ރާއްޖެއަށް ބޭރު ގައުމުތަކުން މީހުން ނާދެވޭ ގޮތަށް ބަންދު ކުރުމަށާއި، ގައުމުގެ އެތެރޭގައި ތިބި މީހުން ވެސް ގެއިން ނިކުތުން މަނާކޮށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރަން ނުވަތަ ބަންދު ކުރަން ބައެއް ޑޮކްޓަރުން މީސްމީޑިއާގައި ގޮވާލައިފިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގޯހަކުން ދަސްކޮށް ރަނގަޅު ކުރުމަށް ވުރެ، އެހެން މީހުން ހަދާ ގޯހުން ފިލާވަޅު ދަސްކޮށް ރަނގަޅު ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށެވެ. "މިހާރު ވެސް މި ދައްކަނީ އިޓަލީން މީހުން އައުން މަނާ ކުރެވުނުލެއް ލަހޭ. ބަލި މީހުން ގިނަ ވީމާ ފަރުވާ ދިނުން ކީއްކުރަން، ޓެސްޓުވެސް ނުކުރެވޭނެ. އެންމެން ބަންދަށް" ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭ ޑްރިލްއެއް މާލޭގައި ކުރިއަށް ދަނީ.. -- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލި ފެތުރިއްޖެކަން ކަށަވަރުވަންދެން ކަމަށެވެ.

"ހެކި ފެނުމުން ލޮކްޑައުން މިކުރަނީ. އެގައުމުތަކުން ފަހުން ބުނި ހަފްތާއެއް ނުވަތަ ދެހަފްތާ ކުރިން ލޮކްޑައުން ކުރެވުނު ނަމައޭ. ދެން އެ ގޯސް ނުހަދަން އެހެން ގައުމުތަކަށް ނަސޭހަތްދޭ. ނަމަވެސް ދުވަސްކޮޅެއް ފަހުން އަނެއްކާ މިފެންނަނީ ކުރިން ގައުމުތަކުން ހެދި ގޯސް އަނެއްކާ އަނެއް ގައުމުން ތަކުރާރު ކުރާ ތަން." ޑރ.ނިޔާފް ވިދާޅުވިއެވެ.

އެހެން ބައެއް އާއްމުން ވެސް ގެންދަނީ އަވަހަށް ރާއްޖެ ލޮކްޑައުން ކުރަން ގޮވާލަމުންނެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.

"މިއީ އެންމެންނަށްވެސް ވަރަށް އުނދަގޫ ވަގުތުކޮޅެއް. އެކަމަކު އެންމެ ފައިދާ ބޮޑީ، މިހާރު ކުރިމަތިވެފައިވާ ހަގީގަތް ގަބޫލުކުރުން،" ޑރ.މުހައްމަދު އަލީ ވިދާޅުވި އެވެ.

ވަރަށް ގިނަ އާންމުން ވެސް ގެންދަނީ މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރުން އެފިޔަވަޅު ނޭޅި ނަމަވެސް އާއްމުން އަމިއްލައަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ގޭގައި ތިބުމަށް ވެސް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުން ނިސްބަތްވާ ގައުމުތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. ރާއްޖެ އަށް އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާ ކުރީ އިޓަލީވިލާތް މެދުވެރިވެގެން ވަރަށް ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނު ފަހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. ރައްޔިތު މީހާ

  މާފުއްޓަށް ފަތުރުވެރިން ގެނައުން ހުއްޓާލުން ވަރަށް މުހިންމު. ސަރުކާރުން މިކަމާ ނުވިސްނާނެބާ.. ވަގުތުން މި ސުވާލުކޮއްލަދީބަލަ. ރާއްޖޭގެ އެންމެ ބޮޑު ޖަލު އޮތީވެސް މާފުށީގަ.

  43
  1
 2. އެރަށުމީހާ

  އެހެން އެބުނާ ޑޮކްޓަރުންގެ ވަކި ކޮޓަރި ހުންނާނެ. ކާން ބޯން ލިބޭނެ ގެއިން. އަހަރެމެން އާދައިގެ މީހުން ކޮންތާކުން ކަނީ؟ ކޮންތާކު ނިދަނީ؟
  ހޮޓަލުން ކަނީ މަހު ލާރި ދޭ ގޮތަށް.
  އެންމެން ނިދަނީ އެއް ކޮޓަރީގަ

  31
  24
  • ޖ

   ތެދު ވަހަކަ އެއް... އެކަމަކު ފިޔަވަޅު އަޅަން ޖެހޭ....

