ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަ ބަލައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ތަހުގީގު ހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހްމީ (އިންތި) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް މަރުޙަލާގައި އިންތި ދެއްކެވި ވާހަކައިގައި ވިދާޅުވީ މި ބިލާ ގުޅޭ މަސައްކަތް ކުރަމުން ގެންދާ އިރު، އެންމެ މުހިއްމީ އާއްމު ރައްޔިތުންގެ މެދުގައި ފުލުހުން މުއައްސަސާ އާ ދެމެދު އޮތް ތަސައްވުރު ބަދަލުކުރުން ކަމަށެވެ.
އިންތި ވިދާޅުވީ މިހާރު ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފުލުހުންނާ ދޭތެރޭ ދެކެނީ ކޮން ގޮތަކަށްތޯ އަހައިފި ނަމަ، ބުނާނީ އެ މުއައްސަސާ އަކީ "ވަރަށް ކިލަނބުވެފައި" "ވަރަށް ބޮޑު ގެއްލުމެއް ދައުލަތަށާއި ރައްޔިތުންނަށް ދީފައިވާ" ބައެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުގެ ޖެހިގެން މިހުރި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ފުލުހުންގެ ޔުނިފޯމްގައި ބަޔަކު އަނިޔާކޮށް، މަރުނުވެ އޮތީ މާތް ރަސްކަލާނގެ ރަޙުމަތްފުޅުން. އިއްޒަތްތެރި ރައީސް ތިއީ ދިރި ހުރި މިސާލެއް. ރާއްޖޭގެ ރައްޔިތުން އެންމެ ފުރަތަމަ އިންތިޚާބުކުރި ޑިމޮކްރެޓިކް ވެރިކަން، ހަމަ ސީދާ ބަޣާވަތަކުން ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުން،" އިންތި ވިދާޅުވިއެވެ.
"ވީޑިއޯ ހެކިތައް މިހިރީ ފެންނަން. ހެކި ދޭނެ ރައްޔިތުން ރާއްޖޭގައި ދިރި އެބަތިބި. މި ހަގީގަތް އަޅުގަނޑުމެން ގަބޫލުކޮށްގެން ކުރިއަށް ދިޔުން އެންމެ މުހިއްމު ކަމަކީ. ކުރިއަށް ދާން ބޭނުންވާނަމަ މިކަމާ ދޭތެރޭ ކޮންމެވެސް އިންސާފެއް ލިބެންޖެހޭ."
އިންތިގެ މިވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ "ނުކިޔަމަންތެރިކަން އުފެއްދި ފުލުހުންނާ" ދޭތެރޭ ވަކިވަކިން ތަހުގީގު ހިންގުމުގެ ބާރު މަޖިލިސް ތެރެއިން މެންބަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި މަޖިލީހުގެ ގަވާއިދު ޖާގަދޭ ގޮތުގައި އިއްޒަތްތެރި މެންބަރުން މި ބިލު ކޮމެޓީއަށް ގެންދަވާ ވަކިވަކި ފުލުހުންނާ ދޭތެރޭ އެ ތަހުގީގު ހިންގޭނެ. އެއީ މެންބަރުންނަށް ލިބިފައިވާ ބާރެއް. އަދި ކޮމެޓީއިން އެ ތަހުގީގު ހިންގަވާ، އެކަމާ ގުޅޭގޮތުން ނިންމަވަންވާ ގޮތްތަކެއް މި ތަޅުމަށް މެންބަރުންނަށް ގެންދެވޭނެ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށެވެ.
އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެއެވެ.
ކޯޓު ތަކުގަ ހުޅު ޖެހި މައްސަލަ ބަލާ ނަސީދުގެ މައްޗައް ޓެރެރިޒމް ތަހުގީގު ކުރަންޖެހޭ
އިތުރަށް ފާއިތުވެދާ ކޮންމެ ދުވަހަކީ ކަލޯމެންގެ ނާގާބިލުކަން ހާމަވެ އިތުރަށް ފަޟީހަތްވާނެ ދުވަހެއް. ދެންވެސް ރައްކާވާން އުޅޭ. ގެއްލޭ. ފެއްސޭ. މީތި ޖަލުން ނެރެ ދިވެހިންނަ މި މުސީބާތް ޖެއްސި ބަޔަކަށް އެކަމުގެ ބަދަލު ދައްކަވާށި!
