ފުލުހުންގެ ހިންގި ހާއްސަ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކުގައި އަންހެނަކު ވެސް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރ.އިނގުރައިދޫ އިންނެވެ.

ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ވިދާޅުވީ، އިނގުދައިދޫ ދެ ގެއެއް ބަލާ ފާސްކޮށް އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭނާއަކީ އެ ރަށަށް ގެންދާ މަސްތުވާތަކެތި ފޮރުވުމަށް އެހީތެރިވާ މީހެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެރަށުން ބެލި ދެގޭގެ ތެރެއިން ގެއެއްގައި 26 ގްރާމް ހުރި މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އާއިޝާތު އިލްހާމާ (26އ) އެވެ.

"މީނާއަކީ އަހުމަދު އާލިމް (ޑްރަގް ނެޓްވޯކްގެ ބޮޑު) ފޮނުވާ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ އަދި އެކި ތަންތަނުގައި ރައްކާ ކުރުމަށްފަހު ވިއްކުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތެއްކަން ތަހުގީގަށް ވަނީ އެނގިފައި". ޝުއައިބް ވިދާޅުވިއެެވެ.

މި މައްސަލައާ ގުޅިގެން އެރަށުން އިތުރު ފިރިހެނަކުވެސް ހައްޔަރުކުރިއެވެ. އެއީ މުހައްމަދު ޖަޒްލާން (24އ)

"މީނާއަކީ އަހުމަދު އާލިމް އާއި އައިޝަތު އިލްހާމާ ރ އިނގުރައިދޫއަށް އެތެރެކުރާ މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން މަސައްކަތް ކުރާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވޭ". ޝުއައިބް ވިދާޅުވިއެވެ.

މި ޑްރަގް މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، ތަހުގީގު ކުރިއަށްދާ ކަމަށާއި، އަދި މި މައްސަލަ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވާނެކަމަށް ފުލުހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙސޖސ

    އަވަހަށް ދޫކޮއްލާ.....ތިކަހަލަ ކިތައްމީހުން މުޅިރާއްޖޭގަ ހިމާޔަތް ތެރިންގެ ހިމާޔަތުގައި އެތިބީ...ތީ އާކަެއް ނޫން.....

  2. ާގަބްރިއަލް

    26 ގްރާމް ހައުދަހައިވާ ބޮޑުނެޓްވޯކެކޭ ?

  3. ވަރަށް ވެދުން

    ރ އަތޮޅު ހުރިހާ ރަށެށް ބަލާ ފާސްކުރަން ގޮވާލަން މީދޫ މަޑުއްވަރީ މިކަމުގަ ހަލާކުވެފަ ވާ ދެރަށް މީ ހުރިހާ ކަމެއް ކޮންޓްރޯލް ކުރާ ދެތަން.

  4. ނުރަބޯ

    މިއީ ކުރީގެ ރައީސް މައުމޫނު ރާއްޖެއަށް ކޮށްދެއްވި ހެޔޮކަމެކެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ ފަތުރުވެރިންގެ ގޮތުގައި އައިސްއުޅޭ ހިޕީންނޭކިޔާ ބައެކެވެ. އެހިސާބުން ދިވެހިން މީގެތެރެއަށް ވަންނަން ފެށީއެވެ. މިކަމުގެ ތެރެއަށް އެންމެފުރަތަމަ ވަނީ މާލޭމީހުންނެވެ. އެމީހުން މަސްތުވާ ތަކެތި ބޭނުންކުރި މައްސަލައިގައި ކުށްވެރިވުމުން މައުމޫނުކުރެއްވި ކަމަކީ އެމީހުން ރާއްޖެތެރޭ ރަށްރަށަށް އަރުވާލީއެވެ. އެހިސާބުން އެއްކަލަ މީހުން އެރަށްރަށުގައި އުޅޭ ޒުވާން ފުރައިގެކުދިން މިކަމުގެ ތެރެއަށް ވައްދާ ހަފުސްކޮށްލީއެވެ.

  5. ތިމަންނަ

    ހަމަ ތަރައްގުއި....

  6. ޙިޔާލު

    ތި ސުއައިބު ތީ ހާދަ އެނގިގެން ވާހަކަ ދައްކާ މީހެކޭ ދޯ