މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން އަދި ހާއްސަކޮށް ބިދޭސީން ކައިބޮއެ އުޅެނީ ހޮޓާތަކުން ކަމަށާއި އެމީހުންނަށް އިތުރު ގޮތެއް ނުވެސް އޮންނާކަމަށް ވިދާޅުވެ ކައުންސިލްތަކުން އެތަންތަނު ސާފުތާހިރުކަން ކަށަވަރު ކުރެއްވާ ސިޓީ ކައުންސިލްގެ ސްޕީޑު ބާރުކުރެއްވުމަށް އަލްހާން ފަހުމީ ގޮވާލައިފިއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންއެވެ. ޝިފާގެ ޓުވީޓުގައި ވަނީ "ސައި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ދާން ނުޖެހޭ ދިރިއުޅުމަކަށް ދާން ވެއްޖެނަމަ އެކަންވެސް ކުރަން އަޅުގަނޑުމެން ތައްޔާރުވާންވާނެ" ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝިފާ ކުރެއްވި ޓުވީޓަށް ރައްދުދެއްވާ އަލްހާން ވިދާޅުވެފައިވަނީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުން ޚާއްސަކޮށް ބިދޭސީން ކައިބޮއެ އުޅެނީ މުޅިންވެސް ހޮޓާތަކުން ކަމަށެވެ. އެކަން އެމީހުން ކުރަނީ އެމީހުންނަށް އިތުރު ގޮތެއް ނެތިގެންކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ ކައުންސިލުން އެތަންތަން ސާފުތާހިރުކަން ކަށަވަރު ކުރެއްވުން މާ ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވަނީ ސިޓީ ކަައުންސިލް ސްޕީޑު ބާރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖެއިން ކޮވިޑް-19 ފެނުނު އިތުރު ރިސޯޓްތަކަށް ބަލާއިރު، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓު ކުރަމަތި އައިލެންޑް ރިސޯޓުން މީހުންނާއި އަނަންތަރާ ދިގު ރިސޯޓް ހިމެނެއެވެ. މީގެތެރެއިން ބަތަލާ އާއި ކުރަމަތިން ވަނީ ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ފެނިފައެވެ. އަނަންތަރާ އިން އަދި ފެނުނީ އެކަކެވެ.
އެޗް.ޕީ.އޭގެ ލަފައަކީ ގިނަ ގިނައިން ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ކިވާކުރުމަށް ޓިޝޫ އަދި އަތުގެ އުޅަނބޮށި ބޭނުންކުރުމެވެ. އަދި ބަލީގެ އަލާމަތެއް ފެނިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް އެނގުމަށްވެސް އެޗް.ޕީ.އޭ އިން ވަނި ލަފާދެއްވާފައެވެ.
އަލްހާނު ޓީމުން ސްޕީޑު ބާރުކޮށް މި ދުވަސް ކޮޅު ކައްކާ ދޭންވީ އެއްނޫ
ތިބުނީ ހަމަރަގަޅުވާހަކައެއް އެއީ ހަމަނަމެއްގައ އޮންނަތަނެއް މިދަޑިވަޅުގައި ސިޓިކައުންސިލުން އެއްކަމެއްވެސް ކުރާތަންނުފެނޭ ތަންކޮޅެއް ހަލުވި ގޮތަކަށް އާއްމުރައްތިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެބަޖެހޭ އަވސްފިޔަވަލުތަކެއް އަޅަން
ތިބުނީ ހަމަރަގަޅުވާހަކައެއް އެއީ ހަމަނަމެއްގައ އޮންނަތަނެއް މިދަޑިވަޅުގައި ސިޓިކައުންސިލުން އެއްކަމެއްވެސް ކުރާތަންނުފެނޭ ތަންކޮޅެއް ހަލުވި ގޮތަކަށް އާއްމުރައްތިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެބަޖެހޭ އަވސްފިޔަވަލުތަކެއް އަޅަން
ހެޔޮނުވާނެ! ކަލޭ ތީ މި ދުވަސްވަރު އަހަރެމެން ބޮލުގައި އަޅާފައިވާ އުކުނަކަށް ނުވެބަލަ!
މި ދަނޑި ވަ ޅުގައި ވެސް މޭޔަރު ކަން ކުރަނީތަ