ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް ފޯނުން ގުޅައިގެންނާއި މެސެޖް ކުރެވޭނެ ފަހި ފުރުސަތެއް މުއިއްޒުގެ ކެމްޕެއިން ޓީމުން ހަމަޖައްސައިފިއެވެ.

މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ބުނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް މިވަގުތަށް މަޑުޖައްސާފައިވާ ކަމަށެވެ. މީގެކުރިން ކެމްޕެއިން ޓީމުން ރާވާފައި އޮތީ މާލެ ސިޓީގެ ވީހާވެސް ގިނަ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހްސާސްތައް ދެނެގަތުމަށެވެ.

މުއިއްޒުގެ ތަޖުރިބާ އަށް ހަމަ އެކެއް، ގުޑުވާނުލެވޭ ފަދަ ހިތްވަރެއްގައި!

ކެމްޕެއިން ޓީމުން ބުނީ މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުން 7205522 އަށް ގުޅުމުން ނުވަތަ ވައިބާ އިން މެސެޖް ކުރުމުން މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ.

އިންޖިނިއަރިން ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުއިއްޒަކީ މާލެ އަށް މި ފަހުން ގެނައި ބަދަލުތަކުގެ މޭސްތިރިއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހައުސިން މިނިސްޓްރީގައި ގާތްގަނޑަކަށް ހޭދަކުރެއްވި ހަތް އަހަރު ދުވަހު މުއިއްޒު ވަނީ މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މާލެ އަށް މިވަގުތު ބޭނުން ވަނީ ތަޖުރިބާ ހުރި، ކަންކަން ކުރަން އެނގޭ ވަރުގެ ލީޑަރެކެވެ.

މާލޭގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން މުއިއްޒު އެންމެ ބޮޑަށް ފާހަގަ ކުރައްވާ އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެ ގުޅުވާލަން އެޅި ސިނަމާލެ ބްރިޖެވެ. އެއީ ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އަދި އާބާދީ ވެސް ބޮޑު މާލެ ސަރަހައްދަށް ގެނެސް ދިން ބިޔަ މަޝްރޫއެކެވެ.

އޭގެއިތުރުން މާލޭގެ ރިންގްރޯޑާއި ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުޅުލެ އާއި މާލެ ގުޅުވައިދޭ ލިންކް ރޯޑާއި ކިންގް ސަލްމާން މިސްކިތާއި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ ގިނަ ބަޔަކު އަބަދުވެސް ފާހަގަ ކުރާ މަޝްރޫއުތަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޓިނު

    އެއީ ރީތިއަންހެނެތްތަ

    14
    43
    • ދިވެހިސޮރު

      ކަލޭބޭނުމީ އަންހެނެއްގެ ނަނަބަރުތަ 123އާގުޅާބަލަ

      24
      1
  2. ވަގު ޔާނު

    ކަންކަން ކުރަން އެނގޭ ވަރުގެ ލީޑަރެކެ އެ އީ ވައްކަންތޯ

    14
    56
    • Anonymous

      ތި ބުނާ ވައްތަރު ގެ ލީޑަރެއް އެބައިނޯ ތަހުތައްް ވެެރިވެފާ.

      30
      5
  3. ފެންހިންދާ ޙަކީމް

    ނަމަނަމަ ކައިރިނުވާތި! 3ފޫޓް ދުރުގައި ހުރެގެންނޫނީ ބައްދަލު ނުކުރާތި!މުޅިދުނިޔެވެސް ކޯވިޑް-19އަށް ބިރުގަނޭ! މުޢިއްޒު ނެތަސް ހުޅުލެ ގުޅުވާލަން އެޅި ސިނަމާލެ ބްރިޖް އެޅޭނެ!މާލޭގެ ރިންގްރޯޑާއި ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުޅުލެ އާއި މާލެ ގުޅުވައިދޭ ލިންކް ރޯޑާއި ކިންގް ސަލްމާން މިސްކިތާއި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްވެސް ކުރަން ބޭނުން ބަޔަކަށް ކުރެވޭނެ.

    8
    33
  4. ހިއްވަރު

    ވައްކަން ކުރާމީހުން ވަގު ޔާނު އަށްނުފެނޭތަ.

    20
    24
  5. އަދުރޭ_09

    ބަލަ މަމީ ފިރިހެން ....... ނޫނޭ، މުއިއްޒު އަށް މެސެޖް ކޮށް މާ ފޮޅުވާކަށް.

