މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއެކި، ގާސިމް އިބްރާހިމްގެ ބައެއް ރިސޯޓުތައް ބަންދުކުރަން ނިންމާ، އެކަމާއި ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓް މިހާރު ވަނީ ބަންދުކުރަން ނިންމާފައެވެ. އެނގިފައިވާ ގޮތުން އެރިސޯޓު މި މަސްތެރޭގައި ބަންދުކުރާނެއެވެ.

ރިސޯޓް ބަންދުކުރަނީ ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެ، މިހާރު ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިން ރިސޯޓްތަކަށް ގެންދަން ވަރަށް ބޮޑަށް ދަތިވެފައިވާތީއެވެ.

މިހާރު މާލެއަށް އެއްވެސް ފަތުރުވެރިޔަކު އެތެރެވުމަކީ މަނާކަމެކެވެ. ނަމަވެސް ރާއްޖެއަށް ރޭގަނޑު އަންނަ ފަތުރުވެރިން ރިސޯޓުތަކަށް ގެންދަނީ މާލޭގައި އެއް ރޭ މަޑުކުރުވާފައެވެ.

"ވަރަށް ބޮޑަށް އޮކިއުޕެންސީ ދައްވަމުންދަނީ. ދަތުރުފަތުރު ހުރިގޮތުން ފަތުރުވެރިން ދުރު ރިސޯޓުތަކަށް ގެންދެވެން ނެތް" މަޢުލޫމާތު އެނގޭ މީހަކު ވަގުތުއަށް ކިޔައިދިނެވެ.

އެނގިފައިވާ ގޮތުން މަޝްވަރާ ކުރަމުންދަނީ ގާސިމްގެ 5 ރިސޯޓުގެ ތެރެއިން ތިން ރިސޯޓް ބަންދުކުރާށެވެ. އަދި ބަންދުކުރާ ތިން ރިސޯޓަށް ބުކިންގ ހައްދާފައިވާ ފަތުރުވެރިން ގެންދަނީ ޕެރަޑައިސް އަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ރޯޔަލް އައިލެންޑް ރިސޯޓް ބަންދުކުރަން ނިންމިކަން އެތަނުގެ ސީނިޔާ މެނޭޖްމެންޓަށް މިހާރު ވަނީ އަންގާފައެވެ. އަދި މާދަމާއިން ފެށިގެން ބުކިންގ ހަދާފައިވާ ފަތުރުވެރިން ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕެރަޑައިސްއަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސަން

    ސަން އައިލެންޑު ރިސޯޓުގެ ފަތުރުވެރިއެއްގެ ގައެން މި ބަލީގެ އަލާމަތް ތަކެއް ފެނިގެން. ސުޓާފުން ކަންބޮޑުވުން ފާޅުކުރީމާ. މެނޭޖްމެންޓްން އެންގީ އެކަން ސިއްރު ކުރާން ސްޓާފުންނައް. އަޅުގަނޑު މެން ވަރަށް ކަންބޮޑުވޭ މިތާ ތިބޭން ވެސް. މާސްކެއް އަންގިއެއް ވެސް ހޭންޑް ސެނަޓައިޒާ އެއް ވެސް ނުދޭ..

    69
    13
    • މުހައްމަދު100

      ދޮގުހެދިޔަސް ތީތަންކޮޅެއް ބޮޑުވަރު..

      27
      21
      • ރިޔޯ ބޯއި ވިލާ

        އެރަށުން ގެންދިޔަ ޓުއަރިސްޓަކު

        21
        2
    • ކިނބޫ

      މީނަގެ އެކަނިތަ ރިސޯޓު ހުންނަނީ ކަމެއް ވާއިރަށް އެންމެ ފުރަތަމަ އައްސި އަރާ މީގަކީ އަބަދުވެސް މީނަ. މުސާރަ ކުޑަކރުން އާންމު ކަމެއް މީނަގެ. ހުރިހާ ރަށެއް އަތުލަންވީ މީނަ އަތުން.

