ކޮވިޑް-19 ޖެހިގެން ރާއްޖެއިން 10،000 މީހުން މަރުވާނޭ ކަމަށް ބުނުމަށްފަހު، އެންމެހާ ދިވެހި ރަތްޔިތުންގެ ކިބައިން އުގެއިލް މާފަށް އެދިއްޖެއެވެ.

އުގައިލް ދިވެހިންގެ ކިބައިން މައާފަށް އެދިފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ. މައާފަށް އެދުމުގެ ގޮތުން އުގައިލް ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ، މީގެ ކުރިން ކޮވިޑް-19 ޖެހިގެން 10،000 ދިވެހިން މަރުވާނެ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކީ އެއްވެސް ގޮތެއްގައި ދިވެހިން ހާސްކުރުވަން ކޮށްފައިވާ ޓްވީޓެއް ނޫން ކަމަށާއި، އެ ޓްވީޓުގެ ސަބަބުން ދިވެހިން ޕެނިކްވެފައިވާތީ އެކަމަށް ނިހާއަތަށް މައާފަށް އެދޭކަމަށެވެ. އަދި ރާއްޖޭގެ ޞިއްހީ ދާއިރާއިން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތް އުގައިލްގެ ޓްވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

އުގައިލްގެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ އޭނާ މީގެ ކުރިން އެހެން ބުނެފައިވަނީ އަންދާޒާ ކޮށްލާފައި ކަމަށެވެ.

އުގައިލް މިރޭ ކުރި ޓްވީޓުގައި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އަދި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ސިއްހީ އެކި މައްސަލަތައް ހުރި މީހުންނަށް ސަމާލުކަންދީ ރަގަނޅު ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއްކަމަށް އުގައިލް ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 10 މީހަކު ވަނީ ފައްސިވެފައެވެ. އެ އެންމެނަކީވެސް ރާއްޖެއިން ބޭރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

 1. ނަޖީ

  އުގައިލް އަސްލު ނުޖެހެ މާފަށްއެދޭކަށް.

  48
  91
  • ގ

   ޖެހޭ މާފައްއެދެން... އުގޭލާ މެދު އެކަހަލަ އެއްޗެކޭ އެހެން މީހަކު ބުނި ނަމަ ވެރެއް ވާނޭ.... އުގެއިލް ކިޔަވައިގެން ހުއްޓަސް އެހެން މީހުންނައް އިހްތިރާމް ކުރުމުގެ ބައެއް ނެތް...

   30
   8
 2. އައްމަޑޭ

  ހިތައް އެރި އެއްޗެއް ޓްވީޓް ނުކުރަށްވާ. ފަހުން ދެރަވާނެ

  108
  11
 3. އައްމަޑޭ

  ހިތައް އެރި އެއްޗެއް ޓްވީޓް ނުކުރަށްވާ.

  69
  13
 4. ސަބްރީ

  މީހުން މަރުވާނެ އަދަދު ނުކިޔާ ކަލެޔަށް އެނގިފަ ހުރިއިލްމެއްގެ ބޭނުންކޮށް އެފަދަ ކަންތަކުން މީހުން ސަލާމަތްވެވިދާނެ ގޮތެއްގެ ވާހަކަ ދެއްކިނަމަ އަހަރެމެން ބަލައިގަންނަ ކަހަލަ ޕްރޮފެސަރަކަށް ކަލޭ ވެދާނެ. ކަލޭ ވެސް މަރުވާނެ ނާސާއާއި އެކު ބަގުޑި ބައްދައިގެން އެކަތިގަނޑަކަށް ވެގެން އޮތަސް.

  110
  13
 5. ސޮނިފޮހެުގެ މަަންމެ

  ޝުކުރިއްޔާ އުގޭލްބުރޯ ބުއްޅަބެއާ އުގޭލްބުރޯ އާ ހުރިތަފާތު މިފެނުނީ ބުއްޅަބޭ މޮޔައެއްގޮވުނަސް މައާފަކަށް ނޭދޭ އުގޭލްބުރޯ ކައިރިން ބުއްޅަބޭ ނަމޫނާ ލިބިގަންނަށް ޖެހޭ

  94
  8
 6. ާޫ މަަަރިޔަނާ

  މިފެންނަނީ ކިޔަވައިގެން ތިބޭ މީހުންގެ ތަފާތު މަޢާފަށް އެދުމުގެ ރިވެތި ނަމޫނާ އަހަރުމެންގެ ބުއްޅަބޭ އިބުރަތް ހާސިލްކުރޭ މިކަންތަކުން ބަހުރުވައިގެ މައްސްލަޔަކުންވިޔަސް ބުނެވޭ ބޯގޯސް އެއްޗަކަށް މަޢާފަށް އެދެން ދަސްކުރާނެ ކަމަށް އުއްމީދުކުރަން ދުރޫސުލް އަޚްލާގު ބުއްޅަބޭ އުގޭލްބުރޯ ކައިރިން ދަސްކުރޭ

