ރާއްޖެއަށް އަންނަ އަދި ފުރާ ފަތުރުވެރިންނަށް އެހީވުމަށްޓަކައި "ޓޫރިސްޓު ސަޕޯޓު ސެންޓަރެއް" ހުޅުލޭ އައިލެންޑް ހޮޓަލާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޤާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިސްޓު ސަޕޯޓު ސެންޓަރުން ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައްދީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، ޓޫރިސްޓު ޕޮލިސް އަދި އެމްއޭސީއެލް ގުޅިގެން ހިންގާ ސެންޓަރެކެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖެ އިން ވަނީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ އާއި އިޓަލީވިލާތް ހިމެނޭ ގޮތައް ބައެއް ގައުމަކުން ރާއްޖެ އަށް މީހުން ޒިޔާރަތް ކުރުން މަނާ ކޮށްފައެވެ. އެއީ ޗައިނާ އާއި އިޓަލީޗިލާތުގެ އިތުރުން އީރާނާއި ބަންގްލަދޭޝް އަދި ސްޕޭނުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުން ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފައެވެ.

މިހާރު ސަރުކާރުން ވަނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓާތަކަށް އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް އެ ފަދަ ތަންތަނުގައި މިހާރު ޗެކްއިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް ދަނީ ވަރަށް ބޮޑު ގެއްލުމެއް ވަމުންނެވެ. ކޮވިޑް-19 ގައި ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން އެތައް ސަތޭކަ ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރުތުގާލް

    މިހާރު މަގޭ ބުއްޅަ ކޮބާ ހަބަރެއްނުވޭ އިބިލިސް ގޮތައް އެންމެ ނުބައި ދަނޑިވަޅު ލަނޑު ދީފައި ފިލީތަ އިނގިރޭސިވިލާތު ދޮން އަންހެން ކުދިންނަށް ކޮވިޑް ޖެހޭލެއްގިނަވީމަ މަދަދު ގާރެއްގެ ގޮތުގައި އެހީވާން ދިޔައީތަ

    10
    1
  2. ޙަސަނާ

    އަޅުގަޑުމެނައް މިހާރު މިއިގުނީ ރާއްޖޭގެ ހުރިހާރަށެއްގާ ގެސްޓު ވިޔަފާރިކޮއްގެން ސަލާމަތެއްނެތްކަން ވީމާ ރާއްޖޭފަ ބިންބޮޑުހުރިހާރަށެއްގަ ދަޑުވެރިކަން ކޮއްގެން ކާބޯތަކެތިވެސް އުފައްދަންވީ ހަޑޫވެސް އުފެއްދޭތޯބަލަންވީ އަބަދު ލާރީގަބަގުޑިބައްދާކައްނޫންވިސްނަންވީ ސިޔާސީ އެކުޓިވިސްޓުންނެއްނޫން ގައުމައްބޭނުމީކީ ހީވާގިމަސައްކަތްތެރިން ގާބިލް އިލްމީ ހިންގުންތެރިން ހަލާލުމަސައްކަތެއްކޮއްގެން ހެއުލަފާޖީލެއްބިނާކުރެވެތޯ ދެންވެސްބަލަންވީ ހަމަޔަގީނުންވެސް އެއްވެސް މީހަކައް ނުހައްގުންލިބޭ މުސާރައެއް ހައްގެއްނުވާނެ ދައުލަތުންމުސާރަނަގައިގެން ހަމައެކަނި ސޯސަލްމީޑިއާބޭނުންކުރުމަކީ ލިބޭމުސާރަ ހަލާލު ވާނެކަމެއްނޫން....

  3. މެމްބަރު

    ކްރޯނާވައިރަސްގެ ޞަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިއައި ބޮޑު ހީނަރުކަމާއިގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އެކެއް ނުވަތަ ދޭއް އަހަރަށް ފަސްކުރަން ވަރަށްބޮޑަށްފެނޭ، ޞަބަަބަކީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން ރާއްޖޭގެ އަލަށް އިންތިޚާބުކުރަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ މެމްބަރުންގެ ޢަދަދު އެތައްގުނައެއް ވަނީ އިތުރުވެފައިވާތީއެވެ. އަދި ކައުންސިލްތަކަށާއި ، އަންހެނުން ކުރިއަރުވާ ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ މުސާރައަށް ވަރަށްބޮޑު ހޭދައެއްކުރަންޖެހޭނެތީއެވެ. ރާއްޖެއާއި މުޅިދުނިޔޭގެ އިޤްތިޞާދު މިހާބޮޑުތަންދަށަށްދާ ދަނޑިވަޅެއްގައި އަދި މި އަޑިގަނޑުން އަރާގަނެވޭނެ ދުވަހެއްވެސް އަންދާޒާކޮށްލަންވެސް ނޭނގޭތީ މިވަގުތަށް އެއްމެ ރަނގަޅީ ބަޖެޓުން އަލަށް ކުރަން ރޭވިފައިވާ އިތުރު ޚަރަދުތައްނުކޮށް އިހަށް މަޑުޖައްސާލުން ކަމަށްވާތީ އެވެ.

  4. ބަލަކު

    "ޔ.ނ.ވ.އ" ތީ ލިވަޕޫލް ސަޕޯޓަރެއް ދެއްތޯ؟

    2
    1
  5. މުމތާޒު

    އަދިވެސް ރަށްރަށުގަ ހުންނަ ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން މަނަލެއް ނުކުރޭ، ހަމައެކަނި މާލެ، ވިލިނގިލި، ހުޅުމާލެ ގެސްޓްހައުސްތަކަށް ޗެކިން ހުއްޓާލިޔަސް މީހުން ދިރިއުޅޭ އެހެން ރަށްރަށުގަ ހުންނަ ގެސްޓު ހައުސްތަކަށް މީހުން އަންނަވަރުން އާދޭ، ޔޫރަޕާއި އެހެނިހެން ތަންތަނުން އަންނަ އެމީހުން އުޅެނީ މިރަށްރަށުގަ އާއްމުން އުޅޭ ސަރަޙައްދުގައި، އާއްމު ހޮޓާތަކާއި، ރެސްޓޯރެންޓްތައް ބޭނުންކޮށް، ފިހާރަތަކުން ވިޔަފާރިކޮށް ޕާކުތަކާއި އެހެނިހެންވެސް އާއްމުންއުޅޭ ހިސާބުތަކުގަ، ކީއްވެބާ ރަށްރަށުގެ ގެސްޓްހައުސްތަކަށް މީހުން އައުން މަނާނުކުރެވިގެން މިއުޅެނީ، މިއިން ރަށަކު ހުންނަނީ އާއްމު ބަލިތަކުގެ ޑޮކްޓަރަކާ ނަރުހެއް، މިތަނަށް ފެތުރިގަނެއްޖެނަމަ ހައްލުކުރަމް އުނދަގޫވާނެ