ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ރާއްޖޭގައި 65 ޕަސަންޓު މީހުންނަށް ބަލި ޖެހި 10،000 މީހުން މަރުވެދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެއެވެ.

ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 145,673 މީހެއްގެ ގައިން މި ބަލި ފެނިފައިވެއެވެ. އަދި މި ބަލީގައި 5,436 މީހަކު މަރުވިއިރު، ބަލި ޖެހިގެން ރަނގަޅުވީ 72,532 މީހުންނެވެ.

އުގައިލްގެ ފޭސްބުކާއި ޓުވިޓާގައި ވިދާޅުވީ އެންމެ ގޯސް ހާލަތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެ ހާލަތުގައި މި ބަލި ގައިން ގަޔަށް އެރުމުގެ ފުރުސަތު ވެސް ވަރަށް ކައިރި ކަމަށެވެ.

"އާބާދީގެ 65 ޕަސަންޓު މީހުންނަށް މި ބަލި ޖެހުން ގާތް (ގޯސް ހާލަތުގައި). އަދި ފޭޓަލިޓީ ރޭޓް ތިން ޕަސަންޓަށް އަރާނެ،" އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ ބަލީގައި މަރުވާ 10،000 މީހުންގެ ތެރޭގައި ގިނަ ވާނީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެ މީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވުން އެކަށީގެންވާ ކަމަށް ވެސް އުގައިލް ވިދާޅުވިއެވެ.

އެހެންކަމުން ފޭޓަލިޓީ ރޭޓް ދަށްކޮށް، ބަލީގެ ނުރައްކާ ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބަލި ޖެހޭ ސިއްހަތު ރަނގަޅު މީހުންނާއި ޒުވާނުންނަށް އެ ބަލިން ސަލާމަތްވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މި ބަލި އެއްވެސް މީހަކަށް ނުޖެހޭނެ ގޮތެއް ހެދުމަކީ ނާދިރު ކަމެއް ކަމަށް އުގައިލް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ސަފާރީތަކުގައި ތިބޭ ޓޫރިސްޓުން އެކްސްކާޝަން އާއި އެ ނޫންވެސް ބޭނުމަށް ތިބޭ ރިސޯޓް ނުވަތަ ރަށް ނޫން ތަންތަނަށް ދިއުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހުން، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ މީހުން އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން އެކަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

  1. އަހަރެން

    މީނަވެސް މިހާރު ހުރިހާ ކަމަކަށް މޮޅުވާން ފަށައިފި

    146
    36
    • މާ

      ޢޭނަވެސް އެބުނަނީ އަންދާޒާ ކޮއްފަ...
      ޢެބުނަީ ދުގެއްނޫން
      މިތާކު ފެސިލިޓީސްނެތް

      90
      24
  2. ނޭންގުނު

    100،000 ދިވެހިން ތޯ، ނޫނީ ބިދޭސީންނާއި ދިވެހީންތޯ؟

    82
    4
  3. އިއްސެ

    މީއަދި މާމޮޅުމީހެއް... މީހުން މަރުވާނެ ވަރެއްވެސް ބުނަން އިގޭ.... މި ރޯގާގަ އެންމެ މީހެއްވެސް މަރުނުވުން ކިހިނެއްވާނެބާ؟

    181
    23
    • ޙހހހ

      ހޫން

      24
      2
    • ވަޒީރެއާލާ

      މާތްﷲ އެގޮތަށް އިރާދަކުރައްވައިފިނަމަ މިރާއްޖޭގެ އެއްވެސް މީހަކަށް މިބަލި ނުޖެހިވެސް ކޮންޓްރޯލް ކުރެވި ނައްތާލެވިދާނެ.

      97
      3
  4. Anonymous

    އަހަރެމެން ވަކީލު ކުރަނީ ﷲއަށް!އެކަލާނގެ ނިންމެވުމަކީ އެންމެ މޮޅު ނިންމެވުން!އެކަލާނގެ ރޭއްވެވުމަކީ އެންމެ މޮޅު ރޭއްވެވުން!ތިޔަކަހަލަ އެސަންޕްޝަންސް ކޮށް ތިމާމީ އެންމެ ދަންނަ މީހާކަމުގައި ހެދިގެން ތިބޭ މީހުންނަށް ބަލިޖެހިއްޖެއްޔާ ވެސް މަރުވެދާނެ!މަރަކީ އެކަލާނގެ އިރާދަކުރެއްވި ވަގުތަކު އެމީހަކާ ބައްދަލުކުރާނެ އެއްޗެއް!

    324
    9
    • މަލްބަރޯ

      ތިނުން ވާހަކައެއް ނޫނޭ. ތަޖުރިބާކާރުންގެ ޢިލްމީ ދިރާސާއަށް ބިނާކޮށް ފޯރުކޮށްދޭ މައުލޫމާތު ގަބޫލުކުރަންވީ. ސިކުނޑީގަ އިލްމީ ތެތްކަމެއް ހުރި ނަމަ ތިޔަހެނެއް ދިީނާ ބައްސައިގެން ފާޑެއް ނުކިޔާނެ. އުގެއިލްގެ ފޯކާސްޓް އެއީ މާތް ﷲ އޭނައަށް ދެއްވި އިލްމުގެ މައްޗަށް ބިނާކޮށް ހޯދި އެއްޗެއް!