ދިވެހިރައްޔިތުންގެ ކިބައިން މީނަ ބަދަލުހިފައި ނިމިގެން އިތުރުކަމެއް ކުރެވޭނީ.
މުޅި ދުނިޔެއާއި މުޅި ގައުމު ކޮވިޑް19 އާއި ހަނގުރާމަ ކުރަމުންދާއިރު، މި ނަޝީދު މިއުޅެނީ އަމިއްލައަށް ވެރިކަމުން އިސްތިޢުފާ ދިނުމަށްފަހު، އަދިވެސް އެކަން ހަޖަމުނުކުރެވިގެން ފުލުހުން ފަހާ ދުވުމުގައި.
ކޯޓްތަކާއި ޕޮލިސް ސްޓޭޝަންތައް ހުޅުޖަހައި ރޯކޮށް އަންދާލި މައްސަލަ ބަލައި މިކަލޭގެ ޖަލަށް ލާންޖެހޭ
ފެބްރުވަރީ 7 އަސަރުގަދަ ހިތި ހަނދާންތަކުން ވަކި ނުވެވި މަފަކީރު ހިނދުކޮޅުގަ އަވަދިވަނީ މިއޮއްގެން. ގައުމު އޮތީ ވަބާއެއްގެ ބިރުވެރިކަމުގަ. މަށަކާވާ ބެހޭ ކަމެއް ނޫން. ވެރިކަން ގެއްލުމަކީ ވާއަސަރު ހުރި ކަމެއް.
ވަގަށް ދޮންމީހުން އެތެރެ ކުރާކަން އޮއްބަން އަނެއްކާ ވާހަކައެއް ތިލަކުރީތަ؟ އޭ މިގައުމަށް ދޮންމީހުން އެތެރެވުން ހުއްޓުވަބަލަ އާބިދާއޭ ނުކިޔާ
ތިޔާގެ ކުރިން ތިޔާ ވެރިކަން ވެއްޓޭނެ އިން ޝާ އަﷲ
ކަލޭ އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަ ވެސް ބެލޭނެ ދުވަހެއް އަދި އަންނާނެ އިންޝާﷲ !
މިކަލޭގެ އަދިވެސް އުޅެނީ ޖާސޫސް ކުރާވައްތަރަށްދޯ އެޖެންޑާ19 ކޮރޯނާ19 ކަހަލަ ކޯފާއެއް އައުމުންވެސް މިހުރިނުލަާކަން ދައްކާލަންދޯ އެބަލަނީ ހިތަމަހުރި
ތި ވާހަކަ ދައްކަން އެންމެ ތާހިރު ބަޔަކު ތިވާހަކަ ތި ދައްކަނީ. މުއައްސަސާ ތަކާއި ކޯޓު ތަކާއި ފުލުހުންގެ މުދަލާއި އިމާރަތްތަށް ރޯކޮށް އަންދާ އަޅިއަށް ހަދާލި ބަޔަކު...
މީ ކާކަށް ކިހިނެއް ލިބިފަހުރި އެއްޗެއް
ކިހާދެރަކަމެއް އެންމެ ފަުރަތަމަ މީނަ ފެބްރުއަރީ 7 ގަ ޤާނޫނާޚިލާފަށް ޢަމަލުކުރުމަށް ފުލުހުންނަށް އަމުރުކުރި މައސަލަ ބަލަންވީނު އަދި މީނާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ބަލަންވީނު
ކީއްވެގެން އުލޭ މީހެއެއްތަމީ. ކަލޯ އަބަދަކު ކަލޯ ތިގޮނޑިއަކު ނީންނާނެ އިނގޭ
ދެބޯގެރި ދުއްވުމެއް މީގަނުޖެހޭތި! ކޮވިޑަށް ވިސްނުން ބަހައްޓާ...! ސަރުކާރަށް ފާރަވެރިވެ ހަދާނަހަދާ އޮޅުންފިލުވުވުގަ ތިއްބަވާ! ދައުލަތުގަ ލާރިއެއްނެތް
އިންޑިއާ އަށް ގައުމު ވިއްކާލަން ރާވާފަވާ ބައިގަނޑެއްމީ!! މިހާރު ދަރަނި ނަގާނަގާ މާދަމާ މި އިންޑިއާ އިން މިގައުމު ލޮކް އަޅުވާނެ.!!