   21
   1
 3. ސެސް

  ދީނީ ކަންކަމަށް އިސްކަން ދީ، އަބަދުވެސް ﷲ އަށް ޒިކުރުކުރުން މަތީ ތިބެ ދުޢާ ކުރަން ގޮވާލާނެ ޑރ އަކު ނެތްތަ ؟؟ އެހެނީ ބަލިތަށް ޖައްސަވާ އެބަލިތަކަށް ޝިފާ ދެއްވުން ވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުން...

  84
  4
 4. މާމިގިލީ މީހާ

  މިޔަދު މާމިގިލިއަށް އަންނަ މެންދުރުފަހުގެ ފުލައިޓްގައި އިޓަލީ 2 ފަތުރުވެރިން އެބަތިބި. ލިސްޓްގަ. މީ ސަން އައިލެންޑް އަށް އަންނަ 2 ފަތުރުވެރިން. އަލީ ވަހީދު ދެނީ ދޮގު މައުލޫމާތު. އިޓަލީ އިން މީހުން އައުން މަނާ ކުރި ނަމަ. އެޔާޕޯޓައް ލިބިފަ އިން ލިސްޓަކު މިމީހުންގެ ނަމެއް ނެތިސް....

  43
  3
 5. އައިމީތީބްސް

  ޕީޕީއެމްގެ ވެރިކަމެއްގަ ތިބިނަމަ މިހާރު މިބަލި އެއްކޮށް މިޤައުމުން ނައްތާލެވުނީސް، ޔާ ﷲ އަޅަމެން މި ލާދީނީ އަދި އިންސާނިއްޔަތުކަމެއް ނެތް ސަރުކާރުން މިންޖު ކުރައްވާނދޭވެ

  50
  14
  • ބިތުފަންގި

   ކަލޭ ފަހުން ބުނެފާނެ ބަލި ފެތު ރުނީ ވެސް ޕީޕީއެމް ގެ ސަބަބުން ނޭ. ސިޔާސީވިޔަސް ބޮޑުވަ ރުތީ.

   9
   7
  • ދޮންކެޔޮ ވަށް

   ސިޔާސީވިޔަސް ތީ ދެން ބޮޑުވަރު.
   މި ބައްޔާ ސިޔާސީ ކަންކަމާ ހުރީ ކޮން ގުޅުމެއްތަ؟ ހުރިހާ ރައްޔިތުން ބިރުން ތިބި ވަގުތު ބަލާފަ ސިޔާސީ ކަންކަމައިގެން ކުރިއަށް ދާން ދޯ ތިއުޅެނީ؟ ވަކި ޕާޓީ އެއްގެ މީހަކު ވެރިކަން ކޮށްގެން މި ބައްޔަކުން ސަލާމަތެއް ނުވެވޭނެ. ދެންވެސް ތި ސިޔާސީ ކަންކަން ބަހައްޓާފަ މި ކަމުން ސަލާމަތް ވޭތޯ މަސައްކަތް ކޮށްބަލަ. އެންމެ އޯގާވަންތަވެވޮޑިގެންވާ ރަސްކަލާނގެ އަށް ދުޢާ ދަންނަވާބަލަ.

 6. ނަންނެތް

  ޢެއްވެސް ބައެއްގެ ބަސް އަހަން ސަރުކާރު އޮތީ ތައްޔާރަކަށްނޫން. އަދިވެސް އުޅެނީ ގޮތުގަ ހިފަހައްޓައިގެން ސިއްރުކޮށްގެން ތިބެން. މިވަގުތހަކީ ކަމާ ބެހޭ މާހިރުންގެ ބަސް ގަބޫލުކުރަންވީ ވަގުތު

  60
  4
  • ރަޢީސް

   ސޯލީ ބުނި އެކަމު ފަންނީ ގާބިލް މީހުނެއް ނެތޯ މިރާއްޖޭގައެއް. އެހެން އެބުނީ މި ރާއްޖޭގެ ފަންނީ މީހުންގެ ބަސް ނާހާންވެގެން ދޯ ؟ އަދި މުޖުތަމަޢުގައި ޑޮކްޓަރުންގެ އަގުވައްޓާލަންދޯ ؟

   14
 7. ނަންނުގަތި

  މީ ވަރަށް ބޯހަރު ގޮތްދޫނުކުރާ ސަރުކާރެއް. ޚާއްސަކޮށް ނަޝީދު.

