ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އަދި ރާއްޖެއިން ވެސް މިހާރު އެ ބައްޔެއް ފެނިފައިވާ ކޮވިޑް-19 ރޯގާއިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފުތާހިރުކަމަށް އިސްކަން ދިނުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަދި އެހެނިހެން ވުޒާރާތަކުންވެސް ގިނަގުނަ މަސަތްކަތް ތަކެއް ކުރައްވާކަން ފާހަގަކުރައްވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސާފުތާހިރުވެ، ގިނައިން އަތްދޮވުން މުހިންމު ކަމުގައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެއްދާ މަސަތްކަތްތައް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މީހުން އެއްވެ އުޅޭތަންތަނަށް ދިއުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި ކަމާއިބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތައް އަޑުއައްސަވާ އެ އިރުޝާދުތަކަށް އަމަލުކުރެއްވުން މުހިންމު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 އިން ރައްކާތެރިވެ ތިބުމަށްޓަކައި އާއްމު ސާފުތާހިރުކަމަށް އިސްކަންދެއްވާ، ގިނަގިނައިން އަތްދޮވެ، މީހުން އެއްވާ ތަންތަނަށް ދިއުން ހުއްޓާލައްވާ، އަދި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތައް އަޑުއައްސަވާ އެއަށް ޢަމަލު ކުރައްވާ. #COVID19
— Faisal Naseem (@FaisalNasym) March 13, 2020
ރާއްޖޭގައި މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް-19 ސިފަކޮށްފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައެވެ.
މީގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން އެ ގައުމުތަކުގެ ސްކޫލްތަކާއި ކޮލެޖްތައް ބަނދުކޮށްފައިވާއިރު ރާއްޖެއިންވެސް ވަނީ އެއް ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފައެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައް ވެސް މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަކަށް ބަންދު ކޮށްފައެވެ. އަދި ރާއްޖޭގައި ބޮޑުބައެއް ތައްޔާރުވަމުންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުންވެސް ވަނީ އޭޕްރީލް 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ބޭފުޅާގެ ސަވާރީކޮޅަށް ލިބުން ގެއްލުން ރިކަވާކުރެވިއްޖެތޯ؟
ޔާ ޙައްޔު ޔާ ގައްޔޫމް ޔާ ރަޙްމާން ޔާ ޒުލްޖަލާލިވަލް އިކްރާމް މިދިވެހި ރާއްޖެ ކްރޯނާ ވައިސް އިން ސަލާމަތް ކޮށްދެއްވާ މި ރާއްޖެ އަށް ބަރަކާތައި ޝިފާ ބާވަލައްވާންދޭވެ އެންމެހާ ބާރަކަާއި ހުރިހާ އިއްޒަތެއް މިލްކުވެވޮޑިގެންވާ އިލާހު އަޅަމެންނަށް ޢަފޫ ކުރަށްވާ ފާފަ ފުއްސަވާ ރަޙްމަތްލައްވާންދޭވެ
މިކަލޭގެ ކޮވިޑް ޖެހިދާނެތީވެ ފިލާ އޮވެފަދޯ މިނިކުތީ
ތިހެން ނުބުންޏަސް ދިވެހިންނަކީ ކަލޭމެންގެ ނަޝީދުގެ އަވަށްޓެރި އިންޑިއާފަދަ ނުތާހިރު ބައެއްނޫން .
އަހަރަމެންގެ ވެރިންގެ ކިބައިގައި ދީނީ ފިކުރުނުހުންނާތީ ވަރަށް ދެރަވޭ. ސާފުތާހިރުވުމާއެކު ﷲ ދުޢާކޮށް ނަމާދުކޮށް ގުރުއާން ގިނަގިނައިން ކިޔަވާށޭ ބުނާ ވެރިޔަކު އަދިނުފެނޭ. ޑަބްލިޔުއެޗްއޯއިން ބުނާއެއްޗެއް ކޮޕީކުރުން ކަމަކީ.
ދިވެހިންނަށް ލޮޓި ދިނީ މިސަރުކާރު ބަލި ވައިރަލްވެފަ އޮތް ގައުމުތަކުން ގޮތެއް ގޮތެއް ނުބަލާ ގެސްޓުން ގެނައީ ޑޮލަރުބޭނުމުގައި އޮޅުވާލާ ކަންތައް ސިއްރު ކުރީ ރިސޯޓް ބޯއިސް އަމިއްލަ އެދުމަށް ގުރުބާން ކުރީ މިސަރުކާރުން ބުއްޅަބޭ އިބިލިސް ހެން ފިލައިފި ފޮނިކަނޑާފަ ދެންވެސް ބުނޭ ގައުމު ހުއްޓުވައެއްނުލެވޭނޭ މީ އާދައިގެ ރޯގާއެކޭ ހެޔޮސަރުކާރުގެ އަސްލު ސޫރަ ބޯހަލަާކު
އަހަރުމެން މުޑުދާރުވެގެންތަ... އިޓަލީ ވިލާތުން ތިބުނާ ވައިރެހެއް އެތެރެކޮށްގެން ތިއުޅެނީ