ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެން ފެށި ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ކުރަމުންދާތީ ވިޔަފާރިތަކަށް އަންނާނެ ހީނަރު ކަމަށް ވިސްނައި އެހެން ވިޔަ ނުދިނުމަށް އިންޓްރެސްތް ރޭޓް ދަށްކޮށް އަނބުރާ ދެއްކޭ ގޮތަށް ލުއި ލޯންތަކެއް ހަމަޖައްސައި ދިނުމަށް ރާވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓްރެސްޓް ރޭޓު ދަށްކޮށް ވީހާވެސް ލުއި ގޮތްތަކެެއް އަނބުރާ ލޯނު ދެއްކުމަށް އެކުލަވައިލުމަކީ ވިޔަފާރިތައް މުޅިން ބަނގުރޫޓު ނުވެ ބެހެއްޓުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށެވެ.

އަދި މީހުންގެ ވަޒީފާތައް ގެއްލުނަ ނުދިނުމަށް ވެސް އެއީ އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ މިހާރު ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒްގެ ޓްވީޓުގައި ވަނީ މިކަމުގެ ތަފްސީލް އަވަސް މުސަތަގުބަލެއްގައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ގައުމު އިގްތިސާދަށް ބޮޑު ލޮޅުމެއް މި ވައިރަހުގެ ސަބަބުން އަތުވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވަނީ ގްރޮސް ޑޮމެސްޓިކް ޕްރޮފިޓް (ޖީޑީޕީ) ދަށަށްދާ ކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މިއަހަރުގެ ތެރޭގައި ޖީޑީޕީ 7.5 އިންސައްްތައިގައި ކުރިއަރާނެ ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު މިއަހަރުގެ ޖީޑީޕީ ކުރިއަށް އަރާނެ މިންވަރު މިހާރު ބެލެވެނީ 0.5 އިންސައްތަ އާއި -5.6 އިންސައްތަ އާއި ދެމެދުގެ އަދަދެއްގައި ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ވައިރަހުގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް އައިސްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުން ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެނުވެވޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިޔާމް

    ރިބާ ރިބާ ރިބާ. ރިބާއަކީ ގެއްލުން.

  2. .......

    އަހަރުމެންގެ ފައިސާއިން މިވަގުތު އަހަރެމެންނަށް އިންޓްރެސްޓް ނެތް ގޮތަށް އެހެނަސް އަނބުރާ ދައްކަން ޖެހޭ ގޮތަށްް ފައިސާ ދިނުމަށް ގޮވަލަން...ރިޒޯޓް ތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށްވުރެެ ބޮޑަށް ފަސޭހައިން ހާލުގަ ޖެހޭނީ އަހަރެމެންް ނިކަމެތި އާންމުން...ހަނާވާނީވެސް އަހަރެމެން...އެހެންވީމަ ސީދާ އަހަރެމެންނަށް އަހަރެމެންގެ ހައްގުން ބައެއްް ނަަމަވެސް ދިނުމަށް ދަންނަވަން...އަދި މިދިޔަ މަހުގެ މުސާރަ ނުލިބޭ...ކުލި ނުދައްކާ ކަރަންޓްބިލް ފެންބިލް ވައިފައި ބިލް ހުރީ ނުދައްކާ...ކައިބޮއެ މިހަދަނީ ދަރަންޏަށް ނަގައިގެން މީހެއްގެ އަތުން....މީ އަހަރެންގެ ހާލު މިއަދު...މުސާރައިގެ ވާހަކަ ބުނާއިރަށް ބުނޭ ނެތޭ ނުލިބެޔޭ...
    އެހެންވީމަ މިއަދު އަހަރެން މިއެދެނީ އަހަރެންގެ ވެސް ހިއްސާ ވާ އެއޗަކުން އަހަރެންނަށް ދިނުމަށް...އަދި ބޭނުންޖެހިފަ ތިބި ނިކަމެތިންނަށް ބޮޑަށް ބެލުމަށް...