މާލެ އަތޮޅުގައި އޮންނަ އަދާރަން ހުދުރަންފުށި ރިސޯޓުން ވެސް މުވައްޒަފުންގެ އަދަދު މަދުކުރުމަށް މުވައްޒަފުންނަށް "ޗޮއިސްތަކެއް" ހުށަހަޅައިފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޗުއްޓީ ނެތް މުވައްޒަފުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތައް އެމީހެއްގެ ރަށަށް މުވައްޒަފުން ދިއުމަށް ރިސޯޓްގެ މުވައްޒަފުންނަށް މެނޭޖްމަންޓުން މިހާރު ވަނީ އަންގާފައެވެ. އަދި މިހާރު ރިސޯޓްގައި ނެތް މުވައްޒަފުން ރަށުގައި މަޑުކުރަން ވެސް ރިސޯޓުން ވަނީ އެދިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެ އަންނަ ދަތިތައް ހުންނާނެތީ ކުުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ރިސޯޓްގެ އޮކިއުޕެންސީ ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންވެ ރިސޯޓްގެ މެނޭޖްމަންޓުން ބޭނުން ވަނީ ނޯޕޭ ލީވް ބޭނުންވާ ހުރިހާ މުވައްޒަފުންނަށް ލީވް ދޭށެވެ.
"އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި ބުނީ ދެމަހެއްހާ ދުވަސް ތެރޭގައި ރަނގަޅު ވާނެ ކަމަށޭ މިބަލަނީ. ދެމަސް ފަހުން ރަނގަޅު ވީމަ ވަޒީފާއަށް ގެންނާނެ ކަމަށް." ވަގުތުއަށް މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.
ރާއްޖެ އަށް މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުން ކޮވިޑް-19 ފެތުރެމުން އަންނާތީ ވަނީ ރާއްޖެ އަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ އާއި އިޓަލީވިލާތް ހިމެނެއެވެ. އަދި އިތުރު ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އެހެންކަމުން މިހާރު ގިނަ ރިސޯޓްތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މިފަދަވަގުތެއްގައި ވަރައްހިތާމަހުރިކަމެއް ކުރިޔައްމިއޮތީރަމްލޯންމަސް ނޯޕޭލީވްނަގައިގެން ގޮސްއަނގަޔާއަތާދިމާކުރާނީކިހިނެއްބާ މިއީމަހުޖަނުންގެ ވިސްނުންހުންނަގޮތް މިއޮށްހުރިހާދުވަހު ބޮޑުފައިދާނަގަމުންދިޔަ ހަނދާންނެތުނީދޯ އެންމެމަހެއްހާދުވަހު ދަތިހާލެއްގައުޅެންޖެހުނީމާ ނިކަމެތިމީހާއިތުރައްނިކަމެތިކޮށްލީދޯ ހިތާމަހުރިކަމެއް ސަރުކާރުން މިކަމައްކޮންމެވެސް ހައްލެއްހޯދައިދެއްވާނެކަމައް އުންމީދުކުރަން
ދެން ސަރުކާރުންވެސް މިރައްޔިތުންނަށް އެހީއެއްނުވާނެތީ ދެރައީ. ކޮންމެވެސް ކުންފުންޏަކުން 2 ކިލޯ ހަނޑޫ ބަހަން ސަރުކާރުން އެދޭނީ. މިއީ ކީއްކުރާ ސަރުކާރެއް ފެންކުންފުނިން ވެރިކަން ކުރިއަސް މިއަށްވުރެ ރަނގަޅުވާނެ.
މިތާ މިއޮތް ބޭކާރުސަރުކާރު އިސްތިއުފާ. ރައްޔިތުންނަށް އެއްވެސް އެހީއެއްނުވޭ. ކުންފުނިތަށްވެސް މިސަރުކާރަށްވުރެ ހާސް ގުނަ ރަނގަޅު. 63 ރުފިޔާގެ ފެންޓަނު ގަނޑަކާ 30ގބ ޑާޓާ ވެސް ދީފިތާ.