  82
  6
  • ވިސްނާލުމަށް އެދެމޭ

   ކިޔަވައިގެން ތިބޭމީހުން ބަހެއް ބުނުމުގެކުރިން ބުނެވޭބަހާމެ ދު ވިސްނާނެ..ކިޔެވުނީމަ ބުއް ދިއިސްކުރާނެ..ކިޔެވުނަސް އީމާންތެރިކަން ކުރިޔަށް ނެރެންޏާ ކުފުރުން ސަލާމަތްވުމަށް ވިސްނާނެ..ކިޔެވުނީމަ ޢައިބަށް އީމާންވާނެ..ޢައިބަށް އީމާން ނުވާނަމަ އީމާންތެރިކަން ފުރިހަމަނުވޭ..

   20
   3
 7. މޯދި

  މޮޔަނުގޮވާ ހުރެވޭތޯބަލާ!

  40
  13
 8. ހއފކނ

  ވައިރަހާގުޅިގެން ދުނިޔެއިން އާއްމު ކުރަމުންދިޔަ ތަފާސް ހިސާބަށް ބަލައި ޕްރޮފެސަރ ކުރައްވާފައިވަނީ އަންދާޒާއެއް. އެއްވެސް ހާލެއްގައި އެއީ ވާނޭކަން ކަށަވަރު ގޮތެއް ނޫން. އެހެން ބުނެފައެއް ވެސް ނެތް. ރަނގަޅަށް ވިސްނާލާފިނަމަ ވައިރަހުގެ ނުރައްކާތެރިކަން ވަޒަން ކޮށްދީފައި މިހާތަނަށް ވާނީވެސް ހަމަ ތަފާސްހިސާބުން ކަން އެނގޭނެ.

  49
  18
 9. ޙުސޭން

  ޢަޅުގަނޑު މާފުކޮށްފިން. އަންދާޒާ ނުކުރޭ، الله اعلم

  48
  3
 10. ކެޔޮޅު

  އުގައިލް އަކީ އަންުރޮފެސަނަލް މީހެއްކަން އަދިކިރިޔާ މި އެނގުނީ މީނައެކޭ ދަންނަކަލޭފާނެކޭ ހުރިތަފާތެއް ހަމަނެތް މިވަރުން ދަންޏާ މިކަލޭގެ ބަލާވެރިކަން އިހުނަށްވުރެ ބޮުޑުވެދާނެ އެކަމަކު މިހެންބުނެވުނީތީ ނިހާޔަތަށް މަވެސްމައާފަށް އެދެން.

  44
  23
 11. ރޯނުއެދުރު

  ރޯނުބެ އަނގަނާވަ މަޑުންހުރުަން ބުއްދިވެރި. ބުއްޅަބެ އަކީވެސް ނުބައި ނުލަފާ ސައިތާނެއް

  41
  6
  • ކެނެޑީ

   އޭ ބުއްޅަބޭ އެއީ ކާކުތަ؟

   11
   1
   • ކަލޯ

    އެއީ މިއުޅޭ ބޮޑުގުޅަ އަންނި ބޭ

 12. ނަސީފު

  ޢައްސިޔޭބުނިނަމަ މާރަގަޅުވާނެކަންނޭގެ

  25
  3
 13. ނަސީދު

  ޢައްސިޔޭބުނިނަމަ މާރަގަޅުވާނެކަންނޭގެ

  17
  3
 14. ސާލިހާ

  ކޮބާ ކިހާވަވަރެ ވިތަ ބ

  19
  5
 15. ބާކޮލި

  މި ޤައުމުގެ ޕްރޮފެސަރުންގެ ފެންވަރު. ދެން އަދި އާންމު ރައްޔިތުންނަށް ވާނީ ކޮންވަރެއް. ދުލުން ބޭރުކުރެވޭ ބަހުގެ ބުރަދަނާމެދު ވިސްނާލި ނަމަ ރަނގަޅުވީސް ތިމާގެ ބޮޑާކަމާ އިލްމުވެރިކަން ހާމަކުރަން މަސައްކަތްކުރުމުގެ ބަދަލުގަ. މީ ތެދު ނޫން މަޢުލޫމާތު ހާމަކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުން. މިހާރު ޤައުމު ގެނެވިފަ އޮތް ހާލަތުން މީ ޤާނޫނީ ކުށެއް. އެންމެން އެއް ހަމައަކުން މިނާކަމުގައި ވަނީނަމަ މި މީހާވެސް ހާޒިރުކުރެވެންޖެހޭ ތަންތަނަށް ހާޒިރުކުރެވެން ޖެހޭނެ.

