ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ރައްޔިތުންނަށް ލުޔެއް ދިނުމަށް އެއް ޓަނުގެ ފެން ހިލޭ ދެނީ ހަމައެކަނި އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް އެކަނި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން އެގޮތަށް ނިންމާފައި ވަނީ ކަމާ ބެހޭ އިދާރާތަކުން ގިނަ ގިނައިން އަތް ދޮތުމަށް އިރުޝާދު ދެމުންދާތީ އެ އިރުޝާދުތަކަށް ބޯލެނބުމުގެ ސަބަބުން ގެތަކުގެ ފެން ބިލުތައް ބޮޑުވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމާ ގުޅިގެންނެވެ.

ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނު ފެން ދިނުމަށް ނިންމާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައި ހުންނަ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް ވަނީ އެމްޑަބްލިއުއެސްސީގެ އެ ނިންމުމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެއް ޓަނުގެ ފެން ހިލޭކޮށްދެނީ ގެތަކުގެ ފެން ބިލުން އުނިކޮށްގެން: ޝާހު

އެމްޑަބްލިއުއެސްސީން ވަނީ އެއް ޓަނުގެ ފެން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހާމަކޮށްފައެވެ.

ފެން ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ ޝާހު ވަނީ ހިލޭ ފެން ދިނުމަށް ނިންމާފައި ވަނީ ހަމައެކަނި އެކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ މީހުންނަށް ކަމަށް ވިދާޅުވެފައެވެ.

ޝާހް ވިދާޅުވި ގޮތުގައި މި ނިންމުމާ ގުޅިގެން ފެން ކުންފުނީގެ 44،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އެއް ޓަނު ފެން ހިލޭ ލިބޭނެއެވެ. އެއް ޓަނުގެ ފެން ދިނުމަށް އެ ކުންފުނިން ތިން މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިނުމަށް ނިންމާފައިވާ އެއް ޓަނުގެ ފެނުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ގިނަ ގިނަ އިން އަތް ދޮތުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 11 މީހަކު ރިސޯޓަކުން ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ.

އަދި އިތުރު ބައެއް ރިސޯޓްތަކުން ވެސް މިހާރު މި ބަލި ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. މުޅި ރާއްޖެއަށް ކުއްލި ހާލަތުގެ އިއުލާނު ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ގިނަގިނައިން އަތް ދޮވުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޙިސާން

  އަދިވެސް ރައްޔިތުން ގުންބޯ ހެއްދުމުގަ ސަރުކާރުން 22ރ ގެ ފެން ހިލޭ ??‍♂️ ކީކޭދެންކިޔާނީ. މާލެ ފެނައް ޖެހިގެން އުޅުނުއިރު ރައްޔިތުން ދެއްކި ރީތި މިސާލުމަތިން ހަންދާން ނެތުނީތޯ.

  26
  2
 2. ރައްޔިތު މީހާ

  ދެން އެހެން ވ އިރު ކޮން ރައްޔިތުނެކޭތަ ތިޔަ ކިޔަނީ...ބޮޑު ކަމެއްނުން...ދެފަހަރު ދެގޮތައް ނޫނީ އެކައްޗެއްވެސް ކިޔަން ނޭގެނީ ދޯ...ކޯލްގެޓު މައުތް ވޯޝް އިން އަނގަ ދޮވެގެން ވާހަކަ ދައްކަން މަށައްފެންނަނީ....

  16
  1
 3. މައިނާ

  ކޮބާ ހުރިހާ ދިވެހި ރައްޔިތުންގެ ހައްގު. ތަފާތުނުކުރޭ. ވޯޓުން ދައްކާނަން ތަފާތުކުރާވަރު. އޯކޭ

  24
  2
 4. މުހުޒީލް

  ވަރަށް ވެސް ބޮޑުވަރު ތީ،،، ރަތްޔަތުން މީ ގަމާރުން ކަމަށް ހީކުރަށް ވަނީތަ؟ ކޮންމެ ގޭބިސީ އަކުން ބިލްގެ ޖުމްލަ އަދަދުން އެއްޓަނަށް ވާ 23 ރުފިޔާ ކެން ޑުނީމަ ތިކޮށް ދެވުނީ ވަރަށް ބޮދުވަރު --- ދެންވީ ގަބޫލް ކުރަން ސަރުކާރުން މި ކޮށްދިނީ ވަރަށް ބޮޑު ހޭދަ އެކޭ////

  17
 5. ރާއްޖެތެރެމީހާ

  ރާއްޖެތެރެމީހުންނަށް އޮތީކޯއްޗެ

  36
  1
  • ބޯކިބާ

   މަގޫފަތް.

 6. ޙަސަނާ

  1 ޓަނުފެން ........ ކޮންމެ ގެއަކައް 44 ހާސް ކަސްޓަމަރުންނައް......ކުންފުނިން 3 މިލިއަން ހަރުދުކުރަނީިިި....؟؟؟؟؟؟؟ މިމަހު އެކަނިތަ...

  21
 7. އެޑްމުންޑޯ

  މާލޭގައި އިތުރުބަޔަކު ފެންދޫކުރޭތަ ، ނޭގޭތީ އަހާލީ

  39
 8. Anonymous

  ޏުކުޅެދޭސަރުކާރު

  18
  2
 9. ޙަމީދު

  ޝާހު ބުރޯ. ކޮވިޑު ހަމަަައެކަނި ޖެހުނީ ތިއޮފީސް މީހުނޮން އުތަ

  13
  2
 10. ?

  އެޑްމުންޑޯ ކޮއްކޯ.. އެބުނީ ރާއްޖެތެރެ މީހުން ވާހަކަ..

 11. ?ޖާބިރު.