  68
  4
 8. ީރިސާޗު ބޮޓު

  މިއޮއްފަދަ މެޑިކަލް ވަސީލަތް ވަ ރުގަދަ ޒަމާނެއްގައި ބޮޑުވަ ރު ނުވަންޏާ ރަގަނޅު ވެޔޭ ކިޔާ ވައި ރަސްއެއް ފެތު ރޭތީ މުޅި ދުނިޔެ ލޮކް ޑައުންއަކަށް ދާން ޑޮކްޓަ ރުން ގޮވާލުން އެއީ އާދައިގެ ކަމެއްނޫން. މިކަމުގައި ފޮ ރުވިފައިވާ ސިއް ރުތަކެއް ވާތީ ޑޮކްޓަ ރުންނާއި ސިއްހީ ތަޖު ރިބާކާ ރުން މިވަ ރުކު ރާނީ. އެއްގޮތަކީ ކޮވިޑު19 އިގެ އަސްލު ނު ރައްކާތެ ރިކަން އެނގޭ ބަޔަކު މީހުން ޕެނިކު ވެދާނެތީ ސިއް ރުކޮށް ލޮކްޑައުން ފަދަ އެންމެ ބޮޑެތި ރައްކާތެ ރިކަމުގެ ފިޔަވަޅު އަޅަން ގޮވާލަނީ. ކޮވިޑު19 އަކީ އިންސާނީ އުފެއްދުމެއް ކަމަށް ބުނެ ފެތު ރޭ ލިޔުންތަކަށް ބާ ރު ލިބޭ ގޮތަށް ކަންކަން މިދަނީ..

  42
  3
 9. މުޖޭ

  ތިކަން ކޮއްދީބަލަ ސަ ރުކާ ރު..ވަގުތުޖެހެންދެންނުހު ރޭ މާލޭގައި ފެތު ރިއްޖިއްޔާ ކަލޭމެން ގެ އަތުގައި އެންމެންޓެސްޓުކޮއް ރަނގަޅުފަ ރުވާ ދިނުމުގެ ގާބިލްކަމެއްނެއްކަން މުޅި ދުނިޔެ ދަނޭ...

  34
  2
 10. އާދޭސް

  ހުރިހާ ބާރެއް މިއޮތީ ސިޔާސީ މީހޔން އަރިގައި. ޢެމީހުންނަކީ ގައުމު ދެކެ އަދި ރައްޔިތުން ދެކެ ވެސް ލޯބިވާ ބަޔަކަށް ނުވި. ޤާނޫނީ އޮނިގަނޑު ބަދަލު ކުރަން ފެނޭ.

  38
  2
 11. Anonymous

  މިކަހަލަ މައްސަލަތަކުގައި އަޑުއަހަންވީ ޑޮކްޓަރުންގެ ވާހަކަ ސިޔާސީ މީހުންގެ ބަސް މުހިއްމެއް ނޫން ، ހާހުން މީހުން ކްރިޓިކަލް ކޮންޑިޝަން އަށް ދިޔައީމައި ފަރުވާ ދެވޭވަރު ގާބިލު ކަމެއް ނެތް ރާއްޖެއަކު ، ޗައިނާ އާއި އިޓަލީގައި ފަރުވާ ދެވުނެއް ކަމަކު ، ކާފައިންނާ މާމައިންގެ ހައްގުގައި ތެދުވޭ

  40
  2
 12. Anonymous

  ބޯހަރު ސަރުކާރަށް އަޑުއިވޭބާ؟ ޑޮކްޓަރުން ގޮވާލުމުގެ ކުރިއަށް މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކަރަންޓީން އުޞޫލަށް ޢަމަލު ނުކުރަން މީކޮން ބާރެއް ލިބިގެން އުޅޭ ބައެއްތަ. ދީނަށް ވުރެ މަތީގައި ހުރެގެން ވެރިކަމެއް ނުކުރެވޭނެ. ކިޔަމަންވެ ބޯލާނބާ. އަލީވަހީދު މެން ކުރީގައި ޔާމިން އިރު ޓުއަރިޒަމް ބޯއިކޮޓް ކުރަން ގޮވި ހަނދާން ވޭތޯ. މިއަދު އަމިއްލަ އަތުން ބޮއިކޮޓް މިއޮއްގެން ކުރަނޫ. މަޖްބޫރުވީ.

