'އައްނޫރުލް މުބީން' ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވުމަށް ބާއްވާ ތަޞްފިޔާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް މި އަހަރުގެ މޭ މަހުގެ 11 އިން 17 ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރާނެ ފަރާތެއް ހޮވުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އިއުލާނުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މި މުބާރާތުގެ ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވުމަށް ބާއްވާ ތަޞްފިޔާގައި އަންނަ މަހުގެ އެއްވަނަ ދުވަހު އޮންނައިރު، އިސްލާމިކް މިނިސްޓްރީން ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން އެކަމުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް އިތުރުކޮށްފައެވެ.

އެ އިއުލާނުގައިވާ ގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަން އެނގޭ މީހަކަށެވެ.