އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އެއް އަހަރު ދުވަހަށް ފަސް ކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގޮވާލައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ އާއްމުންގެ ސިއްހަތު ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު އެއް އަހަރަށް ފަސްކޮށް މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އެއް އަހަރަށް ދުވަހަށް ދައްމާލުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ގޮވާލާ ކަމަށެވެ. ޝަރީފް މިފަދައިން ގޮވާލެއްވިއިރު އެމްޑީޕީގެ ގިނަ މެންބަރުން އިންތިހާބު ފަސް ކުރުމަށް ތާއީދެއް ނުކުރައްވައެވެ. ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި އިންތިހާބު ފަސް ކުރަންޖެހޭ ފަދަ އެއްވެސް ހާލަތެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެއެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމި އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކާއި އެކުގައި އިންތިހާބާއި ގުޅިގެން ދެން ކަންކުރަންވީ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބާއި މެދު އެ ކޮމިޝަނުން ނިންމާ ނިންމުމެއް މާދަމާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ކޭސްތައް ފެނުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން ދިޔައީ އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އޭގެތެރޭގައި އާއްމު ރައްޔިތުންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އެގޮތުން އެމްއާރްއެމް އިން ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލާ، އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނައީމް

    އިންތިހާބު ލަސްކުރުމަކީ ހައްލެއްތޯ ވިސްނަބަލަ މިހާރަށްވުރެ ވިސްނުންތެރި ހިންގުންތެރިން ބޭނުންވެފަ ތިބި މި ދަނޑިވަޅުގަ އިންތިހާބު އަވަސް ކުރުން މުހިންމު ނޫ ނީ މި އައްނިގެ ނުފޫޒުން މިގައުމު ސަލާމަތެއް ނުކުރެވޭނެ

    10
    2
  2. Anonymous

    މުސާރަޔާ އިނާޔަތްތައް ނުލިބޭގޮތަށް ތިބެންޏާތިބޭ!ރައްޔަތުން ކަލޭމެން ހޮވާފަތިބީ ގޮނޑިހޫނުކުރަންދޯ!ކޮންމެހެން މުސާރަލިބޭގޮތަށް ކަމެއްނުކޮށް ޓީވީބަލަން ތިބޭނެކަމެއްނެތް!ތީބޭކާރުބައެއް!މަޖިލިސްއަކުން ވާފައިދާއެއްނެތް!ތީއުވާލަންވެއްޖެތަނެއް

  3. Anonymous

    މިސޮރު މިއީ ބީތާއެއްދޯ