      28
      31
      • Anonymous

        ސިކުނޑީގެ ތެތްކަމެއްނެތީ ކަލޭ!ދީނާ ނުބެހޭ އެއްކަމެއްވެސް ނެތް!ިހުރިހާ ކަމަކީވެސް ދީނާގުޅިފަވާކަންކަން !ދީން ފުރަތަމަ ދަސްކުރޭ

        52
        6
        • ާމަކްބޫރު

          ގައިން ހީބިހި ނަގައިގެން ދާކަހަލަ ވާހަކަ ނުދައްކަބަލަ މާ މޮޅު މީހަކަށް ވެގެން.

          13
          2
  5. ސަން

    ސިއްހީ މިބާވަތުގެ ކަންކަން އެޕިޑިމިއޮލޮޖިސްޓުން ނަށް ދޫކޮށްލާފައި އެމީހެއްގެ ދާއިރާ އިން އެމީހެއްގެ ވިސްނުން ހާމަ ކުރުން ބުއްދިވެރި. އުގޭލަކަށް ނޭންގޭނެ އެޕިޑިމިއޮލޮޖިސްޓުންނަށް އެނގޭ މިންވަރަކަށެއް. އެފަދަ މީހެއް ގާތުގައި އަހައިގެން ނުވަތަ އެފަދަ މީހުން ފާޅު ކުރާ ހިޔާލުގެ މައްޗަށް އަމިއްލަ ވިސްނުން ހާމަ ކުރަން ވާނީ ބުއްދިވެރި ގޮތަކަށް. މަތީ ފާހެއް ކޮންމެ ވެސް ދާއިރާ އަކުން އޮތުމަކީ ހުރިހާ ކަމެއްގައި ބަސްބުނަން ޖެހޭ ކަމެއް ނޫން. ބަސް ބުނެވިދާނެ އެކަމަކު ބަސްބުނުމުން ފާޅުވެގެން ދަނީ ތިމާމީހާ އަށް ލިބިފައި އިލްމުގެ ހަނިކަން.

    162
    13
  6. އަސްލުވެސްތަ

    ވާހަކަ އަކީ ރަގަޅު ވާހަކަ އެއް
    އެކަމް މިވަގުތު ތިކަހަލަ ހިސާބް އާންމުކުރުމަކީ ރައްޔިތުން އިތުރައް ހާސްކަމެއްގެ ތެރެއަށް ވައްޓާލެވޭ ކަމެއް
    ތަންކޮޅެއް ތިލަކޮއް ތި ވާހަކަ ދެއްކިނަމަ ރަގަޅުވިސް
    ނޫން އަދި ހަބަރު ލިޔާއިރުވެސް މިކަމައް ވިސްނާލުން ރަގަޅު

    146
    9
  7. ލަބީބު

    މިކަލޭގެ ތަނެއްގަ ފިލާ ހުރެގެން ރައްޔިތުން ބިރުގަންނަވަން މީ ކާކުހެއްޔެވެ؟ އެންމެ ނުރައްކާތެރި ޙާލަތުގަވެސް މާތްﷲގެ ރަޙްމަތްފުޅާއެކު ރާއްޖޭގެ ރައްޔިތުން ރައްކައުތެރިކޮށްދެއްވުން އެދި ދުޢާކުރިނަމަ މާ ތާހިރުވީސް! މީނަ މިކިޔަނީ ބޮޑުފޮއްޓަކަށްހެން ވަރަށް އެބަ ހީވޭ!

    127
    13
  8. މާޑު

    ޕޭޓަލިޓީ ޕަސެންޓކީ ކޮބާތަ ވަގުތު ކުދިންނޭ. ފަސްކާފު ހަމަނުވާ ލިޔުމެއް

    50
    4
  9. ބުުއްޅަ އެކުސް

    ބުއްޅަބޭ ދައްކާ ކަހަލަ ވާހަކަ އެއް ތިބުނީ ބިރުނުގަންނަވަބަލަ ތިންގަޑުފޮށަޔަށޭ މިދެވުނީ ކިހާދެރަކަމެއް

    70
    7
  10. އަހުމަދު

    އުގެއިލްބޭބެ ހާދަ މޮޅޭ... މާން ހުންނަ ކަންތައްތައްވެސް މިހާރު ތިއޮތީ އެނގިލައްވާފަދޯ؟

    77
    6
  11. Anonymous

    އަހަރެމެން މަރުވެދާނެތީ ބިރެއްނުގަނޭ!ަރުވެދާނެތީ ބިރުން އުޅެނީ ތިޔަހެން ދުނިޔެއާހެދި މޮޔަވެފަތިބޭމީހުން!ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަހަރެމެން އެޅިޔަސް ބަލިޖެހިފަވާ ގައުމުތަކުގެ މީހުން މިރާއްޖެއަށް ވަނުމުގެ ފުރުސަތު ހުޅުވާފައިވަނީ ސަރުކާރުން!އަމިއްލަ އެދުމުގެ ބޭނުމުގަ އެހެންމީހުންނަށް އަނިޔާވެރިވާމީހުންނަށް އެކަމުގެ ހިތިނަތީޖާ ދައްކަވާނެ

