ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ އިން 20 ޕަސަންޓު އުނިކޮށް ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރި ކުރައްވައި މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މުސާރަ އިން 20 ޕަސަންޓު އުނިކުރާ ނަމަ، ގާތްގަނޑަކަށް 16،000ރ. އުނިވާނެއެވެ. އެހެންވެ، މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 65،500ރ. އެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނިކޮށް ދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ. އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ހަރަދު އުނި ކުރެވެން ހުރި ބައިތައް ބަލަމުން ގެންދާ ކަމަށެވެ.

މަޖިލިހުގެ މުސާރަ އަށް ބަދަލު ގެންނަން އެމްޑީޕީން ހުށަހަޅަން ތައްޔާރުވެފައި އޮތް އިރު، މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވާ ގޮތަށް ގަވައިދު އޮތީ ބަދަލުކޮށްފައެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފައެވެ.

ގަވައިދަށް ދެން ގެނައި އެންމެ މުހިންމު ބަދަލަކީ ކޮމިޓީ އެލަވަންސް ދޭ ގޮތެވެ. ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، 20،000ރ. ގެ އެލަވަންސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓެވެ. އެއީ 10،000ރ. އެވެ. އެހެންކަމުން 20،000ރ. ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަތީމައެވެ.

މަޖިލިހުގެ މެމްބަރުންގެ މުސާރަ އަށް ބަދަލު ގެނެވޭނީ އާންމު ކޮމިޓީން ނިންމައި، މަޖިލިހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ އިރު، މި ބަލި މިހާތަނަށް 13 މީހަކަށް ޖެހިފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ނަނަ

  ތިކަން ކުރެވިއްޖެނަމަ ވަރަށް ރަނގަޅު މުޅި ގައުމު ބަނޑަށް ޖެހޭއިިރުވެސް މި މިހުންނަށް 85000 ރުފިޔާ ދެންވެސް ބާރަށް އަތްޖަހާ ރާއްޖޭގަ އުޅެނީ ހާދަ ބޮޑެތި މޮޔައިންނޭ ކަނު އަނދިރިވެފަ

  34
  3
 2. ބަނބޫ

  އުނި ކުރާ ލާރި ދާ ތަނެއްވެސް ބަލަން ޖެހޭ

  30
  3
 3. ރަނަގަޅު ނިންމުމެއް

  އަސްލު %20 ކުޑަ އުނިކުރަން %30 ވަރުރަގަނޅު އިއްޒަތްތެރި މެންބަރުން ގުރުބާން ކޮއްލަދެއްވަން ގައުމައްޓަކާ

  37
  2
 4. ނަސޭހަތް

  ހެޔޮ ނުވާނެ އެންެމެ %20

  28
  2
 5. ފެކްޓް

  ތިއީ ޤައުމަށް ފައިދާހުރި ނިންމުމެއް. ނަމަވެސް ތިއީހަމަ ދެއްކުމެއް. އެއްވެސް އިޚްލާސްތެ ރި ކަމެއްގެ މަަތިން ކޮށްފައިވާ ކަމެއެއް ނޫން! ތިއީ ދާއިމީ ބަދަލަކަށް ވާން ޖެހޭ. 64000 ރ ނިސްބަތުން ބޮޑު. ހު ރިހާ އެލެވެންސަކާއެކުވެސް 50،000 އަށްވު ރެ ބައި ރުފާއެއްވެސް އިތު ރުވެގެން ނުވާނެ! ވީނަމަވެސް ވާންޖެހޭނީ މަދު! ޤައުމުގެ ޚަޒާނާއިން އިސް ރާފް ކު ރާބައެއް މިތިބަ ސިޔާސީ މީހުންނަކީ. ކައުންސިލަ ރުންނާއި މޭޔަ ރުންގެ މުސާ ރަވެސް ކުޑަކު ރަންޖެހޭ!! ރައީސާއި ނައިބު ރައީސްގެ މުސާ ރަވެސް ކުޑަކު ރަންޖެހޭ! ބައިތުލްމާލުގެ ބޮޑުބައި މިމީހުންގެ މުސާ ރަައަށް! ބޭކާ ރުގޮތުގައި އިތު ރުކުރި ކައުންސިލްތައް މަދުކުރަންޖެހޭ! އަދިވެސް މާ ރައްޔިތުންވެގެން އަނގަ ހުޅުވާނެ މިމީހުން!