ކިހާދެރަކަމެއް އެންމެ ފަުރަތަމަ ކަލޯ ފެބްރުއަރީ 7 ގަ ޤާނޫނާޚިލާފަށް ޢަމަލުކުރުމަށް ފުލުހުންނަށް އަމުރުކުރި މައްސަލަ ބަލަންވީނު އަދި ކަލޯ ފެބްރުއަރީ 8 ގަ ޕާޓީ ކުދިންނާއެކު މުޅި ޤައުމުގަ ހުޅުޖެހި މައްސަލަ ބަލަންވީނު އަދި ކަލޯ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ބަލަންވީނު
ކީއްވެގެން އުލޭ ގޮލައެއްތަމީ. ކަލޯ އަބަދަކު ކަލޯ ތިގޮނޑިއަކު ނީންނާނެ އިނގޭ
އަދިވެސް އެހިތިރަހަ ކަރުތެރެއިން ނުފިލާދޯ. 8 ފެބްރުވަރީގަ އިމާރާތްތައް އަންދާލި އެމްޑީޕީ މީހުންގެ މައްސަލަވެސް ބަލަން ހަނދާން ބަހައްޓަވައްޗޭ.
މުޅި ދުނިޔެ ކޮރޯނާގެ ވަބާއާހެދި ގޮތްހުސްވެ ކުޑަކަކޫ ޖެހެމުންދާއިރުވެސް މިކަލޭގެ އުޅެނީ މޮޔަބުރާންތި އަރައިގެން އަމިއްލައަށް ދޫކޮށްލި ވެރިކަން ވެއްޓުނު ދުވަހާ އަޅައިގަނެގެންނެވެ. ޔާﷲ މިނުލަފާ ކަލޭގެ މިޤައުމުގެ ވެރިންގެ ސަފުން ބާކީކުރައްވާންދޭވެ!
އާމީން
އަހަރެމެން ފުލުހުން ނިކުމެ ކަލޭ ވަރަށް އަވަހަށް މައިތިރިކުރާނަން.
ފެބްރުއަރީ 7 ގެ މައްސަލަ ބަލަންވަނެ .އެމައްސަލަ ބަލަންޖެހޭނީ ފެށުނު ހިސާބުން އެއީ ގާނޫނުއަސާސީ ވަނީ ހުއްޓިފަކަމަށް އިއުލާން ކުރެއްވި ހިސާބު ،ގާނޫނުއަސާސީގައިވާ ބާރުތައް ގަޑުބަޑުކޮށް އަތަށް ނެންގެވިކަމަށް ލިއުއްވި މިހާރުވެސް މިއޮތް ލިއުމުގައިވާ މައްސަލަ ވެސް ބަލަންވާނެ ، ފުލުހުންނަށް ގައިރު ގާނޫނީ އަމުރު ކޮށްފަިވާނަމަ އެކަންވެސް ބަލަންވާނެ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިއާޔަތް ކުރެވެންވާނެ މިމާއްދާގަ ބުނާގޮތުން އެކުރަނި ގައިރުގާނޫނީއަމުރެއްކަމަށް ފެންނަހިނދު އެއަމުރަށް ތަބާނުވުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވޭ. ބީޗް ގަ މުޒާހަރާ ކުރަން ތިބި މީހުންގެ ސަލާމަތާ ރައްކާތެރި ކަމަށް ތިބި ފުލުހުން އެތަން ދޫކޮށް ދިއުމަށް ކުރި އަމުރު ގެ މައްސަލަ ވެސް ތަހުގީގު ކުރެވެންވާނެ .