ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައި ވަނީ އެމްޑަބްލިއުއެސްސީ ކަސްޓަމަރުންގެ ފެން ބިލުން އުނިކޮށްގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އެ ކުންފުނީގެ މި ނިންމުމުގެ ސަބަބުން ބައެއް ގެތަކުގެ ފެން ބިލް އަންނަ މަހު ހިލޭ ވާނެއެވެ.

ފެން ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހް ވިދާޅުވީ އެ ކުންފުނިން ދިނުމަށް ހަމަޖެހިފައިވާ އެއް ޓަނުގެ ފެން އުނިކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގެއެއްގެ ފެން ބިލުން ކަމަށެވެ.

"އެއް ޓަނަށްވުރެ މަދުން ގޭގައި މިސާލަކަށް ޑޮމެސްޓިކް ކަސްޓަމަރެއް އެގޭ ބިލަށް އެއް ޓަނު ފެން ނާރާ ކަމަށްވާ ނަމަ، އެ ބިލެއް އެއްކޮށް ހިލޭ ވެދާނެ،" އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިހެން ފެން ބިލްތަކުން ލުއިކުރުމުން އެއް ޓަނު ފެން އެ ގޭބިސީއަކުން ބޭނުން ކޮށްފައި ނުވާކަމުގައިވާ ނަމަ، އެގެއެއްގެ ފެން ބިލު އަންނަ މަހު އެއްކޮށް ހިލޭވާނެ ކަަމަށެވެ.

ޝާހު ވިދާޅުވީ މިއީ ކޮވިޑް-19 އާއި ގުޅިގެން އާންމުން އަތް ދޮތުމަށް ސަމާލުކަން ދިނުމަށް ސަރުކާރުން އިލްތިމާސް ކުރަން ފެށުމާއެކު ނިންމި ނިންމުމެއް އެގޮތުން ހިލޭ ދޭ އެއް ޓަނު ފެނުން 10 މީހުން އުޅޭ ގެއެއް ކަމުގައިވާ ނަމަ އެއްމަސް ދުވަހަކަށް ކޮންމެ މީހަކަށް ހަފަހަރު ރަނގަޅަށް އަތް ދޮވެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިލޭ ދޭ އެއްޓަނު ފެން ދޫކުރަން ފަށާފައި ވަނީ ޕަބްލިކް ހެލްތު އެމެޖެންސީ އިއުލާން ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށެވެ.

"އަޅުގަނޑުމެން ކޮންމެ ކަސްޓަަމަރަކަށް ވެސް ބިލުން އެއްޓަނު ފެން އުނި ކޮށްދޭނަން. އަޅުގަނޑަށް އެނގޭ ބިލުން ކިހާވަރަށް އުނިވާނެ ކަމާއި މެދު ވަރަށް ސުވާލު އުފެދޭނެ ކަމަށް. މީގެ އަޅުގަނޑުމެން ބޮޑަށް ވިސްނާފައި ވާނީ ބިލުން އުނިވަނީ ކިހާވަރެއްތޯއެއް ނޫން. އަޅުގަނޑުމެން ބޮޑަށް ވިސްނާފައި މިވަނީ ކަސްޓަމަރަށް ކިހިނެއްތޯ ފެން ފޯރުކޮށްދެވޭނީ އަތް ދޮވުމަށްޓަކައި" ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަތް ހޯދަމުން އަންނަ 44،000 ކަސްޓަމަރުން އެބަތިއްބެވެ. އެ ކުންފުނިން ބުނި ގޮތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނު ފެން ހިލޭ ދިނުމުން އެމްޑަބްލިއުއެސްސީ އަށް ތިން މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހުރނ

    1 ޓަނު ފެނުގެ އަގަކީ 20 ރ ދޯ؟ 3 ހެދިކާ ސަޔެއް ބޯލެވޭނެ

    12
    2
  2. Mahujanu

    އަދި މިމަހުގެ ފެންބިލެ އް ނުލިބެ. މިހާ އަވަހަށް ކަލަގޮވަންފެށީ.

  3. ނާރު

    މާލޭ މީހުންނަށް އެކަނިތަ ދޭންޖެހެނީ

    10
    1
  4. ާފަތޭ

    އަދި މިމަހުގެ ފެންބިލެ އް ނުލިބެ. މިހާ އަވަހަށް ކަލަގޮވަންފެށީ.

    4
    1
    • ޠ

      ކަލޭމެނަށް ފެންވެސް ލިބެނީ ހިލޭ. މާލޭ މީހުން ބޯނެފެންވެސް ފެންވަރާނެ ފެންވެސް ކައްކާނެ ފެންވެސް ލާރިދީގެން ގަންނަނީ. ލިބޭ މިންވަރަށް ޝުކުރުކޮށްގެން މައިތިރިވެގެން ތިބެބަލަ. ކޮންމެ ކަމެއްގައި މިމީހުންގެ ހިތް އަރާ އާސްމާނުގައި މި އޮންނަނީ

      5
      3
  5. ހާނިމް

    01 ޓަނުގެ ފެނުގެ ޖުމްލަ އަގަކީ -/60ރ ތޯ ، ނޫނީ އެއީ ކިހާވަރެއްތޯ

    10
    • ނުރަބޯ

      22 ރުފިޔާ

  6. މާމިގިލީ މީހާ

    ހަމަ ބެޔަސް ނުބެޔަސް 10 ހާސް. މާލޭ މީހުންގެ އެކަނި ތޯ ބިލުތަކުން އުނިކުރަނީ. ކޮބައިތަ ރާއްޖެތެރޭ މީހުން... ކޮބައިތަ އިންސާފު. ރާއްޖެތެރޭ މީހުން ވޯޓް ލާނެކަމެއް ނެތް.

