ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގެވުމެއްގައި ވަނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެފަދަ ތަންތަނުގައި މިހާރު ޗެކްއިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް
ނެތް ކަމަށް ވެސް އެންގެވުމުގައިވެއެވެ.

މާލޭގެ ހޮޓެލްތަކަށް ފަތުރުވެރިން ގެނައުން މަނާ ކުރިއިރު، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ ހަޔަކުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

މިފަދަ ފިޔަވަޅުތަކެއް އެޅީ ކޯވިޑު-19 ބަލިން ރައްކާތެރިކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖެ އިން 10 މީހެއްގެ ގައިން ވަނީ ކޮވިޑް-19 ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މާލެއަށް އެކަންޏެއް ނޫނޭ. ރަށްރަށަށްވެސް ނާރުވަބަލަ. ދަތުރު ފަތުރު ހުއްޓަބަލަ. ޕްރެވެންޝަން އިޒް ބެޓަރ ދެން ކިޔޯ. ސޯލިޙޫ އަޑައަހަފެލަ. އަދިވެސް އިންޑިޔާ އިންނާއި ތަންތަނުން ގެންނަވަރުން ގެންނަނީ އޭ.

  2. ލުގުމާން

    ހަމައެކަނި މާލޭގެ ހޮޓެލްތަކަށް ދޯ އަދިވެސް މަނާކުރަނީ. ކޮބާ ރާއްޖެތެރޭގެ ރަށްރަށުގެ ގެސްޓް ހައުސްތައް. އެތަންތަނަށް މިހާރުވެސް އެގެންދަނީ ފައިސާގެ ދަހިވެތި ކަމުގަ އެތައް ބައެއް ގެންނަމުން. ޚާއްސަކޮށް ފާހަގަކޮށްލަން ގއ. އަތޮޅު . މިއަތޮޅު ތަކުގެ ރަށްޔިތުން މިކަމުގެ ސަބަބަުން އެބޭފުޅުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މިންވަރު ކިޔާދިން. ސަރުކާރުން މިކަން ރަސްމީ ގޮތެއްގައި މަނާނުކުރުމުގެ ސަބަބުން މި ރަށްރަށުގައި ގެސްޓް ހައުސް ހިންގާ މީހުން މިދުވަސްކޮޅުގެ ފައިދާ ނަގައި ގެސްޓުން ގެންނަ މިންވަރު އިތުރުކަން. އަދި މިގޮތަށް ގެންނަ ގެސްޓްމީހުން ބަލިވެ ދަތުރު ކުރުކޮށް ފުރާފަވެސް ވާކަން

  3. ދަންބެރު

    މާލޭގެ ސައިހޮޓާތަކަށްތޯ؟

    7
    2
  4. މޮހޮދު

    ބަރާބަރު?

    2
    1
  5. ދިވެއްސެއް ވީމަ ބުނަމޭ

    ބުނަންތަ ވާހަކައެއް މުޅި ދުނިޔެ ކުޑަ ކުޑަ ހަމަ ލޮލަށް ނުފެންނަ ޖަރާސީމެއްގެ ކޮންޓުރޯލް ގެ ދަށުގައި ވިސްނާލާ މިއިން މިފެންނަނީ އިންސާނާގެ ހަގީގީ ހާލަތު ކިބުރު ވެރިކަމާ ބޮޑާކަމުގައި މަތިހަށިނަގައިގެން ފޮނި ކަނޑަމުން ދުވާ ކޮންމެ މީހަކުވެސް މިވަނީ މި ކުޑަ ކުޑަ ޖަރާސީމުގެ ކުރިމަތީ ކުޑަކަކުލަށް ތިރިވެފަ ﷲ ރަހުމަތްލެއްވި ސަލާމަތް ކުރެއްވި މީހަކު ސަލާމަތް ވާނީ ހަގީގަތަކީ މިއީ ދެންވެސް ހޭވެރިވޭ ކިތަންމެ ބޮޑު އެއްޗަކަށްވިޔަސް އަދި ކިތަންމެ ކުޑަ އެއްޗަކަށްވިޔަސް ފެންނައެއްޗެއްކަމަށްވިޔަސް ނުފެންނަވަރު ކުޑަ އެއްޗަކަށްވިޔަސް ﷲގެ އިޒްނަފުޅާލައިގެން ނޫނީ ހަރަކާތް ތެރި ނުވެވޭކަން ތެދު ހިތުން ގަބޫލު ކޮށް އެހީއަށް އެދި ﷲއަށް ދަންނަވާ . ހުރިހާ ބާރެއްގެ ވެރި ފަރާތަކީ ﷲ

    15
  6. މަންނު

    މިހާރު ސައިޒު އިންގޭނެ ބޮޑާ މާލެ މީހުންނަ