  39
  2
 13. ނިޒާމް

  އަވަސްކު ރޭ

  31
  1
 14. ގުލްކަނދު

  ސަރުކާރުން ޑޮކްތަރުންގެ ގޮވާލުމަށް އިޖާބަދޭންޖެހޭ. މިއަދު ޑޮކްޓަރުންނަށް އިތުބާރުކޮށް ފިޔަވަޅު އެޅުނުނަމައޭ ހިތަށްއަރާ ހިތާމަކުރަން ޖެހުމަކީ %99.99999 ގާތްކަމެއް. އާދޭހާއިއެކު މިދަންނަވަނީ ޑޮކުޓަރުންގެ އަޑުއައްސަވާ.

  43
  2
 15. ކާފަ

  ޥ ރަނގަޅު ނިންމުމެއް.
  ޜައްކާވެތިބިއްޔާދަތުރެވެ.

  36
 16. އެނަލިސްޓް

  ޕްރިވެންޝަން އިޒް ބެޓާރ ދެން ކިޔުއާރ

  29
 17. ޒާހިދު

  ކޮވިޑް19 އިން ސަލާމަތް ވުމަށް އޮތް ހަމަ އެކަނި ހައްލަކީ ގިނަގިނައިން އަތްދެވެ ސާފުތާހިރުކަން އިތުރުކުން. ދެން ކޮންމެހެން ދާން ޖެހިގެން މެނުވީ ގެއިންބޭރަށް ނުގޮްސް ވީހާ ބޮޑަށް އެކެހެރިވެ ތިބުން.

  މިވާހަކަ މެދުނުކެނޑި ސަރުކާރުން އަދި ޑޮކްޓަރުން އެދަނީ ބުނަމުން.

  ދެން ކިހިނެތް ބަންދު ނުކޮށްގެންބާ މި އުޅެނީ؟ ކޮންމެ މީހެއްގެ ބޮލު ބަޑި ޖައްސާފަ ފުލުހަކަު ނުބަހައްޓައިގެންބާ މި އުޅެނީ؟

  15
  7
 18. ދަންނަކަލޭފާނު

  ރާއްޖޭގެ އެކިއެކި އާންމު ފަރާތް ތަކުން ބުނަމުންދިޔައީ ރާއްޖެއަށް މިބަލި ނާންނަނީސް ރާއްޖެ ލޮކްޑައުންކުރާށޭ ނަމަވެސް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ދެއިރު ދެދަޅައަށް ގޮވަމުން ދިޔައީ އިޤްތިޞޯދު ދަށްވެދާނެއޭ އަދި އެހިސާބަކަށްނުދެއޭ އެބޭފުޅުންނަށް އެހިސާބަށްދިޔަކަމަށްވާނީ ކިހާވަރެއް ވީމަތޯ މިއީ އަމިއްލައެދުން އިސްކުރަންވީ ވަގުތެއްނޫން އަދިވެސް މި ދިވެހިރާއްޖޭގެ މަދުމީސްކޮޅާ ދޭތެރޭ ވިސްނާލާކަށް ސަރުކާރުން ނުވޭތޯ

  30
  2
 19. ޞަހަރޯ

  ތިއުޅެނީ ލޮކްޑައުން ކޮއްފަ ރައްޔިތުން މަރަންތަ

  7
  26
 20. ދޮންހުސޭނުފުޅު

  ތިހިން ހެދީމަ ސަކަރާވާނެއެނު.
  މަނާ ކުރިއަސް ނަމާދަށް ނުގޮހެއް ނީންދެވޭނެ ، ﷲ އަހަރުމެންނަށް ގޮވާ ގޮވުމަށް ބީރު ކަންފަތެއް ދޭކަށް ނުޖެހޭ.

