ވިލާ ހޮޓެލްސް އެންޑް ރިސޯޓުގެ ދަށުން ހިންގަމުން އަންނަ ޕެރަޑައިސް އައިލެންޑް ރިސޯޓު ފިޔަވައި އިތުރު ހަތަރު ރިސޯޓު ބަންދުކުރަން ނިންމައި އެ ރިސޯޓުތަކުގެ ހުރިހާ މުވައްޒަފުންނަށް ނޯ ޕޭ ލީވްއެއް ދިނުމަށް ވިލާ ކުންފުނިން ނިންމައިފިއެވެ.

ވިލާގެ ރިސޯޓުތަކުގެ ގޮތުގައި މިވަގުތު އޮތީ ޕެރަޑައިސްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ. މި ހަތަރު ރިސޯޓުގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ. މި ފަސް ރިސޯޓުގެ ތެރެއިން އެންމެ ބޮޑު ރިސޯޓުގެ ގޮތުގައި އޮތީ އދ. އަތޮޅުގައި އޮންނަ ސަން އައިލެންޑް ރިސޯޓެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ރިސޯޓުތައް ބަންދު ކުރަން ނިންމާފައި ވަނީ ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެ، މިހާރު ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިން ރިސޯޓްތަކަށް ގެންދަން ވަރަށް ބޮޑަށް ދަތިވަމުން އަންނާތީއެވެ.

މި ރިސޯޓުތައް ބަންދު ކުރުމަށްފަހު މުވައްޒަފުން ނޯޕޭއަށް ގެއަށް ފޮނުވާލާނެކަމަށް "ވަގުތު"އަށް ވަނީ އެނގިފައެވެ. އަދި އެކަން މުވައްޒަފުންނަށް މިހާރު އަންގާފައިވާ ކަމަށްވެއެވެ. އެކަމާ ގުޅިގެން އެ މުވައްޒަފުން މިހާރު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ރިސޯޓުތައް ހުއްޓުމަކަށް ގެންނާނީ މިހާރު އެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ފަހު، އެނބުރި ގައުމުތަކަށް ދިއުމުންނެވެ. އަދި ހަތަރު ރިސޯޓަށް ހަދާފައިވާ ބުކިންސްތައް ޕެރެޑައިސްއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށްވެއެވެ.

ޕެރެޑަައިސް ފިޔަވާ ގާސިމްގެ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާއިރު، ވިލާ ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ހާއްސަ ސާކިއުލާއެއްވެސް މީގެ ކުރިން ވަނީ ނެރެފައެވެ.

ރާއްޖެ އިން ކޮވިޑް-19 13 މީހެއްގެ ގައިން ވަނީ ފެނިފައެވެ. މި ބަލި ފެނިފައި ވަނީ މުޅީން ވެސް ބިދޭސީންގެ ގައިންނެވެ. އެއީ ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބެއްޔާ

    ޤާސިމާއި ރާއްޖޭގެ މުއްސަނދިކަން އެއިރަކު އޮންނަ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. އެކަމަކު 1 މަސްދުވަހު މުވައްޒަފުންނަށް ޕޭ ލީވެއް ދޭކަން ނުކެރުނު. އެލިބޭ ސާވިސްޖުން އެކަނިވެސް 1 މަސްދުވަހުގެ ޕޭ ލީވެއް ދެވިދާނެދޯ. އަދިވެސް ރައްޔިތުންގެ ހައްޤޭކިޔާ ހަޅޭލަވާތި.

    145
    4
  2. ޔައުގޫބު

    ތިފިޔަވަޅީ ނިންސާނިޔާ ހިލާފް ފިޔަވަޅެ މޯޒިފުންތައް ނޯޕޭއަށް ފޮނުވާލީމަ އެމީހުންގެ އަނބި ދަރިން ބިކަވެ ހާލްގަ ޖެހޭނެ މިވަގުތު ކޮންތާކުން ފައިސާހޯދާނީ ކޮންމަސައްކަތެއްކުރާނީ

    118
    1
  3. ދެނެވެސް ކިޔާ

    މީ މަހުޖަނުން ނިކަމެތިންނަށް އެހީވާންވީވަގުތެއްނޫންތަ. އެކަމަކު މިފެންނަނީ މަހުޖަނުން ނިކަމެތިން އިތުރަށް ނިކަމެތިކޮށްލާތަން. ތިކަމުގެ ހިތި ތިޔަ މަހުޖަނުންނަށް ފެންނާނެ.