  28
  6
  • ލޮލްލް

   ހެހެހެ ކަލެއަށް ކޮންތާކުން އިނގުނީ އެއީ ބިރުވެރިކަން އުފައްދަން ކަމެއް. ހާދަ ބިރެއް ތި ގަންނަނީ...އަނެއްކާ ފަސްބައި މާ ހުތުރީތަ ހެއްދެވި ފަރާތަށް މޫނު ދައްކާލަން ނުކެރޭވަރަށް..އަމިއްލަ ފަސްބައި ތާހިރުކޮއްބަލަ. މަރު އަންނާނެ އުގައިލް ބުންޏަސް ނުބުންޏަސް...އުޅޭ ވައްތަރެއް ދިވެހިން....

   18
   9
 16. މޫސަ

  މިވެސް މަވަރުމީހަކު ނެތްކަމަށް ހެދިގެން އުޅޭ މީހެއް.

  35
  5
 17. ސަވާރު

  އުގައިލްގެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ އޭނާ މީގެ ކުރިން އެހެން ބުނެފައިވަނީ އަންދާޒާ ކޮށްލާފައި ކަމަށެވެ. މިއީ ޕްރޮފެސަރ ގެ ކަނޑުކޮސް ވައްތަރު ވީމަ ވާގޮތް...

  37
  4
 18. ހުސްނުވި ސޫދު

  ޕްރޮފެސަރަކަށް ވެ ހުރެ ޤައުމެއްގެ ރައްޔިތުން ޕެނިކް ކުރުމަށް ތިވަރު ޖަރީމާއެއް ހިންގި އެހެން ޕްރޮފެސަރަކު ދުނިޔޭގެ ތާރީޚުން ފެނިވާނެބާއޭ ހިތައް އަރާ... ޢެހެން ބުނީ "އަންދާޒާ ކޮއްލާފަ" ކަމަށް ބުނުމުން ތި ޕްރޮފެސަރުގެ ފެންވަރު އެނގިއްޖެ މިހާރު... ދެން މިބާވަރުގެ ކަންކަމަށް ތި ބުރާންތި އަނގަ ނުބާނާތި..

  25
  5
 19. ބަޅިނދު

  އުގެއިލުގެ ބުނުން އޮޅޭނީ ނުވަތަ ގެޓް ނުވާނީ ވަރަށް ގަޅި މީހަކަށް. މަތާއީދު އުގެއިލަށް. ޖާހިލުން ގިނަވެއްޖެ ތަނެއްގަ އިލްމުގެ ބޭނުމެއް ނޯންނާނެ. މިތިބަ ގަމާރުންނަށް މީ ބުއްޅަބޭ ބުނި އެއްޗެށްނަމަ އޯކޭވީސް. ޢަސްލު އުގެއިލް ނުވެސްޖެހޭ މައާފަށް އެދޭކަށް އެކަމު މިކަމުގައިވެސް އުގެއިލް އެ ސާބިތުކޮށްދިނީ ކޮންފަދަ ރީތި ނަމޫނާއެއް. ޝުކުރިއްޔާ އުގެއިލް.

  19
  30
  • ވިސްނާލުމަށް އެދެމޭ

   އުގެއިލުގެ ޓްވީޓް ގެޓްނުވީ އުގައިލަށް...ގަޅީ ކާ ކުތޯ ދެންބަލާބަލަ..

   5
   2
 20. ޚަލޮަ

  އަ ދި ވެސް ވިސްނުން ފުޅު ރަގަޅު މަގަށް ނޭޅެނީ ބާ. ތި ގޮވެއްޔަށް މީހުން ހިތްހަމަނުޖެހުނީ ޕެނިކުވެގެންނެއް ނޫން. ތިފަ ދުގެ ވާހަކައެއް
  ދެއްކީމަ.
  އުގެނި ކިތަންމެ މޮޅުވިޔަސް ތިމޭރުމުން ގޮވެލި ގޮވޭނެ އިލްމެއް ނެތް ކަމަށް އަ ދިވެސް ހަމަ ގަބޫލު ނުކުރެއްވެނާބާ

  18
  3
 21. ޙާލަތު

  މާބޮޑަށް އެނގިގަނެގެން އުޅޭތީ ވާހާގޮތް ތިޔައީ... މަ ހީކުރީ ޑްރާމާ ތަކުގަ ޕްރޮފެސަރުން ނަމުގަ ޖޯކަރުން އުޅެނީ ހަމަ ޖޯކަށް ކަމަށް... އެކަމަކު މިހާރު އެނގިއްޖެ ޢާއްމު ގޮތެއްގަ ޕްރޮފެސަރުންނޭ މި ކިޔާ މީހުންނަކީ އަސްލުވެސް މޮޔަ ގޮވާ ބައެއްކަން.... ވ ވެދުން

  20
  7
 22. ޑެއިލް

  ތިމާގެ މޮ ޅުކަން ދައްކަން ދިރާސާއެއްނެތި ހުރެފަ ބުނާބަހެއްގެ ފަހަތުން ދުވެ މައާފަށް އެދުމަކީ ވަރަށް ނާތަހުޒީބުކަމެއް. އެއީ ވަރަށް ދަށް މީހުންގެ ސިފައެއް.

