ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުން ޓެސްޓް ކުރި ދެމީހުން ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓު ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ބަލީގެ އަލާމާތްތައް ފެނިފައި ވާތީ ވިލިވަރުގައި 18 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. އަދި ފަރުކޮޅުފުށީގައި 11 މީހަކު އެކަހެރި ކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން ގިނަ ބަޔަކު ހޯމް އައިސޮލޭޝަންގައި ވެސް އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައި ވާތީ ރާއްޖެ އޮތީ މިހާރު ލެވަލް-02 ގެ ރީނދޫ އެލާޓް ގައެވެ. ރީނދޫ އެލާޓް ގައި އޮންނަ އިރު ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކަކުގެ ތެރޭގައި ޞިއްހީ މަޢުލޫމާތުދޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތައް އަބަދުމެ އަޑުއަހަމުން ދިއުން ހިމެނެއެވެ.

އޭގެ އިތުރުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން، އަދި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން، ހުންއައުން އަދި ކެއްސާ ކިނބިހިއެޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކްއެޅުން، ކެއްސާ ކިނބިހި އަޅާއިރު އުޅަނބޮށިން ނުވަތަ ޓިޝޫއަކުން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުން، އަދި ބޭނުންކޮށްފައިވާ ޓީޝޫ ވަގުތުން ޑަސްބިންއަށްލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން، ކޮންމެހެން ހޮސްޕިޓަލަށް ޒިޔާރަތްކުރަންޖެހޭ ޙާލަތެއްގައި މެނެވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުން، ރޯގާޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުން އެއީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެލާޓްގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނައްސި

  އައި ގޮޓް ކޮރޯނާ ވައިރަސް އާފްޓަރ ރީޑިންގ ދިސް

  1
  2
 2. ޟޯދަ

  ކޮން ނައްސިއެއްހޭ. ކިހާދެރަވެއްޖެ ކަމެއްހޭމިއީ. ނަހަލާލު ބަސް ނުވަދަބަލަ ދިވެހިބަހުގެ ތެރެއަށް އަޝްރަފޫ.

 3. ކަލޯ

  ތިއޮއް ނައްސި އެއް ބޯ ހަލާކު. އަނެއްކާ މިހާލުގެ އުޅެމުން އެވީ ނައްސި އައްސި ކައްސި ފައްސި ބައްސި ހައްސީގެ މާނަ ހޯދަން "ދިވެހި ބަހުގެ އެކަޑަމީއައް" ގުޅަން.

 4. ޙަމަ

  މީކޮން ބަސްތަކެށް