ދެ ރިސޯޓަކުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި ސާމްޕަލްތައް، އެ ބައްޔަށް ނައްސި ވެއްޖެއެވެ.

ކޮވިޑް-19 އަށް ނައްސިވެފައިވަނީ ސަނގެލި ރިސޯޓުންނާއި، ޑްރީމްލޭންޑް މޯލްޑިވްސް އިން ނެގި ސާމްޕަލް ތަކެކެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވެރިކަމާއެކު ފެތުރެމުންދާއިރު، ރާއްޖެއިންވެސް މިހާރު މިވަނީ ކޮވިޑް-19 ފެނިފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ވަނި 10 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 17 މީހަކު މިހާރުވެސް ކަރަންޓީނުގައި ތިބިއިރު، 11 މީހަކު ވިލިވަރުގައި އެކަހެރިކޮށްފައި އެބަ ތިއްބެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ހުޅުވުން ލަސްކޮސް، ހުރިހާ ކޮލެޖް އައި ޔުނިވާސިޓީއެއް ދެ ހަފްތާއަށް މިހާރު ވަނީ ބަނދުކޮށްފައެވެ. އަދި 14 ދުވަހަށް، އެއްވެސް ރިސޯޓް މުއައްޒަފަކަށް ރިސޯޓުން އެހެން ރަށަކަށް ނުދެވޭނޭ ކަމަށްވެސް ވަނީ އެޗްޕީއޭ އިން އަންގާފައެވެ.

މާލޭގެ ޕާކު ތަކާއި، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް މީހުން އައުވެސް މިހާރު ވަނި މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮންފިޔުޒްޑް

    ނެގެޓިވް ވޭ ވަރަށް އަވަހަށް ޕޮޒިޓިވް ސާމްޕަލްގެ ނަތީޖާވެސް ރޭގަނޑު ދަންވަރު އާމުކޮށބަލަ.

    • ޢަލީ

      ޕޮޒިޓިވް ވެއްޖެއްޔާ އިތުރަށް ބަލަން ޖެހޭތީލަސްވަނީ ބްރޯ ރުޅިނާދޭ

  2. ޢިންސާފު

    މާލެ، ހުޅުމާލެ އަދި ވިލިގިނލި ގައި ހުންނަ ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަކަށް ޗެކިން ކުރުން ހުއްޓާލި ގޮތަށް ރާއްޖެތެރޭގައި ހުންނަ ގެސްޓު ހައުސް ތަކަށް ޗެކިން ކުރުން ވަގުތީގޮތުން ހުއްޓާލަން ފެނޭ..

  3. ބަކުރުބެ

    ދެވަނަ ސާންޕަލެއް ނުނަގާތަ، ދެފަހަރު ޓެސްޓް ކޮއްލުން ވަރައް މުހިއްމު،