ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމުން ރޭ ކ. ހުރާ ގައި ތަކުބީރު ކިޔާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

މި ވީޑިއޯއާއި ގުޅިގެން ޑރ. އިއާޒު ވިދާޅުވީ ބައެއް ރަށް ރަށުގައި ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަމަށް ބުނެ ތަކުބީރު ކިޔަމުން ހިނގުމާއި ދުން އަޅާ ހެދުމަކީ ސާބިތުވާ ކަންތައްތަކުގައި ނުވާ ކަމަށާއި މިކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ގިނަ ގިނައިން ގުރުއާން ކިޔަވާ ޒިކުރުކުރުމަށް ޑރ. އިއާޒުވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، ކ. ހުރާގައި ބަލިތަކުން ރައްކާތެރިވުމަށް އެދި ރޭ އެ ރަށު ހަރު އުމުރުފުރާގެ ފިރިހެނުން ނިކުމެ މުޅި އަޑުހަރުކޮށް ވަނީ ތަކުބީރު ކިޔަމުން ހިނގާފައެވެ. ރާއްޖޭގެ އެހެން ގިނަ ރަށްރަށުގައި ވެސް މީގެ އަހަރުތަކެއް ކުރިން "ރަށް ނާމާން ވުމުން" ރަށުތެރޭގައި ތަކުބީރު ކިޔަމުން ހިނގުމާއި ސަލަވާތް ފާތިހާ ކިޔުން ކުރިއަށް ގެންދެއެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާތީ އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ފަރުޟު ނަމާދުތަކަށް ފަހު ގުނޫތު ކިޔަން އަންގައިފައެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ނަމަވެސް އަދި މިހާތަނަށް ދިވެއްސަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމާއި ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކުތަކުން ފަރުވާ ހޯއްދަވާ އެފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދައްޖާލަ

    ކަލޯ ތަކުބީރު ކިޔާތީ ބިރުގަތީތަ ދައްޖާލުވެސް ވަރަށް ބިރު ގަންނާނެ ތަކުބީރު ކިޔައްޏާ!

    26
    4
    • ހާހޫރަ

      ކޮންތާކު ފިލާ އޮވެފައިތަ މިހާރު ނިކުމެ މިއަނގައެއް މިއެރުވީ. އަދި ބަލަން ހުންނާތި ހުޅަނގު މީހުން މިކަމަށް ވައިރަސް އުފައްދައި ނެރޭއިރަށް މިމީހުންނަށް މާ އެނގިގެން އޭއް ދެކޭ މީއްޗެކޭ ފަޅޮލޭ ކިޔައިގަންނާނެ.

      7
      1
    • އަޅުގަނޑު

      ދުން އެޅުމެއް ނެތް ދީނުގަ ދޯ. ތަކުބީރު ކިޔުމާއި ޒިކުރު ކޮށް ޤުރުއާން ކިޔަވާ ދުޢާ ކުރުން ރަނގަޅު ފަރުލު ފަސް ނަމާދު ކޮންމެހެންކޮށް ހިތް ސާފު ކޮށް ބެހެއްޓޭތޯ މަސައްކަތް ކުރަންޖެހޭނީ

  2. މާ

    ކަލޭ ދައްކާވާހަކަ އަޑުއަހާނެ ބަޔަކުނެއް އެބައުޅެންދޯ...

    22
    9
  3. ފާދިގު މަކުނު

    ރައްޔިތުންނޭ ތަކުބީ ރު ކިޔުމާއި ދުން އެޅުމުން ގިނަކު ރޭ ލާދީނީ ލާގައުމީ ފަހަތުގާތިބި ދީނީ އިލްމުވެ ރިން އަދި ލިޔަން ކިޔަންނޭގޭ ކިބޫމެންނަކަށް ކު ރެވޭނެ ކަމެއްނެތް!!!
    އިޔާޒް ކިޔެވިއި ރު ލިބުނު މާކުސް ބަލާލަން ބޭނުންވޭ އޭ ރުންތާ އިގޭނީ ކިހާވަ ރެއްގެ އިލްމު ވެ ރިޔެއްކަން މީނަޔަކީ!!!!!

    8
    1
    • ޙަނީ

      ގުނޫތު ކިޔުން ބިދުއަކަށްވީ ކިހިނެއް؟ ފަސާދަ އުފައްދާ ޝައިޙުން ބުނަނީ ދުން އެރުވުމަކީ ހަރާމް ކަމެކޭ..

