ރާއްޖެއިންވެސް ކޮވިޑް-19ފެނިފައިވާއިރު، މި ދުވަސްކޮޅު ކައިވެނި ހަފްލާތަަކާއި، އެ ނޫންވެސް ހަފްލާތައް ބޭއްވުން މަދު ކުރުމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެދިއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، ޑަބްލިވްެއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 ޓެސްޓު ކިޓްތައް ހަަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުންނެވެ.

އަމީން ވިދާޅުވީ، މި ބަލިން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ ރަނގަޅަށް އަތް ދޮވެ ސާފްތާހިރުކަން އެޗްޕީއޭއާއި އެހެނިހެން ކަމާއި ބެހޭ އިދާރާތަކުން ބުނާ މިންގަނޑުތަކަށް ބެހެއްްޓުން ކަމަށެވެ. އަދި ތަންތަނަށް ދިއުމާއި އެއްވެ އުޅުމުގެ ހަރަކާތްތައް ނުބާއްވާ، ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ތަބާވުމަށް އަމީން ވަނީ އެދިފައެވެ.

"މިވަގުތަކީ އަޅުގަނޑުމެން ކޮންމެހެން އެއްވާން ޖެހޭތަންތަނަށް ނޫން ތަނަކަށް އެއްވާންވީ ވަގުތެއް ނޫން. މިވަގުތަކީ އަޅުގަނޑުމެން ޕާޓީތައްވެސް ބާއްވަން ވީ ވަގުތެއްވެސް ނޫން، ކައިވެނި ހަފްލާތައް ވެސް ވިޔަސްއެ ނޫން ހަފްލާތައްވިޔަސް މިވަގުތު މަދުކޮށް ހުއްޓާލަންވީ ހާލަތުގައި ކަމާއި ބެހޭ ފަރާތްތަކުން އަންގާ ގޮތަކަށް އަަމަލު ކުރުން އެދެން". އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އެކިއެކި ކުޅިވަރުގެ މުބާރާތްތަކާއި، ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް މިވަގުތަށް ހުއްޓާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ހުމުގެ އަލާމާތްތަކާއި، ޑޮކްޓަރުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހޮސްޕިޓަލަށް ނުގޮސް ގާއިމްކޮށްފައިވާ ފްލޫ ކްލްނިކްތަކަަށް ދިއުމަށް އަމީން ވަނީ އިރުޝާދު ދީފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލައިލާ

    މީ މިނިސްޓަަރާ ބެހޭ ކަމެއް ނޫން ، މަގޭ ވެޑިން މަށަށް އެނގޭނީ

    4
    52
    • ނަސޭޙަތް

      މަގޭ ވެޑިން ކިޔާފަ ޕާރޓީ ބާއްވާއިރު އެތާ ވައިރަސް ހުރި މީހަކު ހުރެގެން ބޮނޑިއެއް ބޮއުނީމަ އޮންނާނީ މަގޭ ވެޑިންނޭ މިނިސްޓަރޭ ގޮވިފަ. ދެންވެސް ތިއަނގަ މައިތިރިކޮށްފަ ބަސްއަހައިގެން ގޭގަ އޮވެބަލަ. އެހެންނޫނި ދުވަހަކުވެސް ވެޑިން ނުބޭއްވޭތަން އައިސްދާނެ. މާތްﷲ އަޅަމެން އެންމެންނަށް ހެޔޮވިސްނުމާއި ދުޅަހެޔޮ ސިއްޙަތެއް ދެއްވައި ކޮރޯނާއާއި އެހެނިހެން ބަލިތަކުން ސަލާމަތް ކޮށްދެއްވާށި. ???

      43
      2
    • އީޝާ

      ކަލޭގެ ވެޑިން ކަލޭއެކަނި ނިންމާލަންވީނު އެހެންމީހުން ނުގެންގޮސް!! ޕާޓީ އެކަނި ނިންމާލާ!އޭރަށް އަހަރެމެންނަށް އޯކޭ.

      26
      1
    • ބޯހަލާކު

      ހާދަ ގަމާރު މީހުންވެސް އުޅެއޭ. މި ކިހާ ފަސޭހައިން އަރާ ވައިރަހެއް ކަން އެނގޭތަ. އެންމެ މީހަކަވެސް އެތައް ބަޔަކު އިންފެކްޓް ކުރެވޭނެ. މީހާރު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ދުނިޔޭގެ އާބާދީގެ 50 އިންސައްތަ މީހުން އިންފެކްޓްވެ އެތައް މިލިއަން މީހުން މަރުވެދާނެ ކަމަށް ކަމާގުޅޭ ތަޖުރިބާކާރުން ލަފާ ކުރަނީ.

      15
      1
  2. ދެވަންސޫރަ

    މިއީ ރިސޯޓްތައް ބަންދުކޮށް މުވައްޒަފުން ރިސޯޓުން ނުފޭބޭނެގޮތް ހަދާފަ ގެސްޓުން ގެނެސް ރިސޯޓުތަކުގަ މަސައްކަތް ކުރަން ތިބި އެންމެން ނުރައްކަލަށް ވައްޓާލަންވީ ދަނޑިވަޅުތޯ؟

    27
  3. ބޮޑުދައިތަ

    ލައިލާ ދޫންޏާ އެކަނި ނަފްސަށް ނުވިސްނާ.
    ފަރުދީ ޒިންމާ ކޮންމެ މީހަކުވެސް އަދާކުރަންވީ ވަގުތުމީ. މިބަލީގެ ނުރައްކާ ކަނބުލޮ ޅަކަމުން ހަމަ ނުވިސްނެނީތާ. މީހަކާ އިންނަށް ހަމަ ތިއުޅެނީ ތަސައްރަފު ފުދިގެން ތަ ކަނބުލޯ. ސުވާލް އުފެދޭ ހެޔޮބަހެއް ބުނީމަ ބުނާ މީހަކަށް ނުބަލާ ބުނާ އެއްޗަކަށް ބަލަން ވީ. ފިސާރި ހެލްތު މިނިސްޓަރެއް އިރާދަކުރެއްވިއްޔާ މިހިރީ. ޝުކުރިއްޔާ. ކެމްޕޭން ނުހުއްޓަން އުޅުނު ކަލޭގެވެސް ހުއްޓައިފިނު. ލައިލާ ވެސް މަޑުޖައްސާލަން ފެންނަނީ.

    23
    1
  4. ފަރުކޮލު

    މިވަގުތަކީ ވީހާވެސް ގިނަ އިން ރާއްޖެއިން ބޭރުން ފަތުރުވެރިން ގެންނަންވީ ވަގުތު.

    އަދިވެސް މިދައްކަނީ ކައިވެނީގެ ވާހަކަ. ( ސަރުކާރު ވިސްނަބަލަ. )