މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އަސަރު ރާއްޖެއަށް ކުރުމާއި ގުޅިގެން ޖަލުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރ އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، މި ވައިރަހުން ގައިދީން ރައްކާތެރި ކުރުމަށްޓަކާ ގިނަގުނަ މަސައްކައްތަކެއް ކުރަމުން ދާކަމަށެެވެ.

އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން ޖަލުތަކުގެ އާންމު ސާފުތާހިރުކަން އިތުރުކުރުމަށް އާންމުކޮށް ކުރަމުން އަންނަ ކަންކަމަށްވުރެ ސަމާލުކަމެއް ދީގެން އެމަސައްކަތްތައް ކުރަމުން ދާކަމަށާއި، އަދި ރޯޖާ ޖެހިފައި ތިބޭ ގައިދީންނަށް އެހެނިހެން އަލާމާތްތައް ފެންނަމުންދާ ގައިދީން އެހެން ގައިދީންނާއި ވަކިކޮށްގެން ގެންގުޅުން ޔުސްރީން ވަނީ ފާހަގަކޮށްފައެވެ. ގައިދީންނެކޭ އެއްފަދައިން ޖަލު އޮފިސަރުންގެ ކިބައިން ވެސް މިފަދަ އަލާމާތެއް ފެންނަމުންދާކަމުގައި ވާނަމަ ޑިއުޓީއަށް ނާރުވައި ރަނގަޅު ވަންދެން ބޭތިއްބުމަށް ނިންމާފައި ވާކަމަށް އޭނާ ވަނި ވިދާޅުވެފައެވެ.

މީގެ އިތުރުން ގައިދީންނަށް ވައިރަހާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ދިނުމާއި، އަތްދޮތުމާއި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުވުމަށް އަންގަމުން ދާކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.

ޔުސްރީން އިތުރަށް ވިދާޅުވެފައިި ވަނީ މިފަދަ ކަންކަން ހަމައެކަނި ކުރިއަށް ގެންދަނީ މާލޭގައި ނޫން ކަމަށާއި ރާއްޖޭގެ ކޮންމެ ޖަލެއްގައިވެސް ކަންކަން ކުރަމުން ދަނީ އެ އުސޫލުގެ ދަށުން ކަމަށް ޔުސްރީން ވިދާޅުވިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ވަނީ ގައިދީންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން ހުއްޓާލައި، ފޯނުން އާއިލާ އަށް ގުޅާ ވަގުތުތައް އިތުރުކޮށްފައެވެ. އަދި މިކަންކަން ހަމައަކަށް އެޅުމުން އަލުން ކުރީގެ އުސޫލަށް ރުޖޫއަވާނެ ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކްޓަރ

    ޖަލުތަކުގައި ޑުރަގް ބޮއިފިޔޭ ކިޔާފަ 3 އަހަރާއި 25 އަހަރުގެ މުއްދަތަށް ލާފަތިބި ދިވެހި ޒުވާނުން 1500 އަށްވުރެ ގިނަ... ރާބުއޮގެން 4 މަސް އޯކޭ ބިޑިއެއްދަމާލީމަ 3 އަހަރު ... މިހުރިހާ ކުދިންގެ ރައްކާތެރިކަމަށްޓަކާ މައާފު ދެއްވާ ރައީސްގެ އަފްވާމްގެ ދަށުން ދޫކޮށްލައްވާ... ޖަލުގައި ކޮރޯނާ ޖެހިގެން ކުއްޖަކަށް އަނިޔާވުމުގެ ކުރިން ލުއި ގޮތްތައް ހޯއްދަވާ.ދެއްވާ....ކުރީ ޒަމާނުގައި ގޭގަ ބަންދުކުރަނީ ނުވަތަ އަރުވާލަނީ....

  2. ަޢަހަރެން?

    ދެން އަހަރެމެންނޯ....
    މިބުނީ ތިމީހުންކިޔާގޮތުންނަމަ، "ރާއްޖެ ތެރޭ"..