ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުން ސަލާމަތްވުމަށްޓަކައި ދުޅަހެޔޮކޮށް ހުރިހާ ރައްޔިތުންވެސް ތިބެންޖެހޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމަކީ އެމަނިކުފާނުގެ އާއްމު ދިރިއުޅުމުގައިވެސް ކަސްރަތަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ވަކިން ހާއްސަކޮށް ދުވުމާއި ފެތުމަކީ އެމަނިކުފާނު ގަވާއިދުން ކުރައްވާ ކަންތައްތަކެކެވެ. މީގެއިތުރުން އާއްމުން ކަސްރަތު ކުރުމަށް ބާރު އެޅުމުގެ ގޮތުން ވެސް ޝަމީމް ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ކޮވިޑް19 އިން ސަލާމްވުމަށް ދުޅަހެޔޮ ސިއްހަތެއްގައި އެންމެންވެސް ތިބެންޖެހޭ ކަމަށް ވިދާޅުވެ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަސްރަތުކޮށްގެން ގައިން އޮހެރޭ ދަލަކީ އޭގެ ސަބަބުން ވައިރަސްގެ އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ. ޝަމީމް ވިދާޅުވީ މޫދަށް ގޮސް ފެތިޔަސް އެކަމަކީވެސް ވައިރަސްގެ އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ކޮރޯނާއިން ސަލާމަތްވާނީވެސް ދުޅަހެޔޮކޮށް ތިބެގެން. އަތްވެސް ދޮވެގެން،" ޝަމީމް ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1238664827196674049?s=20

ޝަމީމްގެ އެ ޓްވީޓަށް ރިޕްލައި ކުރި މީހަކު ވަނީ ޕީޖީ އޮފީހުގެ ވަކީލުން ރަށްތަކަށް މި ދުވަސްވަރު ދަތުރު ކުރުމަކީ ރައްކާތެރިވާނެ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވެފައި ވަނީ، މިވަގުތު ޕީޖީ އޮފީހުންވެސް އަދި އެހެން އޮފީސްތަކުން ވެސް ކުރަންވީ ކަމަކީ "ބަސް އެހުން" ކަމަށެވެ. އަދި ދަތުރުތައް ހުއްޓާލަން ޖެހިއްޖަ ނަމަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އެކަން އަންގާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ވަރަށް އަޅާލާ އެޖެންސީއެއް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އަށް ޖުމްލަ 10 މީހަކު މިހާރު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. 10ވަނަ މީހާ ޕޮޒިޓިވްވެފައިވާކަން ހާމަކުރީ މިއަދުއެވެ. އޭނާއަކީވެސް މި ބައްޔަށް އެންމެން ގިނައިް ޕޮޒިޓިވްވެފައިވާ މީހުން ފެނުނު ކުރެއްދޫ އައިލެންޑު ރިސޯޓުގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާތީ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެޔޮޅު

    ދުޅަހެޔޮ ޞިއްޙަތަކީ އެއްދުވަހަކުން ލިބޭ އެއްޗެއް ނޫނީ ފިހާރައިން ގަންނަން ލިބޭ އެއްޗެއްނޫން ބަލި ބަލި ފެތުރެންފެށީމަ މިވާހަކަ ދައްކާކަށް.

  2. ކެޔޮޅު

    އާންމު ޞިއްހަތަށް ހުރި ގޮންޖެހުންތައް ހުއްޓުވާދެއްވާ.
    1 މަގުމަތީގަ މީހުންގެ މޫނަށް ބުރާހެން ދުންފަތުގެ އިސްތިޢުމާލުކުރުން.
    2 މަގުމައްޗަށް ކުޅުޖެހުން

  3. ޙަސަނާ

    ދުޅަހެޔޮ ސިއްހަތުގަ ޖަލުގަ ވާނުވާޖަހާފަ އަދިވެސް ގިނަބަޔަކު ބަހައްޓާ ސަރުއީ ނިޒާމު ތިއޮތީ އިސްލާހުވެފަ މުީނިޒާމު އެއްކޮއް ސިޔާސީވެފަ ގާޒީންވެސް ހޮވާ ޕާޓީން އޭރުން ހުސް މޑޕ ގާޒީން ހޮވޭނީ އެއީ މިތާ އެންމެ މޮޅު ކަމުދާ ޕާޓީވީމަ