    4
    26
  6. އަލިފް ލާމް

    ވަައްކަން ކުރަން މޮޅު ލީޑަރ ާާަްއަލިފް ލާމް

    24
    9
  7. މާނިއުމާނި

    އަހަރެން ކަމަކުޖެހިގެން ތިބޭފުޅާ މިނިސްޓަރަކަށް ހުއްޓާ 3 ދުވަހު ގޮސްގެންވެސް ފައިންޕުޅު ނުފެނުނު މިހާރުދެން ތިބޭފުޅާގެ ބޭނުމެއް އޮތީމަ އަހަރުމެންގެ އެހީ ބޭނުންވީދޯ

    18
    31
  8. ޏ

    ރައިސްޔާމީނަށް ފަހު ދެންއެންމެ ބެސްޓްމީހަކީ މުއިއްޒު . ރައިސްޔާމީން ގައުމަށް ހިދްމަތް ކޮއްދޭން މިވަގުތު ނެތް . އުއްމީދު ކުރަނީރައިސްޔާމީނަށް މިގައުމަށް ހިދްމަތްކޮއްދޭން ފުރުސަތު ﷲސުބުހާނަހޫވަތަޢާލާގެހެޔޮ ރަހްމަތުން ތަނަވަސްވުން ރައިސްޔާމީން ނެތުމުގެ އުނިކަން ފޫބައްދާދެވޭނެ ގާބިލް ކަން މުުއިއްޒު އަށް ލިބިގެންވޭ ތަރައްގީއާއި ތަހްޒީބު ތާހިރު ދިރިއުޅުމަކަށް މާލެއަށް މުއިއްޒުއަށްވުރެ ގާބިލް ބޭފުޅެއްނެތް . އެންމެންވެސް މުއިއްޒު ހޮވުމަށް ވޯޓްދީގެންނޫނީ މާލޭ ތަރައްގީކޮއް ތަހިުޒީބު ތަނަކަށްނުހެދޭނެ އެންމެންގެ ވޯޓްވެސް މުއިއްޒުއަށް މާލޭގެ ރައްވެހިންނާއި ދަފްތަރުގެ ރަޖިސްޓަރ އިންގެވެސް ވޯޓް އިންޝާﷲ އުއްމީދު ކުރަން ޖެހެނީ ފަހި އުފާވެރިކަމަކަށް .

    50
    9
  9. ަައާމިނަތު

    ރައީސްޔާމީނު އަޅެ ދޫކޮށްލައްވާ މިދަޑިވަޅުގައި އޭރުން އަޅެ ޤައުމު ރަގަޅުވެސް ވެދާނެ. ކިތައްމެ ނިކަމެތި މީހެއްގެ އަގައިންވެސް ޙިކުމަތްތެރި ބަހެއްވެސް ބުނެވިދާނެ.

    28
    9
  10. އަހްމަދު އަލީ

    މިދިޔަ ހަތް އަހަރު ތިޔަ ގޮތަށް ބައްދަލު ކޮށްލެވޭނެ ފަހިގޮތެށް ހަމަ ނުޖައްސާފަ ދެން ކޮންމެހެން ވޯޓު ބޭނުންވީމަ ފަހިގޮށްތަށް ހަމަޖައްސާނެ ކަމެތް ނެތް.. ސޮރީ ވ ބޮޑަށް. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލި ކުރާނަން ތިމުއީޒު.

    6
    23
  11. ވަހީދާ

    މުއިއްޒު ރައްޔިތުން ގެ ކިބައިންއެދިފަ އެއޮތީބޭނުންވާ އާއްމުންނަށް ފަހިފުރުސަތެއް ކަމަށް. ކޮންމެހެން ބޭނުންނުވާ މީހުންތިބީމަ ވީނު. ކިތަންމެ ވަރަކަށް ވަގަށް ގޮވާ ހެދިޔަސް މުއިއްޒު ވަރުގެ ގާބިލު ހައުސިންގް މިނިސްޓަރެއް އުމަރު ޒާހިރު ނޫނީނެތް. ޢަދިތަރައްގީގެބާނީ ރައީސް ޔާމީން ވަރުގެ ހިންގުންތެރި މޮޅު ރައީސެއް ދިވެހި ރާއްޖެ ނުދެ ކޭ. ދެރަވިޔަސް މިބޭފުޅުން ނާގާތް ކޮށްލެވޭވަރުގެވެރިއެއް މިސަރު ކާރަ ކު ނެތް.

    21
    1
  12. ނާޤާބިލް

    މިސަރުކާރުވަރުގެ ނާޤާބިލް ވެރިންތިބި ސަރުކާރެއް ނާދޭ މިބައިމީހުން މިކިޔަނީ މަލްޓިޕާޓީ ޑިމޮކްރަސީއޭ މިތާއޮތީ އެކަމަކު އެންމެބޮޑު އިދިކޮޅުޕާޓީގެލީޑަރު ޖަލުގަ ނުފޫޒުން ޝަރީއަތް ކުރުވައިގެން އެވެސް މިވަރުގެ ޚޮދުމުޚުތާރުބައެއް މިހާރު ވެރިކަމުގަމިތިބީ ހުރިހާބާރެއް އަންބޮނޑިއައް ޖަހައިގެން #ރައީސްޔާމީން މިނިވަންކުރޭ

    13
    2
  13. އަލީ

    ވަހީދާ ތިއީ %100 ގެކޮމެންޓެއް.