  16
  7
 23. ޑެއި

  ތިމާގެ މޮ ޅުކަން ދައްކަން ދިރާސާއެއްނެތި ހުރެފަ ބުނާބަހެއްގެ ފަހަތުން ދުވެ މައާފަށް އެދުމަކީ ވަރަށް ނާތަހުޒީބުކަމެއް. އެއީ ވަރަށް ދަށް މީހުންގެ ސިފައެއް.

  14
  6
 24. ތިމަންނަ

  ހަމައެކަނި އިލްމަކުން ނުފު ދެއެވެ. ހިލްމުވެސް ބޭނުންވެ އެވެ.

  31
  2
 25. ާއެނޯ

  ސިއްހީ ދާއިރާތަކުން ކުރަމުން މިދާ މިންނެތް މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނާނެ، إن شاء الله.

  32
  4
 26. ޑެލްބޯއި

  ލިވަރޕޫލް ފުޓްބޯލް މެނޭޖަރ ޖަރގަން ކްލޮޕް ކައިރިއަށް ގޮސް އެޑިއުކޭޓްވުން ރަގަޅުވާނެ.

  13
  3
 27. ާއެނޯ

  މުޅި ދުނޔެއިންސްވެސް ކޮވިޑް-19 ޖެހިގެން އަދި 10،000 މީހުން މަރުނުވޭ. ދިވެހި ރާއްޖެއިން މިބަލި އަވަހަށް ނައްތާލެވޭނެ. އެޗްޕީއޭ ގެ އިރުޝާދުތަކަށް އެންމެން އަމަލު ކުރާނަން. إن شاء الله

  26
  2
 28. ތޯތޯ

  This is foolishness, and ignorance

  10
  3
 29. މޯޑް

  އެންގެން ނުވާވަރަށް އެންގެން ފެށުމުން ވާކަމެއްތީ.

  24
  2
 30. ޢަލީމުހަންމަދު

  އިލްމެއް ލިބިފަ ހުއްޓައަސް އެއިލްމުގެ އަގުވަޒަންކުރަން ނެއިގުމަކީ ޖާހިލުންގެ ސިފައެއް.

  23
  5
 31. ސަރުބަތު

  ގޫޑް ޖޮބް އުގެއިލް!

  10
  14
 32. އަހުމަދު

  އުގޭލަށް އަސްލުވެސް މާފުކޮށްފިން. ބުނެވުނީ މިދަނޑިވަޅަށް ރަނގަޅު ނޫން ވާހަކައެއް ކަން ގަބޫލުކުރުން މައްސަލައެއްނޫން.

  15
  5
 33. މަހޭޝް

  އުގައިލު އެއްޗެއް ބުނެގެން އަހަރަމެން ބިރެއް ނުގަނޭ. އުގައިލަށް އެނގޭނީ ކިހިނެއް މަރުވާނެ މީހުންނާ، މަރުވާނެ މީހުންގެ އަދަދާ...
  އަހަރުމެންގެ މަރު ތަގުދީރުގަ ހުރި ގޮތަކަށް މެނުވީ ނުވާނެ އުގައިލު ކޮންމެ އެއްޗެކޭ ބުއްޏަސް...

  30
  3
  • ލޮލް

   ބިރު ގަނޭހަމަ...ނުގަންނަ ނަމަ މި ހަބަރު ނާރާނެ...

   5
   8
   • ހ

    އުގޭލް އަކީ އިންޖިނިއަރިން ކިޔަވައިގެން ހުއްޓަސް ސިއްހީ މާހިރެއް ނޫން....

    7
    1
 34. އ މ ރ ބ

  އިނގޭލެއް ބޮޑުވީމާވާގޮތް މިހުންނަނީ، މާފަށްއެދުނީމާ ވަރަށް އުފާވެއްޖެތިކަހަލަ ޕުރޮފެސަރެއް

  6
  3
 35. ޓައްޕު

  ކަލޯގަޔާ އެސޮރުވެސް ހިތު ލަފައެއް ބުނެލީ ބަލި ކޮންޓުރޯލު ނުވަންޏާ ވެދާނެ ގޮތެއްގެ ވާހަކަ ތިވަރަށް ހަސަދަ ނުވެބަލަ އިޓަލީ އަށް ވީގޮތެއްވެްސް ނުފެނޭތަ

