ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ ރާއްޖޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"މިއަދުން ފެށިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ދަންނަވަން" އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ވަނީ މިވަގުތު މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާ ފަރާތްތަކުންވެސް އެ މިނިސްޓްރީއިން އަންގަންދެން، ދަރުސް ދިނުމުގެ ޕްރޮގްރާމް ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.

މިގޮތަށް ނިންމައި، އެ މިނިސްޓްރީން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މާލެއާއި އަތޮޅުތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން މެދުވެރިކޮށް މީޑިއާގެ ވަސީލަތްތަކުން އާންމުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށް، ސަރުކާރުން އަންނަނީ ރައްކާތެެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖެއިން މިހާތަނަށް ވަނީ މި ވައިރަސް ހުރި 13 މީހަކު ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުން އައިފައިވާ ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުންބިބީ

    މިސްކިތް ތަކުގައިި އަލްހަމްދުގެ ފަހުން ކިޔަވާސޫރަތްވެސް ކުރުކުރަން ނުވޭބާ! މީހުންގެ އަމަލުތަށް ބަދަލެއްނުވޭ! ކެއްސަމުން ޖަމާއަތުގައި!މަގުމައްޗަށް ކުޅުޖަހާ އެކަކުވެސް ޖުރިމަނާ ކުރެވޭތަ! ފޯނަށް މެސެޖު ފޮނުވީމާ އެކަން ބަލައިގަނޭބާ!

    3
    1
  2. ބަންދެބަސް

    އެއްކޮށް ހުއްޓާލާ .. ތިޔަ ދޭ ނަސޭހަތަކޭ އޮޑިތާން ކަލޭގެ ލީ ކޮކޮޑިއެކޭ އެއްފަދަ

  3. ވިސްނާލުމަށް އެދެމޭ

    މިސް ކިތްތަ ކުގަ ދީނީ ނަސޭހަތްދިނުން ހުއްޓުވުމުގެ ކުރިން ކީއްވާނީ މަޖުލިސް ޖަލްސާތައް ހުއްޓާލުން..ޖަލްސާ ކުރެވޭ ބައްދަލުވުންބޭއްވޭ..ދީނީ ނަސޭހަތްދިނުން މިސް ކިތުގަ ނަމާދު ކުމުރުން ވައިރަސްއަރަނީ.. މިވެސް އީމާންތެރި ބައެއްގެ ވިސްނުމަށް ނިންމާ ނިންމުންތަ..

    4
    1