      29
      1
    • ސަންއައިލެންޑް ސްޓާފް

      ހުސް ދޮގު، މަވެސް މިހުރީ ސަންއައިލެންޑްގަ،
      ސާވިސް ދާއިރާގަ ވޯކް ކުރަނީވެސް،

      15
      4
  2. ބާ ސިމް

    ހާދަވަރަކަށް ތި ތެޅިބާލަނީ؟ ތަންކޮޅެއް ހަމަޖެހިބަލަ ބާސިމޫ

    37
    4
  3. ލޯންގޭ

    ސޭޓު ނަހޫ ދޫކޮއްނުލާތި ؟

    46
    1
  4. ކެކެ

    މީނަ ރަނގަޅީވެސް ފަގީރު ވެއްޖެއްޔާ

    28
    57
    • ސީސީ

      ކަލޭ ހާދަ ހިތް ނުބައި މީހެކޭ. ކަލޭ ކަށްވަޅަށް ތިރިކުރާނެތަ؟

      30
      7
  5. ނައީމް

    ބައްދުޢާ ކުރަމުން ދިޔަ ބައިގަނޑު ކޮބާ ވަކިމީހަކު ހަލާކުކުރަން ބައްދުއާ ނުކުރާށޭ ގެސްޓުން ނައުމަށް ރިސޯޓްތައް ބޮއެކޮޓްކުރުމަށް ގޮވާލި ހިދު އެބައި ގަނޑު ހިތަކަށް ނާރާ އިސްތައްޓެކޭވެސް މިއަދު އެޒިންމާ ނަންގަވަންޖެހުނީމާ އަމާ ކޮޅަށް ގޮވާފަ ތިޔަދުވަން ފެށީ ބޭހެއްނެތް މާސްކެއް ހާތަންވެސްނެތް ހެޔޮނުވާނެ ރައްޔިތުންނޭ ވިސްނާލަބަލަ

    47
    3
  6. މާމި

    ކުރީ ސަރުކާރުން ދިން އަނިޔާގެސަބަބުން ކަމައްބުނި ނަމަ ......

    29
    2
  7. Bala

    ގަދަފަދަ ދަގަނޑުވެސް ބަލިވެ ހަލާކުވޭ

    35
    1
  8. ކޭޑީ

    ސޭޓް 5 ރިސޯޓް އޮވޭތަ؟ އަދި ކިރިޔާ މަށަށް މި އިނގުނީ މިވަރުވެސް މަދުވެގެންދޯ ތިއުޅުއްވަނީ...

    30
  9. އަހްމަދު

    ކޮބާ މަސްއޮޑިނަސީމު އެއީރާއްޖެއައް ތްއަރިސްޓުންނައުމައް ގޮވަމުން މުޅިޔޫރަޕްގަ ދުއްވިމީހެއް ﷲގެކުޅަދުންވަންތަކަން ދެކިބަލަ އެބައިމީހުންނައް ހުރިހާބާރެއްލިބުނުވަގުތު މިދިމާވީކޮންފަދަ މުސީބާތަކާ ދެންވެސްﷲއައް ބިރުވެތިވެބަލަ

    34
    1
  10. ހިތާމަ ހުރި ކަމެއް

    ދިވެހި ރާއްޖެ އަށް މި ކަހަލަ ބޮޑު ކާރިސާއެއް ދިމާޥެ، އާންމު ރައްޔިތުން ކަންބޮޑުވެ، އާއިލާ އަށް ހޭދަކުރާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފައި ތިބި ދުވަސްވަރެއްގައި، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމުމަކީ ވަރަށް ބޮޑު ހިތާމައެއް. ޒަމާން ފެށުނީއްސުރެ، ރިސޯޓް ވިޔަފާރިކުރަމުން ދާ މީހެއްގެ އަތުގައި، މުވައްޒަފުންނަށް ދެތިން މަހު ސުމާރަ ދެވޭ ފަދަ ނެތުމަކީ ގަބޫލުކުރަން ދަތި އަދި އުނދަގޫ ކަމެއް. މިއީ އިހުސާންތެރިވުމެއް ނޫން. މިއީ ނިކަމެތިކޮށްލުން.

    އަޅުގަނޑަށް ފެންނަނީ މަނިކުފާނުގެ ހުރިހާ ރިސޯޓެއް ބަންދުކުރަން.

    40
    1
  11. ނައީމް

    މިއަދު މިވެރިކަން ގެނެވުނީތީ ކަރުނަ އަޅާ ރޮވެނީ ބަލަ ކުރިމައްޗަށް އެފެންނަނީ އިންތިހާބެއް ބޯމަތި ވާތަން ވިސްނާފަ ވޯޓްދީ ފައިސާ އަށް ވޯޓް ވިއްކާނުލައްވާ ތަފާތު ބޮޑު ބަދަލަކަށް ގައުމު މި ޝިއާރަށް ވޯޓްދެއްވާ ހިކުމަތްތެރިންނާއި ވިސްނުންތެރިންގެ އަތުގަ ހިއްޕަވާ 15 އަހަރުގެ ވެރިން ބޭރު ކުރައްވާ