  10
  3
 36. ޑެލްބޯއި

  މީ މަބުނާ ވާހަކަ. ކިތަންމެ މޮޅު ފާހެއް ނަގާފައި ހުއްޓަސް އަދި ޔުނިވަރސިޓީއެއްގެ ޕްރޮފެސަރު ކަމުގެ މަޤާމު ލިބުނަސް ރަގަޅު ބިންގަލެއް އެޅިފައި ނުވާނަމަ ތިމަން ބުނާ ބަސްތައް އަމާޒުވާ މީހުންގެ ހާލަތާއި ތަހްޒީބީ މިންގަނޑު "އަންދާޒާ" ނުކޮށް ބަސްތައް ދޫކޮށްލެވޭނެއެވެ. ރަގަޅު ސުކޫލަކުން ބިންގާ އެޅިގެން ނުކުތް ދަރިވަރަކަށް އުގޭލްވި ނަމަ އޭނަ އަށް މާތްﷲ މިންވަރުކުރައްވާފައިވާ ތޫނުފިލިކަން ހެޔޮ ގޮތުގައި ބޭނުން ކުރަން އެނގުނީހެވެ. މިއަދު އޭނަގެ ސަބަަބުން ރައްޔިތުންނަށް ވަނީ އިތުރު ބިރުވެރިކަމެއް ގެނުވާފައެވެ. ސުކޫލުތަކާއި ރަަގަޅު ޓީޗަަރުންގެ މުހިއްމުކަން އުގޭލްގެ މިއަމަލުން ވެސް ހާމަވެއެވެ.

  13
  4
 37. ލޮލްލޮލް

  މީގެންވެސް ދޭހަ ވަނީ ގައުމުގެ ގަމާރުކަން. ގައުމުގައި ނިއުކްލިއަރ ބޮމެއް ގޮވާފިޔާ މަރުވާނެ އަދަދު ލަފާކޮށް ބުނުމަކީ އަންދާޒާއެއް. ސުނާމީ އަރާފަ ކުރިން އޮތީ..ދެން އަރާފިޔާ ކުރިން ވީ ގޮތަށް ބަލާފައި މީހުންގެ ފުރާނައަށް އޮތް ނުރައްކާ ހާމަކުރުމަކީ މައްސަލައެއްނޫން. ދިވެހިން ހީވަނީ ހިކި ދިޔާގަ ބެދިފަ ތިބި ފިލޮޅުތަކެއް ހެން. ޕްލޭގް ކަހަލަ ކަމެއް ވެއްޖެއްޔާ މި ހާލަތު...ހިނި އަންނަނީ....ހަޖަމް ނުވާ މީހުން ޑިސްލައިކް ގިރައިގެން ބޮއެ

  8
  11
  • ސުލޫކު

   އޭ މިހިރަ ބުރާއްޗާ އުގެއިލްވެސް މާފަށް އެދުނީ ބުނެވުނު ބަސް ރަނގަޅު ނޫންކަން އޭނާއަށް ވިސްނުނީމް... ކައޭ ކޮން ފިލޮޅެކޭ، ހަޖަމެކޭ ކިޔާކަށް...

   7
   1
   • ލޮލްލޮލް

    މާފަށް އެދުނީ ތިކަހަލަ ޖާހިލު ދުންމާރިންގެ އަޑުގަދަކަމުން ހެޔޮބަހެއް ބުނެވުނުނު މޮޔަ ހީވެގެން . ގަމާރުންގެ ހާލަތު ބުނެދިނަސް ގަމާރުންނަަކަށް ނުވިސްނޭނެ. ތީ ހަމަ ފިލޮޅެއް..ހަޖަމް ކޮއްލާ...

 38. ސަމްކުޅިބޭ

  އުގައިލު މައާފަށް އެދުނީތީ އުފާކުރަން. މުޅިދުނިޔޭގައި މިހާތަނަށް މިބަލި ޖެހުނީ ގާތްގަނޑަކަށް 155،000މީހުންނަށް މީގެ ތެރޭން މަރުވީ 6ހާސް ކޮންމެސްވަރެއް. ދެން ރާއްޖޭގއަި މިއުޅޭ ގާތްގަޑަކަށް 5ލައްކަ މީހުންގެ ތެރެއިން 10،000މީހުންމަރުވެދާނެކަމަށް އުގައިލު ލަފާކުރީ ކިހިނެއް ހިސާބު ޖަހައިގެންތޯ؟ މި5ލައްކަ މީހުނަށް އެކީ އެއްފަހަރާ މިބަލި ޖެހޭނެކަމަށްތޯ؟