    10
  14. ދެކުނުތަރި

    މާލޭ ސިޓީގެ ތަރައްގީއަށްޓަކައި ބޭނުމީ ހަމަ މުއިއްޒު! އަޅުގަނޑާއި އާއިލާއާއި ރައްޓެހިންގެ ވޯޓު ޑރ މުއިއްޒަށް. ތިޔަބޭފުޅުންގެ ވޯޓުވެސް މުއިއްޒަށްދެއްވާ! ފާއިތުވި 9 އަހަރު އެމްޑީޕީ މޭޔަރުންނަށް ކުރެއްވުނު ކަމެއް ހަރާން!

    13
    1
  15. Anonymous

    ކިތަންމެ ހިތްނޭދުނަސް އަދިވައްކަމޭ ކިޔަސް ރޔާމީން ގެ 5 އަ ހަރުގެ ދައުރު ގަ ޑޜ މުއިޒް ކުރެއްވިފަދަ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއު ތައްހިންގާ ކާމިޔާބީތައް ހާސިލް ކުރެވިފަ ވާމީންވަރު ގެ އެންމެ 15% ވެސް މިއަދުމިއޮތް ސަރުކާރަށް ހާސިލްކުރެވިފަ ނުވާކަން ފާ ހަގަ ކޮށްލެވޭ. އޭގެ އިތުރުން ޑރ މުއިޒްއަކީ ފަންނީ އަދިއިލްމީ ގާބިލް ކެރޭ ހީވަގި ވަރަށް ހިތްހެޔޮ ބޭފުޅެއް. ޕީޕީއެމް ގެލީޑަރ ޝިޕް ގަ ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ކޮންމެވެސް ވަރެއްގެ ބޮޑާ ކިބުރުވެރި ކަމެއް ހުންނަ ބައެއްކަމުގަ ވީނަމަވެސް އެއާމުޅިން ޚިލާފައް ޑރ މުއިޒްގެ ކިބާގަ އެކަ ހަލަ އެއްވެސް ސިފައެއްނު ހުންނަކަން ވަނީތަޖުރިބާކުރެވިފަ. ކިތަންމެ ދެރަނިކަމެތި މީ ހަކު ވިޔަސް ދައްކާވާ ހަކައެއް އަޑުއަހ ހާލުމަކީ މުއިޒް ކުރައްވާ ކަމެއްކަން ވަރަށް އުފަލާ އެކުއަމިއްލަ ތަޖުރިބާއިން ވެސް ވަނީ ފާ ހަގަ ކުރެވިފަ. މާތްﷲގެ ހެޔޮރަހ ހުމަތާއެކު މުއިޒް އަށް ކާމިޔާބީ މިންވަރު ކުރެއްވުން އެދެން.
    މިފުރުސަތުގަ ޕީޕީއެމް ގެލީޑަރޝިޕްގަ ހިމެނިވަޑައިގަންނަވާ ބޭފުޅުންނައް ދަންނަވާލަން ބޭނުންވަނީ ޑރ މުއިޒްއަކީ މިސާލެއް ކަމުގަ ބައްލަވާގެން ކުރިއަށް ވަޑައިގަތުމުގެ ވަގުތު މިއޮތީ ޖެ ހިފައޭ. ރައްޔިތުންގެ ރު ހުމާ ލޯބި ހޯއްދަވަން ބޭނުންވާނަމަ އެކަން ކުރުމުގެ ގާބިލްކަން އިތުރު ކުރައްވާށޭ. ސިޔާސީގޮތުން ޕޯޑިއަމްތަކުގަ އަޑު ހަރުކޮށް ވާ ހަކަ ދެއްކުމުންއެކަނި ނިމޭކަމެއްކަމުގަ ނުދެކި ކޮންމެތާކުން ވެސް ރައްޔިތުމީހާ އާއިބައްދަލުވެ ވާ ހަކަ ދެއްކޭ އިތުބާރާއި އެކުއެވާހަކަތައް އަޑުއަ ހާލުމުގެ ގާބިލްކަން ހުންނަ ބަޔަކަށްވާށޭ!!
    އިއްޒަތްދިން ރައްޔިތުންގެ ކުރިމަތީ އެއިއްޒަތް ދިނީރައްޔިތުންކަން ހަނދާނުން ފު ހެވިދާ ނަމަ ހާސިލްކުރަން އެދޭ ލަނޑުދަނޑި ހާސިލް ކުރުމުގަ އަމިއްލަ އަށް އިހ ހުމާލް ވުމަކީ އެންމެ މު ހިންމުދަނޑިވަޅުގަ ފެއިލްވުންކަމުގަ ވެދާނެއޭ

    14
    1
  16. ކެޔޮޅު

    ވައްކަންކުރަން އެންމެމޮޅީ ކެނެރީގޭ ވަގާ ހިންނަވަރު ވަގެއްނޫންބާ މިދިޔައަހަރު އެއްކަމެއްނުކޮއް ދެބަޖެޓް ދިރިވާލިވިއްޔާ!!

    15
    2
  17. ނަސީދު

    މަބޭނުން މުއިޒް ކައިރީ އަހާލަން ފުލެޓް ތައް ދިނީ ހަމަ ރަގަޅައް ބާލާފަތޯ

    5
    2