ފުވައްމުލަކު ސިޓީގައި މިދިއަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެފައި ވަނީ ހަސަން އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ނިޔާވީ ސިކުނޑިއަށް ލޭ އެޅި ސިކުނޑީގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ހަސަން އަހުމަދަށް އަނިޔާވި އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލްގައި އެހެން ސައިކަލެއް ޖެހިގެންނެވެ. އޭރު ހަސަން އަހްމަދުގެ ސައިކަލްގެ ފަހަތުގައި ވެސް މީހަކު އިނެވެ. އޭނާ އަށް ވެސް އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.

މިއަދު ނިޔާވި ހަސަން އަހުމަދުގެ ތިން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޭނަ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    37
  2. Anonymous

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ ﷲގެ ރަޙުމަތްފުޅުން މި މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތްދެއްވައި މަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން،
    މި ލިޔުމުގައި މަރުޙޫމުގެ އުމުރާއި އެޑްރެސް އެނގެންނެތުމުން މާޢުލޫމާތް ފުރިހަމަ ނުވާވާހަކަ ދަންނަވަމެވެ.

    28
    2
  3. ޢަބްދުލްމުހައިމިން

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ . ކީރިތި ﷲގެ ތަނަވަސް ރަޙުމަތްފުޅުން މި މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވައި، މަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  4. ޏަން

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  5. ހިތާމަ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎, އަޅުގަނޑުގެ ހިތަށް އަރަނީ ކޮރޯނާއަށްވުރެ މަގުމަތީގެ ނުރައްކާ ވަކި ކުޑަތާއޭ!

  6. މާހިރު

    އެއީ މިބުނާ ވާހަކަޔަކީ މިހާރުވެސް ބަލާބަލަ ހަމަޔަށް ފީދައްކާފަވެސް ނުހުންނާނެ