  6
  4
  • ލޮލްލް

   ބަލަގަ ރާއްޖޭގަ މިހާރު ތިބި މީހުންނަށް ބަލަމާ!
   ދުވަސްވީ ގިނަ މީހުން - ގުޑުގުޑާ ބޮއި ދުންފަތް ކައި ކައި ކޮންމެވެސް ދާއިމީ ބައްޔަކަށްބޭސް ކައިކައި،
   ޒުވާނުން ކޯލް މެޝިން ތަކެއްހެން ދުން އެރުވުމުގަ. ސިގިރެޓާ، އީ ސިގިރެޓާ، ޝީޝާ އާ އެލިޔާ އާ ލިޓަސް ދެންކިޔާނެކަމެއް ނެތް.ހެހހެެ
   ގިނަ ޒުވާނުންތަކެއް މަސްތުވާތަކެތީގަ..
   ގިނަ ބައެއް ހަކުރުބަލީގަ
   ތަފާސް ހިސާބުތައް ބަލާފަ އެކިޔަނީ..މި ބަލި ޖެހޭ މީހުންގެ ތެރެއިން ސިއްޙީ މައްސަލަ ހުރި މީހުނަށް ނުރައްކާ އޮތް މިންވަރު ބަލާގެން...އައިސީ ޔޫ ހުރީ 6 އެއްކަ އެތި..ދެން ފާގަ ދިޔަ ދީގެންތަ ބޭސްކުރާނީ......ހޭއަރާބަލަ

 39. ޓރޕ

  މިކަމަކީ މީނާއާމެ ދު ޖިނާއީ ފިޔަވަޅު އަޅަންޖެހެ ކަމެއް. މުޖުތަމައުގައި ކޮވިޑާމެ ދު ބިރުވެރިކަން އުފައް ދަން މަސައްކަތް ކުރީތީ.

  9
  4
 40. ބޯހަލާކު

  އަހަރެމެން ދިވެހިން ރަގަޅެއް ނުވާނެ ދުވަހަކުވެސް. އުގެއިލް ބުނެފައިނީ އެންމެ ގޯސް ހާލަތުގަ 65 ފަސަންޓް މީހުންނަށް ބަލިޖެހި ދިހަހާސް މީހުން މަރުވެދާނޭ. އެހާލަތަށް ދާނެއެކޭ ނޫން. އޭތި ކިޔާފަ އަހަރެމެން ޕެނިކްވީ އެއީ އިލްމީ ދިރާސާއެއްކަން ދެނެގަންނާނެ ވަރުވެސް އަހަރެމެންގެ ސިކުނޑީގަ ނެތީމަ. މިހަބަރުގެ ސުރުހީ ކިޔާފަވެސް ހީވަނީ އުގެއިލް ކޮންމެވެސް ނުބައި ކަމެއް ކޮށްފަ މާފަށް އެދުނީއޭ. މީހަކާ ޖައްސާލިއަސް ދެންބޮޑުވަރު. އުގެއިލް ނުޖެހޭ މާފަށް އެދޭކަށްވެސް. އޭނައަކީ ތަހުޒީބު މީހެއްވީމަ މާފަށް އެދުނީތާ. އަދި މިހަބަރަށް ކޮމެންޓް ކޮށްފަވެސް އެބަތިބިހެން ހީވަނީ އުގެއިލްއަށް ވުރެވެސް މޮޅެތި ޕްރޮފެސަރުން. ލަދުން މަރުވޭ.

  9
  8
 41. ޕރފސރީ

  މިހާތަނަށް މުޅި ދުނިޔޭގެ ކޮވިޑް ޖެހުނު ހިސާބަށް ބަލަންޏާ، ގާތްގަޑަކަށް 400،000 މީހުންނަށް ޖެހިގެން ތިވަރު ވާނެކަމަށް ބެލެވެނީ، މުޅި އާބާދީ އަދި އުޅޭ ބޭރު މީހުން، ރނ ގޮތަށް ވާހަކަ ދައްކާ ބޭކަލަކަށް ވީތޯ؟

