ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ކުރަމުން އަންނަ މަސައްކަތް ކޮވިޑް19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެ ކޮމެޓީން ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ މިއަދުން ފެށިގެން "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމެޓީން ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މި ފިޔަވަޅު އަޅުއްވާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށާއި މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން ޢާންމުކޮށް އިޢުލާންކުރެވޭނެކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 11 ކޭސްއެއް ވަނީ ފެނިފައެވެ. މި އެންމެންްނަކީވެސް ބިދޭސީންނެވެ. މީގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލުޓޭރުންގެ ސަރުކާރު

  ވައަރލެސްގެތެރެއިންވެސް ވައިރަސް ދަތުރުކުރަނީތަ...ހިޔާމަޝްރޫގެ ހާލަތުބަލަން އަހަރެމެންގެ ގެޔަކަށް ނާދޭ.ގުޅާފަބުނި ދާނެއޭ ދާނެދުވަހެއްނުބުނޭ..ދެން ގެތަކަށް ދިއުންހުއްޓާލަން ބަހާނާއެހޯދީ..ކިތައް ގެއަށް ދެވިއްޖެބާ ތިބަޔަކަށް..ކޮއްމެކަމަކަށް ކޮރޯނާ ޖައްސާދެން..ބަހަނާއެލިބިއްޖެ...

 2. މީހާ

  ބަޔަކު އަޅާފަ ހުރި ފްލެޓް ތަކެއްގެ ތަނޅުދަނޑިވެސް ދިއްކޮށްލަން ނުކެރުނު ބަޔެއް ތީ... ކަމެއް ނުވާނެ މި ސަރުކާރަތަކަށް.... ހީވަނީ މި އީ ވަރަށް ކޮރަޕްޝަން ނެއްބަޔެއްހެން،،،،، ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމްޑީޕީ މީހުންނަށް ދެވޭތޯ....

 3. އިތުބާރު

  ސަރުކާރުން ދޭލިޔުމުގެ ވެސް އެއްވެސް އިތުބާރެއް ނެތް. ޕ.ސޯލިހް މިއިތުބާރު ހިފަހައް ޖެހޭ.

 4. ބޭރުންބަލާއިރު

  ބޭރުން ބަލާއިރު ވަރަށް ރީތި އެތެރޭގެ އެޕާޓްމަންޓްތައް ދައްކާލަބަލަ، އަދި ތިއިން ބިލްޑިންގްއެއްގަ ކިތައް ލިފްޓް ހުރޭތަ؟ މިއަހަރު ނިމޭއިރުވެސް ހިއެއްނުވޭ ހަވާލު ކުރެވޭނެ ހެނެެއް