ވޯކް ވިސާ އާއި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާ އިރު، މެޑިކަލް ރިޕޯޓާ ނުލައި ވިސާ ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ދަތުރުފަތުރުކުރުން މަދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރުމުގެ ގޮތުން މި ހާލަތުގެ ތެރޭގައި ވޯކް ވިސާ އާއި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާ އިރު، މެޑިކަލް ރިޕޯޓާ ނުލައި ވިސާ ދޫކުރާނެ ކަމަށެވެ.
އެކަމަކު، އަލަށް ވޯކް ވިސާ އާއި އެހެނިހެން ވިސާ އަށް އެދި ހުށަހަޅާ މީހުން، މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިމްގްރޭޝަންގެ އިއުލާންގައިވެއެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ އިރު، މި ބަލި ނުވަ މީހެއްގެ ގައިން ވަނީ ފެނިފައެވެ.
ތީ އަނެއްކާ އަނެއްނުރައްކާ ތިއިތުރުވަނީ ، ގައިންގަޔަށް އަރާ ބަލިތަކާއި ޖިންސީ ގުޅުމުން އަރާ ބަލިތަށް ބިދޭސީންގެ ކިބައިން ފެތުރެން ހުޅުވުނު ދޮރެއް ތިތައީ
ބަންގްލަދޭސް މީހުން ގައިން އެން މެގިނައިން ފެންނަނީ ހެޕަޓައިޓިސް ބީ......
ހިލޭތޯ؟