  6
  2
 42. އާމިނަ

  ދެންތިހާވަރަށް އެއްޗިސް ނުކިޔަބަލަ. މާފަށް އެދުމަކީ މާތްމީހުންގެ ސިފައެއް.އުގެއިލް އަކީ ދިވެހިންގެ ފަޚްރެއް. މިހާބޮޑު ވަބާއެއް ގައި ދިވެހިރާއްޖެ ކަހަލަ މީހުން ތޮއްޖެހިފައި އޮތް ތަނަކަށް މިބަލި ޢާއްމު ވެއްޖެއްޔާ ފެތުރޭލެއްވެސް އަވަސް ވާނެ ނޫންތަ. ކޮންމެ ކޮޓަރިގަނޑެއްގައި އެތައް ބަޔަކު. ކިހާފަސޭހައިން އަރާނެތަ. ކިހިނެއް ބަލިމީހަޔާއި ތިން ފޫޓު ދުރުގައި އުޅޭނީ. އެހެންވެ އުގެއިލް އެހެން އެވިދާވިކަމަށްވާނީ. . ދުޢާއަކީ ﷲގެ ރަޙްމަތްފުޅުން މިބަލިން އަޅަމެން އެންމެން ސަލާމަތް ކުރަށްވާ ދުނިޔެއިން ވެސް މިބަލިމަޑުކަން ފިއްލެވުން. އުގެއިލު ވެސް މިއުޅޭ ނަޝީދު މެން ގަދަބަސް ބުނެ ފަތުރުވެރިން ގެނައުން ހުއްޓުމަށް ނަސޭޙަތްތެރިނުވެ މިފަދަ ޓްވީޓެއް ވާނެއެއްޗެއް ވީމަ ކުރީމަ ކަމުނުދިޔައީ. ދުރާލާ ރައްކާތެރިވާން މިސަރުކާރު ބޭނުމެއް ނުވިއެއްނު. އަދިވެސް އިންޑިޔާ ކަހަލަ ބައެއް ތަން ތަނުން އެބައާދޭ. ދަތުރުތައް ހުއްޓުވަން ވީ މިހާ ގަދައަށް ބަލިފެތުރޭ އިރު. ރަނގަޅު ވީމާ ގެނެވޭނެނޫންތަ. ދީނުގައި އޮންނަގޮތަށް މިސަރުކާރު ހަމަ ހަދާހިތް ނުވަނީ. ޚުޠުބާގައި ކަރަންޓީން އުޞޫލު ކިޔާފައި ޢަމަލެއް ނުކުރި. ނަޝީދު އުޅެނީ ވޯޓް ހޯދުމުގައި ގަދަ ބަސް ބުނެފައި. ޔާﷲ އަޅަމެން އެންމެން ނަށް ހެޔޮވިސްނުން ދެއްވާ މިނުބައި ވަބާއިން ސަލާމަތް ކުރައްވާނދޭވެ. އާމީން

 43. ޔާމިން

  މީތަނެއްގާހުރިބޮޑުބީތާއެއް

  4
  1
 44. މުހައްމަދު

  ބަސްބުނުމުގެކުރިން ބަހަކީ ތިމާގެ އަޅެކެވެ. ބަސްބުނުމަށްފަހު ތިމާއަކީ ބަހުގެ އަޅެކެވެ..

  3
  1
 45. އ. ޖ. އ

  މައާފަށް އެދެން ޖެހޭތޯ؟ ބައެއް މީހުން އޭތި އޮޅުވާލީ...

 46. ހަކީމް45

  އިހުސާސް ތަކާބެހޭގޮތުން ނުކިޔަވާތީވާގޮތް އެއީއެސޮރުގެ މައްސަލައެއްނޫން ކިޔެވިއެއްޗެހީގެ މައްސަލައެއް.

  1
  1
 47. ހޫ

  ދިވެހިންގެ ގަމާރުކަމާ ޖާހިލު ކަމަކުން އުގެއިލް ނުޖެހޭނެ މާފަށް އެދޭކަށް. ޕެނިކް ވިޔަސް ނުވިޔަސް ހަގީގަތް ވާނީ ހަގީގަތަކަށް.

  3
  5
 48. ބުންބެރު

  މަވަރެއް ނެތިގެން އުޅޭ މީހެއް، ވަގުތުގެ ބޭނުންކޮށްގެން އާއްމުންގެ ސަމާލުކަން ހޯދަން މިއުޅެވެނީ، ނިކަން ބުނެދީބަލަ މީނަ ޤަވްމަށް ކޮށްދިން ހެޔޮކަމެއް، އަބަދުވެސް މިތަނުން ކޮންމެވެސް ކަމަކާބެހި ފައިދާގަނޑެއް ހޯދަން މަސައްކަތްކުރެވިފައި ހުންނަނީ، އަދި އުޅޭނެ މިކަހަލެ ގޮލައެއް ކޮންމެވެސް ހިއުމަން ރައިޓަރެކޭ ކިޔާ މަގާމަކަށް ލައިގެން އަނގަބާނާ ގޮލައެއް

