ކޮވިޑް-19 އަށް ރާއްޖެ އިން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންނާއި ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓް ސްކްރީނިން ހެދުނު މީހުންގެ އަދަދު 160 އަށް އަރާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކެނޑިނޭޅި ކުރިއަށްދާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ކުރިއަށް ދާ މަސައްކަތެއް ވީމައި ކޮންޓެކްޓް ސްކްރީނިންގެ އަދަދު އެބަ ތަފާތުވޭ. އަޅުގަނޑު މިރޭގެ 8 ޖެހުމާއި ހަމައަށް ބެލި އިރު ހަމަގައިމުވެސް އެ އަދަދު ވަނީ 160 އަށް އަރާފައި." މަބްރޫކް ވިދާޅުވިއެވެ.

ކޮންޓެކްޓް ސްކްރީނިންގެ މަސައްކަތް ކުރިއަށް ދާއިރު އެޗްޕީއޭއިން ގެންދަނީ ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްތައް ނަގާ އެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތައް ކަރަންޓީން ކުރުމާއި މި ބައްޔާއި ގުޅިގެން އެކަހެރިކުރަން ޖެހޭ މީހުން ދެނެގަނެ، އެ މީހުން ބައިތިއްބާނެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ދެނެގަނެވިފައެވެ.

ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ފައްސި ވެފައި ވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ އެއްވެސް ގެސްޓްހައުސް އަކަށް އަދި ހޮޓަލަކަށް ފަތުރުވެރިން ޗެކިން ކުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެވާ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރާ ތަން ނޫން އެހެން ތަނަކަށް ދިއުން މަނާކުރުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރިސޯޓަކުން މުވައްޒަފުން ރިސޯޓުން ބޭރުވުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އަކީ އަވަހަށް ފެތުރިގެންދާ ބައްޔަކަށް ވެފައިވާ އެއް ސަބަބަކީ ބަލި ޖެހިފައި ތިބޭ މީހުންގެ ގައިން އަލާމާތެއް ނުފެނި، އެހެން މީހުންގެ ގަޔަށް ބަލި ފެތުރެމުން ދާތީއެވެ. އެހެންކަމުން ބަލި ޖެހިފައި ތިބި މީހުންނާއި ބައްދަލުވާ މީހުން އެކަހެރިކޮށް، އެމީހުން ވީހައިވެސް އަވަހަށް ޓެސްޓް ކުރެވޭނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙެއިކެޑޭ ނަންނި

  މަބުރޫކޫ ތަންކޮޅެއް ގިނައިން މައުލޫމާތު ދޭން އަރާބަލަ ކޮވިޑު19 ގޭގޭ ގެ ފުރާޅުގަ އުޅޭނެތަ

 2. ދަމަނަކަމަނަ

  ސާފުތާހިރު ކޮން އުޅެންވީ އަތްވެސް ރަގަޅަށް ދޮވެ ތަންތަން ސާފު ކުރަންވީ ކައިފަ ތަށިތައްވެސް ނުބަހައްޓާ ދޮންނަން އާދަ ކުރަންވީ

 3. ކެލާކުރޮޅި

  ކޮވިޑުން 19 މިކަމުން ރަންކާތެރި ވުމުގެ ގޮތުން ކެއްސާކިބިހި އަޅާއިރު މީހުންގެ މޫނަން ނާޅަން ފަރިތަކުރަމާބަހީ އަތްދޮވެ ތަރުކާރީ އެއްޗިހި ދޮންނައިރުވެސް އިސްކޫރުދޮށަށް ކިރިޔާ ދިއްކޮއްލުމުގެ ބަދަލުގަ ރަގަޅަށް ދޮންނަން އާދަަކުރޭ ބިންމައްޗަށް ވެއްޓޭ އެއްޗެހި ހެދުމުގަ ޕޮހެލާފަ ނުކާންވީ

  7
  1
 4. ޢައްޑޫކަތްދަ

  އަތްދޮވެ ގިނަގިނައިން ފެންވަރާ ފެންނުވަރާ ފުއްކޮޅެއް ޖަހައިލައިގެން މިހާރު ތިބެވޭކަށް ނެތް

  8
  1
 5. ފެއްސި

  ތިޔަބައި މީހުން ވެސް ތިބޭނީ އެހެންމީހުނާއި ބައްދަލުވެފައި!ތިޔަމީހުން ގޭގައި ތިބޭށޭ ބުންޏަސް 14 ދުވަހު ތިބޭނެބާ! ތިޔަކުރާކަމުގެ ބޭނުމެއްނެތް އެމީހުން ހިތުހުރިހާ ގޮތަކަށް އުޅެންޏާ!

 6. ނީމް

  ކެލާކުރޮޅި ކަލޭ ކުރާ ކަންތައްދޯ ތިކީ. މި ވައިރަސް ނޫޅޭއިރުވެސް އަހަރުން ކަން ކުރާގޮތެއްނޫން ތީ އެއް. ބިންމައްޗަށް ވެއްޓޭއެއްޗެއް ހެދުމުން ފުހެފަ ކައިތަ އެއްވެސް މީހެއް ދެން. ދައްކާ ފަކުރު ވާހަކަ. އަމިއްލަ މީހާ ސާފުތާހިރު ވެބަ ދޯ ކޮމެންޓް ނުކޮށް

 7. ރައްޔިތުން

  މިވަރު ވާއިރުވެސް ސަރުކާރުން ދުވަނީ ޑޮލަރު ފަހަތުން . ޓުވަރިސްޓުން މުޅި ގައުމައް މިބަލި ފަތުރާފި. ރައްޔިތުން މަގުތަކަށް ނުކުމެ. ވުމުގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރު ކުރަން މުޒާހަރާ ކުރަން ވާހާލައް ގައުމު ވައްޓާލާފި

 8. ކެލާ ކައްޓަލަ

  ޢޭ ނީމް މިސްކިތު ހުޅުޖެހިމީހާ އަށް ވީގޮތް ދޯ ތިވީ ކަލެޔެކޭ މީހަކު ކުކިޔަ އޭ