ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިއްޖެ އެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ސްޕައިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މީހާއާ ރާއްޖެ އައީ ކޮން އިރަކު ކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ވެސް ސްޕައިން އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓިންކޮށް ކޮވިޑް-19 އަށް ޓެސްޓުތައް ހެދިއެވެ. އޭނާ ވަނީ އެ ބައްޔަށް ނައްސި (ނެގެޓިވް)ވެފައެވެ.

ސްޕެއިންގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ފައްސި ވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ މީހުންނެވެ. އަދި ބާކީ ތިބި މީހުންނަކީ ތުރުކީ ވިލާތުގެ މީހަކާއި، ދެކުނު އެފްރިކާގެ އެކަކާއި، ޖަރުމަން ވިލާތުގެ އެކަކުގެ އިތުރުން، އިނގިރޭސިވިލާތުގެ އެކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    ކަލޭމެން ވަރަށްމޮޅު

  2. މަ

    ދެން މާލެ ލޮކްޑައުން ކުރީމަ ވަރަށް މޮޅު. ރާއްޖެއިން ބޭރުން އެއަންނަ މީހުންނަށް ނާދެވޭގޮތަށް އެޔާޕޯޓް ލޮކް ޑައުން ކުރީމަ މާރަނގަޅުވާނެ. ކީއްކުރާނީ މިއުޅޭ މީހުންނަކަށް ނުވިސްނޭނެ. ދެން މިރެއިން މިރެއަށް މާލެ ލޮކްޑައުން ކޮށްލާ. އޭރުން ހުންނާނީވެފަ. ހެސްކިޔާފަ ބޭރުން އަންނަ މީހުން ވައްދާފަ ބަހައްޓާ. އެދޮރު ހުޅުވާފަ ބަހައްޓާ. ބޯހަލާކު