    94
    5
  12. Anonymous

    ކަލޭ މަރެއްނުވާނެތަ؟

    58
    8
  13. ކިނބޫ

    މިސޮރުގެ އީމާންތެރިކަން ހުރިވަރެއްނޭގެ، ނަމަވެސް ތިފަދަ ބަޔާންތައްނުނެރެ މައިތިރިވެގެން ހުރުން ބުއްދިވެރިވާނެ، މާތްﷲ މިފަދަ ދޫނުބައި މީހުންގެ ކިބައިން އަޅަމެން ރައްކާތެރިކުރައްވާށި އާމީން

    103
    5
  14. ކިޔުންތެރިޔާ

    ﷲއީ ހުރިހާ ކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާންގެ. ﷲ ގެ ހެޔޮ މިންވަރުފުޅުން އެފަދަ ހުރިހާ ނުރައްކާތެެރިކަމަކުން އަޅަމެން ކަހަލަ ނިކަމެތި އާރެއް ބާރެއް އަދި ވަސީލަތެއް ނެތް ބަޔަކު ސަލާމަތްކުރައްވައިފާނދޭވެ. އަޅުގަނޑުމެންގެ ތެރޭ މުސްލިމުންގެ ނަމުގަ ތިބި ބަޔަކު ކުރާ ފާފަތަކުގެ ސަބަބުން އަޅަމެން އެންމެންގެ މައްޗަށް ފޮނުއްވާ ކޯފާއެއްކަމުގައި މި ބަލިމަޑުކަން ނުލައްވާށި. އަދި އެފަދަ މީހުނަށް އިބަސުވާމީންގެ ހެޔޮ ރަހްމަތުން ހެޔޮ ވިސްނުން ދެއްވައި އަޅަމެންނީ އެއްބައިވަންތަ ބައެއްކަމުގައި ލައްވާށި.

    124
    2
  15. މަމެން

    ކޯއްޗެކޭ ކިޔާކަށް މަމެން ތި ދިރާސާ ގަބޫލެއްނުކުރާނަން ކިޔާނެއެއްޗެއް ނޭނގިގެން ތިއުޅެނީ މަހަށްދޭބަލަ

    68
    5
  16. ޑެލްބޯއި

    ދައްކަންވީ ވާހަކައާ ނުދައްކަންވީ ވާހަކައާ ވާހަކަ ދައްކަންވީ ވަގުތާ އެވާހަކަ ރައްދުވާ މީހުންގެ ނަފްސާނީ ހާލަތަށް ބެލުމެއްނެތި ތިމާ މީހާގެ ދާއިރާ ނޫން ދާއިރާ އެއްގެ ކަމަކާ ގުޅޭ ގޮތުން އެޕިޑިމިއޮލޮޖިސްޓުން ހާމަ ކުރާ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އިތުރުވާ ޒާތުގެ ވާހަކަ ދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫން. އުގޭލަކީ އޭނާގެ ދާއިރާ އިން ކުޅަދާނަ މޮޅު ބޭކަލަކަށް ވިއަސް ބިހޭވިއަރަލް ސައިންސްގެ މާހިރަކަށް ނުވާތީ މުޖްތަމައުއަކަށް ދޫކޮށްލާ ބަހެއްގެ ނަތީޖާ ފަހުމުވެފައި ނުވަނީ ކަމަށް ބެލެވެނީ. ދެން ވެސް ރަގަޅުވާނީ ތިމާއާ ނުގުޅޭ ކަންކަމުގައި ކާޅު ކެއަސް ސޮއްނުގޮވުން.

    32
    1
  17. ދިވެސް

    އުގެއިލް އަށް މަރު އެނގެނީކީ ނޫނެވެ. ހުދު އޭނާ ވެސް މަރުވާނެކަން ދަނެއެވެ. އުގެއިލްއަކީ ހިސާބުޖަހާ މީހެކެވެ. އެންމެ ނުރައްކާތެެރި ހާލަތަށް ގޮސްފިނަމަ މަރުވެދާނެވަރު ހިސާބުގެ އިލްމުގައި ވިދާޅުވެދެއްވީއެވެ. އަހަރުމެން އުގެއިލް އަށް ޖޯކު ޖަހައި މަލާމާތް މިކުރަނީ ނޭގޭތީއެވެ.

    25
    23
    • Anonymous

      ބަލިޖެހޭނެ މީހުންނާ ބަލި ގަދަކަމުން ޖައްސާނެ މީހުންނާ ބަލިން ރައްކާތެރިވާނެ މީހުންނާ ބަލި ޖެހުނަސް މަރުނުވެ ސަލާމަތް ވާނެ މީހުން ދެނެވޮޑިގެން ވަނީ ﷲ އެވެ. އަދާވާތްތެރިންގެ ރޭވުންތައް ނާކާމިޔާބު ކުރައްވަވާ އެބައިމީހުންނަށް ކެހި ލިބޭނެ ގޮތް މިންވަރު ކުރައްވާށި އާމީން.

