ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަ ކުރުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުން އޮފީހަށް ހާޒިރުވުމަށްފަހު ފިންގަ ޕްރިންޓު ޖެހުމުގެ ބަދަލުގައި "ސެލްފީ"އެއް ނެގުމަށްފަހު ކަނޑައެޅިފައިވާ ވަކި މުވައްޒަފަކަށް ފޮނުވިދާނެ ކަމަށް ކޮވިޑް-19 އާ ގުޅިގެން ޝަރުއީ ދާއިރާގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކާއި ބެހޭ އުސޫލުގައި ބުނެފިއެވެ.

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ އެ އުސޫލުގައި ބުނެފައިވަނީ މި ދުވަސްވަރު ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޝަރުއީ ދާއިރާއިންވެސް ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 އަށް ކަނޑައަޅާފައިވާ އެލާޓު ލެވަލް ތަކުގައި ވަކި ހާއްސަ ގޮތްތަކެއް ޑީޖޭއީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުވައްޒަފުންގެ ހާޒިރީ ނެގުމުގައި އިނގިލީގެ ނިޝާން ޖަހާކަމަށް ވާނަމަ އޭގެ ބަދަލުގައި ސްމާޓު ފޯނު ބޭނުން ކޮށްގެން ޓައިމް ސްޓޭމްޕް އަރާ ގޮތަށް އޮފީހުގެ އިމާރާތުގައި ކަނޑައެޅޭ ވަކި ތަނަކަށް ގޮސް ސެލްފީއެއް ނެގުމަށްފަހު ކަނޑައެޅިފައިވާ މުވައްޒަފަކަށް ފޮނުވިދާނެ ކަމަށެވެ. ނުވަތަ އޮފީހުން ކަނޑައަޅާ ވަކި މުވައްޒަފަކު ހުރިހާ މުވައްޒަފުންގެ ހާޒިރީ ނޯޓު ކުރުމާއި ކާޑު ނުވަތަ ޓެގު ބޭނުން ކޮށްގެން ހާޒިރީވެސް ނެގި ދާނެ ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނުމުން އެކަން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެންގުމުން އެ މުވައްޒަފަކު މީހުންގެ ތެރެއަށް ނިކުމެ އުޅުން އެފަދަ އިދާރާއަކުން މަނާ ކޮށްފި ހާލަތެއްގައި އެކަމާއި ބެހޭ ލިޔުން ޑީޖީއޭ އަށް ފޮނުވުމުން އެ މުވައްޒަފަކު އާއްމުންގެ ތެރެއަށް ނިކުމު އުޅުމުގެ ހުއްދަ ކަމާބެހޭ އިދާރާއަކުން ދިނުމާއި ހަމައަށް މުސާރައާ އިނާޔަތްތައް ހިނގާ ގޮތަށް ޗުއްޓީއެއް ހަމަޖެއްސިދާނެ ކަމަށެވެ.

މީގެއިތުރުން މުވައްޒަފުގެ ބަލި ހާލަތަށް ބަލާ މުވައްޒަފު ކުރަންޖެހޭ މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރަންޖެހޭ ކަމަށް ކޯޓު ނުވަތަ އިދާރާގެ އިސްވެރިޔާއަށް ފެނިއްޖެ ނަމަ އެ މުވައްޒަފު ގޭގައި މަޑު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މުސާރައާ އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީއެއް ދެވިދާނެ ކަމަށެވެ.

ޑީޖޭއޭއިން ނެރެފައިވާ އުސޫލުގައި ބުނެފައިވަނީ ކޯޓެއް ނުވަތަ އިދާރާއެއް ހުރި ސަރަހައްދަކަށް ކޮވިޑް-19 އާ ގުޅިގެން އޮރެންޖު އެލާޓު ނެރޭ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހިތުގެ ބައްޔާއި ފުއްޕާމޭގެ ބައްޔާއި ކެންސަރު ބައްޔާއި ހަަކުރު ބައްޔާއި ކިޑްނީގެ ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ މުވައްޒަފުން އެދޭ ނަމަ މުސާރައާ އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީއެއް ހަމަޖައްސައި ދެވިދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރަތް އެލާޓު ނެެރެފި ނަމަ ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި އަދި މަސައްކަތަށް ނުނެރެ ގޭގައި ބައިތިއްބާ ދުވަސްތަކަށް މުސާރައާ އިނާޔަތް ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ދެވިދާނެ ކަމަށްވެސް ޑީޖޭއޭއިން ނެރެފައިވާ އުސޫލުގައިވެއެވެ. ކޯޓުތަކާއި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ޑީޖޭއޭއިން މިފަދައިން ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ސިވިލް ސާވިސް ކޮމިޝަނަށްވެސް ހިދުމަތްތަކަށް ބުރޫނާރާނެހެން ވީ އެންމެ މަދުން މުވައްޒަފުން އޮފީސްތަކަށް ނެރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސސ

    ފުދޭވަރަކައްމަކަރުދާމީހުއްދޯ މުއައްޒަފުންނަންވަރައްއިތުބާރުނުކުރޭދޯ ދެއްގައުމުގަކޮއްތެދުވެރިކަމެއްއޮއްނާނީ މިއީހާލަތު ސެލްފީއަކުއްނޫނީނުފުދޭ މިއީބޮޑުވަރު 5 ފަސްވަގުތުކާމިޔާބައްގޮވާކައްނޭގެނީބާ ދިވެހިއްނަން

  2. ކަހާތަން

    މޮޅު ވާހަކަ ދައްކަނީ. އެއްވެސް ކޯޓަކަށްނާންގާ.

    3
    2
  3. ޒާހި

    އޮފީސް އަވަހަށް ނިމޭނެ ގޮތެއް ކަޑައަޅަންވީ. 13:00ގަ ނިމޭގެ ގޮތްހަދަންވީ އޭރުންވެސް ހަރަދު ކުޑަވާނެ

  4. ސަލާމް

    ފިންގަ ޕްރިންޓް ނުޖެހިމާ ނިމުނީދޯ ކިތައް ދޮރުގަ އަތްލައިގެން މި ދެވެވީ އިށީނަން ގޮޑިޔާ ހަމަޔާސް 5 ނުވަ 6 ދޮރު ގަ އަތްލާފަ މިކަން ރަގަަޅު ކުރަން ހުރިހާ ދޮރެއް ހުޅުވާ

    6
    1
  5. ޢާދަނު

    ހޮޓާ ރެސްޓޯރެންޓްތައް ބަންދު ކުރަންވީ..ރަށްރަށުގަ ގެސްޓް ހައުސްތަކުގަ ތިބޭ ފަތުރުވެރިން ތިބެނީ ހޮޓާ ރެސްޓޯރެންޓް ތަކަށް ވަދެ..ދެން ދިވެހިން ވެސް ހަމަ އެގޮނޑިތަކުގަ އިށީންނަނީ..

  6. ހުސޭނުބޭ

    ޖުޑިޝަރީ ހުރިހައި ކުދިން މުލިއާގެއަށް ގޮސް ސެލްފީ ނަގާ!