ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅަކީ ސިޔާސީ ވާދަވެރިކަން އެކަހެރިކޮށް ހުރިހާ ފަރާތްތަކުން ގުޅިގެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މެމްބަރުން އެއްގަލަކަށް މިއަދު އަރައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިދަނޑިވަޅަކީ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަދާކުރަން ޖެހޭނީ ފަރުދީ ޒިންމާ ކަމަށް ވިދާޅުވިއެވެ.

"މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް އަދި މި ބަލި އިތުރަށް ބޮޑުވެގެން ގޮސް ދާނޭ ކަމަށްޓަކައި މިހާރު ސަރުކާރުން މިވަނީ ވޮލެންޓިއަރުން ބޭނުން ކަމަށް އިއުލާން ކުރައްވާފައި. އެހެންކަމުން އެ ވޮލެންޓިއަރުންގެ ގޮތުގައި ސިއްހީ ދާއިރާގައި ކުރިން އުޅެފައިވާ ފަރާތްތަކާއި އަދި އޭގެ އިތުރަށް ވެއިޓަރުންނާއި ރޫމް ބޯއިއިންނާއި މިކަހަލަ މީހުން ސަރުކާރުން ބޭނުންވާ ކަން އިއުލާން ކުރައްވާފައި ވަނީ." އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ އެ އެދުމާ އެއްގޮތަށް އެމްޑީޕީން ހަރަކާތްތެރިވާނެ މީހުންގެ ލިސްޓެއް ދީފައިވާ ކަމަށާއި މި ދަނޑިވަޅަކީ ދިވެހިން ވަރަށް ބޮޑަށް ކެތްތެރިވާން ޖެހޭ ވަގުތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ވަގުތަކީ ވަކި ފިކުރަކަށް ބެލުމެއް ނެތި، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

"މިވަގުތު އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އެންމެން ވެސް ބޮޑަށް ވިސްނަން ޖެހޭނީ އެހެން ހުރިހާ ފިކުރަކަށް ވުރެ، އެހެން ހުރިހާ ކަމަކަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމާއި އެކީގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުމާއި އެކީގައި އަޅުގަނޑުމެން ކޮންމެ ފަރުދެއްވެސް އެ މީހަކަށް ކުރެވެން އޮތް މަސައްކަތެއް މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރުމާ އަދި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއީ ވަރަށް ހުތޫރަތްތެރި ދަނޑިވަޅެއްކަން މިއަދު ރާއްޖޭގެ އެންމެންވެސް ގަބޫލު ކުރާނެ ކަމަށާއި ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާ ހިސާބަށް އައިއިރު ސަރުކާރުގެ ފަރާތުން ދޭ ހުރިހާ އިރުޝާދަކާއި އެއްގޮތަށް ރައްޔިތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން އެބަ ގެންދަވާ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް އާދަމް ފާހަގަކުރެއްވިއެވެ.

"އަދި އަޅުގަނޑަށް ފެންނަ ގޮތުގާ މިހާ ހިސާބަށް މި އައި އިރުގައި އަޅުގަނޑުމެންގެ ގައުމުގައި މިކަން ފެތުރެން ދިމާވި ސަބަބު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ވެސް، މި ރާއްޖެ އަށް ބަލި ފެތުރުމާއި ހަމައިން ފެށިގެން އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ ބެހޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަކީ ވެސް އަދި މިކަމަށް ރައްޔިތުން ދޭ އިޖާބައަކީ ވެސް މިވަގުތަށް އެންމެ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢެމް އެސް

    މާބޮޑަށް ލަސްކޮއްފި މިސަރުކާރުން ހުރިހާކަމެއްވެސް ކުރެވެނީ ކަހަބުގެ ދުވެލީގައިކަމުން އެފަދަ ނުރައްކާތެރި ބައްޔަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅި މުޅިރާއްޖެއަށް ބަލިފެތުރިދާނެ ކަމުގެ ބިރުވަނީ ބޯމަތިވެފައި! ފައިސާއަށްވުރެ ފުރާނަ މުހިއްމުކަން ނުވިސްނާކަމީ ވަރަށްދެރަ ހިތާމަހުރިކަމެއް!

    13
    4
  2. ދެންވެސް ކިޔާނަން

    މި ދަނޑިވަޅުގަ ތިޔަ މެމްބަރުން ނަންގަވަ ބޮޑު މުސާރައާއި އިނާޔަތްތަކުން ކޮންމެސް ވަރެއް ކުޑަކުރަން ނުވިސްނާ އެކަހަލަ ވާހަކައެއް ނުދައްކާ ތިޔަ ތިބޭ ތިބުމުން ތިޔަބައި މީހުންގެ އިހްލާސްތެރިކަމާ ރަތްޔިތުން ދެކެވާލޯބި އެބަ އެނގޭ.

