ދީބާޖާއަށް ބިލިއަނުން ބަދަލެއް ނުދެވޭނެ. ހިލޭއޭ ބުނާވަރުގެ ކުޑައަގެއްގައި ޓީއެމްއޭއަށް ޓާރމިނަލްއެއް ނުދޭނެ. ރޮހިންގޏާ މައްސަލައަށް، ގަޑިއަކަށް 30 ހާސް ޑޮލަރުގެ މުސާރައިގައި އާމާލު ކުލޫނީ ނުނަގާނެ.

    21
    1
  3. Anonymous

    އާމާލު ކުލޫނީއަށް ގަޑިއަކަށް 30 ހާސް ރުފިޔާ ދީފަ ބައިނަލްއަގްވާމީ މައްސަލައަކަށް ރާއްޖެއިންވަނީ ރާއްޖޭގެ މުއްސަނދިކަމުން. ދުނިޔޭގެ އެންމެ މުއްސަނދި ސައޫދީ އަރަބިއްޔާ ގަތަރު ފަދަ ތަންތަނަށްވެސް މިވަރުގެ ޚަރަދެއް ނުކުރެވޭ. އެހެންވީމަ ކަންނެލި ނުކިރި ލިބޭ ގއްލުމުގެ ބަދަލު ދެވޭވަރުގެ ސަރުކާރެއް ދިވެހިރާއްޖޭގައި މިހާރު މިއޮތީ. ރައްޔިތުން ސަރުކާރަށް ޕްރެޝަރ ކުރަންޖެހޭ. އެތައް ބިލިއަނެއް ބަދަލަށް ދެވޭ ސަރުކާރެއް މިއޮތީ. ބޮޑެތި އެސެޓްތައް ކަމުގައިވާ، ސީޕްލޭން ޓަރމިނަލް އެދިނީ ހަމަ ހިލޭ. މިވަރުގެ ސަރުކާރަކަށް ދިވެހި ކޮންމެ ރައްޔިތަކަށް މަހަކު 10000 ރުފިޔާ މާލީ އެހީގެ ގޮތުގައި ދެވެންޖެހޭނެ.

    23
    1
  4. އެލިޝް

    ދެންބަހާލަބަ. މަސްކޮޅެއްނުލިބިގެން އުޅޭތާވަރަށްގިނަފުވަސްވެއްޖެ. ޕްލީސް.... ?

    10
    7
  5. ދަރަނި ދަންތުރަ

    ހާސްނުވޭ ކަންބޮޑުނުވޭ ހއ ދިއްދޫ ރީދޫ ކުދިންކޮޅަށް އަންގާލާ ނޭވާނުލާ ކަންނެލިތަށް ކައުންސިލް އިދާރާ ތެރެޔަށް އުކާލަފާނެ ، އިބުރާހިމް ހުސެން ޒަކީ ބުނި އެއީ ރައްޔިތުންގެ ވެރިކަމޭ ، މަސްވެރިންނަށް ލިބުނުގެއްލުމުގެ ބަދަލުގައި ސޯލިބެޔާ ކެނެރީގޭ ލާދީނީ ދޭނެ ރައްޔިތުންގެ ހަޒާނާއިން 32 ބިލިޔަން ރުފިޔާ އަވަހަށް ދިއްދުއަށް މިސްރާބުޖަހާ ބާރަށް ދުއްވާ....

    20
    2
  6. ުއުނދުޅި

    ދެން ނިކަމެތިންނައް ބަހާލަ ބަލަ
    ކަނޑަށް އުކާނުލާތި

    7
    2
  7. ކައްތިރި

    މިކަހަލަ ދަޑިވަޅެއްގާ ތިކަހަލަ ކަންކަން މެދުވެރިވުމުން އެކަމުގެ އަސަރުއާއިލާތަކަށް ކުރާނެވަރު އެގޭ ބައެއްނޫން މިތިބީ! ޜޯނުއެދުރުން ހައްތާ! ޖަދަލު ކޮށް ފުޅަގޮވުން ޑިގްރީތިބި ބައެއް!

    11
    2
  8. ފާތޭ

    މިހާރު ކަންނެލި ވިއްކީމަ ލިބެނީ ޑޮލަރު ދޯ ؟???????????ސާބަހޭ !

    12
    1
  9. ބްރޯ

    ނޫން ހަމައަގު ހޯދާދޭން ގެނައިވެރިކަމުން ތިޔަހެން ވެގެނެއްނުވާނެ. ދެރަކަމަކީ ހަމައަގު ހޯދާދޭންބުނި މީހާއަށްވެސް ހަމައަގުނޭގުން.އެގޭނަމަތަ ހޯދާދެވޭނީ

  10. ދެންތިބޭ

    ކޮންބައެއް ވޯޓުދީގެން އައި ސަރުކާރެއްތޯ ދެންތިބޭ މި5އަހަރު ނިމެންދެން ތިހުރިހައި ކަމެއް ހައްލުކުރުމުގެ މަސައްކަތް ކޮށްކޮށް ހުރިމީހާ ނަގައި ޖަލަށް ގަޅާލާފަ ލާދީނީބައިގަނޑެއް ގެނައީ ގެނައީ ތިކަންތައް ކުރެވޭނެކަ މުގެޔަޤީން ކަން އޮތީމައެއް ނޫންތޯ އެހެންވީމާމިސަރުކާރަށް ނުކުރެވޭ އެއްވެސްކަމެއް އޮވެގެން ނުވާނެ!

  11. ކަންނެލި

    ކަލޯމެން ކކިތަންމެ ބާރަށް ބުއްޏަސް ދެލޯކަނު ބީރުބަޔަކަށް އަޑެއްނީވޭނެ ކަލޯތީ މިއަދުގެ ހާލަތު ކީއްކުރެވޭނީ ތިހެން ކިޔާލަކިޔާލާ ތިބޭ ބަސްނާހާ ކުދިން ޖަލަށްގެންދާނެ ކިނބޫ ކޯރަށް އަޅާލާ!

  12. ކަންނެލި

    ކަލޯ ކަންނެލި ނުކިރު ނަސް ސަރުކާރުގެ މީހުންގެ ޖީބުތައް ހުރީފުރިފައޭ ތިއެއްޗެ ހިތައް ކަނޑަށް އަޅާ ލާ ކީކުރަންތަ ނުކިރެއްޏާ ބާނަނީ!

  13. ތެޅިފޮޅޭ

    ބަލަ ފުޅަގޮވަނީ ކޮންބައެއްބާ ތިޔެއް އެނގުނީހީ ކަލޭމެން އިދިކޮޅުގަ ތިބިނަމަ މަސްވެރިންނަކައް ހަމައަގެއްނުލިބޭ ބަލިމަޑުކަން ފެތުރެނީޔޭ ދިރިއުޅުމުގެ ޙާލަތު ދައްވަނީޔޭ ޤައުމު ވިއްކާހުސްކުރަނީއޭ ފައްޓަރުބައިވެސް ވިއްކާލައިފިޔޭ ގޮވަމުން ދުވެނަގާނެ މާލޭގެ މަގުތަކުގަ އެހެންވީމާ ފުޅަގޮވާމީހުން އެނގެއެއްނު