  7
  1
 49. އ

  ފަޅުރަށް ގެއްލި މަރިޔަބު ގެއްލުނީމާ ވާގޮތެއް މީ

 50. މަޢާފް ކޮށްފިން

  ޢުގެއިލްގެ އެ ބަހުން، ވަރަށް ބޮޑަށް ހާސްވި މީހުންގެ ތެރޭގައި މަވެސް ހިމެނެއެވެ. އެހެން ޢުގެއިލް ބުބެފިއޭ ކިޔާފައި، އެވާހަކަ 14 އަހަރުގެ ދަރިފުޅާ ޚިއްޞާ ކުރުމުން އޭނަވެސް ބުނީ، އެކަމާ ހައިރާން ނުވާ ކަމަށެވެ. އަދި އެކަމާ ހާސްވެސް ވާނެކަމެއް ނެއްކަމަށެވެ. އެއީ މިރާއްޖޭގައި ވުން، ހަމަ އެކަށީގެންވާ ކަމެއްކަމަށެވެ. ތިމަންނަ އެސްޓިމޭޓް ކުރީ 7000 ވަރު މަރުވެދާނެ ކަމަށެވެ. އެކަމަކު ޢުގެއިލްގެ އެސްޓިމޭޓް 3000 އިތުރުވީ ތާއެވެ. އެހެންނަމަވެސް ޕޮޒިޓިވްކޮށް ވިސްނާށެވެ. ސާފުތާހިރު ކޮށް އުޅޭށެވެ. މިކަމުން ސަލާމަތް ކުރައްވާތޯ ދުޢާ ކުރާށެވެ. ކަން މިހެން އޮތީތީ ޢުގެއިލްއަށް ހިތުގެ އިޚްލާޞްތެރި ކަމާއެކު މަޢާފް ކޮށްފީމެވެ.

  1
  1
 51. ޕްރ

  ވަރަށް ކިބުރުވެރި ޕްރޮފެސަރެއް!

  2
  2
 52. ގައުމީ

  އއއ އުގޭލް ކުރާހާޓްވީޓަކާބުނާކޮންމެ އެއ އްޗެ އް ނޫހުގަ ޖަހަން ޖެހޭބާ. ރާ އްޖޭގަ އެފެންވަރުގެ ބޭފުޅުން މަދެ އް ނޫން.
  ބޭކާރު އަގަ އެ އް ނުތަޅާ
  ނޫސްވެރިންވެސް އެބަޖެހޭދެ އުޅި އެ އް ނުވާވާހަކަ ވަކިކުރަން .

 53. ހުސޭނުބޭ

  އަދިވެސް މީހަކު އެއްޗެކޭބުނާއިރަށް އަނގަ ބާނާތި! ރީތިވެއްޖެއެއްނު!

 54. އަލި ނަރު

  މާﷲ ކަންތައްތައް ނިޔާކުރާނެގޮތެއް އެއްވެސް އިންސާނަކަށް ދުރާލާފައި ބުނާކަށް ނޭގޭނެވެ. އުގެއިލް ކަހަލަ އިލްމީ މީހަކު މިފަދަ ވާހަކަދެއްކުމަކީ ލިބިފައިވާ އިލްމާދޭތެރޭގައި ޝައްކު އުފެދޭކަމެކެވެ.

 55. މަންޖެ

  10،000 މީހުންގެ ތެރޭގައި އުގެއިލްވެސް ހިމެނޭދޯ. ކޮބައި އެއްކަލަ 100 އަހަރު ދުނިޔޭގައި ހުންނަން ބޭނުންވެގެން ރަނގަޅުކާނާ ކެއުމާ މަދުން ކެއުމުގެ ކަންތައް؟؟ ތިމަންނަގެ އަމާޒަކީ 100 އަހަރު ދުނިޔޭގައި ހުރުމޯ.

 56. އެމްޑީ

  އަހަރެމެންނަށް ބަދު ދުއާ ކުރީތީވެސް މާފަށް އެދެން ޖެހޭނެ. އެއީ ކޮށްގެން ވާނެ ކަމެއްނު އަމުދުން ސައެންސްވެރިޔަކު

  3
  1
 57. އަލްޖިބުރާ

  އުގައިލެއްކަމަކު ބުރުސްލީ ހެދިގެން ހުރިހާކަމަކަށް އަނގަބޭނީމަ ވާނެއެތިތިވީ. ބުރުސްލީވެސް ނުބެހޭހާކަމަކަށް އަނގަބާނައިގެން ހަލުވަމުން ހަލުވަމުންގޮސް އެންމެފަހުން އޮބިނޮއޮވެގެން ވެރިމީހާ އަނގަމަތީ ތަފާލެއްޖެހީމަ އަޑިއަށް ދިޔަގޮތަށް ޚަބަރެއްވެސް ނުވޭ. އަނެއްކާ ކޮވިޑަށް ފޮއްސިވީއަކީ ނޫންބާއޭވެސް ހިތަށްއަރާ.

 58. ާަޢަހަރެން?

  ބުއްޅަބޭ ވެސް އުގައިލު ގޮތަަށް ކުރި ހުރިހާ ޖާހިލުކަމަކަަށް މާފަށް އެދިބަލަ!
  ޢުގައިލު ޖާހިލު ކަމެއް ކުރިއެކޭ ނުބުނަން އިނގޭ......