2 މަސް ދުވަހު މުވައްޒަފުން މަސައްކަތް ނުކުރިޔަސް އިނާޔަތެއްގެ ގޮތުން މުސާރަ ދެވޭހާ ފައިސާ ތި ރިސޯޓުތަކުން ލިބިފަ ހުންނާނީ. ކާރިސާއެއްގަ އެހީ ވުމުގެ ބަދަލު ނޯޕޭ ދީ މުވައްޒަފުން ނިކަމެތި ކޮށްލަނީ ތި. ކޮންފަދަ ލާއިންސާނީ ބައެއް ގިނަ ރިސޯޓު އޯނަރުން މިއީ އަޅެ!
ނޯޕޭއޭ ކިޔާފާ ރިސޯޓު މުވައްޒަފުންތައް ރައްރަށައް ނުފޮނުވާތި... އެބަޔަކު އެތިބި ތައނެއްގައި މަޑުކުރޭ މުޅި ޤައުމު ފަނާވެދާނެ ޕލީޒް، ޗައިނާއިން ވައިރަހާއި ހަނގުރާމަ ކުރިގޮތަށް ދިވެހިންނަކަށް ވައިރަހަކާއި ހަނގުރާމައެއް ނުކުރެވޭނެ ެވަރުގެ ޕްލޭނެއް އަދި ރިސޯސްއެް މިތާކު ނެތް. ވަގުތީ ޑޮލަރު ކޮޅަކަށް ގައުމު މިވަނީ ނުރައްކަލަކަށް ހުށަހަޅާފަލާފާ
މުއައްޒަފުންނަށް އެއްޗެއް ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލާ މީހުންނަށް ކިޔެއް ކުރަން ދޭ މިލިއަންޑޮލަރުގެ ލޯނެއް
ހުސް ވަގުން
ނޯޕޭ ލީވް ދީފަ ފުނުވަންޏާ ފުނުވަންވާނީ މުވައްޒަފުންގެ ސިއްހީ ހާލަތު ބެލުމައްފަހު...ޓެސްޓު ކުރުމައްފަހު....އެންމެ ރައްކާތެރިީ އެގޮތް....ރިސޯޓު ތަކައް ލޫނު ދޫކުރީމަ ތީއީދޯ ކުރަން އެގުނު ކަމަކީ....އެ ލޯނު ތަކުން ރިސޯޓުތައްއިތުރައް މަރާމާތު ކުރުމުގެ ބޭނުމުގަ މުވައްޒަފުން ނިކަމެތި ކޮށްލަނީދޯ...މަހުޖަނުން ލޯނުނަގައިގެން ބަޑުފުރައިގެން ތިބޭނީ ދޯ...
ސަރުކާރުން . ކޮވިޑް އައް ވީ ގެއް ލުމޭ ކިޔާފަ ރައްޔިތުން ގެ ފައިސާ އިން ރިސޯޓް ތަކައް ލޯނު ދިނީ އެތަން މަރާމާތް ކުރަން ކަމައް މިހާރު ހާމަ ވެއްޖެ. ނިކަމެތިން ނިކަމެތި ކުރާ ސަރުކާރެއް
މީ ލަންކާ މީހުން ހިންގާ ރިސޯރޓެއް. ކީއްވެ އެމީހުނަށް ނުބަވަނީ. އިންޑިއާ މީހުން ގެ ކަމެއްނަމަ ހާދަ ފޯރިއެއް ހުރީހޭ ދޯ.
ގައްޑާ ވެގަ ވޯޓް އެޅީ ޔާމީނާ ދެ ކޮޅަށް. ޢެހެން ވީމަ ދެން ކުރާނެ ކަމެއް ނެތް.
މިސަރު ކާރަ ކުން އެހީ އެއް ނުވާނެ.
ޙަދާން ނައްތާލާ
.
ކޮބާ ސަރުކާރުން ތިތަނައް ދޭ ލޯން. އޭގެން ނިކަމެތިން ނައް ވީ ފައިދާ އަކީ ކޮބާ؟ މިސަރުކާރުން ހަމަޖެހޭ ކަމެއް ކުރާތަނެއް ނުފެނޭ. މި ދަނޑި ވަޅުގަވެސް ކޮރަފްސަން
ދިވެހިމުއަށްޒަފުން ފޮނުވާލަނީ އިންޑިޔާ ލަންކާ ބަންގާޅު މީހުން އޯކޭ ރަށަށްދާނެކަމެއްނެތް ދިވެހިންނަށްދެރަގޮތްހަދަނީ މިއީ
މަބުނީ، މުއައްޒަފުން ރަށްރަށަށް ފޮނުވާލާއިރު އެމީހުންގައިގަ ކޮރޯނާ ނެތްކަން ކަށަވަރުކޮށްފަ ފޮނުވައްޗޭ، ޅަދަރިންގެ ޙައްޤުގަ ކުރާ އާދޭހެއްމި ??