    9
    1
  3. ވިސްނާލުން މުހިންމު

    މުޅިރާއްޖެ ބަންދުކުރަންގޮވާ ބިރުވެރިކަން އިތުރުކުރުމުގެބޭނުމެއްނެތް، ތިޔަ ވައިރަސްއައް ޕޮޒިޓިވްމީހުން މިރާއްޖޭގައެބަތިބިމިހާރު، ދެން ވިސްނާލަންވީ ތިޔަވައިރަސްއަކީ ޖެހޭހާމީހަކު އެބަލީގަމަރުވާ ބައްޔެއްނޫން، ބަލީގާމިމަރުވަނީ 3 ނޫނީ 5 ޕަސެންޓްމީހުން، އެކަމަކު ވިސްނާނުލާ ހާސްވެގެން ކުރެވޭ ކަންތައްތަކަކުން މުޅިރާއްޖެ ބަނޑައްޖެހި މީހުން ބަނޑައް މަރުވާރޭޓް މާމަތިވެދާނެ، 2ވަނަބޮޑުހަނގުރާމައިގެދުވަސްވަރު ރާއްޖޭގެ އާބާދީއަކީ މިހާރައްވުރެ 10ގުނަ ކުޑައާބާދީއެއް، އެކަމަކުވެސް އެދުވަސްވަރު އިގްތިސާދު އިނދަޖެހި ބަނޑައްމަރުވީރޭޓް ވަރައްމަތި، އޭރުގެ އާބާދީމަދުވެފަ ރައްރަށުގައި ދިރިއުޅުނު އާބާދީތަކްއް ކޮންމެވސްވަރަކައް ހަމަޖައްސާލެވޭވަރުގެ ވަސީލަތްތައްވެސް( ފަލުރައްތަކުގެ ރުއްތަކާ ބަނބުކޭލާ މިކަހަލަ ބައިވަރު ކެއުމައްބޭނުންކުރާ ވަސީލަތްތައް) އާބާދީގެނިސްތިބަތުން މިހާރައްވުރެ 10 ގުނަ އިތުރައްހުރި، ނަމަވެސް މިހާރު މިއޮތްއާބާދީ މެނޭޖްކުރާވަރައް އަމިއްލަޔައް ކާބޯތަކެތި އުފެއްދުމަކީ ނާދިރުކަމެއް، ސަބަބަކީ ގިނަ ފަޅުރައްތައްހުރީ ރިސޯޓްހަދާ، އަދިމިނޫވެސް އެހެނިހެން ކަންކަމުގަ ބޮޑައްބޭނުންކޮއްނިމިފަ، އެހެންވީމާ މުޅިރާއްޖެ ބަންދުކޮއްގެން މުޅިއިގްތިސާދު އިނަދަޖެހިއްޖެނަމަ ކާބޯތަކެއްޗާ، ތެލާ، ބޭހާ، މިނޫންވެސް ދިރިުޅުމުގެ ޒަރޫރީ ބޭނުންތަކްއް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރުފައިސާހުސްވެއްޖެނަމަ، ހީނުކުރާހާވަރުގެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިދާނެ. އޭރުން ތިވައިރަސް ޖެހިގެން މަރުވާރޭޓައްވުރެ 10 ގުނަ އިތުރައް ކާބޯތަކެއްޗާ ބޭސްފަރުވާނުލިބިގެން މީހުންމަރުވެދާނެ. ކާބޯތަކެއްޗާ ބޭސްފަރުވާގެ އުސޫލުން މީހުންނާ ތަކެތި އެއްރަށުން އަނެއްރަށައް އުފުލުމައް ތެޔޮވެސް މުހިންމުވާނެ، މިހާރު ރާއްޖޭގައި ބޭނުންކުރާ %99 އުޅަނދުފަހަރު ރިޔާނަގައިގެން ރިޔަލަކު ނުދުއްވޭނެ. މިހުރިހާކަމަކައް ނުވިސްނާ ބިރުވެރިކަން އިތުރުކޮއްގެނެއް ވަކިވާނެ މޮޅެއްނެއް، ބިރުން ތެޅިފޮޅުނީމަ ހެދޭނީ އަބަދުވެސްގޯސް، މާތްﷲގެހަޒުރަތުން ވާގިއެދި ދުޢާކުރުންގިނަކޮއް ،ވިސްނުންތެރިކާމާއި އެކު އިގްތިސާދު ހާލާކުވެ ބޭރުފައިސާހުސްނުވެމެނޭޖްކުރުން މުހިންމު

    2
    2
  4. ކަލޯބެ

    މިއަދު އެހެންސަރުކާރެއް އޮތްނަމަ ތިޔަ އެމްޑީޕީ ކފރނ ނާރާނެ އެއްގަލަކަށް. މުޖައްރިބު ކަމެއްމީ. ޓޫރިޒަމް ބޮއެކެޓް ކުރެވިފަ އޮންނާނީ މިހާރު ރަންގަޅަށް..

    6
    1