މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
މި ނެޓްވޯކް ފުލުހުން އަތުލައިގެންފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު މާލެ އާއި ރ.އިނގުރައިދޫގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންތަކެއްގައެވެ.
ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ވިދާޅުވީ، ފުލުހުންގެ ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ރ.އިނގުރައިދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑު މީހާ އަހުމަދު އާލިމްވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ އިނގުރައިދޫ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހ. ހެޕީ ވިލާއިންނެވެ. އެގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި، އެއް ފިލްމް ހުސްކުރި ދަޅު އަދި މަސްތުވާތަކެތި ހޭކިފައިވާ އެއް ކޮތަޅު ފެނިފައިވާކަމަށް ޝުއައިބް ވިދާޅުވިއެވެ.
އެގެއިން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 578 ގްރާމް ހުރިއިރު، އެ ތެކަތީގެ މަގުމަތީގެ އަގު ފަސް ލައްކަ ރުފިޔާއަށްވުރެ ގިނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގެއިން އާލިމްގެ އިތުރުން މުހައްމަދު އިރުފާން ނަމަކަށް ކިޔާ އިނގުރައިދޫ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އާލިމް އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރުމާއި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި އަދި އާއްމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް ޕޮލިސްގައި އޮތް ފަރާތެއް ކަމަށެެވެ. އަދި އޭނާ މަސްތުވާކެއްޗަށް ޕޮޒިޓިވްވެފައިވާކަަމށްވެސް ފުލުހުން ވިދާޅުވިއެވެ.
"މި ޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނި އަހުމަދު އާލިމް". ޝުއައިބް ވިދާޅުވިއެވެ.
މާލެއިން ދެން ބަލާ ފާސްކޮށްފައި ވަނީ ގ. ޑްރީމް އޮފް ގާޑެންއެވެ. އެގޭ ތެރެއިން މަސްތުވާތަކެތި ހުރި ފިލްމް ހުސްކުރި ދަޅަކާއި، ސެލޯފިން ކޮޅެއްގެ ތެރެއިން، ބުލެޓް ސައިޒުގެ އަށް ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 18 ގްރާމް ހުރިކަމަށާއި، އެ މައްސަލައާ ގުޅިގެން އެގެއިން އިބްރާހިމް ޝަފީގް (26އ) އަދި އަލީ ފާތިހު (22އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޝަފީގް އަކީ އިބްރާހިމް އާލިމް އާ ގުޅިގެން ޑްރަގް ނެޓްވޯކްގައި އިސްކޮށް އުޅޭ މީހެއް ކަމަށެވެ.
ފުލުހުން ދެން މި އޮޕަރޭޝަންގައި ބަލާފާސްކޮށްފައި ވަނީ މއ. ފިޔަޖަހާގެއެވެ. އެގެއިން މަސްތުވާތަކެތި ހުރި 40 ސެލޯފިން ކޮޅާއި، ހަ ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި، އެގެއިން މުހައްމަދު މިސްބާހް (20އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިިއެވެ.
މިއީ މާލެ އާއި އިނގުރައިދޫއަށް މަސްތުވާތަކެތި އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ޓާގެޓް ކުރެވިފައިވާ ޑްރަގް ނެޓްވޯކްގައި ހިމެނޭ މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ އެކި ބާވަތުގެ ތަކެތި ހ. އޮއިސްޓާ ގެއިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އުނގުރައިދޫއިންވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އާއިޝާތު އިލްހާމާ (26އ) އާއި މުހައްމަދު ޖަޒްލާން (24އ)އެވެ.
ފުލުހުން ވިދާޅުވީ، ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު ޖަހާދީފައިވާ ކަމަށެވެ.
ފޮޓޯ ތައް ޖަހާލަބަލަ ހިތްވަރު ހުރެގެން
ކޯޓްގައި ސާބިތުކޮށް ދެވޭނެ ތަ؟
ކިތަންމެ ބޮޑު ގޭންގެއް ކިތަންމެ ގިނަ މަސްތުވާ އެއްޗިއްސަކާއެކު ހައްޔަރު ކުރިޔަސް ސާބިތެއް ނުވާނެ. އެއީ މިހާތަނައް ވީކަމެއްނޫން..
ސުބްޙާންﷲ ..