      12
  18. ބްރޯ

    ކޮން އަނގައެއް ތިތަލަނީ މިއީ ދެވަނަ ނަސީދު އެގޭކަމެއް ނޭގޭކަމެއް ނުބެހޭ ކަމެއްނޯވޭ މީނަވެސް މީނަގެ ކެރިއަރުގަ ހުރެބަލަ ގައުމަ ދޯޅުވާންނޫޅޭ

    32
    5
  19. ޑރ. ރާމީ ހަސަން/އެންޑޯކްރައިނޮލޮޖިސްޓް/ސެއިންޓްމޭރީހޮސްޕިޓަލް/ނިއުޔޯކް.

    ދައްކަން ނުވާ ވާހަކަ ހުންނާނެ މިކަހަލަ ދަނޑިވަޅުގައި. ތިޔަ ޓްވީޓުން ކުރާނީ ރައްޔިތު މީހާ އަށް ފައިދާ އަކަށް ވުރެ ގެއްލުމެއް. ތަފާސް ހިސާބާއި ބެހޭ ސަރުކާރު ގެ އޮފީހަށާއި ތިޔަ މައުލޫމާތު ބޭނުން ވެދާނެ ފަރާތް ފަރާތަށް ސިއްރު ގޮތުގައި ބޭނުންވާނެ މައުލޫމާތެއް ނިކަމެތި ރައްޔިތު މީހާ އަށް އާއްމު ކުރައްވާކަށް ނުވާނެ. އޭރުން ރައްޔިތުންގެ ބަޔަކު ފިކުރު ބޮޑުވެއްޖެ ނަމަ ކޮރޯނާ ޖެހުން ވަރަށް ގާތް ވާނެ. ފިކުރު ކުރުމަކީ ދިފާއުގެ ބާރު ވަރަށް ބޮޑަށް ދަށްކޮށްލާ ކަމެއް ! ޕ. އުގެއިލް ރަނގަޅަށް އެކަން ދެނެވަޑައިގަންނަވާނެ !

    35
    3
  20. ތަރިކަ

    މިކަލޭގެ ޕްރޮފެސަރެއް ކަމަށްވިއަސް ޣައިބުގާ ވާކަންތަށް ކިހިނެއް އެގޭނީ. މަރުވާނެ ވަރުވެސް އެބުނެލީ ބަލިޖެހޭނެ ޕަސެންޓޭޖް ވެސް އެއޮތީ ބުނެފާ

    43
    7
  21. Anonymous

    އުޤޭލް މަނިކުފާނު ކޮންތާކުތޯ މިނުރައްކާތެރި ބަލިފެތުރި މުޅި ދުނިޔެއަށް ޢާއްމު ވިއިރު ތިހުންނެވީ. ރާއްޖެއަށް މިބަލި އެރިޔަ ނުދިނުމަށް މިސަރުކާރަށް ކީއްވެތޯ ނަސޭހަތްތެރިނުވީ. މީ ބޯހަރު ގޮތްދޫނުކުރާ ސަރުކާރެއް އަހަރެމެން ކިހާ އާދޭހެއް ކުރިން ތަ ދީނުގައިވާ ކަރަންޓީ އުޞޫލު ގައި ހިފަހައްޓާށޭ ކިޔައިގެން .ކަހާތަން ހިރުވާވެސް ނުލާ ލާދީނީ ނަޝީދު ކީ ރާއްޖެއެއް ނުހުއްޓުވޭނެއޭ ދުނިޔެއެއް ނުހުއްޓުވޭނެއޭ. މުޣްނީވެސް ބުނީ އިދިކޮޅަށް ބަލި ޖައްސާ ފައޭ. ވޯޓް ހޯދަން ފޯރި ދައްކާލާފައި
    އުގެލު އަދި ވެސް މިތަނުގެ ވެރިންނަށް ނަސޭހަތް ދިނުމުގެ ބަދަލުގައި ރައްޔިތުން ބިރުގަންނަވަނީތޯ؟
    އަހަރެމެން ވަކީލް ކުރަނީ ﷲއަށް. އެއީ އަހަރެންނާއި ތިބާވެސް ހެއްދެވި ފަރާތް. އަދިވެސް އިންޑިޔާ އިންނާއި ތަންތަނުން މީހުން އެބަގެނެއޭ. އިޓަލީ މީހުން ގެނައުން ހުއްޓި ވާނެއެއްޗެއް ވީފަހުން. ނަޝީދު ބުނީ ރަޖާލާކަށް ނުޖެހެއޭ. ނަޝީދަށް ނޭނގޭ ޕްރެޒެންޓޭޝަން އިޒް ބެޓަރ ދެން ކިޔޯ. ﷲ ދުޢާދެންނެވުން އޮތީ. އުޤޭލް ވެސް އެކަން ކުރެވޭތޯ ބައްލަވާ.ވ. ވެދުން.

    25
    2
  22. މާމިގިލީ މީހާ

    އުގޭލު ތި ޖަހާ ހިސާބެއް ދިމާލެއް ނުވޭ. މިބަލި ރާއްޖޭގަ ފެތުރޭން ފަށައިފިޔާ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ. ފުރަތަމަ މަރުވާނީ ޑޮކްޓަރުންނާ ނަރުހުން. ދެން ކާކުތޯ ބަލި މީހުންނައް ފަރުވާދޭނީ..