ސިފައިންއައިސް ހަވާލުވީކަމަށް ބުނެ ފަހުން އެތަންދުކޮށްލި ސަބަބުވެސް ތަހުގީގު ކުރެވެންވާނެ.އާޓިފިސަލް ބީޗް ގަ މާރާމާރީ ހިންގުމަށް ތަންދީ ފުލުހުންނާ ސިފައިން އެސަރަހައްދުންބޭރުކުރި މައްސަލަވެސް ތަހުގިގު ކުރެވެންވާނެ. މިއީ ފެބްރުއަރި 7،2012 ބަލާފަ އެކަނި ނިންމޭނެ ކަމެއްނޫން. އެއަށް ވުރެ ބޮޑު މައްސަލައެއް މިއީ .އެންމެ ބޮޑުމައްސަލަޔަކީ ގާނޫނުއަސާސި ހުއްޓުވާ ގާނ*ޫނުއަސާސީގައިވާ ބާރުތައް އަތަސް ނެގުމުގެ މައްސަލަ. އަތުލިއުމުގެ ކޮޕީ މިއޮތީ ބޭނުންވާހުރިހަ ފަރަތަކަށް ކޮޕީ ލިބިދާނެ.
ކަލޯ ފެބްރުއަރީމަހު 8 ވަނަދުވަހު ހުޅުޖަހަން ނަސިދު ގުޅާފަ ބުނިކަމަށް ބުނި ކައުންސިލަރުންއަދިވެސް ދުނިޔޭގަ އެބަތިބި އަދި އެކައުންސިލަރުން ދެރަވެގެން އެވާހަކަ ދެއްކި މީހުންވެސް އަދި މަރެއްނުވޭ
މުޅިދުނިޔެ އާއި މިދިވެހި އުންމަތް މިވަނީ ނާމާން ބިރުވެރިކަމެއްގެ ތެ ރޭ .. އެކަމަކު ބޮލައްތެޔޮއަ ރާގެން އަމިއްލައަށް ދޫކޮށްލިވެެިކަމުގެ ހިތްދަތިކަމުގަ ޖަޒުބާތުގަ ޖެހިބޯބު ރާންތިވެގެން އުޅޭއި ރު އެދުވަހު ފުލުހުންނާ ތަޅާނެކުދިން ހޯދަން ގޮވިމައްސަލަ ފު ރަތަމަ ބަލާބަލަ!! ކޮންނަވަ ރަކަށް ގިނަވާނީ ފަސް. ބޭލޭނީސޯޓު. ތެޅޭވަ ރަކަށް ދަނީ ކޯންޗެ؟؟
މީ ކޮވިޑަށްވުރެން ކުޑަ ވަބާއެއްނޫން މިގައުމަށް، ޖެހިފަހުރި
ކަލޯ ތާއީދު ގެއްލުނީމަ ފޫހަރުނުލައި ގެންތަ ތިއުޅެނީ!
ބަލަގަ އަންނި ދިވެހިން ގެންގުޅެނީ ގަނެގެން ކޮބާ ލަދު ވެރިކަމާ ހަސަބާ ނަސަބާ ބާރުދީފަ ކޮން އަނގައެއްތަ ތިޔާ އަރުވަނީ ދެންވެސް އިންތިހާބެއް ބާއްވަބަލަ ހަމަ ދިވެހިން ގަނެލާނީ މަގޭވޯޓް ނުދޭނަމޭ ކިޔާފަ ފައިސާ ދިނީމާ އެވިއްކާލީ ފައިސާ ދިނީމާ ހިފާފަ ގައުމަށް ފައިދާހުރިކަމެއް ކޮއްފަ ވޯޓްނުދީބަލަ ދެން ސަރީފުވެސް ބާލާ ފިސާރި ތެދެއް މިބުނީ ރައްޔިތުނޭ ގައުމާއި ދޭތެރޭ ނިކަން ވިސްނާލަބަލަ
އެޖެންޑާ ކޮވިޑްން މިލޭގެ ފަނާ ނުވިއްޔާ ކިތަނެހާވެސްރަގަޅު އޭރުންތާ ޑިމޮކުރަސީ އަށް އުނދުޅި ބާނަން ހުންނާނީ މިޤައުމުގެ ހަލާކު!