  26
  5
  • އަޅުގަނޑު

   ނަމާދަށް ގޮސްގެން ދެން ގޭގަ ވެސް ނަމާދު ކުރަން ދަތިވާހާ ބަލިވެދާނެތީ ރަނގަޅުވާނީ މިވަގުތު ގޭގަ ނަމާދު ކުރުމެއް ނޫންތޯ! ކޮންމެ ހާލެއްގަވެސް ނަމާދު ކުރަންޖެހޭނެ މިވަގުތު ހާލަތު ހުރިގޮތުން ގޭގަ ކުރިޔަސް ނަމާދު އެކުރެވުނީ. މި ވައިރަސް ޖެހުމަށްފަހު ބައެއް ފަރާތްތަށް ދުނިޔެ ދޫކުރަނީކަމަށް އެވަނީ އެހެންވީމަ މި ގޮތްނޭނގޭ ވަގުތު ސިއްހަތު ރަނގަޅު(މާޝާﷲ) ބޭފުޅުންވެސް އެއްވެނޫޅެންވީ ބަލިކަށި ފަރާތްތަކަށްވެސް ފެތުރިދާނެތީ. މާތްﷲ އެންމެންނަށްވެސް އެންމެހާ ނުރައްކާތެތި ބަލިތަކުން ރައްކާތެރިކަން ދެއްވަވާ ބަލި ފަރާތަކަށް ޝިފާ ދެއްވަވާށި

   10
   1
 21. ވަޒީރެއާލާ

  ސަރުކާރުން ކާބޯތަކެއްޗާއި ޕެޑް ފޯރުކޮށްދީ، ބައްޔެއްވެއްޖެނަމަ ގޭގާ ތިބެގެން ޑޮކްޓަރުންނާ ނަރުހުންގެ ޚިދުމަތާ ބޭސްފަރުވާ ދެންޏާ އެއްގޮތަކަށްވެސް ގޭން ނުނިކުމެ ތިބެވިދާނެ.

  19
  2
 22. އަހްމަދު

  ކޮބައިތޯ މިބަލި ރާއްޖެ އަށް އައުމާ ގުޅިގެން އިހުމާލުވާ ފަރާތްތަކާއެދު ކުރާ ތަހުގީގު. މިހާރު އެކަމާބެހޭ އެއްވެސް އަޑެއްނީވޭ. ރައީސް ސޯލިހާއި، ޓްއަރިޒަމް މިނިސްޓަރު އަލީ އާއި މަޖިލިސްގެ ރައީސް ނަޝީދު ޒިންމާނަގަން ޖެހޭތީ ތަހުގީގުކުރިއަކަށްނުދޭ. އެމައްސަލަ އޮބި ނިމުނީ.

  32
  2
 23. ހަސަންއަލީ

  ނުކުރާނެ. މީ ކޮންބަޔެއް

  24
  4
 24. ހިލޭ

  ވިހާވެސް އަވަހަށް ތި ފިޔަވަޅު އެޅުމަށް ގޮވާލަން..

