ރާއްޖެއިންވެސް ކޮވިޑް-19 ފެނިފައިވާއިރު، އެ ބައްޔަށް ޓެސްޓުތައް ހެދުމަށް އެތައް ބަޔަކު ކަރަންޓީން ކުރަމުންދާއިރު، އެތައް ބަޔަކު އެކަހެރިވެސް ކުރެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައި ތިބި ފަތުވުވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި، އަދި ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެއަަށް އެނބުރި އަންނަ ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންވެސް ދަނީ އަލާމާތްތައް ފެނިއްޖެ ނަމަ ޓެސްޓުތައް ހެދުމަށް ކަރަންޓިން ކުރަމުންނެވެ.

މިގޮތަށް ކަރަންޓިން ކުރި ކުއްޖެއްގެ ތެރޭގައި ވ. ތިނަދޫގައި ހުއްޓާ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި ކުޑަކުއްޖާ އާއި އޭނާގެ އާއިލާ ހިމެނެއެވެ.

އެއީ އިޓަލީއަށް ނިސްބަތްވާ އެ ދެމަފިރިންންނެވެ. އެ އެމީހުންގެ ދަރިފުޅު ވިލިވަރުގައި ކަރަންޓީނު ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ނަމަވެސް އެ ކުއްޖާ ވަނީ އެ ބައްޔަށް ނައްސި (ނެގެޓިވް) ވެފައެވެ. އެހެންވެ އެ ކުއްޖާ އާއި މައިންބަފައިންނާއި ބައްދަލު ކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައެވެ. އަދި އެ ކުއްޖާ އާއި އާއިލާއަށް "ސަޕްރައިޒެއް" ދިނުމަށް ނިންމިއެވެ.

އެ ކުއްޖާއަކީ ރާއްޖެއިން މި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީންކުރި އެންމެ ތުއްތު ކުއްޖާއެވެ. އެ ކުއްޖާ އާއި އާއިލާއަށް މިނިސްޓްރީން ދޭން ނިންމީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެކެވެ.

އެ ކުއްޖާއާއި އެ ކުއްޖާގެ މައިންބަފައިންނަށް އަންނަ އަހަރު ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު މިނިސްޓްރީން ދީފައިވާއިރު، ޔަގީނުންވެސް މިއީ އެ އާއިލާއަށް ބޮޑު ސަޕްރައިޒަކަށް ވެގެން ދާނެއެވެ.

އެ ކުޑަކުއްޖާގެ އާއިލާއިން އެދޭ ކޮންމެ ތާރީހެއްގައި ރާއްޖޭގެ ކޮންމެ ރިސޯޓަކުންވެސް އެ ޗުއްޓީ ހަމަޖައްސައިދޭން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    ކިހާ ދެރަކަމެއް ކަރާ. ކަލޭ ހަމަ ސަޕްރައިޒް އޭ ކިޔާ ޗުއްޓީ ބަހަނީދޯ؟ އެހެންވީމަ ތި މިތަނަށް ގެނައި މީހުންނަށް ވެސް ސަޕްރައިޒް ކަލޭ ދޭތި.

    84
    9
  2. ދިވެހިން

    ދިވެއްސަކަށް މިކަހަލަ ފުރުސަތެއް ދީބަލަ ސަރުކާރުން. ރައްޔިތުންގެ ފައިސާ މި ފަރަންޖީނަށް ސަޕްރައިޒްއަށް ދީ ދީ އަހަރެމެން ދަރަނިވެރިކުރުވައިފި

    113
    9
  3. ވިސްނާ

    ތިބުނީ ތެދެއް....?