އެއޮތީ ޕާރޓީ މީހުންނަށް ހިތަކަށް އެމްޓީސީސީ ދީގެން އެތަން ދޮވެލާފަ! އެތާނގަ ތިބި ހުރިހާ ޓެކްނިކަލް މީހުން ވަޒީފާދޫކޮށް އަމިއްލަ ތަންތަނަށް ބަދަލުވެ ނިމިއްޖެ!! މުޅި ކުންފުނި ބަނގުރޫޓު! އުޑެއްބުޑެއް ނުދަންނަ ނާގާބިލު ސަރުކާރެއް އައީމަ ވާނެ ހަތަރެތި މިއޮށްވެނިމުނީ!! އަތްޖަހާ އަތްޖަހާ!!
ފުރަތަމަ އިންތިޚާބުކުރި ޑިމޮކްރެޓިކް ވެރިކަން، ހަމަ ސީދާ ބަޣާވަތަކުން ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުން، އެމައްސަލަ ވީހާއަވަހަށް ބަލަންޖެހޭ، އެފުލުހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ! އެފަދަ މީހުން މިހާރުވެސް ފުލުހުންގެ މުވައްސަސާތެރޭގައި ހަމަ އެޕަވާރ ގައި އެބައުޅެވޭ. އެމީސްމީހުން ވިހާއަވަހަކަށް ބޭރުކޮށް ތެދުވެރި ހިހުލާސްތެރި މީހުންނައް ފުރުސަތުދީ!
ފުލޮހުން ހަމަލާ ދީ އަނިޔާ ކުރީ، އިސްތިއުފާ ދީފަ ގޮސް، ފަހުން ޑިމޮ ކުރެޓިކ ކް ކޮށް ހަވާލުވި ސަރު ކާރު، ވައްޓާލަން ނި ކުން ބަޔަ ކަށް ، މިހާރު ވެސް އެހެން ބަޔަ ކު ނި ކުމެއްޖެއްޔާ އަނިޔާ ލިބޭނެ
ކޮވިޑު ވެކްސިން ހަދާއިރު މިއެއްޗަކުން ސަލާމަތްވާންވެސް ވެކްސިންއެއް ހަދައިދޭން ގޮވާލަން
މީނަ އަދިވެސް މި ކަމާ.... ގައުމްގެ ހާލަތު ގޯސް އެކަމަކު މީނަ ސިޔާސީ އަމިއްލަ އެދުމުގަ.... އިސްތިއުފާ ...
ދިވެހިރައްޔިތުންގެ ކިބައިން މީނަ ބަދަލުހިފައި ނިމިގެން އިތުރުކަމެއް ކުރެވޭނީ. މީނަ މީ ކާކުތަ. ބޮޑު އުނދަގުލެއް
ވެރިކަން މައްޗަށް ބާރުގަދަކުރަން ތިތަ ކުރާ މަސައްކަތަކީ އެމަޑީޕީޢަށް ދިވެހި ވެރިކަން ގެއްލުމުގެ އިޝަރާތެއް. ކިތަންމެ ވަރެއް ދެއްކިޔަސް ދިވެހިން ވަޝޫދަކަށް ވެރިކަމެއް ނުދޭނެ. ރައްޔިތުންގެ ވޯޓަކުން މަޖިލިސްގެ ރައީސް ނެގިޔަސް ފޭލިކޮށްލާނެ.