    134
  4. ކާރިސާ

    ގާސިމް އަށް ދަންނަވަން އޮތީ ތިހެން ނަހަައްދަވާށޭ... ތިމާކާން، ލިބުމަށް އެދޭ ފަދައިންއެހެންމީހުނަށްވެސް އެދޭށޭ.

    74
  5. ލކކކ

    މުވައްޒަފުންނާ ޢާއިލާ އިން ބަދު ދުޢާކުރާނެ ކަމެއްތީ. ކިހާ ބޮޑު ގެއްލުމެއް އެމީހުންގެ ޢާއިލާއަށް

    63
  6. އަލީ ރަމީޒު

    މުއްސަނދި ކަމަކީ ލިބިފައިވާ ނިއުމަތެއްމެ އަދި އެ މުއްސަނދި ކަމުގެ ބޭނުން ހެޔޮގޮތުގައި ހޭދަ ނުކޮށްފިނަމަ އިންސާނާއަށް އެމުއްސަނދި ކަމަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމުގައި ލައްވަވައެވެ. އަދި އެކަމަށް ޝުކުރުވެރި ނުވެ ﷲ ނުރުއްސަވާ އެތައް ކަމެއް ކުރުމުގައި އެމުއްސަނދި ކަން ހޭދަ ކޮއްފި މީހާއަށް އެމުއްސަނދި ކަން ދެއްވި ފަރާތުގެ ކޯފާ އައުން ނިކަން ގާތެވެ. މުއްސަނދި ކަމެއްގަ ބަރަކާތެއް ނެއް ކަމުގެ އަލާމާތްތައް ތެރޭގައި ފެނިދެއެވެ އެމުއްސަނދި ކަން ބައެއް މަހުޖަނުން ހޭދަ ކުރީ ރަލާ އޫރުމަސް ވިއްކުމާއި ރިބާ ކެއުމާއި ﷲ ނަހީ ކޮއްފައިވާ އެތައް ކަމެއްގެ ތެރޭގައެވެ. މިކަން ކަަން ލޮލުން ފެނި ނުދޭ ހެއްޔެވެ. ﷲ އަށް ބިރުވެތިވެ އެކަލާނގެ އަށް ގިނަ ގިނައިން ވަކީލުކޮށް އުޅޭ ބައެއް ކަމުގައި އަޅަމެން ލައްވާށި.

    57
  7. ނައީމް

    ރައްޔިތުންނޭވިސްނާލަބަލަ އައްނީ އަށްތަނިކަމެތިކަން ލިބުނީ ގާސިމަށްތަ އެބައެއްގެ އަތުން އެބައެއްހެ ހާލާތު ބަދަލްކުރާކަން މިހާރު ވިސްނިއްޖެދޯ ބަލަ މިދަނޑިވަޅުގަ ގާސިމަށް ނޯޕޭލީވްގަ ފޮނުވާނުލެވޭނެ ސަރުކާރުން މުވައްޒަފުން ހިމާޔަތް ކުރަންޖެހޭނެ މިދަނދިވަޅުގަ ކޮންތާކަށް އިތުރު ކަމެއްކުރަން ދާނީވެސް

    39
  8. ބުރުމާ

    ހިތްހެޔޮ އޯގާތެރި ގާސިމަށް އެންމެ މަހަކު ކެެއްކޮއްނުލެވުން

    48
    2
  9. ކާރިސާ

    ތިކަމުގެ ހިތި ތިޔަ މަހުޖަނުންނަށް ފެންނާނެ.

