އެމްޑީޕީ ފިޔަވައި ސިޔާސީ ތިން ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ނިންމާފައި ވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ. މި ތިން ޕާޓީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމީ މި ތިން ޕާޓީވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ ހަ ސިޔާސީ ޕާޓީގެ ތެރެއިން 10000 ހަމަވާ ހަތަރު ޕާޓީގެ ފައިސާ ދޫކުރުމަށް ނިންމި ނަމަވެސް، އެމްޑީޕީއިން އަހަރީ ރިޕޯޓް ހުށަހަޅާފައިވީ ނަމަވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީ ނުލާ އަނެއް ސިޔާސީ ތިން ޕާޓީއަށް ފައިސާ ދިނުމަށް މިއަދު އެ ކޮމިޝަންގެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދިނުމަށް މާދަމާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ، ގާނޫނުގައި ބުނާ މުއްދަތުކަމުގައިވާ މެއި އަށެއްގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށް ނިންމާލެވޭނެ ކަމަށެވެ.

އަދި އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހެޅުމުން އެ ޕާޓީއަށްވެސް ފައިސާދޭނެ ކަަމަށް އިލެކްޝަން އިން ބުންޏެވެ. އަދި އެމްޑީޕީއަށްވެސް މެއި މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ގައުމު ފިތުނަކޮށް ބައިބައިކުރަން ކޮން ފައިސާއެއްދޫކުރާކަށް.. ޕާޓީތައް ތީމިގައުމުގެ ހަލާކު..

    • ވިސްނާ މީހާ

      އާއެކޭ... މިއީ ހުޅަނގުގެ "ޑިވައިޑް އެންޑް ރޫލް" ގެ ދަށުން ޤައުމުތައް ހަލާކުރާ ނިޒާމެއް!

  2. ބުއްޅަބޭ

    އެމްޑީޕީޔަކަށް ފައިސާ ދޭނެކަމެއްނެތް! އެޕާޓީ ޖެހެނީ އުވާލަން!

  3. އާބިދާ

    ޤައުމު ފަނާކުރަންއުޅޭ ތިޕާޓީތަކަށް 24މިލިޔަން ރުފިޔާ ދިނުމަށްވުރެ ތިޔަށްވާވަރަށް ބޮން ގަނެގެން ގެނެސް ރާއްޖޭގެ ކޮންމެ ރަށަކަށް އެޅީއްޔާ މާތަހިރުވާނެ، ރައްޔިތުން ފެލާލައިގެންތިބެ ރައްޔިތުން ހަނާކުރަނީ ބޑ ބލއއނނ