ފުރަތަމަ ބަލަންޖެހެނީ ތިޔަ ކަންތަށް ހިނގީ ކިހިނެތް ވެގެންތޯ؟ ބަލާއިރު ތިޔަ މީހާ މަސްތުގެން ހުރެ ގައުމު ހިންގާން އުޅެ އަތަށް ގޮވާ ވެރިކަން ބީވެގެން ދިޔައީ.. ތިޔަ މީހުންގައިގަ ތަޅަނީ އުޅެވޭ ގޮތުން.. އަހަރެމެން ގަޔަކު ޕޮލިހަކުވެސް އަދި އެހެން މީހަކުވެސް ނުތަޅާ
ނުބެލޭނެ ދެންވެރިކަމެއްވެސް ނުލިބޭނެ އިތުރައްތާއިދުގެއްލޭނީ ރައްޔިތުުންތިބީ އެހެންގޮތެއް ހޯދަންތައްޔާރައް 3 އަހަރުބާކީއޮތީ ތީވެސް މުޅިގައުމުގެ ރައްޔިތުންދިންބާރެއްނޫން ރަށެއްގެ އަވަށެއްގަތިބި ބައެއްގެތެރެއިން ލިބުނު 150 ވަރަކައްވޯޓުންލިބުނު ބާރެއް ވެރިކަމުގަ ޕާޓީއޮވެގެން ވީވަރު އެއްވެސްބަޔަކު ބޭނުމެއްނުވާނެ 15 އަހަރުފަހަތައްދާކައް އަބަދުވެސްބޭނުންވާނީ ކުރިއައްދާން އާބަޔަކާއެކު މިގައުމުގަ އެބަތިބި ތައުލީމީ ތަޖުރިބާހުރި ރައްޔިތުން
ބޭކާރު ވާހަކަ ނުދައްކާ ކޮވިޑް ކޮންޓުރޯލު ކުރެވޭތޯ އުޅެންވީ. އަމިއްލައަށް އިސްތިއުފާދީފަ ޒިންމާއިން ރެކުނު މައްސަލަ ބަލާފަ ގޮޅިޔަށަދާންވީ
މިހާ ރު ތިއުޅެނީ ރައްޔިތުންގެ ފޯކަސް އެހެންދިމާލަކަށް އަބު ރާލަން ވެގެން. ގައުމު މިހާލަތަށް ދުއްވާލި މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަން ހަދާންކުރާތި. މިފަހަރު މާއިބަދަ ގިރުނަސް ގައުމުން ބޭރަކަށް ނުދެވޭނެ
ފުރަތަމަ ބުއްޅަބެ ގާޒީއަކު ވަގައްނައިނގެން ރަހީނު ކުރި ދެންކޮބާ ކަލޭއާމެދު ކުރެވުނު ހުކުމް އެ ގޭގަ ބާއްވާފަ ކޮނހަޅޭކެއް
އަހޫ ކަލޯ މިވެރިކަމާ 2008 ގެ ވެރިކަމާ ތަފާތެއްނެތް ގައުމު ބަނޑަށްޖެހޭހިސާބަށް 2012 ގަ އޮތީ ގޮއްސަ ޑޮލަރެއް 18،20 އަށް އޮތީ އަރާފަ. އެވަހަކަ ބުނި އައި އެމްއެފް އިން ދުނިޔޭގެ މާލީ އިދާރާއަކުން ބޯދަމައިނުގަނެވިފަ ހުއްޓާ ގަޒީއެއް އަތަށްއެރީ އެހިސާބުން އިސްތިއުފަދިނީ ކޮންބަގަވަތެއް/ ބަގާވަތް ހެދީ ގާނޫނުއަސާސީ ވަނީހުއްޓިފައޭކިޔަފަ ގާނޫނުއަސަސީގައިވަ ބާރުތައް އަތަށްނެގި ފަރާތުން އޭނަ ހައްޔަރު ކޮށް ތަހުގީގު ކުރަމާހިގާ.
