ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ މިވަގުތު އަޅަން ޖެހޭ އެންމެ މުހިއްމު ފިވަަޅަކީ ވަގުތުން ވަގުތަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން ތާރިގް ވިދާޅުވީ މި ދަނޑިވަޅުގައި ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ފުލުހުން ވަމުންދާ ގުރުބާނީ ފާހަގަކުރާކަމަށާ، ފުލުހުންގެ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައްވެސް ރަނގަޅަށް ދެވޭނީ ގައުމުގެ ސިއްހީ ހާލަތު ރަނގަޅަށް އޮވެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް ތާރިގް ވިދާޅުވިއެވެ. އަދި ރާއްޖެ ކޮވިޑް 19 އިން ރައްކާތެރިކުރުމަށްޓަކާ ބޯޑަރުތައް ބަންދު ކުރެވުނު ނަމައޭ ފަހުން ދިވެހިން ހިތަށް އަރާނެ ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް އިޓަލީ ފަތުރުވެރިޔާ ދިވެހިރާއްޖެ އަށް އައުމާއި އެ ހަފްތާއެއް ކުރިން އިޓަލީ ބަންދު ކުރެވުނު ނަމައޭ މިހާރު އަޅުގަނޑުމެން ހިތަށް އަރާ. މާދަމާ އަޅުގަނޑުމެން މީގެ ހަފްތާއެއް ފަހުން ބުނާނެ މިއަދު ބޯޑަރުތައް ބަންދުކުރެވުނު ނަމަ ހުޅުމާލެ އާއި މާލެ އާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކަކަށް މި ބަލި ނުފެތުރުނީހޭ." ތާރިގް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ބަލީގެ އަލާމާތްތައް ފެނިފައި ވާތީ ވިލިވަރުގައި 18 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. އަދި ފަރުކޮޅުފުށީގައި 11 މީހަކު އެކަހެރި ކޮށްފައި އެބަތިއްބެވެ. ރާއްޖެ އިން ކޮވިޑް-19 ފެނިފައި ވާތީ ރާއްޖެ އޮތީ މިހާރު ލެވަލް-02 ގެ ރީނދޫ އެލާޓް ގައެވެ.

ރީނދޫ އެލާޓް ގައި އޮންނަ އިރު ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކަކަކީ ޞިއްހީ މަޢުލޫމާތުދޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަަށް ބޯލެނބުމާއި، ގިނަގިނައިން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން، އަދި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމެވެ. މީގެއިތުރުން ހުންއައުމާއި އަދި ކެއްސާ ކިނބިހިއެޅުން ފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކްއަޅާ ކެއްސާ ކިނބިހި އަޅާއިރު އުޅަނބޮށިން ނުވަތަ ޓިޝޫއަކުން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ ވެސް ރީނދޫ އެލާޓުގައި އޮންނައިރު ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އަދި ބޭނުންކޮށްފައިވާ ޓީޝޫ ވަގުތުން ޑަސްބިންއަށްލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން، ކޮންމެހެން ހޮސްޕިޓަލަށް ޒިޔާރަތްކުރަންޖެހޭ ޙާލަތެއްގައި މެނެވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުން، ރޯގާޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުމަކީ ވެސް މި ހާލަތުގައި ވިސްނަންޖެހޭ މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބު

    ކޮވިޑާއި ގުޅިގެން ވަގުތު ނޫހުގެ މޯބައިލް ވިޔުގައި މިއަންނަ އިސްތިހާރު ނާންނަ ގޮތް ހައްދަވައިދެއްވުން އެދެމެވެ. ގިނަ ބަޔަކު ހަބަރު ބަލަންބޭނުންވާ ދުވަސްތަކެއްވީމާ ލުއްދިނުމުގެ ގޮތުން. ޝުކުރިއްޔާ

    22
  2. Anonymous

    ދަރިފުޅާ ތިޔަވާހަކަ އަޑުއަނެތަ މިސަރުކާރު
    އެއްކަފަތުން ވަދެގެން އަނެއް ކަންފަތުން ނިކުމެގެން ދިއުން ނޫންކަމެއް ވޭތަ އެބަ. އޭގެ މީހަކު ބަލިވީމަ ރޯވެ މައިތިރިވާން އެނގޭނޫ. މިއުޅޭ ޝޭޚުން ނަށް ވުރެ ދަރިފުޅުވެސް މާރަނގަޅު. ތިޔަވަރުވެސް ކޮށްލަން ކެރޭ ސަރުކާރު މީހަކު އެބަހުރިބާ؟

    17
    3
  3. ޕަރީ

    ދިވެހި ސަރުކާރަށް އާދޭސް ދަންނަވަން. ރާއްޖޭގެ ބޯޑަރުތަށް މިހާރުން މިހާރަށް ބަންދުކުރަން. ރަށްރަށަށް ނުފެތުރެނިސް ފިޔަވަޅު އަޅައިދީ. އިޓަލީ މީހުން ގެނެސްގެން ގައުމު ނުރައްކަލަށް ވެއްޓުނު ހާދިސާއަ ްް އިބުރަތް ލިބިގަތުން މުހިއްމު. ރައްކާވެ ތިބިއްޔާ ދަތުރު. ފަހުން ލާރިވެސް ލިބިދާނެ. އާދޭސްކުރަން. ް

    26
    3
  4. ޒިންމާދާރުކަމާއެކު ވިސްނަވާ

    މުޅިރާއްޖެ ބަންދުކޮއްގެން މުޅިއިގްތިސާދު އިނަދަޖެހިއްޖެނަމަ ކާބޯތަކެއްޗާ، ތެލާ، ބޭހާ، މިނޫންވެސް ދިރިުޅުމުގެ ޒަރޫރީ ބޭނުންތަކްއް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރުފައިސާހުސްވެއްޖެނަމަ، ހީނުކުރާހާވަރުގެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިދާނެ. އޭރުން ތިވައިރަސް ޖެހިގެން މަރުވާރޭޓައްވުރެ 10 ގުނަ އިތުރައް ކާބޯތަކެއްޗާ ބޭސްފަރުވާނުލިބިގެން މީހުންމަރުވެދާނެ.

    7
    1
  5. މުހަމްމާ

    ކޮބާތޮ އޮޅުވެލި ބީޗުރިސޯޓުގަ މިވަގުތުވެސް އެކަހެރިކުރެވިފަ ތިބި 6 މީހުންގެ ވާހަކަ ބަލަގަ ފެންނަން ހުންނަކަންތަ ނުވާކަމަކައް ނަހައްދަވާ ވިލިވަރުގަ މީހުން ތިބި ވާހަލަ ބުނެވިއްޖެ ެކަމް އޮޅުވެލީގަ މީހުންތިބި ވާހަކައެއް ނުބުނެވުނީތީ ހިތާމަކުރަން މި 6 މީހުންގެ ތެރޭގަވެސް ދިވެސްސަކު އެބަހުރި އާއިލާއެއްވެސް އޮންނާނެ