  4. ދޮން ހަސަނު

    މިކަލޭގެ ނޫނީ ދީނީ ޢިލްމު އުނގެނިފަހުރި މީހަކު ނެތީބާ؟ ތަކުބީރު ތަސްބީޙަ ކިއުމަކީ ހަރާމްކަމެއްކަމަށް މިކަލޭގެ މިބުނަނީ ކޮންފޮތަކުން ކިޔަވައިގެންބާއޭ ހިތައްއަރާ މަށަށް ހީވަނީ މިކަލޭގެ ނޫނީ ދުނިޔޭގަވެސް ދީން ދަންނަ އެހެން މީހަކު ނެތީހެން މީނަޔަށް ނޭނގޭކަމެއް ފަތުވާ ނުނެރޭ ކަމެއްނެތް މިހާރުދެން ތަންކޮޅެއް ބޮޑުވަރުމީ ﷲ ގެ ކަލިމަފުޅުތައް އަޑުހަރުކޮށާއި ސިއްރުން ކިޔުމަކީ ގޯސްކަމެއްކަމަށް މިޢިލްމުވެރިޔާ ނުނާ ސަބަބެއްނުވިސްނުން

    6
    2
  5. ލާދީނީ

    ތުބުޅިލީ މީލާދީނީ މީހެއްދޯ

    8
    1
  6. ބުނެބަލަ

    ތަކުބީރު ކިޔުމަކީ ދީނުގަ މަނާކަމަކީތަ؟އެއެއް ބުނެދީބަލަ

    • Anonymous ގެ އަންމަ

      ތަކުބީރު ކިޔުމަކީ މަނާކަމެއް ނޫން. ކޮންމެ ކަމެއްވެސް ކުރަން ހުންނާނެ ވަކި ގޮތެއް. ކަލޭ ތި ބުނާ ގޮތުން ހީވަނީ ފާހާނާގަވެސް ތަކުބީރު ކިޔުން ހުއްދަހެން. އެއްބައި ދަސްކޮށްގެން ވާހަކަ ނުދައްކާ މަޑުން ހުރޭ

      6
      3
      • ކާފަ

        ކަލޭމެން ތިބުނާގޮތުން އެއްވެސް ތާކު ތަކުބީރެއް ނުކިޔޭ

        1
        1
  7. މަތްރަސް

    މި އިޔާޒުއާ އިމްރާނު އިލިޔާސް މިވެރިންނަކީ ކެނެރީގޭ ނަޝީދުގެ އެޖެންޓުން؟؟ ފައިސާފޮއްޖަކަން ގައުމުމިވަނީ ލާދީނީ ވަކިތަކުން ތަޅުއެޅިފައި މަގައުމު ގޮވަނީ މިވަކިތަކުން މިގައުމުސަލާމިތްވުމަން؟؟

    11
  8. ޖަހަންގީރު

    މަގޭ ހިތަށް އަރާ މިވަރުގެ ބޮޑުކަމެއް ދުނިޔެއަށް ލައިގަތުމުން ދުނިޔޭގައިވާހާ އިލްމު ހުރިފޮތާއި ހިކްމަތްތައް އެނގިތިބި މީހުން މިކަމަށް އަޅާވެސް ނުލާ ޔޫރަޕް މީހުން ބުނާހާ ގޮތެއް ހަދައި ދޭހައިއެއްޗެއް ކައި ބޮއި މިހަދަނީ މިމީހުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތީމަ ބާއޭ.

    11
  9. ޤައުމު

    ކާލޭތީކާކު ތަކުބީރުވެސް ކިޔާނަން ކަލޭ ލާދީނީވެގެން ހުރޭ އަހަރުމެން ﷲއަށް ދަންނަވާނީ

    13
    1
  10. ސެންޓި

    އެއީ ބިދުއައެއް.ސުންނަތުން ސާބިތުވާ ކަމެއްނޫން.ސުންނަތުން ސާބިތުވާ ގޮތަށް އެބަ ގުނޫތު ކިޔައެއްނު. އެންމެންވެސް ދުއާކުރޭ! އިންޝާ ﷲ ރަނގަޅުވާނެ

    • ސެންޓި

      ބަރާބަރު ވާހަކަ އެއް، ކީއްކުރާނީ ދޯ!ޖާހިލުން ގިނަވީމަ ޢިލްމުވެރިޔާގެ ބަހެއްނުވިކޭނެ.އަދި ރަނގަޅު ގޮތް ގަބޫލެއްނުކުރާނެ.

  11. ތަކުބީރު ކިޔަންވާނެ

    ހުރިހާ ރަށެއްގަވެސް ތަކުބީރު ކިޔަންވީ!