ލަދެއްގަންނަ ބަޔަކު ނުންދޯ މީކީ ރައްޔަތުން ގުދާރު ބިންދާލައިގެން ހޯދާ ރރފިޔާ ކޮޅުން ގަދަކަމުން ޖިޒީ ނަގައިގެން އޭގެން މުސަރަޔާ އިނާޔަތާ ނަގައިގެން ތިބެ ރުފިޔާގެ ދަހިވެތިކަމުގައި އެނުރައްކާ ތެރި ބަލޖެހިފައިމީހުން އައުން މަނާނުކޮއް އެބަލި މިގައުމައް އެތެރެވީމަވެސް އަދިވެސް އެކަން އޮއްބާލަން ވެރިކަމޭ މިގޮވަނީ މަންޑެލާ ވިދާޅުވީ ތެދެއް އެއީ ވެރިކަމަކީ ދައިވެތިކަމެއް ދެވިހިފަކަމެއް ތިހިރީ ވެރިކަމައް ބޫޓް ހިފާފައި
މިސްޓަރ ބަޢާވާތައް ނޭންގެނީބާ ވެރިމީހާކަމައްވިޔަސް ފުލުހުންނަށާ ސިފައިންނައް އަމުރުކުރެވޭނީ ޤާނޫނީ އިމުގެތެރެއިންކަން ޤާނޫނާޚިލާފައް ކުރާއަމުރައް ތަބަޢަވާންނުޖެހޭކަން ފުލުހުންކުރި އިހްތިޖާޖަކީ ތިމަންނަމެންނައް ޤާނޫނާޚިލާފުއަމުރުނުކުރާށޭ އެހެންބުނީމަ ގަތްގަތްބިރުން ވެރިކަންދޫކޮއްލާފަ ޖެހިގެންއައިދުވަހު ކަލޭމެންގެ ރޫޙާނީ ނިކުމެ ބަޢާވާތަކުންނޭ ވެރިކަން ވައްޓާލީ ކިޔާ ތަންތާންގަ ހުޅުޖަހަންގޮވާ ހުޅުޖަހާ އެންދީ
ނަޝީދޫ ކައޭ މައިތިރިވެ ބަލަ. މައުމޫން އިރު މިކަލޭގެ މީހުން މުޒާހަރާ އަށް ނެރެ ކީ ތިމަންނަ ވެރިކަމެއް ބޭނުމެއްނޫނޭ. ރައްޔިތުން ހީކުރީ ހަމަ ހެޔޮއެދިގެންނޭ. ޝަހާދެއް މީނާއުޅޭގޮތުން އެބައެނގެއެއްނު ވެރިކަން ބޭނުން ނުވާކަން . މިއޮއް ބިރުވެރިކަމުގައިވެސް މިއުޅެނީ ވެރިކަމާއިހެދި . ލިބުނީމަ ވެސް ކުރާކަށް ނޭނގެ. ފިތުނަ އުފައްދާ މީހުން ހައްޔަރު ކުރަން ގޮވާލި އެމްޑީޕީ މީހުން.މީނާ އެންމެ ކުރިން
2012 ފެބްރުއަރީ 8 ވަނަދުވަހު އިސްލަމްދިނުގަ ކީރިތި ގުރްއަނުގަ އޮތްގޮތަށް މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގާ އޮތްގޮތަށް ސަރުކާރުން އަމަލުކުރިނަމަ ދިވެހިންނަށް ހިތާމަވެރި ދުވަސްތަކެއް ނުފެނުނީސް
ގައިރު ޤާނޫނީ އަމުރުކޮށް ރައްޔިތުންނާ ރައްޔިތުން ތަޅަން ދޫކުރުމަށް އަމުރުކުރި މީހުންގެވެސް މައްސަލަ ބެލެންޖެހޭ.
މީނަ ކަރަންޓީނު ކުރަން ވެއްޖެ
އަދިވެސް ފެބްރުއަރީ 7 ކާ އަޅާގަނެގެން އުޅޭ
ފެބުރުވަރީ 8 ގައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދިން މީހުންގެ މައްސަލަވެސް ބަލަންޖެހޭނެ.
