އެއްތަނުން އަނެއްތަނަށް ތަކެތި ފޯރުކޮށްދިނުމާއި، އުޅަނދުފަދަ ތަކެތި ފޯރުކޮށްދިނުން ނުވަތަ ލޮޖިސްޓިކްސްގެ މަސައްކަތް ކުރާ ރާއްޖޭގެ ފަރާތްތަތައް ކުރާނެ މަސައްކަތްތަކަކީ އެއް ޒަމާނެއްގައި ރާއްޖޭގެ އެންމެ ބޮޑަށް ކުރިއަރަމުން އައި އެންމެ އުންމީދީ އެއް މަސައްކަތެވެ. ދިވެހިން ކާމިޔާބު ކަމާއެކު ފައިހަމަކުރަމުން އައި މިދާއިރާގެ މަސައްކަތްތަކަކީ، ކުރިއަރަމުން އައި ފަތުރުވެރިކަމުގެ ސިނާއަތާއި އެކު އާރޯ މަސައްކަތަކަށް އޮތީވެފައެވެ.
މި ދާއިރާގެ މަސައްކަތެތެރިން ބުނާ ގޮތުން ރާއްޖޭގައި މީގެ ކުރިން އާ ރިސޯޓްތައް ގާއިމްކުރާ އިރު މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބެއެވެ. އަދި އާ ރިސޯޓްތައް އިތުރުވަމުން އައި އައުމާއި އެކު ވާދަވެރި މާހައުލެއްގައި މި މަަސައްކަތް ކުރުމުގެ މަގުވެސް ފަހިވެގެން ދިޔައެވެ. އަދި އޭރު އާމްދަނީގެ ގޮތުން ބަލާއިރު، ހިތްހަމަ ޖެހޭ ދުޅަހެޔޮ ވިޔަފާރިއަކަށް މި ވިޔަފާރި ވުމާއެކު، ރާއްޖެ ބަވަނަ ވަމުންދާ ދުނިޔެއަށް ހުޅުވުމަކީ ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތް ކުރި ފަރާތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް އެ ފަރާތްތަކުން ތިބީ ގަބޫލުކޮށްގެންނެވެ.
ނަމަވެސް ކަންވެގެން ދިޔައީ އެއާއި ދިމާ އިދިކޮޅަށެވެ. މިއަދު މި ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތައް ތިބީ ކުރާނެ މަސައްކަތެއް ނުލިބި މަޔޫސްކަމެއްގެ ތެރޭގައެވެ. ޕްރޮޖެކްޓެއް ހޯދަން ބިޑް ކުރި ނަމަވެސް އެ މަސައްކަތް ނުލިބުމާއި ބޭރުގެ ކުންފުނިތަކުގެ ނުފޫޒު އިންތިހާ އަށް ބޮޑުވުމަކީ މި ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ، އެ ދާއިރާގެ މަސައްކަތްތެރިއެއް "ވަގުތަށް" ކިޔައި ދިން ގޮތުގައި ބޭރުގެ ކުންފުނިތައް ރާއްޖެ އައިސް ލޮޖިސްޓިކްސްގެ މަސައްކަތް ކުރުމުން އެ ފަރާތްތަކުގެ ވިޔަފާރިތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ބޭރު ކުންފުނިތަކަށް ދޭ ހުއްދަ އާއި ޚިލާފަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް ފާރަވެރިވެ، އެކަންކަން ހުއްޓުވާނެ މުއައްސަސާއެއް ނެތުމަކީ އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
"އިންޑިއާ މީހުންނާއި ލަންކާ މީހުން އަންނަނީ ޕްރޮޖެކްޓް ނަގައިގެން. އެމީހުން އަންނަނީ މެޝިނަރީތައް ހިފައިގެން. ލޭންޑިން ކްރާފްޓްތަކާއި ލޮރީތަކާއި އައިސް އެތަކެތި ކުއްޔަށް އެހެން މީހުންނަށް ދެނީ. ބުނަނީ މަނާކަމެކެ. އެކަމަކު ބަލާނެ މީހެއް، ބަލާނެ ތަނެއް ނުހުރީ. އެއްފަހަރެއްގައި ޝަކުވާ ކޮށްގެން ހިފެހެއްޓި ބައެއް އުޅަނދުތައް. ހިފެހެއްޓި މިނަށް ވުރެ އަވަހަށް ދޫކޮށްލައިފި. މިއީ ކަންކަން ކުރާ ގޮތަކީ." އޭނާ ބުންޏެވެ.
