ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގްތިސާދަށް އެންމެ ބޮޑު އިނދަ ޖެހުމެއް އައީ ކޮވިޑް-19 ގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާ އަށް ބީއެމްއެމްއެލް އިން ލޯނު ދޫކުރަން ފަށަން ބީއެމްއެލްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަތާ 36 އަހަރުވެފައިވާ އިރު، މިއީ ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ފަހަރު ކަމަށެވެ. އެހެންވެ، މިއީ ޓޫރިޒަމް ދާއިރާ އަށް އެހީ ބޭނުންވާ ވަގުތެއް ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"އެހާ ހިސާބުން ފެށިގެން ބަލާއިރު މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އައިސްފައިވާ އިނދަ ޖެހުމަކީ މިހާތަނަށް މި ސިނާއަތަށް އައިސްފައިވާ އެންމެ ބޮޑު އިނދަ ޖެހުން،" ޓޫރިޒަމްގެ ދާއިރާގެ އެއް ތަޖުރިބާކާރު ނަޒީރު ވިދާޅުވިއެވެ.

ކޭޝްފްލޯ އަށް ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ބީއެލްއެލް އިން ވޯކިން ކެޕިޓަލަށް ހާއްސަކޮށް ލޯނު ދިނުމަކީ މި ވަގުތަށް މުހިއްމު ކަމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބީއެމްއެލުން ޓޫރިޒަމް ދާއިރާ އަށް ލޯން ދެނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަތުމަށް ދެ މިލިއަން ޑޮލަރާ ހަމައަށް ލޯނު ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ. މި ލޯނަށް ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ނަޒީރު ވިދާޅުވީ މިފަދަ ފައިނޭންސް ސްކީމެއް ތައާރަފު ކުރުމަކީ ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޓޫރިޒަމްގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން އެ އިންޑަސްޓްރީ ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އަދި އެ އަނދަވަޅުން ސަލާމަތްވުމަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް ހުރި ކަމަށް އެމީހުން ފާހަގަކުރެއެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކުން ބިދޭސީ/ފަތުރުވެރިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޤަބީލާ

  މިއީ މާތްﷲގެ ކުޅަދުންވަންތަކަން ކަލޭމެން ދެނެގަތުމަށް އައި ފިލާވަޅެއް! ޔާމީންގެ ވެރިކަން އޮތްއިރު ޔާމީނަށާ ސަރުކާރަށް ގެއްލުންދިނުމުގެ ނިޔަތުގައި ރާއްޖޭގެ ފަތުރުވެރކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޤަވްމުތަކަށް ދަތުރުކޮށް އާދެސްކުރީ ކަލޭމެން! އެހެނަސް ޔާމީންގެ ޙިކުމަތުން އެކަން ކޮޅެއްގައި ނުޖެހި ދިޔައީ! މިއޮތީ މީހަކު ކުރި ކަމަކާ ނުލައި ފަތުރުވެރިކަން ބޮއިކޮޓްވެފަ! މިފަދަ ކިތަންމެ ކަމެއް މިގޮތަށް ފެންނަމުން މި ދަނީ! ޢިބްރަތް ލިބިގަނޭ!

  24
 2. ޝާހް،ރ.ވާދޫ

  ކީކޭ ތިކިޔަނީ؟ ގައިމު ކެނެރީގޭ ޝައިތާނު ބުނި، ލެޕުޓޮޕަކާ، 1 ރިސޯޓު އޮތިއްޔާ މިގައުމު ހިންގޭނެޔޭ. މިހުރިހާދުވަހު ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކަޓުކުރަންގޮވީ، ކަލޭމެނާ ކަމަކާ ދިމާވީމަ މިހާރު މިއޮތީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބޮޑު އިނދަޖެހުމަކަށްވެފަ. މިވަރުގެ ނުބައި ނުލަފާ ބައިގަނޑެއްމީ.

  23
 3. ބްރެޑްވިނާ

  މިނިސްޓަރު ވިދާޅު ވި ނޫންތޯ މީ ހާސް ވާންވީ ކަމެއް ނޫނޭ

  15
 4. ޖުލިއާ

  ނަޒީރު މިއީ ވަރަށް ވަރަށް ފޫހި މީހެއް!

  9
  2
 5. ސޯކާބެ

  ޓޫރިޒަމް ދާއިރާ އައް 36 އަހަރުވެފައިވާ އިރު، މިއީ ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ފަހަރު ކަމަށް ވިދާޅު ވާއިރު ތިޔަ ދިގު 36 ހައަހަރު ގަ ކުރިން ވީފައިދާއިން މިގައުމައް އަދި ރައްޔަތުންނައް ލިބުނު ފައިދާއެއް ނެތޭ ބުނެވިދާނެ އެއީ 36 އަހަރުފަހުން ކާރިސާއެއް ދިމާވީމަ އެކަމުން އަރައިގަނެވޭނެ ކެޕާސިޓީއެއް ނެތީ ބެކަޕެއް ނެތީ ނާގަބިލް ކަމުން ކަމައް ލަފަކުރެވެނީ ވީމާ ޕޯޑިއަމް ތަކުގައި ތިޔަ ވާހަކަ ތައް ދެއްކުމުން ތިޔަ އަމިއްލަޔައް ފަލީހައް ވަނީ ނޫންތޯ

  12
 6. ހަސަދު

  ބަލަ ފެށުނީއްސުރެ ރަންބިސް އަޅާކުކުޅޭ ކިޔައިގެން އެހެން އެއްވެސް ކަމަކަށް ނުވިސްނާ ތިއްބާ ލިބުނު ލަޑު. ދެންވެސް ޓޫރިޒަމް ނަންބަރު 1 އަކަކަށް ނަހަދާ އެހެން އިންޑަސްޓުރީ ތައް ކުރިއެރުވޭތޯ ބަލަމާ ހިގާ.