މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރަމުން އަންނަ ފަރާތްތަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ފެށުމާއި އެކު ކަރަންޓީނު ކުރާ އެއްވެސް ފަނޑިޔާރަކަށް، ކަރަންޓީނުގެ މުއްދަތުގައި ވަޒީފާއަށް ހާޒިރު ނުވިކަމުގައި ވީނަމަވެސް މުސާރަ ހިނގާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ޖޭއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެކޮމިޝަނުން ވާނީ މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ބައްދަލުވުމެއް ބާއްވައިފައި ކަމަށާއި، އެބައްދަލުވުމުގައި ނިންމާފައި ވާނީ ފަނޑިޔާރަކު އައިސޮލޭޝަން އަށް ދިޔަ ކަމުގައި ވީނަމަވެސް އެފަރާތެއްގެ އަހަރީ ޗުއްޓީ އިން އަދި އެހެނިހެން ޗުއްޓީއަކުންވެސް އެބައި އުނި ނުކޮށް މުސާރަ ހިނގާގޮތަށް ކަމަށެވެ.
އަދި އެއްވެސް އުނިކަމެއް ނެތި އެމުއްދަތުގައި ފަނޑޮޔާރުންގެ މުސާރަ އާއި އެހެނިހެން އެލަވަންސްތައް ހިނގާނެ ކަމަށް އޭބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެބަޔާނުގައި ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާއި ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީ ސިއްހީ ގޮތުން ސަލާމަތުން ތިބުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާ 13 މީހަކު ވަނީ ފެނިފައެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކު މި ވައިރަަސްއަށް ފައްސިވެފައެއް ނުވެއެވެ.
ފަނޑިޔާރުގެތަށް އިސްލާހު ކޮއްފަ ހިންދަމާ ލެވުނީމާ ދެން ކޮންމެކަމެއްކުރިޔަސް މުސާރަ ލިބޭނެ ހާސްނުވޭ އިދިކޮޅަށް ހުކުން ކުރިވަރަކަށް ބޮޑުމުސާރަލިބޭނެ މިހާރުވެސް އެބަލިބޭދޯ
ނިކަމެތި ސިވިލް ސާރވިސް މުވައްޒަފުން ނަށް އަބަދުވެސް ނިކަމެތިކަން
ދެން ނިކަމެތި މީހާ އެކަހެރި ކު ރީމަ މުސާ ރަ ލިބޭތަ؟؟
ފަނޑިޔާރެކޭ ކިޔާނެ ކަމެއްނެއް ވަޒީފާގަ އުޅޭ ކޮއްމެ މީހެއްވެސް ކަރަންޓީން ކޮށްފިއްޔާ މުސާރަ ހިނގަންޖެހޭނެ.
ފަނޑިޔާރަކު ކޮރޯނާގައި މަރުވިޔަސް ޖެހޭނެ މުސާރަ ދޭން، އެމީހުންގެ އާއިލާއަށް
ޖުޑިސަލް ސާރވިސް ..........ކޮމިސަން ސިުާސީޕާރޓީގެ ގޮތްޕެއް.....