ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19، ނުރައްކާތެރި ބައްޔާއި ގުޅިގެން ސްޓެލްކޯގައި މަސައްކަތް ކުރާ ހައިރިސްކް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ފްރޮންޓް ޑެސްކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަސައްކަތުގެ ދައިރާގެ ގޮތުން ކަސްޓަމަރުންނާއި ސީދާ މުއާމަލާތް ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ހައިރިސްކް މުވައްޒަފުން ކަސްޓަމަރުންނާއި، ސީދާ ބައްދަލުވެ، މުއާމަލާތް ކުރުމުގެ ބަދަލުގައި އޮފިސް މާހައުލުގައި މަސައްކަތް ކުރަންޖެހޭ ގޮތަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ މީހުންގެ ތެރޭގައި ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނާއި، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ ފަދަ ބައްޔެއް ކުރިމަތިވެފައިވާ މީހުންނާއި، މާބަނޑުމީހުން ހިމެނެއެވެ.

މީގެ އިތުރުންވެސް މުވައްޒަފުންނާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް މިހާރުވެސް މިކުންފުނިން މިގެންދަނީ އަޅަމުންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ތެރެއިން 9 މީހަކު އިޓަލީ މިހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދުނާން

    ދެން ވެލާނާ އެއާޕޯޓް ގައި މަސައްކަތް ކުރަނީ ލޯ ރިސްކުމީހުން ދޯ.؟ އަދިވެސް ޓަވަރު މީހުންނަށް ބޮޑުކޮށް ރިސްކް އެލަވަންސް ދެނީ! ކޮބާ އެޅި ފިޔަވަޅެއް އެންމެ ފުރަތަމަ ފަތުރުވެރިންނާ ބައްދަލް ވަނީ ސްޓެލްކޯ ސްޓާފުން ހެހެހެހެހެހެ

  2. 19 ނަވާރަ

    ކަސްޓަމުގަ މާކުރިން ތިޔާ ކަންކޮއް ނިންމައިފިން ދެން ލަލަލަލަލަލަ ސްޓެލްކޯ. ދެ މަހުގެ ބިލް ނުދައްކާގޮތަށް ހަދާދީބަލަ. މާރަގަޅުވާނެ