    27
    2
  23. މިހައްމަދުއަލީ

    މީ ދުނިޔޭގައި އެއްޗެއް އިނގޭމީހެއްތަ؟ ނުދަންނަ އެއްކަމެއްވެސް މިދުނިޔެމަތީގައި މީނައަކަށް ނެތް. ތިހަ ހިސާބު އިރާދަކުރެއްވިއްޔާ ބޮޑުތަނުން ގޯސްވާނެ. ޥޯސްޓްކޭހުގައި 70% މީހުނަށް ޖެހޭނެކަމަށް ތިބެލީ ޖެހުނުގައުމުތަކުގެ ކިތައް % ގައުމުތައްތޯ ތި ވޯސްޓްކޭހުގައި 70% އަށް އެރީ؟؟ ދުއާއަކީ މިރާއްޖޭގެ އެއްވެސް މީހަކަށް މިބަލި ނުޖެހުން إِنْ شَاءَ ٱللّٰهُ‎

    35
    3
  24. ހަސަނު

    އުގައިލުގެ ތިޔަ ޓުވީޓްގެސަބަބުން ރާއްޖޭގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައި.. އެހެންކަމާއި އެކު އުގައިލްގެ މިޓުވީޓާއި ދޭތެރޭ ކަމާބެހޭފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލަން.

    29
    3
  25. މަހްމޫދު

    ރާއްޖެ އިން މިބަލި އިތުރު ވުން ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ އެންމެ މުހިންމު މާލޭގައި ތިބި ބަނގާޅީން މަދުކުރުން. އެމީހުންގެ ތެރޭގައި މިބަލި ފެތުރިއްޖެނަމަ މިރާއްޖެ އަށް އޭގެ އަސަރު ވަރަށް ބޮޑުވާނެ.

    33
    1
  26. ޔސރ

    ކިޔެވި ކިޔެވީނުން މަގު ފުރެދިގެން ނުދާށެވެ
    މީސްތަކުން މެދުގައި ބިރު އުފައްދާ ވާހަކަ ނުދައްކާ ށެވެ.
    ސައްހަ ޢިލްމެއް ވެސް، ހިކުމަތެއްވެސް ނެތެއް ނޫންތޯއެވެ

    29
    2
  27. ޕ

    ނެގެޓިވް އެއްޗިހި ބުނާ މީހުން އެއީ މޮޔައިންކަމުގައި ފަހުގެ ހަބަރުތަކުން ދައްކާ.ކިތަންމެވަރެއް ކުރިޔަސް އުގެއިލް ކަލޭމެންނަށް ވުރެ މޮޅު...ދެން ލަލަލަލަލަލަ

    6
    28
    • Anonymous

      މޮޅުކަމަކުން ކުރީކޮން ފައިދާއެއް!ސުވަރުގެއަށް ދެވުނީތަ؟ ހަތްވަނަ އުޑަށް އެރުނީތަ؟

      107
      3
    • ބޯޅަ

      އުގެއިލް އަކީ ކޮމްޕިއުޓަރ ސައިންސް ގެ މީހެއް. ކޮމްޕިއުޓަރ ސައިންސް އިނގުނީމަ އޭގެ މާނަޔަކީ ހުރިހާއެއްޗެއް އިނގުމެއްނޫން. އެހެން ނޫންނަމަ ހަމައެކަނި ޑޮކްޓަރުކަން ކިޔަވާލީމަ އެޑޮކްޓަރަކަށް ދުނިޔޭގަ ލެއްވިހާ ބައްޔަކަށް ބޭސްކުރަން އިނގުނީސް. ޕައިލެޓްކަން ކިޔަވާލީމަ ދުނިޔޭގަ ލެއްވިހާ ހުރިހާ ވައްތަރެއްގެ ފްލައިޓްތައް ދުއްވަން އިނގުނީސް. އުގެއިލުވެސް ކޮރޯނާ ވަރިސް ދެން އަރާނީ ކޮމޕުޓަރއަށޭ ބުނި ނަމަވެސް ތަންކޮޅެއް ގަބޫލުކުރަން ފަސޭހަވީސް.

      22
      1
  28. ތުގުވަ

    ޜޯނު އެދުރަށް ނޭންގޭ ކަމެއް ނޯވޭ

    27
    3
  29. ޙަނީ

    މިކޮވިޑަކާ ޖެހިގެން ރާއްޖޭގަ ކުރީގަ ކުރަމުން އައި ކަމެއް އަލުން އިޔާދަވެއްޖެ. ޖަމާއަތުގަ ގުނޫތު ކިޔުން. އެދުއާގަ ހިމެނޭ ރައްކާތެރިކަމަށް އެދުން. ރާއްޖޭގަ ފަސާދަ ހިންގާ ސިޔާސީ މީހުންގެ ނުރައްކަލުން ސަލާމަތްވުން ވެސް މި ދުއާގަ ހިމެނޭނެ.

    25
    1
  30. ކަލޯ

    ތީ ރޯނު އެދުރެއް. ބަލަ ކޮންމެ ފަދަ އެއްޗޭ ކިޔާފަވެސް މީނާވެސް މިހާރު ބޮޑު އެކްޓިވިސްޓް ހެދިފަ މޮޅުއެއްޗެއް ކިޔާ ފަލަ ސުރުހީން ޖާގަ ހޯދޭތޯ ބަލަނީ.