ތިމީހުން ކޯޓުން ދޫކޮށްލާނެކަން އޭހަމަ ޔަގީންކަމެތް
ޙައްޔަރު ކޮއްފަ ބުނާނެ މިމީހުން ކުށުގެ ރިކޯޑު އޮވޭ ހަފުތާވާނި ދެން އިވޭނި މީހަކު ގަޔައް ވަޅިޖަހާފިޔޭ ހައްޔަރު ކުރާއިރު ތިބޭނި ހަމަ އެއްބަޔެއް
މަށައް ރަނގަޅީ މިކަހަލަ ހަބަރު ބުރޭކިން ނިއުސް އޭކިޔާފަ ނުޖެހިއްޔާ
ރާއްޖެ މަސްތުވާ ތަކެތީގެ ހާއްޔަކަށް މިވަނީ ފަހެ ކީއްވެ؟
މާދަމާ ތިބޭނީ ޕޕ ގެ ޖަލްސާގަ
އިރުކޮޅަކުން މި ނޫހައް ވަންނައިރު އޮންނާނެ ލިޔެފަ ތިބުނާ ބަޔަކު ދޫކޮށްލި ވާހަކަ
ފުލުހުން ކުރާ ކަންތައް ތަކަށް ކިތަންމެ ގިނައިން ޝުކުރު ދެންނެވި ކަމުގާ ވިޔަސް ނުފުދޭނެ ތިބޭފުޅުން މިރާއްޖޭގެ އަމަން ކަމާ އިސްލާމީ ސިޔާދަތު ހިފަހައްޓަން ތިކުރަށްވާ ބުރަ މަސައްކަތްޕުޅައް ﷲސުބްހާނަހޫ ވަތަޢާލާ ބަރަކާތް ލައްވާށި އާމީން
އާމީން ޔާﷲ
ފުލުހުން ތިކުރަށްވާ ބުރަ މަސައްކަތްޕުޅައް ﷲސުބްހާނަހޫ ވަތަޢާލާ ބަރަކާތް ލައްވާށި އާމީން.
އާމީން ޔާﷲ
އާމީން ޔާﷲ
ތިތަކެތި އެތެރެވީކިހިނެއްތޯބަލާ. ޢެތެރެވާ ދޮރުތައްބަންދުކޮއްގެން ނޫނީ ތިކަމެއްނުހުއްޓޭނެ.
އަދިވެސް މަށައް ހީވަނީ އެމީހުން އަތުގަ މަސްތުވާ ތަކެތި ހުންނާނެހެން ތިހާބޮޑު ނެޓްވޯކެއް ވީމަ މިހެން މިބުނީ ރަނގަޅައް ތަހުގީގު ކުރޭ ތިކަހަލަ މީހުންނާހެދި މުޅި ގައުމު މި ހަލާކު ވަނީ ދޫނުކުރާތި
ތިމީހުން ދޫކޮއްލާނެ، ޕޮލިސްގަ އެމީހުންގެ މީހުން އުޅޭ. އަދިވެސް މީހުންގެ ދަރިންގެ ވާހަކަ ކިޔަމުން ދުވޭ.
ބ. އަތޮޅުގަވެސް ވަރައް ފޯރި ހުރޭ،
ޒީނާ ތިބުނީ ހަމަ ހެޔޮކޮން .ހައްދު ފަހަނަ އަޅާފަ . ކޮންމެ ފަހަރަކު ގެންދާނެ ކުށުގެ ވެށިން ހައްޔަރު ކޮށް ގެން އެކަމް ވާކަމެއް ހަރާން.....
ތީ ހަމަ ކަން ދައްކަން ކުރާ ކަމެއް. އެހެން ނޫންނަމަ އުމުރަށް ޖަލަށްލީ މީހަކު ދޫކޮށްނުލާނެ. މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ވިޔަފާރި ކުރިކަމަށް ހުކުމް ކޮށްފަ
ކިތަންމެ މަސައްކަތެއް ކުރިޔަސް އަނގަޔަށް ރަހަލާވަރު ދުވަހަކު ވިތަ؟ ހަަމަ އަނގަ ހުޅުވާއިރަށް އެއްކަލަ ނެޓްވޯކުގެ ނުފެންނަ އިސްވެރިޔާގެ ބާރުގަ އޮއްބާލާނީ. އެއިސްވެރިޔާގެ ނެޓްވޯކު އެނގޭ ދުވަހަކުން ދިވެހިން ދިވެހިންގެ ގަމާރުކަމާމެދު ހިތާމަކުރާނެ.
ފާޅުގަ މި މަސައްކަތް ކުރާމީހުން އުޅޭ ނިކަން އަިސް ބަލާބަލަ ޕްރޯލެޕްޝޮޕް މަތި އެތާ ތިނޫން މަސައްކަތެއް އެ ފާޓޭޭންތަށް ނުކުރާނެ މުޅި ތަންގަޑު މީހުންނަން ފެންނަ މަންޒަރެއް ފުުހުން އައިސްފަ ދަނީ އައިޑި ޗެކުކޮށްލާފަ ނިކަން އެ ޕާޓޭ ގުުރޫޕާ ކުއްޔަށް ދިން ވެރި ފަރާތާ ހަތްޔަރު ކޮށްލަބަލަ....