  31
  4
 6. Anonymous

  ތިނޫނީ އެބައެއްގެ އަމިއްލަ މުސާރަ އެބަޔަކު ބޭނުންވި ހިތަށްއެރި އަދަދަކަށް އަމިއްލައަށް މުސާރަ ކަނޑައަޅައިގެން މުސާރަ ނަގާ ބަޔަކު ކޮބާތަ؟؟ރައްޔިތުންގެ ބައިތިލްމާލުގެ %50 ފައިސާގަނޑު ބަނޑަށްލައިގެން ތިބޭއިރު ތިކަލޭގެމެން ހޮވަން ވޯޓުދިން ނިކަމެތި ރައްޔިތުން މިތިބީ އަނގައާއި އަތާއި ދިމާނުވެ، ނިކަމެތި ރައްޔިތުންނަށް ސަލާމްޖަހައިގެން ވޯޓުހޯދާއިރު އެރައްޔިތުންނަށް ބައިވަރު ކަތައްކޮށްދޭންބުނެފަ ހޮވުނީމަ ދޯކާދީ ރައްޔިތުންނަށް ޙަރާމްކޯރުވާ ބައެއް، ހޮވުމަށްފަހު އެއްވެސް އެހީތެރިކަމެއް ބޭނުންވެގެން ނިކަމެތި ރައްޔިތަކު ގުޅިޔަސް ފޯނުވެސްނުނަގާ ބައެއް، ތިޔައީ އެވަރުގެ ޑާކޫ ބައެއް،

  30
  1
 7. ސފ

  ތީ ވަރަށް ރަނގަޅު ކަމެއް. މިހާލަތުގަ ތިވަރު އުނިކުރިޔަސް އެމީހުނަށް މަދެއް ނުވާނެ. ތިއަށްވުރެ ކުޑަ މުސާރަ ލިބޭ މީހުންގެ މުސާރައިންވެސް ތިއަށްވުރެ ބޮޑު ޕަސެންޓްއެއް މިހާރުވެސް ތަންތަނުންްް އެބަ ކަނޑާ.

  23
  2
 8. މާމީ

  އިއްޒައްތެރިންގެ މުސާރަ އަދިވެސް ބޮޑުކުރަންވީ ހާދަހާވާ ރައްޔިތުން ނަށް ހެޔޮއެދިގެން ބުރަކޮށް މަސައްކަތް ކުރައްވާ އެއްވެސް އުޑެއްބުޑެއް ނުދަންނަ ގަމާރުން ތަކެކޭ ތިތާ ގިނައީ.. މުސާރަ ޖަހާނަމަވެސް ބޮޑުކޮއްލާ.....

 9. ޝާން

  ނުކުރާނެ. %100 ޔަގީން. ތިމީހުން އެންމެ ރުފިޔާ އެއްވެސް ކުޑަކުރަން ވޯޓެއްނުދޭނެ،

  8
  1
 10. Anonymous

  ރައީސާއި ނާއިބުރައީސު އަދި މިނިސްޓަރުންނާއި ނާއިބުވަޒީރުންނާއި މޭޔަރުން އަދި ކައުންސިލަރުންގެ މުސާރަވެސް ކުޑަކުރަންޖެހޭ މުފަދަ މީހުން އުފުލާ ޒިންމާއަކަށް ހައްޤު މުސާރަ ދޭންޖެހެނީ، މިއީ ކޮންމަސައްކަތެއްކުރާ ބައެއްތަ؟؟ނިކަމެތި ރައްޔިތުން ދިރިއުޅެނީ އަނގައާއި އަތާއި ދިމާނުވެ، ގައުމުގެ ބެއިތިލްމާލުން ވަކިބަޔަކު އިސްރާފުކޮށް ޚަބޭސްކުރަމުންދަނީ

