ހުުމާލެއަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއަށް ބަނގުރާ ފުޅިތަކެއް އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ. އަދި މި މައްސަަލައާ ގުޅިގެން އުމުރުން 24 އަހަރާއި، 28 އަހަރު، އަދި 36 އަހަރުގެ ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 22:30 ހާއިރު ހުޅުމާލެ ވެމްކޯ ޖެޓީ ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.

މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އެ ތިން މީހުންގެ އަތުން 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    މިއޮއްފަދަ ނުރައްކާ ދަޑިވަޅުގަ ވެސް މިބައިގަޑު މިއުޅެނީ ރާނުބޮވިގެން މިދެންމިގައޔމައްޖެހުނު ކިހާބޮޑުބަލާއެއް....ކުރާނެކަމެއްނެތް ހެޔޮނަސޭހަތެއް އަޑުއަހާނެ ޒުވާނަކު ނެތް ޒުވާނުން މަގުފުރައްދާނިންމާފި ބޮއިގެން މަސްތުވެ މަގުތައްމައްޗައްވެއްޓިފަތިއްބަސް ފެންނަލޮލެއްނެތް ހެޔޮވިސްނި ހެޔޮއަމަލުތައްކޮއްއުޅޭ ޒުވާނުނައް ރައްކާތެރިކަމެއް ނެތްތާ ކުރަނީ ވެސް ފުރައްސާރަ ...ކައުންސިލްއިންތޮހާބައްފަހު ގައުމު ބަރުބާދު ކޮހްލާނެ ކަމީ ޔަގީން...