    • ކަޑައޭ

      މިފަހަރު ވޯޓު ނުލައިފިއްޔާ ހޮވޭނީ ވެރިކަންކުރާ ޕާޓީ.

  7. ޑޮމެސްޓިކު ކަސްޓަމަރެއް

    މި ގޭގައި އުޅެނީ 3 މީހުން. އާއްމުކޮށް ފެނަށް އަރަނީ މަހަކު 200-300 ދެމެދުގެ އަދަދެއްގެ ރުފިޔާ. މި ހުއްސި މަހުގެ ބިލަށް އެރީ /-302.60 އެއީ 6.2 ޓަނުގެ ފެން. ބިލުގައި ވަނީ އެހެން. ހިތަށް އަރަނީ ކޮންކޮން ގެތަކަށް ބާއޭ އެމްޑަބްލިއުއެސްސީން ބުނާހެން ފެން ބިލް އަންނަ މަހު ހިލޭ ވާނީ؟! 1 ޓަނޭ ހިލޭ ބުނަނީ އެ އަދަދު އެންމެ ބޮޑު ވީމަ، 1 ޓަނަކީ 1 ސީބީއެމް އެއީ ގާތްގަޑަކަށް 30 ރުފިޔާ ވަރު. އެއީ ކޮންމެ މަހެއްގެ ފިކްސް ޗާޖް އަދަދު. މި ފެން އެއްވެސް ވަރަކަށް ބޭނުން ނުކުރާ ގެތަކަށް ހިލޭ ވާނެ ތޯއްޗެއް.

  8. ޙާާޙޫޫޜާ

    ރައްޔިތުންނަށް ލުޔެއް ދިނުމަށް ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައި ވަނީ އެމްޑަބްލިއުއެސްސީ ކަސްޓަމަރުންގެ ފެން ބިލުން އުނިކޮށްގެން ކަމަށް ބުނެފައި ކޮންމެވެސް އެއްޗެކޭ ކިޔާފަ އެފައިސާ ރައްޔިތުންގެ ފެން ނިލައް އިތުރު ކޮއްގެން ހަމަކުރާނެ. ސަރުކާރު ގެ ކުންފުނިތަކުން ކުރާ ކަންތަކުން ރައްޔިތުން ރުޅި އައްނަނީ އެވަގުތަކު ވެރިކަމާ ހަމާލުވެ ހުންނަ ރައީސަކު ދެކެ.

  9. ޑިމޮކްރަޓިސްޓް

    10 މީޓަރު ހަރުކޮށްފަ ހުރި ގޭގޭން މިކަން ކުރަނީ ކިހިނެއްބާ؟ ހުސް ކުއްޔަށް އުޅޭމީހުން. ކޮންމެ މީޓަރަކުންބާ ތިކަން ކުރަނީ ނޫނީ ކޮންމެ ގެއްގެ ގޯތި ނަންބަރުންބާ ތި އުނިވަނީ؟

  10. ކައްޕިތާން

    ފެންޓަނެއް ހިލޭދެވޭނެ ނޫންތޯ މިހާރުވެސް ކޮންމެ މަހަކު ތިޔަ ކުންފުންޏައް އެއްވެސް ކަމަކާ ނުލާ ފެންމީޓަރަކައް 30 ރުފިޔާގެ މަގުންބެލީމަ 44000 މީޓަރައް 1320000 ތޭރަ ލައްކަ ވިހިހާސް ހިލޭ އެބަލިބޭ ވީމާ އަހަރަކައް ބަލާނަމަ 15840000 ރުފިޔާ ހިލޭ ރައް ޔަތުން އަތުން ލިބޭ ދެން ފެންޓަނެއް ހިލޭދޭންވީމަ ތިޔަ މީޑިއާ ފަލަ ސުރުޙީއައް ތިޔަލަނީ ވޯޓް ހޯދަން ކުރާކަމެއް މީގެ ހެއްވާކަމަކީ މިހާރު އައްޑޫގައި މީޓަރައް ނަގާ 30 ރުފިޔާ ކަނޑާލާފައި މިމާލޭގެ ރައްޔިތަކައް ވީމަ ކަނޑާ ނުދެވޭ މީ މާލޭގެ ރައްޔތުންނާ ދޭތެރޭގައި ސަރުކާރުން ގެން ގުޅޭ ނަސްލީ އިމްތިޔާޒަކައް ނުވޭތޯ