ތިޔައީ ވަރައްރަނގަޅު ވާހަކައެއް ބެލެން ޖެހޭނެ ނޫނީ އަދިވެސް ތިޔަ ކަހަލަ ކަން ވުން ދުރެއްނީން..ފުލުހުންގެ އަހުލާގީ މައްސަލަ މިހާރުވެސް ރަނގަޅެއްނޫން ވަރައްބޮޑައް އިންސާފއް ލަންބަން ޖެހޭ ބައެއް ނުވަތަ މުއައްސަސާއެއް
ކޮހަކު ކޮސް ގޮވީމާ އަޑު އަހާނެ ކޮސް ބަޔަކުވެސް ތިބެދާނެ. ކޮވިޑް 19 އާ ގުޅިގެން ކޮހަކު ކޮސް ގޮވީމާ ހަމަހޭގައި ތިބި މީހުން ހޯހޯއޭ ގޮވައިގަތީމާ ކޮހަކު ދައްކާ ކޮސް ވާހަކަ އަޑު ނާހާނެ ބަޔަކު އެބައުޅޭކަން އެނގިގެން ކޮހަކު ކޮސް ބައިގަޑު ރުއްސަން ކޮސް ވާހަކައެއް ދެއްކީ. ދެން އަތްޖަހާ. ތިޔަ މައްސަލަ ބަލައިފިއްޔާ ތަޅާނެ ކުދިން ކޮޅެއް ހޯދަން އުޅުނު މައްސަލައާއި ހުޅުޖެހި މައްސަލަ ބަލަން ބަޔަކު ނުކުންނާނެ. ދެ މައްސަލަ އެކީގައި ނޫނީ ނުބެލޭނެ ދުވަހެއް އަދި އަންނާނެ.
އެކަލޭގެ އެއުޅެނީ ފިސާރިރަގަޅަށް އަތަށް ގޮށްވާލަންވެގެން ކުޅިވަރު ބަލާފަ އަތްޖަހަން ތިބެމާ ކަލޯ މިހާރު ތިހީކުރާ ގޮތެއްނޫނޭ ބަލައިގެން އުޅޭތި ނޫނީ އަނގަ ވަތަޖެހިދާނެ އަދި ތިވިސްނަނީ ރަ ގަޅަ ކަށްނޫން 24 ގަޑިއިރު ހަމާތްގަހުރެ ރަނގަޅަށް ވިސްނާލާ އެހެންނޫނީ ފައިވާން އަތަށްނަގައި ތައްޔާރުވެގެން ހުރޭ ބާރެއްލިބިފައޮތަސް އެބާރު ހިފަހައްޓާހާ ވަރެއް ތިއަތަކު މިހާރަކުނެއް ވިސްނާ!
އަޅުގަނޑުމެންނާ ކުޅެން ނަހަދާ! އަޅުގަނޑުމެންގެ ގާނޫނީ ހުވަޔާ ދެކޮޅަށް ނުކުންނާން ނަހައްދަވާ! ނަތިޖާ ހިތިވާނެ! ނަތީޖާ ހިތިވާނެ! ނަތީޖާ ހިތިވާނެ!
ކަލޯ ކަލޭ ވެރިކަމުގަ ހިންގި ޖަރީމާތަކުގެ މައްސަލަވެސް ބަލަން ވާނެ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ހިންގި ޢަމަލްތަކާ ޖުޑިސަރީ ހިސޯރުކުރުމާ ސްޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި މުލިއާގެއިން މަސްތުވާ ތަކެތި ފެނުނު މައްސަލައާއި ޤާނޫނާ ޚިލާފަށް ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލައާއި މުޅި ޤައުމުގަ ހުޅުޖަހާ ދައުލަތާ އާންމު ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއްގެ މުދާ އަންދައި އިއާދަ ނުކުރެވޭ ޝަރުޢި ލިޔުންތައް އަންދާ އަޅިޔަށްހެދި މައްސަލަ ބަލައި އެންމެ ފުރަތަމަ ކަލޭގެ މައްޗަށް ޤާނޫނު ހިންގަންވީ އޭގެ ފަހުން ތިޔަބުނާ 7 ވަނަ ދުވަހުގެ މައްސަލަ ބެލޭނީ