އެ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަރާތަކުން ބުނީ އާމްދަނީގެ ގޮތުން ބަލާއިރު މިހާރު ވަރަށް ބޮޑު ތަނުން ވިޔަފާރި ދަށް ކަމަށާއި އެ ކަމަށް ހައްލެއް ހޯދުމަށް ސަރުކާރަށް ނުކުޅެދިފައިވާ ކަމަށެވެ.
"ކުރިއާ އަޅާ ބަލާއިރު ވިޔަފާރި ވަރަށް ދަށް. ކީކޭ ބުނާނީ މިވާހަކަ ދައްކަން ވެސް ލަދުގަނޭ. ކުރިން ލިބުނު އެއްޗެއްގެ ތިންބައިކުޅަ އެއްބައި ވެސް ކިރިޔަ ކިރިޔާ ލިބެނީ. ބައެއް ބޭރު ކުންފުނިތައް ގެނެސްގެން ދިވެހިންގެ މަސައްކަތް ހަލާކު މިވަނީ. ވަރަށް ދެރަ ކަމެއް އަސްލު މިއީ." އޭނާ ބުންޏެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުން ކާޑު ފަދަ ތަކެތި ގެންނަ ކަމަށް ބުނެ ރާއްޖެއިން ބިން ދީފައިވާ ބޭރު ކުންފުނިތަކާއި ވަކި ބަނދަރުތައް ދީފައިވާ ފަރާތްތައް ތިބި އިރު އެ ފަރާތްތަކުން ގަވާއިދައި އެއްގޮތަށް އަމަލު ކުރޭތޯ ނުބަލާކަމަށް އެ ދާއިރާގެ މަސައްކަތްތެރިން ބުނެއެވެ.
ސަރުކާރުން ދިވެހިންނަށް މަސައްކަތްތައް ދިނުމަށް އިސްކަން ދޭކަމަށް ބުނި ނަމަވެސް، ލޮޖިސްޓިކްސް ދާއިރާގެ ހާލު އޮތީ ކަންބޮޑުވާ ހާލަތުގައިކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އަދި އެ ފަރާތްތަކުގެ ޝަކުވާތައް ތަކުރާރުކޮށްގެން ވެސް އެދެވޭ ހައްލެއް ކަމާއި ބެހޭ ފަރާތްތަކަށް ހޯދާ ނުދެވުނުކަން އެ ފަރާތުން ފާހަގަކުރަނީ ކަންބޮޑުވުމާ އެކުގައެވެ.
ދިވެހިންނަށް އޯކޭވާނެ. ޔާމީން ވެރިކަމުން ބޭލިއްޖެއެންނު.
އެހެންވީމަ މަސްވެރިކަން ކުރި އަރުވަން ވީނޫންތޯ ފެކްޓުރީ ހަދައިގެން ދަޅުގައާއި ޕެކެޓްގަ މަސް ބަންދުކޮއް މަސް ވެރިންނައް ފައިދާވާ ކަހަލަ ކަމެއް ކުރަންވީނޫންތޯ
ނާގާބިލު ސަރުކާރެއް ވެރިކަމަށް ގެނެއުމަކީ އަމިއްލައަށް ފޭހުނު އިލޮށިގަޑެއް ދޯ .