މާތް ﷲގެ ކުޅަދުންވަންތަވެރިކަމާމެދު ވިސްނާ ފިކުރުކުރުމަށް މިއަށްވުރެ ވަކީން ރަނގަޅު ދަނޑިވަޅަކީ ފަހެ ކޮބައިތޯ؟ ވިސްނަވާށެވެ. އިއްޔެއަކީ ތިބާ އެކި މީސް މީސްމީހުންގެ އަތުން އެކަންކަމަށް އެކި ނަންނަމުގައި ނުޙައްޤުން ތަކެތި ހޯދައިގެ އެއްވެސް ވިސްނުމެއް ފިކުރެއްނެތި އަތްމަތި ތަނަވަސްވެގެން އުޅުނު އުފާވެރި ދުވަސްނޫންތޯއެވެ؟ އެކަމަކު މިއަދު ތިބާގެ ވިސްނުން ތިވަނީ މުޅިން އެހެންގޮތަކަށް ބަދަލުވެފައިނޫންތޯއެވެ؟ އިއްޔެ ތިބާ އުޅުނީ ތިބާއަކީ ގަދަފަދަ އަދި ވަރުގަދަ މީހެއްކަމަށް ހީކޮށް މާތް ﷲގެ އެންގެވުންތަކަށްވެސް ފުރަގަސް ދީގެންނޫންތޯއެވެ؟ މާތް ﷲ ރެޔާއިދުވާލު ތިބާގެ މައްޗަށް ފަރުޟުކުރެއްވި 5 ނަމާދު ތިބާއަށް ކުރެވުނުތޯއެވެ؟ އޭރު ތިބާ އުޅުނީ ބިޒީކަމުން ނަމާދުކުރާނެ ވަގުތު ނުލިބިގެން ނޫންތޯއެވެ؟ ތިބާގެ ބިޒީކަން ފިލިއިރު ނަމާދުވަގުވަނީ ފާއިތުވެފައި ނޫންތޯއެވެ؟ އެއްކަލަ ގަދަފަކަމަށް ދަޢުވާކުރަމުނައައި، ތަނަވަސްކަމުގެ އަހުލުވެރި، ބޮޑާވެ ކިބުރުވެރިކަންމަތީގައި އުޅުނު އިންސާނާ މިއަދު ނިކަމެތިކޮށްލީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އުފެއްދެވި މަޚުލޫޤޫންންތެރޭގައި ހިމެނޭ ކުޑަކުޑަ ބަލިކަށި އެއްޗެއްގެ ޒަރީޢައިން ނޫންތޯއެވެ؟ އެއަ އަޅުގަނޑުމެން މިކިޔަނީ "ކުރޯނާ ވައިރަސް" އެކުޑަކުޑަ ސޫފި މަރައިލާނެފަދަ ނުވަތަ އެއިން ރައްކައުތެރިވާނެފަދަ ހަތިޔާރެއް ހޯދުމަށް އަދި މިއުޅއނީ މުޅި ދުނިޔެ ނުކުޅެދިފައި ނޫންތޯއެވެ؟ އަދިވެސް އަޅުގަނޑުމެންގެ ނަފްސު އިސްލާހުކުރާކަން ނުވޭތޯއެވެ؟ އަދިވެސް އަޅުގަނޑުމެން މިދަނީ އެކިއެކި ފޯރަމްތަކުގައި ހިތަށް އައިހާއެއްޗެއް ދުލުން ބޭރުކުރަމުން، އެކި މީސްމީހުންގެ އަބުރު ކަތިލަމުން، މާތް ﷲ ޙަރާމްކުރއްވާފައިވާ ކަންކަމަށް އަރައިގަންނަމުން، މާތް ﷲ އާއި އެކަލާނެ ރަސޫލާ ނަހީކުރައްވާފައިވާ ކަންކަން ކުރަމުންނޫތޯއެވެ. އޭ އިންސާނާ އެވެ. ތިބާ އަދިވެސް އިސްލާޙުވާކަށް ނުވޭތޯއެވެ؟