  22
  2
 25. ވިސްނާލުން މުހިންމު

  މުޅިރާއްޖެ ބަންދުކުރަންގޮވާ ބިރުވެރިކަން އިތުރުކުރުމުގެބޭނުމެއްނެތް، ތިޔަ ވައިރަސްއައް ޕޮޒިޓިވްމީހުން މިރާއްޖޭގައެބަތިބިމިހާރު، ދެން ވިސްނާލަންވީ ތިޔަވައިރަސްއަކީ ޖެހޭހާމީހަކު އެބަލީގަމަރުވާ ބައްޔެއްނޫން، ބަލީގާމިމަރުވަނީ 3 ނޫނީ 5 ޕަސެންޓްމީހުން، އެކަމަކު ވިސްނާނުލާ ހާސްވެގެން ކުރެވޭ ކަންތައްތަކަކުން މުޅިރާއްޖެ ބަނޑައްޖެހި މީހުން ބަނޑައް މަރުވާރޭޓް މާމަތިވެދާނެ، 2ވަނަބޮޑުހަނގުރާމައިގެދުވަސްވަރު ރާއްޖޭގެ އާބާދީއަކީ މިހާރައްވުރެ 10ގުނަ ކުޑައާބާދީއެއް، އެކަމަކުވެސް އެދުވަސްވަރު އިގްތިސާދު އިނދަޖެހި ބަނޑައްމަރުވީރޭޓް ވަރައްމަތި، އޭރުގެ އާބާދީމަދުވެފަ ރައްރަށުގައި ދިރިއުޅުނު އާބާދީތަކްއް ކޮންމެވސްވަރަކައް ހަމަޖައްސާލެވޭވަރުގެ ވަސީލަތްތައްވެސް( ފަލުރައްތަކުގެ ރުއްތަކާ ބަނބުކޭލާ މިކަހަލަ ބައިވަރު ކެއުމައްބޭނުންކުރާ ވަސީލަތްތައް) އާބާދީގެނިސްތިބަތުން މިހާރައްވުރެ 10 ގުނަ އިތުރައްހުރި، ނަމަވެސް މިހާރު މިއޮތްއާބާދީ މެނޭޖްކުރާވަރައް އަމިއްލަޔައް ކާބޯތަކެތި އުފެއްދުމަކީ ނާދިރުކަމެއް، ސަބަބަކީ ގިނަ ފަޅުރައްތައްހުރީ ރިސޯޓްހަދާ، އަދިމިނޫވެސް އެހެނިހެން ކަންކަމުގަ ބޮޑައްބޭނުންކޮއްނިމިފަ، އެހެންވީމާ މުޅިރާއްޖެ ބަންދުކޮއްގެން މުޅިއިގްތިސާދު އިނަދަޖެހިއްޖެނަމަ ކާބޯތަކެއްޗާ، ތެލާ، ބޭހާ، މިނޫންވެސް ދިރިުޅުމުގެ ޒަރޫރީ ބޭނުންތަކްއް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރުފައިސާހުސްވެއްޖެނަމަ، ހީނުކުރާހާވަރުގެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިދާނެ. އޭރުން ތިވައިރަސް ޖެހިގެން މަރުވާރޭޓައްވުރެ 10 ގުނަ އިތުރައް ކާބޯތަކެއްޗާ ބޭސްފަރުވާނުލިބިގެން މީހުންމަރުވެދާނެ. ކާބޯތަކެއްޗާ ބޭސްފަރުވާގެ އުސޫލުން މީހުންނާ ތަކެތި އެއްރަށުން އަނެއްރަށައް އުފުލުމައް ތެޔޮވެސް މުހިންމުވާނެ، މިހާރު ރާއްޖޭގައި ބޭނުންކުރާ %99 އުޅަނދުފަހަރު ރިޔާނަގައިގެން ރިޔަލަކު ނުދުއްވޭނެ. މިހުރިހާކަމަކައް ނުވިސްނާ ބިރުވެރިކަން އިތުރުކޮއްގެނެއް ވަކިވާނެ މޮޅެއްނެއް، ބިރުން ތެޅިފޮޅުނީމަ ހެދޭނީ އަބަދުވެސްގޯސް، މާތްﷲގެހަޒުރަތުން ވާގިއެދި ދުޢާކުރުންގިނަކޮއް ،ވިސްނުންތެރިކާމާއި އެކު އިގްތިސާދު ހާލާކުވެ ބޭރުފައިސާހުސްނުވެމެނޭޖްކުރުން މުހިންމު.

  9
  14
 26. ފާތުން

  ޑޮކްޓަ ރުންގެ ބަސް ޤަބޫލުކުރުމަކީ ވަ ރަށް މުހިއްމުކަމެއް.
  ކޮންމެ ގޭބިސީއަކުން ރައްކާކު ރެވެން ހު ރި މިންވަ ރަކަށް ތަކެތި ރައްކާކުރަން އެހީތެ ރިވެދެންވީ. ސަ ރރރުކާރުގެ ސްޓޮކު ދެން އިތު ރަށް ގެންނަންވީ.
  ޢަސާސީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތީގެ މަދުމިންވަ ރެއްގެ އަންދާސީ ލިސްޓެއްވެސް ހަދައިދެންވީ. ޢޭތިމީތި ނުގަނެ މިވަގުތު އެންމެ މުހިއްމު ތަކެތި ހޯދުމަށް އިސްކަން ދެވޭނީ.

  ޢޭ ރުން ލޮކްޑައުންގައި ތިބޭއި ރު ތަކެތި ފޯ ރރުކޮށްދޭ ފަ ރާތް ތަކަށްވފަސޭހަވާނެ.

