ކޮވިޑް-19 ގުޅިގެން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރުކުރަމުންދާ ކަންކަމަށް ހޭދަކުރުމަށް ކޮންޓިންޖެންސީ ބަޖެޓުން 212 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 212 މިލިޔަން ރުފިޔާކަމަށެވެ. މީގެތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭ މާލީ އެހީތައް ނުހިމެނޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިފައިސާ އަކީ ކުއްލި ހާލަތެއްގައި ބޭނުން ކުރުމަށް ދައުލަތުގެ ބަޖެޓްގައި ކުރިން ވެސް ހިމަނާފައި ހުރި ފައިސާ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހޭ ހޭދަތަކަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމަށް އަންނަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު، ރާއްޖޭން ބަލި ފެތުރުމުގެ އެތައް ހަފްތާއެއް ކުރިން ފެށިގެން ދަށަށް ދާން ފެށި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދދފފފ

  ބަދަލޭ ކިޔާފަ ވަގަށް ނެގި ލާރިތައް ގެނޭ

  16
  1
 2. ކޭޑީ

  ހެޔޮ ގޮތުގައި ތިޔަ ފައިސާ ހަރަދު ކޮއްފިއްޔާ ކިތައްމެހާވެސް ރަނގަޅު.

  14
 3. ރޯނު ސޮރު

  ކާލާނެ ލާރި ގަނޑެއް

 4. ބުއްޓޫ

  ކޮބާ ބުއްޅަބޭ. ފިޅީ ތަ؟

 5. އަދަދު

  އެއީ ހިސާބުގެ އަދަދު ތަކެއް ފައިސާ ނެރޭނީ ކޮންތާކުން ނެތް އެއްޗެއް ނުނެރެވޭނެ ދެންޖެހޭނީ ޓީބިލް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދަން ވޭތުވެދިޔަ މަހު ވެސް ކިރިޔާ މުސާރަ ދެވުނީ ސަރުކާރުގެ ޚަރަދު ކުޑަ ކުރަނިއްޔާ ބުނާ އިރު އަޑިޕާކުގައި ހަދާ ކެރެފާނަސީމް ޕާކު މުޅިރޭ އެއޮންނަނީ ދިއްލާ ފައި ހުރިހާ ބޮޑިތަކެއް އެންމެ ބޮތްކެއް ވެސް ހެނދުނު އިރު އެރުމުގެ ކުރިން ނިވާ ނުލާ ...... އެތައް ސަތޭކަ ބޮތްކެއް އެޕާކުގައި ވޭ އަދި ޕާކު ހެދުން ހުއްޓައެއް ވެސް ނުލާ ކިހާ ޚަރަދެއް އެހިގަނީ މިހާރު ވެސް 16 މިލިއަން ޚަރަދު ކޮށްފި