    25
    4
  31. ކެޔޮޅު

    ދޫންޏާ، އެކި ގައުމުތަކުގަ ފޭޓަލިޓީ ރޭޓް ހުރީ އެކިވަރަށް. ފޭޓަލިޓީ ރޭޓަށް އަސަރުކުރުވާ ބައިވަރު ކަންކަން އެބަހުރި. މިސާލަކަށް އާބާދީގައި އެވަގުތަކު އުމުރު ފުރާތައް ބެހިފައި އޮތް ނިސްބަތަކާއި، ޞިއްޙީ ވަސީލަތް ތައް ހުރި މިންވަރަކާއި، ޞިއްޙީ ޙިދުމަތް ފޯރުކޮށްދެވޭ އަވަސްލަސްމިނާއި، މިހުރީ ހައްތާވެސް އަސަރުކުރުވާ ކަންކަން. ދިވެހިރާއްޖޭގެ %65 މީހުނަށް އަސަރުކޮށްގެން އޭގެތެރެއިން ހާލަތު ގޯސްވާ މީހުނަށް ފަރުވާދެވޭވަރުގެ ކިތައް އެނދު ނުވަތަ ތަންތޯ ހުރީ ޕްރޮފެސަރަށް އެނގިލައްވާބާ. ރާއްޖޭގެ ކަންކަމަށް ބަލައިފިއްޔާ ބަލި ކޮންޓްރޯލް ކުރުމަށް ހުރި ބައިވަރު ފަސޭހަތައް އެބަހުރި. އެކަމަކު ރައްޔިތުން ބަސްއަހައި ކެއްތެރިވާނަމަ.
    މިސާލަކަށް މިހާރުވެސް ދިރިއުޅެމުން މިދަނީ ކުދިކުދި އާބާދީތަކަށް ވަކިކި ރައްރަށުގައި އައި ސޮލޭޓްވެގެން.

    24
    1
    • ކކކކ

      އެގްރީ. އަދި ތަނުގެ ވެދަރ އިން ވެސް އަސަރު ކުރާނެ.

      10
  32. ނަސޭހަތްދޭ މީހާ

    އުގޭލު އަވަހައް ޓްވީޓް ޑިލީޓް ކޮށްލާ ދެން މާފައްއެދޭ ކަލެއަށް ކަލޭ އޮޅޭހިސާބަށް ނުދާތި އަދި ދީނީގޮތުން ތިބުނެވުނީ ގޯސްބަހެއްތޯ ދީނީ ޢިލްމްވެރިންކައިރީ އަހައިގެން އޮޅުންފިލުވާ

    24
    1
  33. ލލލލ

    އުނހުނ، ވަރސްޓް ކޭސް ގަ އެންމެން މަރުވާންޖެހޭނީ.

    6
    1
  34. ބަނބުކެޔޮ

    މީނަޔަށް ނޭނގޭ އެއްވެސް ކަމެއް ނޯވޭދޯ...އަދި މޮޅު ފާހެއް ލިބުނަސް މީހުން މަރުވާނެގިތާއި، ވަގުތު އެނގޭނީ ކިހިނެއް..އަދި މީނައަކީ ދިވެހިންނަށް މާ މުހިއްމު ޚޮދުމަތްތަކެއް ކޮށްދޭ ދިވެހިންގެ ތެރޭ އުޅޭމީހެއްވެސްނޫން...ކިޔެވުނަކަސް ތިމާގެ ގައުމަށް ފައިދާހުރި ޚިދުމަތެއް ނުދެވޭނަމަ ކޮންމެހެން މިތަނަކާ ބެހޭނެކަމެއް ނެތް

    9
    2
  35. ރުމޭ

    އުގައިލް އެބުނީ ހަމަ ތެދު ވާހަކައެއް. މިތާގެ ހާލަތު ހުރިގޮތް އޭނަ އެބުނީ. މިޔަދު ރައްޔިތުންނަށް އަޅާލާން ތިބި މީހުންގެ ނުކުޅެދުން ތެރިކަމުގެވާހަކަ އޭނަ އެ ބުނީ. ބަލި ފެތުރެނީ ބަލި ފެތުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތަކެއް މި ސަރުކާރަކައްނޭގެ ބަލި ފެތުރިއްޖާ ފަރުވާދޭނެ ވަސީލަތްތަކެއް މިތާކުނެތް މީ ހާލަތަކީ.

    9
    4
  36. އަބުއާ

    މި ވަގުތަކީ ޕްރޮފެސަރެއް ނަމަވެސް ތިކަހަލަ ވާހަކަ އަމިއްލަޔަށް ތިޔަހެން ބުނަންޖެހޭ ވަގުތެއް ނޫން. މިފަދަ ބިރުވެރި ދަނޑިވަޅެއްގައި އާއްމުންނާހަމަޔައް ތިޔަފަދަ މެސެޖެއް ދޭންވާނީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން. އަދި ވަގުތުންވެސް ޚަބަރެއްގެ ގޮތުގައި ފަލަ ސުރުޚީގެ ދަށުން ޕްރޮފެސަރެއް ވީމަ ހަމަ ބުނާކޮންމެ އެއްޗެއް ލިޔުމަކީ ތަސައްރަފު ފުދޭބަޔަކު މިވަގުތު ކުރާނެކަމެއް ނޫން. އަދި ތިޔަ ޕްރޮފެސަރަކީ ސިއްހަތާބެހޭ އެއްވެސް ދާއިރާއެއްގެ ތަޖުރިބާކާރެއްވެސް ނޫން.