 11. މަސްކާށި

  މުސާރަ އެއްކޮއް ކަޑަލަންވީ.އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން، ގަޑިއެއް ހާޒިރީ އެއް އޮންނަބައެއްނޫން، ައްޔިތުންގެލާރި ކާލައިގެން ތިބެނީ އެކަކު އަނެކަކައް ޒުވާބުކޮއްލަކޮއްލަ! އަނެއްކާތިތާންގަ ގިނައީ އަލިފު ބާ ނޭންގޭ މީހުން ނުކިޔަވާ ޖާހިލުން

  11
 12. މޯދީ

  މެންބަރުންގެ މުސާރަ %200 ބޮޑުކުރަންވީ

  5
  3
 13. އޭެއާރު

  ދެންމަޖުލީހުގައި ވާހަކަދައްކަވާނެ މެމްބަރު އިއުލާން ކުރާއިރު ސިފަވަނީ ސައިންޓިސްޓަކު ތަފާތުވައްތަރުގެ ވައިރަހާއި އޭގެ ވެކްސިން ތައްޔާރުކުރަން ހޯދާ ބަލާހެން. އެހާވެސް ދަންނަ ހިކުމަތު އަމަލީ މީހެއް ތި ޖަނަވާރު ކޮށީގެ ބޮޑު ސިންގާއަކީ. ހެޔޮނުވާނެ ޒައްރެއްގެ މިންވަރު ވެސް އުނިކުރާކައް. ކަމެއްޖުހުނީމަ ރައްޔިތުންނައް ހަގީގަތް މިއެނގެނީ.

 14. Mahujanu

  ވިލާއެއަރ އިން 15 ހާސް ރުފިޔާ ލިބޭ ނި ކަމެތި މުވައްޒަފުންގެ މުސާރައިންވެސް 35 ޕަސެންޓް ކަނޑަން ވަނީ ނިންމާފަ. އެ ކަމަ ކު -/82000 (އަށްޑިހަ ދެހާސް) ރުފިޔާ ލިބޭ، އެހާމެ އިއްޒަތްތެރި މެމްބަރުންގެ މުސާރަފުޅުން އެންމެ 20 ޕަސެންޓް ކަނޑަން ނިންމުމުން ތިޔަ އިއްޒަތްތެރިންގެ އިހުލާސްތެރި ކަން މިފަދަ ނާޒު ކު ދަނޑިވަޅެއްގަ ރައްޔިތުންނަށް ވަރަށް ރަގަޅަށް ސާފު ވެއްޖެ.

 15. ކީސް

  މުސާރައިގެ 20 އިންސައްތަ ނައްސިކޮށްފިނަމަ އެބޭފުޅުން އައްސިއަރާނެ.

 16. ގަމާރު

  މަޖިލީހުގެ މެންބަރުންނަން 30 ހާސް މިދަޑިވަޅުދީނީމަ ފުދޭނެ.މިހާރުވެސް ރަންއިތޫންގެ ވޯޓެން މިކަމުގަ ނަގާބަލަ.

 17. ޖީވާ

  ތިނޫނީ އެބައެއްގެ މުސާރަ އަމިއްލައަށް ކަނޑައަޅައިގެން ނަގާބަޔަކު ނުތިބޭނެ، އެހެންވީމަ ތިކަމެއްނުވާނެ، ކުރިއްޔާ އަދިވެސް ކުރާނީ ބޮޑު "ރިސްކް އެލަވަންސް" ގެ ނަމުގައި 50،000.00ރ ބޮޑުކޮށްފާނެ

 18. އާބިދާ

  މަޖުލީހު މެންބަރުން އެއްތަނަކަށް ޖަމާވެގެން ތިޖަހާ ސަކަރާތް ޖެހުން ހުއްޓާލާ، މުސާރަ ނުލިބޭގޮތަށް 01 މަސް ދުވަހުގެ ޗުއްޓީއެއް އެމީހުންނަށް ދީ ގޭގައި މަޑުކުރުމަށް އެންގެވުން މުހިއްމު