    5
    1
  12. ފަރީ

    ތަކުބީރު ކިއިމަކިީ ޖަމާއަތެއް ހަދައި މާތް ﷲއަށް ކުރެވޭ ދުޢާއެއް ކޮބާ ގޯހަކީ

    4
    1
  13. ތަކުބީރު ކިޔަމާ

    ތަކުބީރު ކިޔުމަކީ ރަށް ކާތެރިކަން ލިބޭނެ ކަމެއް އަމާންކަން ލިބޭނެކަމެއް!

    5
    1
  14. ޖުލައި

    ސުންނަތުން ސާބިތު ނުވާ ކަމެއް އެއީ ކިތަންމެ ރަނގަޅު ކަމެއް ކަމަށް ހީވިޔަސް އެ ވާނީ ބިދުއަ އަކަށް.

    4
    2
  15. މާމިގިލީ މީހާ

    މިކަހަލަ ސޭހުން ގިނަ ވެގެން ގޮސް މުޅި ގައުމު މިވަނީ ހަލާކު.

    4
    1
  16. ޖާން

    އިޔާޒް ތަކުބީރުގަ އޮތް ކިޔަންނުވާ އެއްޗަކީ ކޮބައިތޯ ؟
    އަސްތަޢުފާރާއި ދުޢާ ކުރުމަށް ވަކިވަގުތެއް ވަކިތަނެއް ސާފްތާހިރުކޮށް އިދެއްޖިއްޔާ އޮވޭތޯ

  17. ފާތާ

    ޢިޔާޒު އެހެންވިއްޔާ ހައްޖައްދާމީހުން މަތިންދާބޯޓުގައި ތަ ކުބީރު ކިޔުމަ ކީ ބިދުއައެއްތާދޯ މަތިންދާބޯޓު ދަނީ ދުއްވާފަ އަހަރުމެންދަނީ ހިނގާފަ އިޔާޒު މި ތަފާތު ބުނެދިީ ބަލަ

  18. ކައްޕިތާން

    ކުރީގަ ކިއި ގުނޫތަކީ ބިދުއާ އެކޭ ސުންނަތުން ނެތޭ މިހާރު އެކިޔަނީ ކީއްވެގެއްތޯ ކުރީގަ ސޮލަވައި ފުޅު ނުކިޔަވާގެއެއް ނުހުރޭ ބުންޏަސް ދޮގަކައްނުވާނެ ކުއްލިޔަކައް މިމީހުން އައިސްގެން މިބުނަަނީ ބިދުއަ އެކޭ ކިޔައިގެން ހުއްޓުވާލީ އެކަމަކު ހައިރާން ވާކަމަމަކީ ކޮންމެ ހުކުރު ދުވަހަކު ޙުތިބާގަ އެކިޔަނީ ކީރިތި ގުރްއާނުގެ އާޔަތެއް މާތް ﷲ އާއި މަލާ އިކައް ބޭކަލުން ސޮލަވާއް ލައްވަވާ ވާހަކަ ގައިމު މަލާއިކައް ބޭކަލުން ތިއްބަވާނީ ޖަމާ އަތް ޖަމާ އަތަށޭ ހަދީސް ކިޔާ މީހުން ކިޔާ އަޑު އަހަން އެހެންވީމަ އަހަރުމެން އިންސާނުންނައް ޖަމާއަތް ހަދައިގެން ނުކިޔޭނެ ކަމަކައް ބުއްދި އެއް ނުކުރެވޭ ކީކޭތޯ ވިދާޅްވަނީ ގިޔާޒް

  19. ބޮޑު ކަމެއްނު

    މި ކޮމެންޓް ސެކްޝަނުގެ މީހުން އިހަށް ހުރިހާ ކަމެއް ސިޔާސީ ނުކޮށް މައިތިރިވެގެން ތިބެބަލަ. ދުނިޔެއަށް މިހާ ބޮޑު މުސީބާތެއް ފެތުރިގެން ދާއިރު އެމީހަކު ހިތަށް އެރިހާ ގޮތަކަށް ކަންތައް ކުރަންވީ ދަނޑިވަޅެއް ނޫނޭ މީކީ. ޝެއިޚު އެހެން އެ ވިދާޅުވީ އެއީ ޤުރުއާނާއި ސުންނަތުން ސާބިތުނުވާ ކަަމަކަށް ވާތީ. މީހަކު ރަނގަޅަށް ވާހަކަ ދެއްކުމުން އެކަންތައް ޤަބޫލުކޮށްގެން މައިތިރިވެގެން އޮވެބަލަ.