    11
    1
  37. ޟީސާ

    ޢުގޭލޫ! ކަލޭ ކަލާނގެ ވާން ނޫޅެ މައިތިރިވެބަލަ. ކުޑަވަރެއްގެ އިލްމެއް ލިބޭއިރަށް ސައިޒު އޮޅިނުގަނެބަލަ.

    11
    1
  38. މާމި

    ބަލަގަ ކަލޭ އަޑު އެހީމެއްނޫ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ މެމްބަރަކު ބުނިއަޑު ތިމަންނަމެން ކައުންސިލަ އިންތިޚާބު ކާމިއާބު ކުރާނީ އިދިކޮޅު މީހުން ކޮރޯނާ ވައިރަސްގަ ޖައްސާފަ ބައިތިއްބާފައޭ އެހެންވީމާ މީގަ މަރުވާނީ އިދިކޮޅު މީހުން ވީމަ ކަލޭވެސް އުފާކުރޭ ..... ދީނައް ފުރައްސާރަ ކުރާމީހުނަށް ހިމާޔަތާ ރައްކާތެރިކަން މިހާރު ވެސް ދެމުން ތިގެންދަނީ....

    10
  39. ރަދީފް

    ޕްރޮފެސަރު އުގައިލައީ ދިމާލަށް އެކި ބަސްތައް ބުނެ އަގުވައްޓާލަން މިތާ ކޮމެންޓްކުރާ މީހުންގެ ފެންވަރަކީ ކޮބާ؟؟ ގްރޭޑް 7 ގެ ފެންވަރު ދޯ؟؟ ނުވަތަ ހޭޅިފަށުން ޑިގްރީ ނެގުން ތަ؟؟ ތިމާމެންގެ ލެވެލްގަ ކޮމެންޓްކުރާނަމަ ތަންކޮޅެއް ރަނގަޅު.ވ.ވެދުން

    4
    14
    • ކަޑަ

      އުގެއިލް އަކީ ކޮމްޕިއުޓަރ ސައިންސް ގެ މީހެއް. ކޮމްޕިއުޓަރ ސައިންސް އިނގުނީމަ އޭގެ މާނަޔަކީ ހުރިހާއެއްޗެއް އިނގުމެއްނޫން. އެހެން ނޫންނަމަ ހަމައެކަނި ޑޮކްޓަރުކަން ކިޔަވާލީމަ އެޑޮކްޓަރަކަށް ދުނިޔޭގަ ލެއްވިހާ ބައްޔަކަށް ބޭސްކުރަން އިނގުނީސް. ޕައިލެޓްކަން ކިޔަވާލީމަ ދުނިޔޭގަ ލެއްވިހާ ހުރިހާ ވައްތަރެއްގެ ފްލައިޓްތައް ދުއްވަން އިނގުނީސް. އުގެއިލުވެސް ކޮރޯނާ ވަރިސް ދެން އަރާނީ ކޮމޕުޓަރއަށޭ ބުނި ނަމަވެސް ތަންކޮޅެއް ގަބޫލުކުރަން ފަސޭހަވީސް.

      65
      1
  40. އަބުޅޯ

    މީ އަނެއްކާ އަނެއް ކަންތައް. ބަލަ ރާއްޖޭގެ ރައްޔތުން ރެއާއި ދުވާލު 5 ފަހަރު ހެއްދެވި ފަރާތަށް ދުޢާ ކުރުމާއި އެކު ހޭލުން ތެރިކޮށް ތިއްބާ ރައްޔިތުންގެ ކުރި މަރާލައިފި. ކޮން ޕަސަންޓެޖެއް މީނަ މިހަދަނީ. ރަޢްޖޭގެ ކަމާއިބެހޭ އިދާރާތަކަށް ގޮވާލަން މިކަހަލަ ތާކުންކުރެ ތާކު ނުޖެހެ މޮޔައިން ބޭކާރު އަގަތަޅުވަންޏާ ފިޔަވަޅު އަޅަން. ދެން ކޮން ރައްޔިތަކު ސަރުކާރުގެ ސިއްހީ އިދާރާތަކުގެ ބަސް އަހާނީ. މިކަހަލަ ރޯނު އުގެއިލުން އުޅެންޏާ. މިކަން ތަހުގީގު ކޮށް ރައްޔިތުންނަށް ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން އުގެއިލު އާއި މެދު ފިޔަވަޅު އެޅުން އަވަސް ކޮށްދެއްވާ. އަހަރެންގެ 5 އަހަރުގެ ދަރިވެސް މީނަޔަށްވުރެ މިކަމުގެ ހިސާބަށް މޮޅުވާނެ. އަދި ބުއްދިވެރިވެސްވާނެ.

