ލާމު މީޑިޔާ އިންސްޓިޓިއުޓް އިން މި އަހަރު އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ކްލާސްތަކުގެ ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.

ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ބުނީ މި ކްލާސްތަކަކީ ރާއްޖެއިން ކޮވިޑް-19 ފެނުމާއި އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމާއެކު، ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ކްލާސްތަކެއް ކަމަށެވެ. އަދި މި ކްލާސްތައް ނަގައިދޭނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި އޯލެވެލް ދަރިވަރުންނަށް ކިޔަވައިދެމުންދާ މާއްދާ ޓީޗަރުން ކަމަށްވެސް ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

"މި ކްލާސްތައް ނަގައިދޭނީ އޮންލައިންކޮށް. ރާއްޖޭގެ ސްކޫލުތަކުގެ ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ވޮލަންޓިޔާވި ބައެއް ޓީޗަރުން ކްލާސްތައް ނަގައިދޭނީ. ޓީޗަރުން ވޮލަންޑިޔާ ވާވަރަކަށް އިތުރު މާއްދާތައްވެސް ނަގައިދޭން ފަށާނަން" ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ބުންޏެވެ.

https://www.facebook.com/108638954047907/posts/126747622237040/

ލާމު މީޑިޔާ އިންސްޓިޓިއުޓް އިން އިތުރަށް ބުނީ މި އަންނަ ބުދަ ދުވަހުން ފެށިގެން އޮންލައިން ކްލާސްތައް ފެށިގެން ކުރިޔަށް ދާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކުލާހަކަށް އޮތީ އެސްއެސްސީ އިސްލާމް ކުލާހެއް ކަމަށްވެސް ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

އޮންލައިން ކްލާސްތަކަށް ރެޖިސްޓާވާން ބޭނުންވާ ދަރިވަރުން، ދަރިވަރުގެ ނަމާއި، ގުޅޭނެ ނަމްބަރެއް އަދި އީމެއިލް އެޑްރެސް ލާމު މީޑިޔާ އިންސްޓިޓިއުޓްގެ ފޭސްބުކް ޕޭޖަށް، ނުވަތަ 7917923 ނަމްބަރަށް ވައިބާ ކުރުމަށް ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ވަނީ އެދިފައެވެ.

މިހާރު ދުނިޔޭގައި ހަކުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު މިހާރު ވަނީ ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ހުރިހާ ސުކޫލުތަކާއި، ކޮލެޖްތައް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށުމަން

    މީ ކިހހ ހިނެއްވާ ކަމެއް ތޯ ބަލަން ޖެ ހޭން އެޑިއުކޭޝަނުން

    ޢަދި ދަރިވަރުން ވެސް ރަޖިސްޓްރީ ވާ އިރު ޕާރސަނަލް ހުރި ހާ އިންފޯ ޝެއަރ ކުރުމުގެ ކުރިން ވިސްނަން ވާނެ.
    ލައިކް މެރިޓަލަ ސްޓޭޓަސް.
    ޢޭޖް. ޢެކްސެކޓްރާ....

    1
    1