ކޮވިޑް-19 އާއި އާ ގުޅިގެން ޤައުމުގެ އިޤްތިސާދު ހީނަރުވަމުން އަންނަ މިދަނޑިވަޅުގައި ފޯން ބިލާއި ކަރަންޓު ބިލް އަދި ލޯނު ތަކަށް ދައްކަންޖެހޭ ފައިސާއިގެ ތެރެއިން 4 މަހާ 6 މަހަށް ދައްކަންޖެހޭ ފައިސާ ދައުލަތުން ދައްކައިދީފިނަމަ އެކަމުން ރައްޔިތުންނަށް ލުއިފަސޭހަ ތަކެއް ވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިވަގުތު އިޤްތިސޯދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ވަޅުގަނޑުން އަރައިގަނެވެންދެން ބޭންކުތަކުން މިހާރު ނަގަމުން އަންނަ އިންޓްރެސްޓް ރޭޓު ކުޑަ ކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ސަރުކާރުން ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި މާލީ ޕެކޭޖްތައް ތަޢާރަފު ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، އެފަދަ ޕެކޭޖްތައް ތަޢާރަފު ކުރުމުން ވިޔަފާރި ތަކަށާއި މީހުންގެ ވަޒީފާތަކަށް ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

ދުނިޔޭގައި ކޮންޓްރީލް ނުކުރެވި ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ޤައުމަކަށް ރާއްޖެ ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ދިވެހި ގައުމާއި މުހާތަބު ކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަން ދަށަށް ދާކަން ފާހަގަ ކުރައްވައި މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖެނުވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ގިނަ ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މަވޯޓާ

  ރައްޔިތުންގެ މަޖްލީހާއި ތިޔަ ތަނުން ހަދާފައި ހުންނަ ޤާނޫނު ތަކުގެ ހިޔަނިން އެކުލަވާލާފައި ހުންނަ 'ނަމުން" މިނިވަން މުވައްސަސާ ތަކާއި ޝަރުޢީ ދާއިރާގައި އުޅޭ ފަނޑިޔާރުން ނާއި ޤާޟީން އަދި ތިޔަތަނުގައި ތިއްބަވާ އަމިއްލަ އަށް "ޢިއްޒަތްތެރި / ކަރާމާތްތެރި/ އަބުރުވެރި/ ކަމަށް ދެކޭ އެންމެހާ މެންބަރުންގެ މުސާރަ އަކީ ސިވިލް ސަރްވަންޓުންގެ އެންމެ ބޮޑު މުސާރަ އާއި އެއް ހަމަ އެއްގެ މުސާރަ އެއްކަމުގައި ހެދުމަށް ބިލެއް ލައިދޭނެ ކަމަށް މިދެކެނީ.
  އެވެސް އަދި ކޯވިޑް ނައިންޓީން އާއި ގުޅުވައިގެނެށް ނޫން. ހަމަ ދާއިމީ ކަމެއްގެ ގޮތުގައި ކޮށްދޭންވީ. ޝުކުރިއްޔާ

  12
 2. އަބު

  ހުރިހާ ދަނޑިވަޅެއްގައިވެސް ބިލްތަށް ސަރުކާރުން ދައްކާނަމަ ރައްޔިތުމީހާގެ ޖީބަށް ލުއިވާނެ.. ޝައްކެއް ހުރިކަމެއް ނޫ..

  19
 3. އަބު

  ހުރިހާ ދަނޑިވަޅެއްގައިވެސް ބިލްތަށް ސަރުކާރުން ދައްކާނަމަ ރައްޔިތުމީހާއަށް ލުއިވާނެ.. ޝައްކެއް ހުރިކަމެއް ނޫ...