    53
    2
  10. ގުޒިޔަންކާ

    ގާސިމު އެއީ ރިސޯޓުތައް ހިންގޭ ފެންވަރުގެ މީހެއް ނޫން،

    57
  11. ސައްަޓި

    މިކަހަލަ ވަގުތެއްގާ ތިޔައީ އަޅައިގެންވާނެ ފިޔަވަޅެއްނޫން!ލޯނުނަގައިގެންވެސް ނުވަތަ ސަރުކާރުން ވިޔަސް އެމީހުނަށް އެހީވާން އެބަޖެހޭ!ބައިކުދިންނަށް ބަދަލުދީ ހަޒާނާ ވަނީ ދަވާލާފައި!

    42
    1
  12. Anonymous

    ރައްޔިތުންނަށްޓަކައި 30 އަހަރު ހޭދަކުރީ.!! ދެން ކޮން ވާހަކައެއް!! ރައްޔިތުންނަށްޓަކައި އޮތް ހަމައެކަނި ޕާރޓީ ޖުމްހޫރީ. ޕަރޓ

    3
    48
  13. ާައައިސް

    ދޮގު ހެދިޔަސް ބޮޑުވަ ރު
    އަހަ ރުން ނަކަށް ނާންގާ

    2
    12
  14. މާމިގިލީ މީހާ

    ޕެރެޑަައިސް އިން ކޮރޯނާ ފެނިއްޖިޔާ ރަނގަޅު. ދެއަތައް އެބުރޭ މޮޔަ ބުރުމާ.

    8
    25
  15. އަތުލާ

    މީނައަށް ކިހިނެތް ދެން ގައުމެއް ހިންގޭނީ! މިއުޅެނީ ރިސޯޓުގަނޑެއް ނުހިންގިގެން! މީނާގެ ރިސޯޓުތަށް ދައުލަތަށް ނަގާ ދައުލަތުން ރިސޯޓުހިންގާ! އަވަސްކުރޭ!

    29
  16. Anonymous

    ވޯޓް ހޯދަން އަހަރެމެން ކައިރިއަށް ނާންނާތި. އަންނަ އިންތިާބުގަ ޖުމްހޫރީ ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓް ދޭނެކަމެއް ނެތް.

    26
  17. މހ

    ވޯޓް ހޯދަން އަހަރެމެން ކައިރިއަށް ނާންނާތި. އަންނަ އިންތިާބުގަ ޖުމްހޫރީ ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓް ދޭނެކަމެއް ނެތް.

    20
  18. އަހްމަދު

    ވަޒީފާއާބެހޭގާނޫނުގަ މިގޮތައްނޯޕޭލީވް ދެވޭނެތޯ؟

  19. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    މުއްސަދިން މުއްސަދިންގެގޮތުގައި ކުރިއަރާދަނީ ނިކަމެތި މުއަށްޒަފުން ކޮށްދޭ ބުރައި ހުލާސްތެރި އަގުނުކުރެވޭ ހިދުމަތުގެސަބަބުންކަންޔަގީން މިއީ ހަގީގަތަކީ ނަމަވެސް މިއަދު ދުނިޔެއާއި ގައުމަށް ދިމާވެގެންއުޅޭ މުސީބާތުގެސަބަބުން ތިމާކޮޅަށްނަގާ ތަނަވަސްކަން ހޯދައިދިން ނިކަމެތި މުވައްޒަފުމީ ހާ ނަގައި ހޫރާލީ އެދުވަ ހު ހޯދި ޑޮލަރު ފައިސާ މިއަދު ހުސްވެދާނެ ކަމުގެބިރުއުފެދިގެން ނޫންތޯ ކޮބައިތޯ އިންސާފު ކޮބައިތޯ އިންސާނިތްޔަތުގެ ކުލުނު މުދަލާފައިސާއަކީ ﷲކުރައްވާއިންތި ހާނެ ބޭނުން ގޮތެއް އިހ ހުތިޔާރުކުރޭ ﷲއަށްޓަކާ ހޭދަކުރައްވާ އެއްޗެއް

    މަދެއްނުކުރައްވަވާނެ އޯގާތެރިކަމާއެކު ދީލަތިވެލައްވަވާ

  20. ޖ

    ގާސިމްއާއި ދޭތެރޭ ސަރުކާރުންފިޔަވަޅުއަޅަންޖެ ހޭ.