މިރާއްޖެއަށް ބޭނުންވަނީ މޯހަން މުއްތާ އެކަނި ދެން ލަންކާގެ ސަންކެން ކުންފުނި އޭރުން މިރާއްޖެއަށް ބޭނުންވާ ހުރިހާ މަސައްކަތެއްވެސް ކޮށްލެވޭނެ ކޮނަކަމަކާ ހާސްވަނީ މިދެކުންގުންޏަށް ބޭނުން ވަރަކަށް ހެޔޮ އަގުގަ ބަންގާޅީން މަގުމަތިން ހޮވައިގެން ކޮށްލުމުގެ ފުރސަތު އެބައޮތް
ބޭރުގެ ކުންފުނިތައް ރާއްޖެ އައިސް ކުރަނީކީ ލޮޖިސްޓިކްސް މަސައްްކަތެއް އެކަންޏެއް ނޫން! އެވެރިން މިޤައުމުގެ މީހުންގެނަމުގައި ކުންފުންޏާއި، އުޅަނދުތައް ރަޖިސްޓްރީކޮށްގެން ގަވާޢިދަށް ނަމެއްގައި ފެތިގެން ތިބެ ކުރަނީ ވިޔަފާރި، ވޯރާ ވެރިން ކުރި ވިޔަަފާރި އަށްވުރެން މާފުޅާކޮށް އެކުރަނީ . ސީދާ ހުޅުމާލޭ ފޭސް2އިން ބޮޑެތި ބިންތައް ނަގައިގެން އެވާދަކުރަނީ ސްޓޭޓް އޯން ވިޔަފާރި ތަކާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް ސީދާ އެސައިޓެއްގެ ޑޯރ ސްޓެޕަށް އެ ޑެލިވާރ ކޮށްދެނީ! މުޅިރާއްޖެ ކަވަރުކޮށް އެވިޔަފާރި ކުރަނީ! މުދާ އުފުލާ ދޯނިތަކާއި ކަސްޓަމުސް ބްރޯކަރ ކުންފުނިތައް އިނދަޖެހެނީ! 2018އޮކްޓޯބަރ ފެށިގެން މާކެޓް ވަނީ އޮޔާގޮސްފައި، އެއިރަކު އޮންނަ ސަރުކާރެއްގެ ޑިޒިޝަން މޭކްކުރާ ލެވެލްގެ ބަޔަކާގުޅިގެން ހަމައެއްލަމައެއް ނެތި ނިކަމެތިންގެ ވިޔަފާރި މިމީހުން ފުނޑާލަނީ! މިކަން ރަނގަޅެއް ނުކުރެވޭނެ! ނުވެސްކުރާނެ! މާލޭގެ ގޭގެ ކުއްޔަށްގެންނަ ހައްލެކޭ މިކަމެކޭ ވާނީ ހަމަ އެއްވަރު!
ކޮށްކޯ ދުނިޔެ ދާނީ ތޮށަލި ދުޅަޔައް ކޮށްކޮވެސް ބައެއްފަހަރު ރޮވޭނެ ދެން ބިޓުބުނާނީ ނުރޯށޭ ނޫނޭ ތީހަމަ ރަނގަޅު ވާހަކައެއް އަވަސް ސޮލިއުސަނެއް ބޭނުންވޭ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ މީހަމަ އަހަރެމެން އެންމެން ގެނައި ސަރުކާރެއް އެމީހުންނަށް ފުރިހަމަ އިތުބާރު އެބައޮތް
ހުސް ދޮގު!! ކާކު ގަބޫލުކުރާ ވާހަކައެއް ތީ!! ދިވެހިންގެ ޖީބުތަށް ފުރިބާރުވެފަ!! ފައިސާ އަޅަން ބޮޑު ފޮށި ހުންނާނެ ގޭގަ. ބޭންކްތައް ބަންޑުންވެފަ!!
ޕާސްޕޯޓާއި އިމިގްރޭޝަން ކާޑު ގެއްލިފައި ތިބި އެތަކެއް ބިދޭސީން ރަށުތެރޭގަ. އެމީހުން އަމިއްލަ ގުރޫޕުތައް ޖަމާކޮށްގެން މަސައްކަތްތައް ރާވާ ހިންގަނީ، އާމްދަނީވެސް އެބަހޯދާ. މިއީ ގާނޫނީ އިމުގެ ބޭރުން ހިނގާ ކަންތައްކަމަށް ބޮޑަށް ލަފާކުރެވެނީ.