  14
  1
 27. މޮހޮރު

  ދިވެހީންގެ އަގީދާ ފުނޑުވީތަ؟

  16
  2
 28. މުދިމު

  މިކަހަލަ ވަގުތުގައި އަހަރެމެން އަޑުއަހަން ޖެހޭނީ ހަދީސުން ވާރިދުވެގެން އައިސް ހުރިވާހަކަތަ. މިކަމުގެވެސް ފަރުވާ އަހަރެމެންގެ ފޮތްތަކުގައި އެބަހުރި. ދެރައީ ދަންނަ މީހުން މިއަދު އަހަރެމެންގެ ހާލަށް ދޫކޮށްލާ އެނދަށް އަރާ ފިލާ ތިބޭކަން. އަދި މިއެއްވެސް ނޫން . އެމީހުން ހަދަނީވެސް ސަރުކާރުން އަންގާ ގޮތެއް. ބުނާނެ ލާދީނީއޭ. އެކަމު ޝޭޚުން އަތުގައި ސެނިޓައިޒަރ އުނގުޅަނިކޮށް ވެސް އެބަފެނޭ. އޭގައި ހުރީ ކޮން މާއްދާތަކެއްކަން އެމީހުންނަށް ނޭނގޭ ނަމަ އެތިބީ ޖާހިލުކަން މައްޗަށް ޖާހިލުވެފައި.

  3
  3
 29. ސެލްފީ

  ދިވެހިންދޯ އަދިވެސް ބަންދުކުރަންވީ! މިތަނަށް މީހުން ނާންނަ ގޮތްހަދާބަލަ! ބޯހަލާކު ކީއްވެތަ މިތާ މިހާރު ދަނޑުވެރިކަންނެތީ! އިބޫ ކާންދޭނެގޮތް ހަދާބަލަ ސެލްފީނުނަގާ!

  11
  1
 30. ބްރޯ

  އެންމެ ގިނަ މީހުން އަންނަ ޗައިނާއިން އައުން ކިހާއަވަހަށް ހުއްޓުވާލެވުނު އެކަމުގެ ސަބަބުން ދިވެހި ގައުމު ނުރައްކަލުން ސަލަމަތްވި އިޓަލީން ދުނިޔެގެގައުމުތަކަށް ބަލި ދަތުރުކުރަމުންދާކަންއެގިތިބެ އަދި ބަލި ޖެހިފައިވާމިންވަރު އިޓަލީސަރުކާރަށް ނޭގޭ ކަމަށް ބުނާއިރުވެސް އިޓަލީން މީހުން އައުން މަނާ ނުކުރެވުނީ އިބޫސާލިހާ ނަސީދުގެ އާއިލީ ވިޔަފާރި އިޓަލީން މީހުންގެންނަ އިޓަލީގެ ވިކަންޒީ އިން މިދެއައިލާއަށް ލިބޭ ޑޮލަރުކޮޅު ހުއްޓިދާނެކަމަށް ބިރުން ތޯއްޗެއް މިބަލީގަ އެއްވެސް ދިވެއްސަކު ނިޔާ ވެއްޖެ ނަމަ މިދެފަރާތާމެދު ދައުވަކުރެވެންވާނެ ، އެއީ ބާރުގަ ތިބެގެން ހެއްދެވި ގޯހުގެ ސަބަބުން.

  11
  2
 31. ބުއްޅަބެ

  މަކުރި ތަހުގީގުން އެގުނީ ކޮވިޑް ރާއްޖެއައިސް ފެތުރިގެން ދިޔައީ ކިބޫއާއި ބުއްޅަބެ މުގުނީގެ ގޮވެލިތަކެއްގެ ސަބަބުންނާއި މިމީހުން ހައްޔަރުކުރަންވީކަން ސާބިތުވިކަން

  11
  1
 32. ޑަކައިތި

  މަކުރި ތަހުގީގުން އެގުނީ ކޮވިޑް ރާއްޖެއައިސް ފެތުރިގެން ދިޔައީ ކިބޫއާއި ބުއްޅަބެ މުގުނީގެ ގޮވެލިތަކެއްގެ ސަބަބުންނާއި މިމީހުން ހައްޔަރުކުރަންވީކަން ސާބިތުވިކަން