    8
    1
  41. ހޯނު

    އުގައިލު ކަލޭމެންނާ އެއްކޮޅަށް އެމްޑީއެން މީހުންނަށް ބަދު ދުއާ ކުރި ދުވަހު އޭނާ ވަރެއް ނެތިގެން އުޅުނު

    8
    1
  42. ޢަންސާރު

    ދިވެހިންގެ މަރު މޯލު ކަމާއި ޖާހިލު ކަން އިންތިހާއަށް

    5
    36
  43. ޢާދަނު

    ދީނީ ކަންތައްތަކަށް ރިޢާޔަތް ނުކޮށް ވާހަކަ ދައްކާ މީހެއްކަން ވަރަށް ބޮޑަށް ފާހަގަވޭ

    5
    2
  44. ައަލަމާރި

    ކަލޯ ހަމަހިމޭނުންހުރޭ. ވާނެގޮތްއިގޭނީ ﷲ އަށް.

    5
    1
  45. ބައޮކަލޯ

    ޕްރޮފެސަރ އަކަށް ވުމަކުން ދުނިޔޭގަ ލެއްވިހާ އެއްޗެއްނޭނގޭނެ. މިހާރު ހީވަނީ މީނާއަކީ ހުރިހާދާއިރާއަކުން ޕްރޮފެސަރއެއްހެން.

    7
    1
  46. ރޯނުބެ

    މާ އިނގިގަނެގެން ތިމާވަރު މީހަކު ނެތިގެން

    7
    1
  47. ބުނަން

    ރާއްޖޭގައި ހުރީ ދުނިޔެ ސިއްސުވާލާފަދަ މޮޅެތި ސާމާނުކަމަށް ވަނީ އެހެންވެ ސަރުކާރު އިތީ ބޮޑާކަންމަތީ ބުރަހެލިކޮށް

  48. ބުނާނަން

    ރާއްޖޭގައި ހުރީ ދުނިޔެ ސިއްސުވާލާފަދަ މޮޅެތި ސާމާނުކަމަށް ވަނީ އެހެންވެ ސަރުކާރު އިތީ ބޮޑާކަންމަތީ ބުރަހެލިކޮށް

  49. ހޫ

    ބަލަ ބިރު ނުގަނެ ހަމަ ޖެހިގެން ތިބޭ ވަރުތަ އެހެން ގައުމު ތަކުންވެސް ބަލިފެނުންތާ ހަފްތާއެއް ތެރޭގައި ކުއްލިއަކަށް ގިނަބައެއްގެ ގައިން ފެންނަންފެށީ.

    4
    1
  50. ކައްޕިތާން

    އަދިވެސް ބަލާ ބޯޅަދަނޑަށާ ތަންތަނައް ބިދޭސީންތައް އެއްކޮއްގެން އެމީހުން މިރާއްޖޭ ބޭ ތިއްބޭތޯއާ އަދިވެސް ބޭރުމީހުންގެނެސް މާލޭގެ ތެރެޔައް ދޫކޮއްލެވޭތޯ ރުފިޔާ އައްޓަކާ ކޮންމެމީހަކައް ހީވަނީ މަގާމެއް ލިބުނީމަ ތިމަންނަ މެންނަކީ މާބާރުގަދަ މާމަތިވެރި ބަޔެކޭ ހުތުހުރިގޮތަކައް އުޅެވިދާނޭ ކޮބާތޯ އެވިދާޅުވާބާރާ އާރާ ބޮޑާކަމާ ކިބުރުވެރިކަން ލޮލައްނުފެންނަ ކުޑަކުޑަ ސޫއްޕެއްގެ ކިބައިން މުޅިދުނިޔޭގެ ހުރިހާ ބާރު ތަކުން ނުކުޅެދިފައި މިކަމުންވެސް ވިސްނާ ބަޔަކައް އިބުރަތެއް ހާސިލްވާނީ މާތް ﷲ އަޅަމެން މިނިކަމެތި ގައުމުގެ ނިކަމެތި ރައްޔަތުން ސަލާމަތް ކުރައްވާފާންދޭވް އާމީން

  51. ޢަލީ

    ހާ ދަ ނުވިސްނޭ މީހުންވެސް އެބަ އުޅެއޭ ދޯ ! އުގައިލު އެ ދެއްކީ އިލްމީ ވާހަކައެއް، މިބައްޔާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިނގާގޮތާއި، ސްޓެޓިސްޓިކްސް އަ ދި އެހެނިހެން ދިރާސާތަކުގެ އަލީގައި ކޮށްފަވާ އިލްމީ އަން ދާޒާއެއް. އެއީކީ މަރުވާނެ ވަރު މަތިން އެނގިގެން ދައްކާ ވާހަކައެއް ނޫން.

  52. މީމު ޔާ

    ޕުރަފެސަރު ވެގެން ތިދަނީ މާ މައްޗައް ނޭގޭ ކަންތަކުގެ ވަަހަކަ ނުދެއްކުން ރަނގަޅުވާނެ!

  53. ޢަޒްރާ

    ޣައިބުގަ ވާ ކަނތަެްއް ދެނެވޮޑިގެން ވަނީ ހަމަ ﷲ ޢުގެއިލު ކިތަންމެ މޮޅަސްﷲ ގެ ނިންމެވުމެއް ނޭނގޭނެ

  54. ޚުއްޖެއް

    މިދެން މާމޮޅު ވެގެން އުޅޭ މީހެއް. މީނަ ކޮންމެ ކަމަކަށް އަނގަ ލަނީ މަޝްހޫރުވާން