ގިލިލަންކަން ފުށީން ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އޭނާގެ ޓެސްޓުތަކެއް ހެދުމަށް ނިންމާފައިވާކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި ޓެސްޓުގެ ނަތީޖާ ލިބެން ދެން އެ ރިސޯޓް އޮތީ މޮނީޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު ހާމަކުރިގޮތުގައި، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެންނާއި، ކޮވިޑް-19 ފެތުރެމުންދާ ގައުމަކުން އެނބުރި ރާއްޖެ އައިސްގެން ކަރަންޓިންކޮށްފައި ތިބީ 20 މީހެކެވެ. އަދި އެކެހެރިކޮށްފައި 12 މީހަކު ތިބިއިރު، ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި 13 މީހުންގެ ތެރެއިން ތިން މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި، އެ ބަލި ފެތުރެމުންދާތީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކާލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. އަދި ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޕާކުތަކާއި މައިޒާންތަކާއި، އަދި އެ ނޫނަސް ރައްްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލާ

    ޢަލްހަމްދު ލިއްލާހި.

    9
    17
    • ހާލާ

      އަލާމްތްތައް ފެނުނަސް އިރާދުކުރެއްވިއްޔާ ނުގެޓިވް ވާނެ

      15
  2. ޟުހު

    ޙޮޓާތަކާއި ކެފޭތައް