ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ މޯލްޑިވިއަންގެ މުވައްޒަފުން ގްރޫޕްތަކަކަށް ބަހާލައި ކޮންމެ ގްރޫޕަކުން ހަފްތާއަކު ތިން ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ހަމަޖައްސައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން މުއައްޒަފުން ވަޒީފާއަށް ނުކުންނާނީ ގުރޫޕްތަކަކަށް ބަހާލައިގެން ކަމަށެވެ. ހަފްތާއަކު ތިން ދުވަހު މުވައްޒަފުން މަސައްކަތަށް ނިކުތަސް، އަނެއް ދެ ދުވަހު މުވައްޒަފުން ތިބެން ޖެހޭނީ "ސްޓޭންޑްބައި" ޑިއުޓީގައި ކަމަށް ވެސް މޯލްޑިވިއަންގެ ބަޔާނުގައިވެއެވެ.

ސްޓޭންޑްބައި ޑިއުޓީއަކީ އައިލެންޑް އޭވިއޭޝަނުން އަންގައިފި ހާލަތެއްގައި ނުކުންނަން ޖެހޭ ގޮތަށް ތައްޔާރަށް ތިބުމެވެ.

މި ބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މި ބަދަލު ގެނައީ މޯލްޑިވިއަންގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލު ކުރަމުން އަންނަ ބައެއް ކަމުން، އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މަސައްކަތަށް ނުނިކުމެވޭ ހާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ޓިކެޓު އޮފީސް:

އާދިއްތަ އިން ބުރާސްފައްޗަށް ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށް.

ހުކުރު، ހޮނިހިރު ބަންދު

ކޯލްސެންޓަރު/ވައިބާ ޕްލެޓްފޯމްގެ ހިދުމަތް:

ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 8:00 އިން އިރުއޮއްސި 18:00 އަށް.

ހުކުރު ދުވަހު މެންދުރު ފަހު 14:00 އިން ރޭގަނޑު 20:00 އަށް.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ކުންފުނިން ދޭ ހިދުމަތްތައް ހުއްޓާނުލައި، ގައުމީ ހިދުމަތުގައި "މޯލްޑިވިއަން" އޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާހީ

    ހަމަ ހައިރާން ވޭ މޯލްޑިވިއަންގެ އިސްވެރިން ކަން ކުރާ ގޮތުން. ހަމަ އެކަނި އެކަން އެއާޕޯޓް ތަކަށް އަންގާލިޔަސް ނިމުނީއެއް ނޫނޭ. ބަލަ އެހެން ޑިއުޓީއަށް ނެރެން އިންތިޒާމް ތަކެއްވެސް ހަަމަ ޖައްސަން ޖެހެޔޭ.. އަހަރުން ހަމަ ނޯމަލް ޑިއުޓީ މި އަދާކުރަނީ. ފަތުރުވެރިންވެސް އަންނަ ވަރަކަށް އާދޭ.. ފުރާނައަތްމައްޗަށް ލައިގެން މަސެއްކަތް ކުރަން މިޖެހެނީ

    12
  2. ނަން

    ހުސް ދޮގު، ބަންދު ދުވަސްދުވަހައް ދޭ އެލަވަންސް ވެސް ނުލިބޭ ގޮތަށް.

  3. nasha

    ތި ހަމަ ދެއްކި މޮޅު ވާހަކައެއް. ތިޔާ އެއްގޮތަށް އަމަލެއް ނުކުރޭ.

  4. ސޮޓާފުން

    ފު ރާނަ އަތްމައްޗައް ލައިގެން ހޮސްޕިޓަލް ތަކުގަ ވެސް މްސައްކަތް ކު ރަނީ ، އެކަމަު ވަކިބަޔަކައް ފައިދާ ވަނީ

  5. Anonymous

    ސިވިލް ސާރވަންޓް މާބަނޑު މީހުންނާ ދޭތެރޭ ވިސްނާނެބަޔަކު ނެތް... ހިތާމަ ހުރި