  ނިކަމެތިންނައް ނިކަމެތި ގޮތް. އެމް ޑަބްލިޔްއެސް ގެ ފެން ލެވޭވަރު ނުވާތީ ވަޅުން ފެންބޭނުން ކުރަނީ. ހިލޭ ރައިއްޔަތުންނައް ފެންދޭކައްނޫން ތިއުޅެނީކީ. އެއްޓަން ފެން ދީފަ ތިންޓަން ފެނުގެ އަގުދަމައިގަންނަން ތިއުޅެނީ.

  4
  1
 12. Anonymous

  ފުރަމަ 3 ޓަނަށް އެމްޑަބްލިޔު އެސްސީން ނަގަނީ 22 ރުފިޔާގެ ރޭޓުން އެހެންކަމުން
  968,000= 44000*22
  ސާޅީސް ހަތަރުހާސް ކަސްޓަމރުންނަށް އެއްޓަނުގެ ފެން ހިލޭ ދިނުމަށް ބާވީސް ރުފިޔާގެ ރޭޓުން ދިނުމުން ޖުމްލަ ދާނީ ނުވަލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ.
  3 ލައްކަ ރުފިޔާ އަރަނީ ކިހިނެއް ކަމެއް ނޭނގެ.

  8
  2
  • މޯދީ

   ޖީބަށްއަޅާބައި ހިމަނައިގެން?

 13. އަބުދުﷲ

  ތިމީހުންތިތަން ވިއްކާލީވެސް ކަލަވެސްގޮވާނެ

 14. ހައިރާން.

  ފެން ކުންފުނި ހިންގަނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންތޯއެވެ.

 15. ޟަރުދީ

  ސްޓެލްކޯއިންވެސް މިގޮތައް ކަން ކުރަން ވީނު މުވައްޒަފުން ރީޑިންގ ނަގާށާއި ބިލް ބަހަން ނުފޮނުވާ 2 މަހުގެ ބިލް ފްރީކޮއްލާ ވަރައް ސަޅިވާނެ ފެނަށްވުރެ މާރަގަލުވާނެ

 16. ކިކިކި

  ރައްޔިތުންނޭ އެއީ 2ފުޅި ފެނޭ 20ރ އެއީ

 17. ގަޅިން

  1 ޓަނު ފެނަކީ 1000 ލީޓަރު ފެން
  އެނގިއްޖެތަ....

 18. ނަސީފު

  ފެންބިލް ބާއްވާ ކޮބައިތޯ ކަރަންޓް ބިލް

 19. މީދާ

  3 މިލިޔަން ކަމަށް ޚަބަރުގަ އިނީ.

 20. ދުންމާރި

  މީ ބުރާންޗެއްތަ އަނެއްކާ؟ މާލޭގައި އެމްޑަބުލިޔު އެސްއީ ނޫން ބަޔަކު ފެނުގެ ޚިދުމަތްދޭތަ؟ އެހެން ބަޔަކު ފެނުގެ ޚިދުމަތް ދޭނަމަތާ އެހެންބައެއްގެ ކަސްޓަމަރުން މާލޭގައި އުޅޭނީ މިކަހަލަ ދެބަންދިހާރުވާހަކަ އެމްޑީޕީ ބުރާންތިން އަބަދު ދައްކާނީ ހުރިހާކަމެއްގަވެސް ކެމްޕޭނު ބުނަންވީނު އެމްޑިޕީއަށް ތާއީދުކުރާމީހުން އެކަނިއޭ ދޭނީ 1 ތަނުފެން 1 ޓަނުފެން ދިނީއޭކިޔާފަ ބިލަށް 02 ޓަނުގެ އަގު އެއްކޮށްފަ ދެން ބުނާނީ ހޫނުގަދަ މޫސުމެއްވީމާ ފެނުގެ ހަރަދު ބޮޑިއޭ މިކަހަލަ ދެކޮޅު ނުޖެހޭ ވާހަކަ މިސަރުކާރުން ދައްކާނީ ކަރަންޓު ބިލް ބޮޑުވެގެން މައްސަލަ ހޫނުވީމަބުނީ ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވަނީއޭ މިފަހަރުވެސްހަމަވާނީ ހަމަ އެހެން 01 ޓަނު ފެން ހިލޭ އޭ ކިޔާފަ 22 ރުފިޔާ ބިލުން އުނިކޮށްފަ ހޫނުގަދަވުމުގެ ސަބަބުން ބިލަށް 50 ރުފިޔާ އިތުރުކޮށްލީމަ ހުންނާނީ ރައްޔިތުން ގުނބޯ ހެއްދިފަ

 21. ނިހާން ދޮންކެޔޮ

  ކޮންމެވެސް އެޗެކޭކިޔައިގެން ސަރުކާރުގެ ލާރިގަނޑު ދަވާލަން އެވިސްނަނީ....

 22. ފެން

  ލާދީނީ ސަރުކާރުން ދޭ އެއްޗިހި ބޭނުމެއްނޫން،ބިލަށް އެރިވަރެއްދެއްކޭނެ انشاالله..7 އުޑުމަތިން ފެން ބާއްވާލައްވާނެ.. ﷲسبحانه وتعلي އަށްވުރެ ބާރުގަދަފަރާތެއްނުވެ..حسبناالله ونِعْم الوكيل...

 23. ދަނގެތި

  ބޯގޯސް ސަރުކާރު ހަދާނެ ނުހަދާނެ ކިޔާނެ ނުކިޔާނެ ނޭނގޭ ސަރުކާރު ރާއްޖެތެރޭ ރައްޔަތުންނަށް އެގެއެއްގެ ވަޅުން 2 ޓަނު ފެން ހިލޭ ދޫކުރާ ސަރުކާރު އިސްތިއުފާދީފަ ގެއަށްދޭ .