    3
    1
  21. ފަޅުވެރިން

    ޤައުމުގައި ހުރި "އެންމެ މުއްސަނދި"، "އެންމެ ދީލަތި"، "އެންމެ އޯގާތެރި" މަހުޖަނުގެ ހެޔޮފުޅުކަން. މިފަދަ މަކަރުވެރިންގެ ޙަޤީޤަތް އަދިވެސް ދިވެހިންނަށް ދަސް ނުވާނެދޯ؟ ކުރިމަތިވާ ކޮންމެ އުޒުރެއް ބޭނުންކޮށްގެން މުއައްޒަފުންނާ މެދު އަބަދުވެސް އެންމެ އިހާނެތިކޮށް ކަންތައް ކުރާ މީހާ ޤާސިމަކީ. އެންމެ ގެސްޓެއް ނަޔަސް 5 މަހު ހުރިހާ މުއައްޒަފުންނަށް މުސާރަ ދޭ ވަރަށް އޭނަ އަތުގައި ރިޒާރވް ވެސް ހުންނާނެކަން ޔަޤީން. އެކަމަކު ހަދާލި ގޮތް ބަލާބަލަ.

  22. ޤާއުމަށްޓަކާ ދީނަށްޓަކާ

    ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ރައީސް ޔާމީންގެ ވެރިކަމުގަ ކަލޯ ރާއްޖެހިފުމަގޮވާ ރާއްޖެ ބޮއިކޮޓް ކުރާން ގޮވިހަނދާން ވޭތޯ މިއަދު ބަޔަކު އައިސް ރާއްޖެ ބޮއިކޮޓް ނުކުރިޔަށް މަހުޖަނުންގެ ދުލުގެ ނުބައިކަމުން މިއަދު ރާއްޖެމިވަނީ މަނިކުފާނު އޭރުގޮވި ގޮވުމާއި މުޅިދިވެހި އުއްމަތް ރޮމުން ކުރިމަތި ލާންޖެހިފަ ނޫންތޯ ޤައުމަށްޓަކާ ދީނަށްޓަކާ ކޮބާ މިއަދު ދިވެހިރަށްޔަތު ންދެކެލޯބިވާ މައުމޫން ގާސިމް ކޮބާތަ ރާއްޖެ މިހާރު މިއޮތީ ތިފޭފުޅުން އެދޭގޮތަށް ބޮއިކޮޓް ވެފައެއް ނޫންތޯ ޤައުމަށްޓަކާ ދީނަށްޓަކާ މަށަށް ވޯޓުދީ މުއްސަދި މަހު ޖަނުންނަށޯ ކަންތައް ކުރެވޭނީ ފައިސާވެރިން ނަށޯ ފަސޭހައިން ކަންތައް ކުރެވޭނީ ކޮބާތޯ ތިބުނާ ފައިސާ ވެރީން ކޮބައިތޯ މަހުޖަނުން ކޮބައިތޯ ރަން 30 އަހަރުގައި ވެރިކަން ކޮށްފައިތިބި ތަޖުރިބާކާރު ބާނީ ހަމަ ޖީބުހުސްވެ އަތްމަތިވެސް ހުސްވެފަތޯ ތިތިއްބެވީ ނޫނީ ނިކަމެތި ރަށްޔަތުން އަތްދިއްކޮށް ލަފާނެކަމަށް ހޮރަށް ވަދެ ފިލާތިބީތޯ ވެރިކަން ފޭރިގަނެ މަޖިލިސް ފޭރިގަނެ މަގުމަތި ވެފަތިބި ނިކަމެތި ރަށްޔަތުނަށް ޓަކައި ރައީސްޔާމީން ހައްދަވައި ދެއްވި ބޯހިޔާވަހިކަން ވެސް ފޭރިގަނެ ރައީސްޔާމީން ޖަލަށް ލާފަ އެންމެފަހުން ނިކަމެތި ރަށްޔަތުން މަގުމަތިވެސް ކޮށްލީތޯ؟

    3
    1