ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހިންގާ ޔުނިވަސިޓީތަކާއި ކޮލެޖްތުތައް މިއަދުން ފެށިގެން ދެ ހަފްތާއަށް ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އޭގެތެރޭގައި ސްކޫލްތައް ބަންދު ކުރުމާއި މީހުން ޕާކްތައް ބަންދު ކުރުމާއި ރިސޯޓެއްގައި ހުރި އެއްވެސް މީހަކު އެހެން ރަށަކަށް ދަތުރު ނުކުރުމާއި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން މަނާ ކުރުން ހިމެނެއެވެ.

ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދު ކުރަން އެންގީ އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެއް ހަފްތާއަށް ސްކޫލްތައް ބަންދުކުރުމަށް އަންގާފައިވާއިރު މިއަދުން ފެށިގެން ތައުލީމީ އިދާރާތަކުން މިކަން ތަންފީޒުކުރަން ޖެހެއެވެ. ސްކޫލްތައް ހުޅުވުމުގެ ކަންކަން ދެން ހަމަޖައްސާނީ ރާއްޖެ ހާލަތު ދެނެގަތުމަށްފަހު އެކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

މިހާރު ސްކޫލްތައް އޮތީ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ބަންދުކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތީ އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މުހައްމަދު

  އަދި މާއަވަސް ބަންދުކުރުމަށް ރަސްމީ ކޮށް އަންގަން

  13
  3
 2. ކޮލެޖު ކުއްޖާ

  އަލަހަމްދުލިއްލާހި! ❤️?

  17
 3. ޙިޔަލަ

  ޑަބްލިޔޫ އެޗް އޯގެ ގައިޑްލައިނެއްގާ ޖެހިގެން ތިއްބާ މިހުރިހާ ވަރެއްމިވީ!ނޫން އަދިވެސް ވީއްލާނެ ކަމެއްނެތް!މިބަލި އެވެރިންވެސް ދަސްކުރާ ވާހަކަ އެދައްކަނީ! ޗައިނާގެ ގައިޑްލައިނެއްގާ ހިފާބަލަ އޮންނާނީ މަސްބޭނިފާ! އެގްރެސިވް އެކްޝަން ތަކެއް ދަޑިވަޅުގައި ނެގިގެން މެނުވީ މިކަމެއް ނުވާނެ!

 4. Anonymous

  ހޭވެރިކަންވީތޯ އަދި ކިރިޔާ ބޯހަރު ސަރުކާރު.ރާއްޖެއް ނުހުއްޓުވޭނެއޭ ދުނިޔެއެއް ނުހުއްޓުވޭނެއޭ. ނަޝީދު ބުނީ. ހެއްދެވި ފަރާތަށް ގޮންޖަހަށް ނޫޅޭ ނަޝީދޫ

  11
 5. އައިސާ ގެ ހަސަން

  ޤ.ޔުނިވަރސިޓީގެ އިސް ވެރިން ބުނީ އަދި ބަންދުކުރަން ޖެހޭ ހިސާބާ ގާތައްވެސް ކަންތައްތައް ނުދެޔޭ. މިވެރިންގެ ކަންތައް ތައް ހުންނަގޮތުން ދެރަވެސް ވޭ ލަދުވެސް ގަނޭ ، ސުޓާފެއްގެ ހައިސިއްޔަތުން.

  12
  1
 6. ނުހާ

  ވަރަށް ހެއްވާ އެކަމު ޓީޗަރުން ނިކުންނަން ޖެހޭ?

  9
  1
  • މަ

   ކޮބާ މައްސަލައެއް. އޮފީސްތަކުގެ އެންމެންވެސް ނިކުންނަންޖެހޭ. ދެން ޓީޗަރުންނޭ ކިޔާފަވީ ގޭގަ ރަނބަޔަށް ބައިތިއްބަންތަ. މިހީވަނީ މި މީހުން އެކަނިހެން މަސައްކަތަށް ނިކުންނަންޖެހޭނީ. ޓީޗަރަކަށްވުމުގެ ޤާބިލުކަން ނެތިއްޔާ ގޭގަ ތިބޭ. އަހަރުންވެސް އަހަރުންނަށް ވާވަރުގެ ކަންކަން ކުރަނީ. ކިރިޔާ ސްކޫލް ބަންދުކޮށްލާއިރަށް މި މީހުން ބޭނުންވަނީ ގޭގަ ރަނބަޔަށް ތިބެން.

 7. އައި

  އަލްހަމްުލިﷲ

 8. ޒައިޝާ

  ކޮލެޖް ތަކާއި ސުކުލްތައް ބަންދުކުރިޔަސް ޓީޗަރުން ހަމަ ރަސްމީކޮސް ސުކޫލްތަކަށް ނުކުންނަން އަންގާފައިވޭ. މީގެ މާނައަކީ މި ނުރައްކާތެރި ބަލީގެ ބިރުވެރިކަން އޮތި ހަމަ އެކަނި ސުކޫލްތަކުން ކިޔަވާދާ ކުދިންނަށް އެކަނިތޯ

  12
  3
  • މަ

   ނޫނޭ އޮފީސްތަކުގަ މަސައްކަތް ކުރާ މީހުންނަށް އެކަނި ބިރުވެރިކަން އޮތީ

  • ނަން

   ޓީޗަރުން ނިކުންނަން ޖެހޭތީތަ ކަންބޮޑުވަނީ!!
   އެކި ދާއިރާގެ ކިތައް މުވައްޒަފުން އެބަ ވަޒީފާއަށް ނިކުމޭ؟؟؟ ކޮބާ އެމީހުންގެ ހައްޤު؟
   ކަމެއްވާއިރައް ޓީޗަރުންގެ ހައްޤޯ!!!

 9. ޑިގްރީ ސްޓޫޑަންޓް

  ޢެމްއެންޔޫ އިން ޢުޅުނީ ހުރިހާ ދަރިވަރުން މަރުވަންދެން ކިޔެވުން ކުރިޔަށް ގެންދަން.. އެމީހުންް ތިގޮތަށް އެޗްޕީއޭ އިން ޕްރެށާ ނުކުރިނަމަ ކިޔެވުން ކުރިޔަށް ގެންދަނެ?

 10. ދަރަނި ދަންތުރަ

  ކަލޯމެނޭ މިހެންނޭވާނީ ލާދީނީ ލީޑަރު ބުނެފިޔޭ ރަޖާނުލާށޭ ﷲ ގެ ކުޅަދުންވަންތަ ކަމާމެދު ސައްކު އުފައްދާ ސަހިންދާ ލިޔުނު ރިޕޯޓު ދިފާއުކުރި ލާދީނީ ކެނެރީގޭފުރޭތަގެ ބަސްގަބޫލުކޮންގެން ސޯލިބޭވެސް އެހެރީ ހައްޕުކިޔައިގެން ގައުމަށް ދިވެހިންނަށް ހެޔޮއެދޭ ފުރޭތައެކޯ އެއީ

 11. ޒާރޭ

  ހަބޭހުގެ ކަމެއްތިކުރީ!!

 12. މަމީމަ

  ޓ

  ޓިއުޝަން ކްލާސްތައް އަދިވެސް އެބަ ހިންގާ.