  5
  1
 33. ޥިސް

  ބަލިއުޅޭގައުމުތަކަކީ މިތަނަށް ޓޫރިސްޓުން އަންނަ ތަންތަން! އެގައުމުގެއިގްތިސާދު ދަށަށްވެސް އެބަދޭ!އެގައުތަކުން މީހުން ދެން ނާންނާނެ އެތަންތަން އެވަނީ އެމީހުން ލޮކް ކޮށްފަ! ބަލިމީހުން އެތެރެވުން މަދުކުރެވިގެން މެނުވީ އެމީހުންވެސް ނާންނާނެ! ބަލިފެތުރޭތަނަކަށް ކާކުތޯ އަންނާނީ! ލޮކް ކޮށްގެންވެސް ބަލި މައިތިރި ކުރުން ބުއްދިވެރި! ފުރަތަމަ ހަފްތާ އަކަށް ނަމަވެސް! ކޮންމެ ހާލަތެއް މެދުވެރިވިޔަސް ފުދޭވަރަށް ސަޕް ލައި ސްޓޮކް ހުރިކަމަށް ވަނީ އިއުލާން ކޮށްފަ!

  4
  1
 34. ާާބަގު

  ދިވެހިންނާ ކޮންޓެއްޓު ނުވެ ކިހިނެއްހޭ ޓުވަރިސްޓުން އުޅޭނީ.ދިވެސް އަކަށް ޖެހުނަސް ބުނަނީ ޑެންގީއޭ.ކިތައް މީހުންތޯ މަރުވީމަތޯ ސަރުކާރައް މީގެ ކަން ކަން އާމުންއައް އަންގާނިީ.

 35. ޢާދަނު

  މޯދީ ހުއްދަ ހުއްދަ ދީފިނަމަ ތިކަންވާނީ

 36. ޞަހަރޯ

  ކަލޭމެން ޑަކުޓަރުން ލޮކްޑައުން ކުރީމަ ބާގާ އާ ޕިއްޒާ ކާގެން ތިއްބަސް ރައްޔިތުން މަރުވާނީ ބަނޑަށް

 37. ސޯކާބެ

  ގައުމުދެކެ ލޯބިވެވޭނީ ޙުދު ތިމާޔާ ތިމާމީހާގެ އަނބިދަރިންދެކެ ލޯބިވެވިގެންނޫންތޯ ލޯބިވަނީ ޑޮލަރުދެކެ އެކަނި އަމިއްލަ ނަފްސް ދެކެ ލޯބިވާނަމަވެސް ނުކެރޭނެ މިގައުމު ލޮކް ޑައުން ނުކޮއް ބާއްވާކައް އެއީ ކޮން ގެރެންޓީއެއްތޯ އޮތީ ޙުދު ތިމާމީހާ މިކަމުން ސަލާމައް ވާނޭ ތިމާޔަކީ އެންމެ މަތީ މީހާޔޭ އަހަރެމެން ނިކަމެތ ރައްޔިތުންނައް އޮތީ މާތް ﷲ އައް ދުއާ ކޮއް އަސްތަގް ފާރު ކޮއްލަ ކޮއލާ އަހަރެމެންނައް ވީވަރަކުން ރައްކާ ތެރިވެގެން އުޅުން މާތް ﷲަ އަޅަމެން މިނުރައްކާތެރި ބަލިން ސަލާމަތް ކުރައްވާ ފާންދޭވް އާމީން އަދި އަޅަމެންނައް އަނިޔާވެރިވާ ވެރިންގެ ކިބައިން މިގައުމު ސަލާމައް ކުރައްވާ ފަންދޭވް އާމީން ވައްސަލާމް

 38. ޙުސައިން މ. މުލި

  އަންނި ކޮބާ ހަނދާން ވޭތަ ޔާމީނުގެ ވެ ރިކަމުގައި ކަލެޔާ ކަލޭގެ ހާޑިމްހަމްއާ ދެމީފުން ފަތު ރުވެ ރިންނަށް ދިވެހި ރާއްޖެއަށް ނާންނަން ގޮވިހަނދާން. ކޮބާ ކިހިނެއް މިވަނީ

 39. ބީޖޭޕީ މޯޑީ

  އިންޑިޔާގަ ކޮންމެދުވަހަކު އެތައްބައެއް ކިވިޑްއަށް ފައްސިވާއިރުވެސް އެގައުމުން މީހުންނަށް އާދެވެނީ ކީއްވެ؟ ނަޝީދު ގަންހިންގަންވީ. މިނޫން ގޮތެއް ނޯންނާނެ.