  14
 4. ބިޖިލީ

  މިދަޑިވަޅުގަ މެމްބަރުންގެ މުސާރަ ކުޑަ ކުރުން ބުއްދިވެރި

  20
 5. ޝީޒާ

  ވަރައް ރަނގަޅުވާހަކައެއް

  16
 6. ހުވަދޫ ޑޮކް

  އެމްޕީ ޝަރީފް ތިޔަނެންގެވީ ވަރަށް މުހިންމު ޕޮއިންޓެއް!! މި އިޤްތިޞާދީ ދަތި އުނދަގޫ ދަނޑިވަޅު އެންމެނަށްވެސް ލުއިފަސޭހަވާންޖެހޭ، މަދު ތަކްލީފްތަކަކާއިއެކު ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމްކޮށް ދިރިއުޅެވޭ މާޙައުލެއް ޤާއިމްވެ ދާންޖެހޭ!! ރައްޔިތުން ނުވަތަ މަސައްކަތްތެރީން (ހާއްސަކޮށް ޕްރައިވެޓް ސެކްޓަރ) މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑު ޕަސެންޓްއަކުން ވަނީ ދައްކުރެވިފަ، އަދި މުވައްޒަފުންނަށް އަސާސީ މުސާރައިގެ %25 ޕަސެންޓް މަހު މުސާރަ ދޭގޮތަށް ގެއަށް އެބަ ފޮނުވާލެވޭ.. އެހެނަސް އެ މުވައްޒަފުން މަހުންމަހަށް ދައްކަން ޖެހޭ ލޯނުފައިސާ، ބިލްތައް، ކުލި އަދި އެހެނިހެން ކުރަންޖެހޭ ޚަރަދުތަކަށް ބަދަލެއް ނާދޭ !!! މިއީ މަވޯޓާ ޝަރީފް ވިދާޅުވެލެއްވިހެން ސަރުކާރުން ޢާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ( ވަކިމުއްދަތަކަށް ނުވަތަ އިޤްތިޞާދު ހަމަ މަގަށް އާދެވެންދެން) ހޯއްދަވައި ދެއްވަންޖެހޭ ނުހަނު ހައްސާސް ވަގުތު ކޮޅެއް!! ޢިމާރާތްތަކުގެ ވެރިފަރާތުން ނަންގައިވައިފައިވާ ލޯނަށް މަހުން މަހަށް ދައްކަން ޖެހޭ ޢަދަދަށް ލުއިފަސޭހަ ބަދަލުތަކެއް ބޭންކުން ނުގެނެސް ދޭހާ ހިނދަކު، އެޕާރޓްމަންޓް ވެރިފަރާތުން ކުލި ކުޑައެއް ނުކުރެވޭ !! މުވައްޒަފުންގެ އަސާސީ މުސާރައިން %50 ނުވަތަ %35 އިންސައްތަ ކުޑަވެގެންދާ ހިނދު ގޭ ކުއްޔާއި، ކަރަންޓްބިލާއި ފެންބިލު ދެއްކުމަށް ފަހު ދިރުއުޅުމަށް ބޭނުންވާ އެހެނިހެން އަސީސީ ޚިދުމަތްތަށް ފެމެލީތަކުން ހަމަޖައްސާނެ ގޮތަކީ ނުހަނު ދަތި އުނދަގޫ ކަމަކަށް ނޫނީ ނުވެ ނުދާނެއެވެ. އެހެންކަމުން އަދުގެ ސަރުކާރުން ރައްޔިންގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހު އެކަށީގެންވާ ލުއި ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް އެދި ސަރުކާރަށް ނުހަނު އިޚްލާސްތެރިކަމާއިކު އަޅުގަނޑު ގޮވާލަން!! މިދުނެމަތީ ހިނގަމުންދާ އެނެމެހައި ކަންތައްތަކުގެ ކުޅަދުންވަންތަ އިލާހް، ގަދަ ކީރިތިވަންތަ ﷲ ތަބާރަކް ވަތަޢާލާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ވަސީލަތްތައް މަދު ދިވެހި ފަސްގަނޑުން ދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމުން އަޅަމެން އެންމެން ސަލާމަތް ކުރައްވާ، ސިއްޚީ ދުޅަހެޔޮކަމާއި ބާއްޖަވެރިކަމާއި ރައްކާތެރިކަން މިންވަރު ކުރައްވާށިއެވެ!! އަދި މި ބަލީގައި އެދުމަތި ނުވަތަ އެކަހެރި ކުރެވިފައި ތިބި އަޚުންނާއި އުޚްތުންނަށް އަވަސް ޝިފާ މިންވަރުކޮށްދެއްވައި، މުޅިޤަޢުމަށް އިޤްތިޞާދީ ފުދުންތެރިކަން ދެއްވާންދޭވެ..... އާމީން !!

  15
 7. ތެދުބަސް

  މިސަރުކާރުގެ ބައިތުލް މާލަކުނެތް އެވަރުގެ ކެޕޭސިޓީ އެއް.ސަބަބަކީ އިހެން މިކަން ކޮށްފިނަމަ މިސަރުކާރުގެ ސިޔާސީ މަޤާމް ތަކާއި އަދި މިސަރުކާރުގެ ބައެއް ވެރިންގެ ޖީބަށް ވަންނަންޖެހޭ ފައިސާކޮޅު މަދުވެދާނެތީ.ދުވާލުގެ އިރުފެންނަ ފަދައިން މަވޯޓާ ތިޔަ ވިދާޅުވި ފަދައިން މިސަރުކާރުން އެކަމެއް ނުކުރާނެކަން ޔަޤީން.

  16
 8. ހުއްބުލްވަތަން

  ރައްހަތުންނަށްޓަކައި ޝަރީފުގެ ހިތްޕުޅުގައިވާ ލޯތްބާއި ޚުލުގަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

  1
  1
 9. ދަރަނި ދަންތުރަ

  މަވޯޓާ ކުރިޔަށް އޮތް 6 މަހު ކަލޭގެ މުސާރަ ނުނަގަބަލަ އޭރުން ވެސް ރައްޔިތުން އުފަލުން ނަށާނޭ ބަސްއަހައިގެން ދެން މުސާރަ ނުނަގާތި އިނގޭ މަގޭ މަވޯޓާ...

  2
  1
 10. މާމި

  އަދިވެސް ސިއާސީ މަގާމެއް އުފައްދަފާނެ ... ކަންފަތައް އަޑުނުއިވޭ މީހަކައް ބަޔަކު ކިތައްމެ ވަރަކައް އެއްޗެއްކިއަސް އަޑެއްނީވޭނެ،،،،

 11. ނައީމް

  އެއްވެސް ބިލެއް މިހާރު ދައްކާކަށް ނުޖެހޭ 3މަސް ފަހުން އެއްފަހަރާ ދައްކާގޮތަށް ފަސްކުރަނީ

 12. ތެދުބަސް

  ސަރުކާރުން ނޫޅޭ ރަށްޔިތުންނަށް ލުއި ފަސޭހަ ގޮށްތަކެއް ހަދައި ދޭކަށް.މަވޯޓާ މޮޔަނޮގޮވާ މަޑުންހުރޭ.