    22
    2
  4. ނައީމް

    އެންމެ މަހެއްގެ މުސާރަވެސް ރިސޯޓް މުވައްޒިފުންނަކަށް ދޭކަށެއްނުކެރުނު ކަރާޔަކަށް ބޭރުމީހަކަށްވިއްޔާ ސަޕުރައިޒަކަށްވެސް ކިހާ ލާރިއެއް ކަރާމެން ބާލަންވީ މިމީހުން ބައިތިއްބައިގެން ދިވެހިންނަކަށް ރަނގަޅުގޮތެއް ނުވާނެ

    24
    1
  5. ރިސޯޓްމީހާ

    އަލީ ރިސޯޓްތަކުން ނޯޕޭ3މަސްދީފަ ގެއަށް ފޮނުވާލާއިރު ތިޔަފަރާތުގެ ދީލަތި އެ ހީ އެއް ދޭން މާރަންގަޅުވާނެ، ވިލާގެ ރިސޯޓްތަކުން މި ހާރު މީ ހުން 3 މަ ހަށް ނޯޕޭ ލީވްދީފައި ގެއަށް ފޮނުވަނީ.

    22
    • ސިޕް

      ކޮބާ އަހަރުން ފިރިން ރެޔާދުވާލު އާއިލާ ދޫކޮށް ގޮސްތިބެ ކުރިމަސައްކަތުގެ އަގު.. މިއާލާތުން އަދިވެސް ޖީބަށްބޮޑުކުރުމުގައާއި ރުފިޔާ ބެހުމުގައި އަވަދިނެތި

      12
      1
  6. އައްޔާ

    މިހިރީ މިމީހުންގެ ކަންތައް ހުންނަގޮތް މިއޮއްހުރިހާދުވަހަކުކީ ބައްޔައްޝައްކު ކުރެވިގެން މީހުން ކަރަންޓީންކުރިވާހަކަ ކުޑަކުއްޖަކު ކަރަންޓީންކުރިވާހަކަ އެއްނާހަން މިހާރު މިސަޕްރައިޒްވެސް މިލިބުނީ މަމެންނައްވެސް.

    18
    1
  7. ކެޔޮޅު

    ކިހާދެރަ ކަމެއް ގައުމު އަނދަވަޅަކަށް ވެއްޓި އިނދަ ޖެހެމުންދާއިރުވެސް ފަރަންޖީން ނަށް ޗުއްޓީހޭދަކުރުމަށް ދައުވަތުދެނީ ލާދީނީ ގައުމުތަކުގެ ސަޕޯޓު ހޯދާ އެހީ ދޭނެކަމަށް.

    23
  8. ސަންފަ

    ސަޕްރައިޒް ދިނީ އަލީވަހީދުގެ ޖީބުންތަ؟

    17
    2
  9. ސަންފަ

    ޙުޅުމާލެއިން ސާޕަލް ނަގައިގެން މިޔަދު ޓެސްޓް ކުރެވުނު ދިވެހި މީހާ ކޮވިޑް 19 އަށް ނެގެޓިވް ވެފައި ވާތީ ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހި މީހާއަށް ސަޕްރައިޒް ނުދެވުނީ ކީވެގެންބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ދިވެހި މީހާއަށްވެސް ސަޕްރައިޒެއް ދިނުމަށް ގޮވާލަން!

    18
    1
  10. ޢިކުރާމު.

    މިގޮތައް ކީއްވެބާ ރިސޯޓުތަކުގަ 20 އަހަހ ހަރު މަސަތްކަތް ކޮއްފަތިބޭ މީ ހުންނައް ސަޕްރައިޒެއް ނުދެނީ ތިޔައީ ދައުލަތުގެ އާމްދަނީ %70 ގަ ހިފަ ހައްޓަދޭ މީ ހުންނޭ ވީމާ މިފަ ހަރު ހުޅުމާލެއިން 10 ފަރާތަކައް ފުލެޓު ދޭއިރު ތިޔަފަރާތައް ފުލެޓު ލިބޭނޭ އަދި އެސްޓީއޯއިން ރޯދަޔައް ސިވިލްސާވަންޓުންނައް އެދެއްވާ އެލަވަންސްވެސް ލިބޭނޭ ނުބުނަނީ ކީއްވެތޯ

  11. ކިނބޫ

    ހުސްވަގުން.. ގައުމު ދަވާލައިފި

  12. ނަސް

    aharenah maafeney thiyah vuren italy ge meehaa ah rahjje alun anburaa ahnan hiley dhathureh dheyn next year gfa 2021 ga. eii eyna italy ah goss eyna positive vikan angaa ethah bayaku mikamuge thereyn salaamaii kohdhineema.